ސިޓިންރޫމްގައި ހޭކިފައި ހުރި ލޭތަކާއި އެއްޗެހި ސާފުކޮށް ގޭތެރެ ފޮޅާކަންތަށް ކޮށްލީމެވެ. ޝައިލް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮންމެތާކަށް ދިޔަސް ހެވެއްނޫން ހެއްޔެވެ؟ އަހަރެންނަކަށް ދެނެއް އޭނާ އެއް ނުބެހޭނެއް ނޫންހެއްޔެވެ؟ ހިތްހަމް ޖެހިގެން ހުރެމެ އަހަރެން ތަޅުންގަނޑު މަތީ އޮށޯވެލީމެވެ. އެނދުގައި އޮށޯނަން ބޭނުން ނުވާތީއެވެ. ދެން އެދާނުގައި އިނގިލި ކުރި ވެސް ނުޖައްސާނަމެވެ. އަމިއްލަ މަސަށްކަތާއި މެދު ފަޙުރުވެފައިވާ ހާލު އަހަރެން ދެލޯ މަރާލީމެވެ.
*ޕާރޓް-4*
އޭގެ އަނެއް ދުވަހު ހޭލައިގެން އަހަރެން ނުކުމެލީ ބޭރަށެވެ. ރޭގައި ޝައިލް އެއް ގެޔަކަށް ނާދެއެވެ. އެކަން ދޭހަވަނީ އަހަރެން ދޮރުކައިރީ ބައިދައިފައި އިން ދަޅު ހަމަ އިންތާ އިނީމައެވެ. އަހަރެން އެކަމަކާއި އަޅައެއް ނުލަމެވެ. އަޅާލަންވީ ވެސް ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ އަތް ކަފާލި ދުވަހު އަހަރެން އުޅުނީ ކޮންހާލެއްގައި ހެއްޔެވެ؟ އޭނާ ވެސް އެދިޔައީ އޭނާގެ އެކުވެރިއެއްގެ ގެޔަށެވެ. އަހަރެންނަކަށް ކިޔެއްހެވެ. އެކަމު އަހަރެންގެ ހިތް ބިރުގަންނަން ފެށީ އަހަރެންނަށް ލިބޭނެ އަދަބަކާއި މެދު ވިސްނާލާފައެވެ. އަނެއްކާ ޝައިލް މަންމަމެން ކާރީ މިވާހަކަ ބުނެފިއްޔާ އަހަރެންނަށް ވާނެ ވަރުވެސް ހިޔާލަށް ގެންނާކަށް ވެސް ނޭނގެއެވެ.
އަހަރެން އިނީ ކޮޓަރީގައެވެ. ބަންދަށް ދީފައި ހުރ ފިލާވަޅުތަށް ހަދަން އިންދައި ގޭތެރެ އަށް މީހުންތަކެއް ވަދެގެން އައި އަޑުއިވުނެވެ. އަހަރެން ގުޑައިވެސް ނުލަމެވެ. އަހަރެންނަށް އެނގެއެވެ. އެވާނީ އަހަރެންގެ މަންމަމެންނަށެވެ.
“ހަޔާތް.. ހަމަ މިހާރު ނުކުމޭ..” ކޮޓަރި ދޮރުގައި ބަންލާފައި ތަޅައިގަންނަމުން މަންމަ ހަޅޭލަވައިގަތެވެ. ލަސް ހިގުމެއްގައި އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. ފެންނަމީހަކު ބުނާނީ އަހަރެން އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ. އާއެކެވެ. އަހަރެން މިހާރު އެހާ ބިރެއް ނުގަނެއެވެ. އާދެވެފައި މިވަނީ މިއަނިޔާތަކަށެވެ. މި ހަޅޭލެވުމަށެވެ. މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ހީވީ ހުރިހާ އިސްތަށިތަކެއް އުފުރާލަން އުޅުނު ހެންނެވެ. އަހަރެންގެ ބޮލަށް ވަރަށް ތަދުވިއެވެ. ހީވީ ގާގަނޑަކުން ބޮލުގައި ޖެހިހެންނެވެ. އަހަރެންނަށް ހަޅޭ ލަވައިގަނެވުނެވެ.
“މީ ކޮންކަމެއް..؟!! އެއިން..؟!!” ޝައިލްގެ ކޮލާއި ދިމާއަށް އިޝާރާތް ކުރަމުން މަންމަ އަހާލިއެވެ. އަހީކީވެސް ނޫނެވެ. ހަޅޭފަޅޭ ޖަހައިގަތީއެވެ. އަހަރެން ބަހެއް ނުބުނެ އިނީ ދަތްކުޑި ވިކާލާގެންނެވެ.
