Skip to content
އެސްފިޔަ

ފިނި ހިތް (އެއްވަނަ ބައި)

މިއީ އަޅުގަނޑުގެ “ހަތިޔާރު” ވާހަކައިގެ ސީކުއެލް އެކެވެ. އެހެން ކަމުން މި ވާހަކަ ވަކިން ކިޔަން ފެށި ނަމަވެސް ކުރީގެ ވާހަކަ ކޮންމެހެން ކިޔާކަށް މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް ކުރީގެ ވާހަކައިގެ ކެރެކްޓަރުން މިވާހަކައިގައި އުޅުމާ ގުޅިގެން ބައެއްކަހަލަ މައުލޫމާތު ހޯދުމަށް ފުރަތަމަ ވާހަކައަށް ދިޔުން އެކަށީގެންވެއެވެ.

އެހެން ކަމުން މުޅި “ހަތިޔާރު”ގެ ދުނިޔެ އުފެދިގެން އައި ގޮތް ބަލާލުމަށް ދާނީ: http://www.esfiya.com/2563

އަރުން

ހަފްތާގެ ކިޔަވައިދޭ ފަހު ދުވަހެވެ. އަހަރެން ސްކޫލަށް ވަނީވެސް ފޫހި ވެ ހުރެގެންނެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ ގެއަށް ގޮސް ނިދުމެވެ. ނުވަތަ ކެއުމެވެ. އެއިން ކޮންމެ ކަމެއްވެސް ކޮންމެ ތަރުތީބަކުން ވިނަމަވެސް އެންމެ ރަނގަޅެވެ. އެހެނަސް ނުނެކެވެ. ސްކޫލަށްވެސް އަންނަން ޖެހެއެވެ.

ރޭގައި އެއްވެސް ވަރަކަށް އަހަރެންނަށް ނިދިކޮޅެއް ލިބޭގޮތް ވަނީ ނުވެފައެވެ. ފާޑެއްގެ ހުވަފެނަކަހާ ހެދި އިރުކޮޅަކާ ހޭލެވުނީއެވެ. ކޮންމެ ފަހަރަކުވެސް ފެނިފައިވަނީ ހަމަ އެއް ތަންކޮޅެކެވެ. އެއް ހުވަފެނެކެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ހަމައެއް ނުޖެހެއެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި އެއްވެސް އެއްޗެއް ބޯހަމަ ޖެހޭ ގޮތަށް ހިނގާފައިވަނީ ކޮން އިރަކު ހެއްޔެވެ؟

އަހަރެން ސްކޫލަށް ވަތް އިރު ބެންޗުގައި އަންހެން ކުއްޖެއް އިނެވެ. ކިތަންމެ ދުރުން ފެނުނު ކަމުގައިވިނަމަވެސް އެ އަންހެން ކުއްޖާއަކީ އަހަރެމެން ސްކޫލަށްދާ ކުއްޖެއް ނޫން ކަން އެންމެނަށްވެސް އެނގޭނެއެވެ. ނަމަވެސް އެހެން އެއްވެސް މީހަކު އޭނާއަށް ސަމާލުކަން ނުދޭ ކަހަލައެވެ. އެހެން މީހަކަށް ނުވެސް ފެންނާނެއެވެ.

އަހަރެން ވަގުތުން ނަޒަރު އެހެން ކޮޅަކަށް ބަދަލު ކޮށްލީމެވެ. އެއިނީ އިންސާނެއް ނޫނެވެ. ނަމަވެސް އެއީ އަހަރެންނަށް އާ ކަމެއްވެސް ނޫނެވެ. އަހަރެންނަށް ހަނދާން ވާން ފެށީއްސުރެ މަރުވެފައިވާ މީހުންގެ ރޫހު ފެނެއެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި އަހަރެން ވާނީ އެކަންތަކުން ވީހާވެސް ދުރުގައި ހުރުމަށް ކަންތައްތަކެއް ދަސްކޮށްފައެވެ.

  1. *ދުވަހަކުވެސް ރޫހަކާ ހަތަރު ކަޅި ހަމަ ކުރުމަކީ ކޮށްގެން ނުވާނެ ކަމެއް.
  2. *އެ އެއްޗެހި ހުރިހާ ތަނެއްގައިވެސް އުޅޭނެއެވެ. އެހެން ކަމުން އަބަދުވެސް އެއިން އެއްޗެއް ފެނިދާނެ ކަމަށް ތައްޔާރުވެގެން ހުންނަން ޖެހޭނެ.
  3. *އެފަދަ އެއްޗެހީގެ ތެރެއިން ގިނަ އެއްޗެއްސަކީ ގެއްލުމެއް ދޭނެ އެއްޗެއްސެއް ނޫން.