“ބަލަ މަ މިވާހާކަ ދައްކަނީ ކަލެޔާ..” އަހަރެންގެ ކޮލަށް ފިތާލަމުން މަންމަ އަނެއްކާ ވެސް ހަޅޭލަވައިގަތެވެ. އަހަރެންގާތަށް ރުޅިއައެވެ. އަބަދު ވެސް ފެންނާނީ އަހަރެންނަށް ކުރެވޭ ކުއްތަކެވެ. ޝައިލް ކުރާ އެއްވެސް ކަމެއް މަންމަމެންގެ ލޮލަކަށް ނުފެންނާނެއެވެ. ޝައިލް ކުރާ ކަމެއް ވެއްޖެއްޔާ މަންމަމެން އެވަގުތަށް ކަނުވާނެއެވެ.
“އަހަރެންނާ ތި ސުވާލު ނޮކޮށް އެހެރަ ޖަނަވާރު ކާރީ އަހާބަލަ އޭނަ މަށަށް ކީއްހޭ ކުރީ..؟!!” އަހަރެން ހަޅޭ ލަވައިގަތީ ރުޅި އައިސްގެންނެވެ. ނަމަވެސް އަހަރެންގެ ލޮލުގައި ކަރުނައިގެ އަސަރު އުފެދޭން ފެށިއެވެ. ރޮވުނަސް ދެން ހެވެ. އަހަރެންގެ ހިތުގައި އަޅަމުންދާ ވޭން މަންމަމެންނަށް ހަމަ ނޭނގެނީހެއްޔެވެ؟ މިއީ އެއް ވެސް އިންސާފެއް ނޫންކަން ހަމަ ނޭނގެނީހެއްޔެވެ؟ މަންމަ އާއި ބައްޕަ ވެސް ބަލާލީ ޝައިލް އާއި ދިމާއަށެވެ. އަހަރެން ވެސް އޭނާ އާއި ދިމާ އަށް ލޯއަޅާލީމެވެ. އޭނާ އަށް އަހަރެން ދައްކާ ވާހަކަ ނޭނގެނީހެން ހަދާފައި ކޮނޑު އަރުވާލިއެވެ.
“ޝައިލް ކަލެޔަށް ކީއްކޮށްގެންތަ ކަލޭ އެސޮރަށް މިވަރުގެ ބޮޑު އަނިޔާއެއް ތިދެނީ..؟” މިފަހަރު ވާހަކަ ދެއްކީ ބައްޕަ އެވެ.
“އޭނަ ކުރިކަންތަށް ބުނަންވީތަ.. ޤަބޫލު ކުރާނަންތަ..؟” އަހަރެން ވެސް ކޮށްލީ ސުވާލެކެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝައިލް ބިރުން އިންހެން ވެސް ހީނުވެއެވެ. އޭނާ ބޭޒާރު ވަނީއޭ ވެސް ހިތަކަށް ނާރައެވެ.
“އޭނަ އަހަރެންގެ ގަޔަށް ބޮލަށް އެރީ.. އޭނަ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ..” އަހަރެންނަަށް ހަމަ ރަގަނޅަށް ވެސް ރޮވިއްޖެއެވެ. މަންމަމެން ޤަބޫލެއް ނުކުރާނެކަން އަހަރެންނަަށް ކިތައްމެ ހާވެސް ރަގަނޅަށް އެނގެއެވެ. އެކަމު އެވާހަކަ އަހަރެން ބުނަން ބޭނުމެވެ. މަންމަ އާއި ބައްޕަ ވެސް ތިބީ ހުއްޓުން އަރާފައެވެ.
“އާން.. ރަގަނޅަށް ތިއަޑުއިވުނީ.. އޭނަ އަހަރެންގެ ގަޔަށް ބޮލަށް އެރީ.. ބަލަ އަހަރެންމީ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ.. ލަދުކުޑަކަމުގެ ވެސް އަރާލަ ހުރީމަ ދޯ އެވަރުކަމެއް ކުރަން ވެސް ކެރޭނީ..” އަހަރެން ހިތަށް އެރިހާ އެއްޗެއް ދިޔައީ ކިޔަމުންނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޔަސް، ކޮންމެ އެއްޗެކޭ ހިތަށް އެރިއަސް ހެވެ. އަހަރެން ބުނަން ބޭނުންވާ އެއްޗެއް ބުނާނަމެވެ. އަހަރެންނަށް ވެސް އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ހައްޤު ލިބިގެން ވެއެވެ.
“ތެދެއްތަ ޝައިލް..؟” ބައްޕަ އަހާލިއެވެ. ޝައިލް ބައްޕަ އާއި ދިމާ އަށް ބަލާލާފައި ބޯހޫރާލީ ނުނެކޭ ބުނާ ފަދަ ގޮތަކަށެވެ.
“އަހަރެން ކީއްވެ ހަޔާތް ގަޔަށް އަރަންވީ.. އަހަރެން ހަޔާތް ދެކެ ވަރަށް ލޯބިވޭ.. އަހަރެން ކީއްވެ ހަޔާތް އަށް އެހެން ހަދަންވީ..؟” ޝައިލް ބެލީ އޭނާގެ އަމިއްލަ ކުއް ފޮރުވޭތޯއެވެ. އޭނާގެ ވާހަކަ އެއްމެން ވެސް ޤަބޫލު ކުރާނެއެވެ. އެެހެނު ވާނީ.. އެއީ ތެދު އަލިފެއް ވިއްޔާއެވެ. ދުވަހަކު ވެސް ދޮގެއް ހަދާފައެއް ނުހުންނާނެއެވެ.
“އޭޔް މިހިރަ ހަޔާތް ކުޑަ މީހާގަނޑާ.. ކަލޭ އަދި ވެސް އެބަ ދޮގުހަދަ-” ކުއްލިއަކަށް އަހަރެންގެ ކަންކަށިމަތީ ބާރު އެތިފަހަރަށް އަޅާލީ މަންމައެވެ. އަހަރެންނަށް ޔަޤީނެވެ. އަހަރެންގެ ބޯމަތީ ތަރިތަށް އެބުރިގަތްތަން އަހަރެން ދުށީމެވެ. އެހާ ވެސް ބާރު އެތިހަރެއް އަހަރެންގެ ކަންށިމައްޗަށް އަރުވާލިއެވެ. އަހަރެން މަންމަ އާއި ދިމާއަށް ކަޅި އަޅާގަތީމެވެ.
“ޝައިލް އެބުނީނު އޭނަ އެއް އެއްވެސް ކަމެއް ނުކުރެއޭ.. ދެން ކޮންމެހެން އޭނަ އާއި ދިމާއަށް އެޗެހި ކިޔާނެ ކަމެއް ނެތް.. ހަޔާތް ތިއުޅެނީ މޮޔަވެގެން.. ދެން ޝައިލް އޭ ކިޔާގެން އެއްމެ އެއްޗެކޭ ބުންޔަސް.. މިގޭގައި ކަލެޔަކަށް ޖާގައެއް ނޯންނާނެ.. އެކަން ހަދާން ބަހައްޓާތި..” މަންމަ އަހަރެންނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެން އިނީ އެވެ. އޭރު ވެސް ހުއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަ އައިސް އައިސް ހުއްޓެވެ. އަހަރެންގެ ހިތުގައިވީ އެއްބައި ހީވީ މީހަކު އިރާލި ހެންނެވެ. އަހަރެންނަކަށް އަމިއްލަ ގޭގައި އެއްވެސް ރައްކާތެރިކަމެއް ނެތެވެ.
“މަންމަމެން އަބަދު ވެސް ޤަބޫލު ކުރާނީ ޝައިލް ދައްކާވާހަކަ.. އެއީ ތެދު އަލިފެއް.. އެއީ މަންމަމެންގެ ރަންދަރި.. އެއީ ފިރިހެން ދަރިޔެކޭ ކިޔާފައެއް ނުޖެހެ އަހަރެން މުޅިން ބާކީ ކޮށްލާފަ އަބަދު އަހަރެންނާއި ދިމާއަށް އެއްޗެހި ކިޔާފަ އަބަދު އަހަރެންނަށް އަނިޔާ ކޮށްފަ އުޅޭކަ.. އަޅެ ބުނެބަލަ އަހަރެންނާއި ދިމާއަށް އެއްޗެހި ކިޔާގެން މަންމަމެންނަށް ލިބެނީ ކޮންފައިދާއެއްތަ.. ކޮން ހިތްހަމަ ޖެހުމެއްތަ.. އަހަރެން މުޅިން ހަލާކު ވެއްޖެ.. އެއީ ވެސް އަހަރެންގެ އަމިއްލަ މައިންބަފައިންގެ އަތުން.. ބަލަ އަހަރެންމީ ތި މަންމަ އާއި ބައްޕަގެ ހުރި ހަމަ އެކަނި އަންހެން ދަރިޔޭ.. އަހަރެން ރައްކާތެރި ކުރުމަކީ ތިދެމީހުންގެ ޒިއްމާއެއް.. އަހަރެން ދެކެ ތިހާ ނަފްރަތު ކުރަންޔާ ކީއްކުރަންތަ އަހަރެން މިތާ ބަހައްޓަންވީ.. ކީއްވެތަ އަހަރެން ފިޔަވައްޗަކަށް ނުލީ.. އަހަރެންނަށް ޔަޤީން އެތާގަ ވެސް މިއަށް ތުރެއް ރަގަނޅު ދިރިއުޅުމެއް އުޅެވޭނެކަން.. އަހަރެން