އަހަރެންނަށް އެފަދަ ރޫހާނީ އެއްޗެއްސާއި ޖިންނި ފަދަ ތަކެތި އަބަދުވެސް ފެންނަ ކަން އެނގެއެވެ. އެހެން ކަމުން އަހަރެންނަށް އެތަކެތީގެ އުނދަގުލުން ސަލާމަތްވާނެ ގިނަ ގޮތްތަކެއް ވަނީ ދަސްވެފައެވެ. އެގޮތުން އަހަރެންނަށް އޭއްޗެހި ފެންނަ ކަން އެ އެއްޗެހިންނަށް އެނގެއެވެ. ނަމަވެސް އެއީ އެ އެއްޗެހި ފެންނަ ކަން އަހަރެން ހާމަކޮށްފި ނަމައެވެ. މިސާލަކަށް އެ އެއްޗެހިންނާ ހަތަރު ކަޅި ހަމަކޮށްގެން ހުރި ނަމަ އަހަރެންނަށް އެ އެއްޗެހި ފެންނަ ކަން އެ އެއްޗެހިންނަށް އެނގޭނެއެވެ.

އެއަށް އެހާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ކްލާހަށް ގޮސް ވަނީމެވެ. ގިނަ ކުދިން ކްލާހުގައި އެހެންޏާވެސް ތިބޭ ތަނުގައި އިށީނދެން އަމިއްލަ ވާހަކަތަކުގައި ތިއްބެވެ. އެއާއެކު އަހަރެން ވެސް ގޮސް އަބަދު އިންނަ މޭޒުގައި ޖައްސާލީމެވެ.

ތިން މީހުންނަށް އިށީނދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޭޒުތަކަކީ ބޯއަޅައިގެން ނިދުމަށް ވަރަށް ފަސޭހަ ތަނެކެވެ. އަހަރެން މިހާރަކަށް އައިސް ފުރަތަމަ ގަޑީގައި ކުރާ ކަންތައް ކުރީމެވެ. ނިދުމެވެ.

ފުރަތަމަ ގަޑިއަކީ ކެމިސްޓްރީއެވެ. އަހަރެންނެއް ފާހެއް ނުވާނެއެވެ. އެހެން ކަމުން ބޭކާރު މަސައްކަތެއް ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކެމިސްޓްރީގެ އޭލެވެލް އިމްތިހާނަކު އަހަރެންނެއް ބައިވެރިއެއް ނުވާނަމެވެ. އެހެން ވީމާ ޓީޗަރުވެސް އަހަރެން ބައިންދަނީ އެންމެ ފަހަތު ބަރީގައެވެ.

އެއްވެސް މީހަކަށް އުނދަގޫ ނުކޮށް އަހަރެންގެ ޑެސްކުގައި ބޯޖަހައިގެން އޮތީމެވެ. ލޯމެރި ނަމަވެސް ނިދި އަންނަ ކަހަލަ ގޮތެއް ނުވެއެވެ. ނަތީޖާއަކަށްވީ ކައިރީގައި ތިބި ހުރިހާ އެންމެންވެސް ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް އަޑުއިވުމެވެ. ގިނަ ފިރިހެން ކުދިންތައް ދައްކަމުން ދިޔައީ މެޗެއްގެ ވާހަކައެކެވެ. އަންހެން ކުދިން ވާހަކަ ދައްކަމުން ދިޔައީ އެކި ކަންތައްތަކާއެވެ. އެހެން ނަމަވެސް އަހަރެންގެ ސަމާލުކަން ހުއްޓުނީ އަހަރެންގެ ޖެހިގެން އިން ބެންޗުގައި ތިބެ ފައިރޫޒް އާއި ޝާމިލް ދައްކަމުން ދިޔަ ވާހަކައަށެވެ.

“….ހަބަރު ދުށިންތަ؟…. އަނެއްކަވެސް އެއްކަލަ ކަހަލަ މައްސަލައެއް….” ޝާމިލް މަޑުމަޑުން ބުންޏެވެ. އެކަމު ކްލާހަށް އަދި ޓީޗަރުވެސް އައިސްފައެއް ނުވެއެވެ.