ދެރައެއް ނުވޭ، ލަދެއް ނުގަނޭ މިހުރިހާ އެއްޗެއް ކިޔާކަށް.. ވަރަށް ގިނަ ދުވަސް ވެއްޖެ އަހަރެންގެ ހިތުގައި މިއަޅާ ވޭން ފޮރުވައިގެން އުޅޭތާ.. އެކަމު މިހިސާބަށް ކަންތަށް ދިޔައީމަ އަހަރެންނަކަށް ދެނެއް ކެތެއް ނުވާނެ..” އަހަރެންނަށް ވާހަކަ ދެއްކުން ހުއްޓާލަން މަޖުބޫރުވީ އަހަރެންގެ ނޭވާ ކޮޅަށް ދިޔައީމައެވެ. އޭރު އަހަރެންނަށް ގިސްލެވެސް ފަށާފިއެވެ. އަދި އަލަށް އަހަރެން މަންމަމެން ކުރިމަތީގައި އަހަރެންގެ ހިތުގެ ހާލަތު ބަޔާން ކޮށްދިނީއެވެ.
އޭގެން އެކަކަށް ވެސް އަސަރު ކުރި ހެއްޔެވެ؟ ނޫނެކެވެ. އަދި ވެސް އެދެމީހުންގެ ދެލޮލުގައި ވީ ނަފްރަތުގެ އަސަރެވެ. ޝައިލް އިނީ ހިނިއައިސްފައެވެ. ވަރަށް ހިނިއާދެއެއް ނޫންހެއްޔެވެ؟ ޝައިލްގެ ދެލޯ ކޮނެލާ ދުވަހަކުން އަދި މާވަރަކަށް ހޭނެއް ނޫންހެއްޔެވެ؟ ހީއްގޮވާ ގޮވާ ނުވެސް ހުއްޓޭނެއެވެ. ހުންނާށެވެ. މިފަހަރު ޝައިލް އަކަށް ސަލާމަތެއް ނެތެވެ.
“ކަލޭ ހުންނާނީ އަނގަމަޑުން ލައިގެން.. މަށަށް ހެޔޮ ކަލޭގެ ހިތަށް ކޮންމެ އަސަރެއް ކުރިއަސް..” މަންމަގެ އެބަސްތަކުން އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިއްތާލި ހެންނެވެ. އެމައިމީހާގެ ބަޑުން ވިހެއި ދަރިޔަކަށް އެއް ވެސް ލޯބެއް ނެތެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ބާއެވެ. އަހަރެންނަށް ނުބައިކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
އަހަރެން ރޯން އެހާލުގައި ދޫކޮށްލާފައި މަންމަ އާއި ބައްޕަ ޝައިލް ގޮވާގެން ދިޔައީ އެވެ. ހީވާގޮތުންނަމަ އެދިޔައީ ހޮސްޕިޓަލަށެވެ.
އަހަރެންނަށް ބިންމައްޗަށް ޖެހިގަނެވުނެވެ. ހަޅޭ ލަވައިގަނެވުނެވެ. ބޮލުގައި ހިފައި އިސްތަށިގަނޑަށް ދަމައި ގަނެވުނެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަހަރެންގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަކީ ވެސް އިންސާނަކެވެ. އެމީހުންގެ މޭކަށިގަނޑުތެރޭގައި ވެސް ވީ ހިތެއް ފަދައިން އަހަރެންގެ ވެސް އޮތީ ހިތެކެވެ. ހިލަގަނޑެއް ނޫނެވެ. އަހަރެންނަށް މިހާ ނާއިންސާފީކޮށް ކަންތަށް އެކުރަނީ ކީއްވެހެއްޔެވެ؟ މިހާރު މިހާލުގައި ކެއްކުރާތާ ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟ އަހަރެން ވެސް މީ ހަމަ އެމަންމަގެ ބަނޑުން ވިހެއި ދަރިޔެކެވެ. އަހަރެން ވެސް ހިއްސާކުރަނީ ހަމަ އެއްލެޔެކެވެ. އަހަރެން އެހާ ތަފާތު ކުރަނީ ކީއްވެ ހެއްޔެވެ؟ އެމައިމީހާގެ ބީހުންތަކަށް އަހަރެންނަށް ވެސް އެދެވެއެވެ. އެމައިމީހާގެ ލޯތްބާއި އަޅާލުން އަހަރެން ވެސް ބޭނުން ވެއެވެ. އެކަމު އަހަރެން ހަމަ އެހާވެސް ނަސީބު ދެރައީއެވެ. އެއްވެސް މީހެއްގެ ލޯތްބެއް އަހަރެންނަކަށް ހައްޤެއް ނޫނެވެ.
ރުއި ރުއި ވަރިބަލި ވުމުން އަހަރެން އަހަރެން ވަނީ ކޮޓަރިއަށެވެ. ދެން އެ ކޮޓަރިގަނޑުން ނުނިކުންނަން ހިތު ލައިގެންނެވެ. ބަޑުހައިވިއަސް ނުނިކުންނާނަމެވެ. ބަނޑަށް މަރުވާނީއެވެ. އެގޮތް ވެސް މާރަގަނޅުވާނެވެ. މި ތާގައި ދިރިއުޅުމަށް ވުރެއް ވެސް ކައްވަޅުގައި އޮތުން ވެސް މާހިތްހަމަ ޖެހުން ލިބޭނެއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







This is too emotional😭😭
She doesn’t freaking deserve this!!! Hithah araa hayer akee anehka e meehun ge biological dhari eh baa eyves! Ehaa thafaathu kurey viyya! Hayer you are strong! Don’t worry, you’ll get outta this living hel and get your revenge one day! Don’t end yourself😭
Vrh rythi mi prt vx MA!
When next?
Lysm💋
Hehe, v emotional vehjje dhw! 😭
Baeh faharu biological daughter akas hama v bodah thafaath kurey
Anyways happy to know that you enjoyed this part aswell! 🥰
Next part dhen in vhk liyelaafa!
Hope you know the pattern! 💚
Love you more! 😘💙
Masha Allah
vrh reethi ingey
keep it up
comment nukuriyas baraabarah vhk kiyan ingey
_MuXo_ ur the best!
may God bless your hard work 💖
Thank you!!
Glad to know that you read my stories!!
Alhey I’m sobbing 😭
This is so 😔
muxo! u ge hithah kihaa asareh kuri mi part liyunu iru??? 🥺
Pls efakeerah insaafu hoadhan rangalhu meehaku story ah vadhabala ❤️🩹
I can’t Stand mivarakah dhanyaa 🥺
I rlly can’t wait for the next part! 😖
Ly &tc muxo 💛
Alhe sorry Sheex rohvaalevuneema! 😭
Tbh I was writting this with a straight face💀
She will get revenge don’t worry! 😄
Love you more, you also take care! 😘💙
MA..So so Gr8!!🫶🏻🖤
TBH,I’m so sad about Hayer ‘s condition….
Muxo..Vrh Vrh Intelli..Keep it up!👏🏻👏🏻
Muxo! Hama Tbh,Lunive Vrh Vrh Dhera vehjje
Hayer ge Haalatha’medhu! If I were in there,
I’ll make Shail get the revenge!
Hayer didn’t deserve a brother like him🖤
Brother’s role truly He didn’t knows!✨
Hayer’s parents ‘re too moody… 😏
Shail ah heyo but Hayer gurl Akah Veema!!
Honestly, There’s no Gender to look out!🤓✨
Anyways, When’s next?Dude 🎀
Lysm & Tc 🎀✨
Ooo..Sorry 😔 I ge two comntS I though pending ga that’s why Hama type type kuree!!
Thank you for the lovely comment lunive!!
Glad to know that you liked this part aswell!!
Next part dhen in vhk liyelaafa IA mirey!!
Love you more!! You also take care!!
MA..Sooo Intelligence 🎀🤓
Tbh,I’m sad for hayer’s condition..
Muxo Vrh Vrh intelli!! 👏🏻✨ KEEP it up!
Muxo hama tbh, Lunive Vrh. Sad vehjje cox of Hayer’s Condition!✨🎀
If it’s me, I’ll make sure Shail get the revenge Truly in a way he deserves it.Hayer’s Parents too stript & Moody! BTW, Shail ah heyo But Only daughter aa medhu ehnlanthah kuranee!!
Anyways, When’s next?Dude 😎
Lysm & Tc of yourself 🫶🏻 🖤
*ehn kanthah
Its okay sometimes it happens!!