“ނޫން…. ނުދެކެން…. ކޯއްޗެއް އޮތީ؟” ޝައުގުވެރިވެފައި ހުރެ ފައިރޫޒު އެއްސެވެ. ނަމަވެސް އެއަށްފަހު އަޑެއް ނީވެއެވެ. އެހެން ކަމުން އަހަރެން ބޯހިއްލާލުމަށްފަހު އެމީހުން ކުރާ ކަންތައް ބަލާލީމެވެ. ދެމީހުން ތިބީ ޝާމިލްގެ ފޯނަށް ބަލަންށެވެ. އޭރު ދެމީހުން ތިބީ އޮންލައިން ނޫހެއް ބަލަންށެވެ.

އަހަރެންވެސް އެ ކަމެއް ބެލުމަށް ދަބަހުން ފޯނު ނެގީމެވެ. އަހަރެން ފޯނު ބައިންދަނީ ދަބަހުގެ އަރިމަތީގައި އިންނަ ވަތްގަނޑުގައެވެ. އެއީ ކުރިންވެސް އާދަވެފައިވާ ގޮތެކެވެ. އެންމެންވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކައެވެ. އަހަރެންގެ ވިސްނުން ކޮށި ކަމަށް އެމީހުން ބުނެއެވެ. އެމީހުން ދެކޭގޮތުގައި ދަބަހުގެ އަރިމަތީ ވަތްގަނޑުގައި ފޯނު ބޭންދުމުން އެ ފަސޭހައިން ވަގަށް ނަގާނެއެވެ.

ކޮންމެއަކަސް އަހަރެންގެ ފޯނު ނެގުމަށްފަހު ޑޭޓާ ޖައްސާ އެންމެ ފަސޭހައިން ވަދެވުން ސައިޓަކަށް ދިޔައީމެވެ. އެންމެ ފުރަތަމަވެސް އަދި އެންމެ ބޮޑުކޮށް އެއިނީ އެހަބަރެވެ. ތެދެކެވެ. އަނެއްކާވެސް ކުރީގެ ކޭސްތަކާ ގުޅޭ ފަދަ ކޭހެކެވެ.

ކޮންމެވެސް މީހަކު އަނެއްކާ ކޮންމެވެސް ކަހަލަ ކުށްވެރިޔަކު ފުލުހުންނާ ހަވާލު ކުރި ކަމުގެ ހަބަރެވެ. މިފަހަރުވެސް އެހެން ފަހަރުތަކެއް ހެން ފުލުހުންނަށް އޭނާ ފެނުން އިރު އިނީ ބަނދެފައެވެ. އަތުގައި ސިޓީއެއް އިނެވެ. އެގޮތުން އެމީހަކު އެ ކުށްވެރިޔާ ބަނދެފައި އެކުށްވެރިޔާގެ ފޯނުން ވަނީ ފުލުހުންނަށް ގުޅާފައެވެ.

ނޫހޫގައި ވަނީ އެ ކުށްވެރިޔާގެ ގައިގައި ހަރުކޮށްފައިވާ ސިޓީގެ ކޮޕީއެއް ޝާއިއުކޮށްފައެވެ.

“އެކުވެރި ފުލުހުން.

އަހަރެން މިގޮތަށް މަސައްކަތް ކުރަން ޖެހެނީ ފުލުހުންގެ މަސްއޫލިއްޔަތު ރަނގަޅަށް ފުރިހަމަ ނުކުރެވޭތީއެވެ. ނަމަވެސް އެއްވެސް ވަރަކަށް މިއީ ތި މުވައްސަސާ ނުވަތަ ސިސްޓަމް އާ ދެކޮޅަށް ކުރާ ކަމެއް ނޫނެވެ. އަހަރެންގެ ބާރުގެ ދަށުގައި ރަނގަޅު ބަދަލެއް ގެނެވެން އޮތީތީ އެކަންތައް ކުރަނީއެވެ.

މިފަހަރު ހަވާލުކޮށްފައިވާ ކުށްވެރިޔަކީ އޭނާގެ ކޮއްކޮއަށް ޖިންސީ އަނިޔާކޮށްފައިވާ ފިރިހެނެކެވެ. އެގޮތުން އޭނާގެ ކޮއްކޮގެ އިތުރުން މި މީހާއަކީ އެކި ގޮތްގޮތުން އަންހެނުންނާ ފޮށޭ ފިރިހެނެއް. އެހެން ކަމުން އަހަރެންނަށް މިގޮތަށް ކަންތައް ކުރަން ޖެހިފައިވަނީ މުސްތަގުބަލުގައި އެހެން އަންހެނަކަށްވެސް އެފަދަ ގެއްލުމެއް ދީފާނެތީ އެވެ.

ނަން: އިސްމާއިލް ހަމްދާން

އުފަން ތާރީހް: 18 ސެޕްޓެމްބަރު 1992

ހެޔޮއެދޭ

ރެހެންދީ”

އަހަރެން ހަބަރު ކިޔާ ނިންމާލުމަށްފަހު ފޯނު ތަޅުލުމަށްފަހު ވަތްގަނޑަށް ލީމެވެ. އެއަށްފަހު ވިސްނަން ފެށީމެވެ. މިއީ މިހާރު އެފަދަ ފަސްވަނަ ކޭހެވެ. އެފަދަ ކޭހެއް އެންމެ ފުރަތަމަ ފެންމަތިވީ މީގެ ތިންމަސް ކުރިންނެވެ.

ކޮންމެވެސް މީހަކު ހައްޔަރުކޮށްފައި އިންދަ ފުލުހުންނަށް ފެންނާނެއެވެ. އެމީހާގެ އަތުގައި ސިޓީއެއް އޮންނާނެއެވެ. ސިޓީގެ ތިރީގައި އަބަދުވެސް އިންނާނީ ރެހެންދި އެވެ.

މުޅި ގައުމުގެ އެންމެންގެ ދުލުގައި ކަހަލަ ގޮތަކަށް ދެކެވެމުން ދަނީ އެއްވާހަކައެކެވެ. އެކަންތައް ކުރަނީ ކޮން މީހެއްކަން ބެލުމަށް ހުރިހާ އެންމެން ވަނީ ކެތް މަދުވެފައެވެ. އެހެން ކަމުގައި ވާނަމަ ރެހެންދީ އަކީ ކާކު ހެއްޔެވެ؟ އެފަދަ ކަމެއް ރެހެންދީ އެ ކުރަނީ ކީއްވެ ހެއްޔެވެ؟

ރެހެންދީ އަކީ ކޮންމެ މީހެއް ވިޔަސް އޭނާއަށް އޮތް އިހްތިރާމް ވަނީ އަހަރެންގެ ހިތުގައި ވަރަށް ބޮޑުވެފައެވެ. އޭނާ ކޮށްދެމުން އެ އަންނަނީ ވަރަށްވެސް ވަރުގަދަ ކަމެކެވެ. އަހަރެންނަކީވެސް ބޭނުންތެރި މީހެއް ނަމައޭ ހިތައް އަރަނީ މިކަހަލަ ވަގުތުތަކުގައެވެ.

އެއާއެކު ޓީޗަރުވެސް ކްލާހަށް އައިސް ވަދެއްޖެ އެވެ. އަހަރެންވެސް އެހެން ކަމަކަށް ސަމާލު ކަމެއް ނުދީ އިނީމެވެ.

“މަށަށް އިނގޭ ކަލޭއަށް މަރުވެފައި ތިބޭ މީހުން ފެންނަ ކަން،” އަހަރެންގެ ކަނާއަތުން އައި އަޑަކާއެކު ހަޅޭ ލަވައި ނުގަނެވުނީ ކިރިޔާއެވެ. އަހަރެންގެ ކަނާއަތަށް އެނބުރިލީމެވެ.

އޭރު ކެނޑި ކެނޑިފައި ފެންނަމުންދާ މަންޒަރެއް ފަދައިން އަހަރެން ކުރިމަތީގައި ފިރިހެނެއް އިނެވެ. ބަލާބެލުމަށް އަހަރެނަށްވުރެ މާކަށްބޮޑުތަނެއް އުމުރުގައި ތަފާތެއް ނުހުންނާނެއެވެ. ހަމަ ގައިމުވެސް ދެނެއް އޭނާ ނުފެންނަ ކަމަށް މަކަރު ހެދޭކަށް ނެތެވެ.

އެއާގުޅިގެން އޭނާ އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނީމެވެ. އަހަރެން ވެސް އެހާ ގަމާރެއް ނޫނެވެ. މިތަނުގެ ތެރޭގައި އިނދެ ވާހަކަ ދައްކަން ފަށައިފި ނަމަ ހުރިހާ އެންމެން ހީކުރާނީ އަހަރެން މިއީ މޮޔަ މީހެއް ކަމަށެވެ. އަހަރެންނަށް ފެންނަ އެއްޗެއްސެއް އެހެން މީހުންނަށް ނުފެންނަ ކަން ވަނީ ވަރަށް ކުޑަ އުމުރުގައި އެނގިފައެވެ.

“އަހަރެންނަށް އެނގޭ ފެންނަކަން މަރުވެފަ ތިބޭ މީހުންގެ ރޫހާއި ޖިންނި ކަހަލަ އެއްޗެހި. އެނގޭތަ މަށަށް އެނގުން ގޮތް؟ މަށަށް އެނގުނީ އެތާ ބެންޗުގައި އިން އަންހެން ކުއްޖައަށް ތަންކޮޅެއް ގިނައިރު ބަލަން ހުރުމުން،” އޭނާ ބުންޏެވެ.

“އެކަމު އެހެންވެ އެއް ނޫން އަހަރެން މިއުޅެނީ. ކަލޭ އެބަ ޖެހޭ މަށަށް ކަމެއް ކޮށްދޭން،” އޭނާ ބުންޏެވެ.

(ނުނިމޭ)

އަޅުގަނޑު ވަޒީފާގައި އުޅެމުން ކޮލެޖަށް ދާތީ ކޮންމެ ދުވަހަކު އާ އެޕިސޯޑެއް ޕޯސްޓު ކުރުމަށް އުނދަގޫ ވާނެއެވެ. އިރާދަ ކުރެއްވިއްޔާ ކޮންމެ ބުރާސްފަތި ދުވަހެއްގައި “ފިނި ހިތް”ގެ އާ އެޕިސޯޑުތަކެއް ނެރެވޭތޯ ބަލާނަމެވެ.

Comments (21)

  1. SAL

    I LOVE THIS STORY. PLEASE DAILY KOH UP KOHDHECHEY. NICE AND ME FIRST

    1. Jaishann
      SAL

      Thank you :’))

  2. Aanaa

    Koba hathiyaaru vaahaka? Thi author ge ehen story eh netheema mi ahany

  3. Shaax

    Hathiyaar vaahaka kiyan beynun…kihineh hadhan jeheynee

  4. thoo

    Wow. Varah reethi jaishan ge vaahaka thah. Daily up kih dhybha.

  5. Aishhhhhhhh

    V ginain ehenkamun beynun kohfaivaakan faahaga kurevey. Bolah undhagoo gothehvey.plx next tym b careful. ” thin masfahun eh noon. Thin mas kurin” make it correct. nice story kyp it up ! ?

    1. Jaishann
      Aishhhhhhhh

      Mihaaru Hunnaane Bodu baeh rangalhu kohfa

  6. Thukko

    Nice story jaishann. Keep it up!!!!!!!!!

  7. nukko

    kba hathiyaar vaahaka? kihinw hadhan jeheynee e vaahaka kiyan..? can u plx tell… n mi bai vs v rythi….. 🙂

    1. nukko
      nukko

      ok fenijje thnks….:D

    2. Anonymous
      nukko

      nukko kiyaadhyba kihineh hedhymakah fennaany??plxx plxx

  8. Misty

    Not bad.. But varah ginain namavx beynun koh faavaakan faahagavi.. hope nxt tym ragalhuvaanekama 🙂

  9. Saumench

    This is actually really good. Keep up the good work. :’) <3

  10. xo

    Alhu kurin keeh hathiyaaru vahaka but mihaaeu handhaaneh neh vaagotheh..btw v nice mi story ess

  11. Anonymous

    knmes kuhjaku kiyaaa dhybala hathiyaaru vaahaka kiyeyne gotheh plxx

  12. xo

    http://www.esfiya.com/2563 jahaafa search kohba eyrah fennaane

  13. Faxoo

    varah shauguveri vaahaka eh.. i love this kind of story. please do update every thursday as told 🙂 i love to read ur stories 😀

  14. Esfiya

    this is a test comment

  15. hero

    Vara reethi

  16. xai

    Finally. Dhigu inthizaaruge nimun…?

  17. Angel

    nice story:)

Comments are closed.