Skip to content
އެސްފިޔަ

ބަދަލް-3

“މަންމަ އާއި ބައްޕަ ދިޔައީ ބޮޑުދައިތަ ބަލިވެގެން އެގެޔަށް.. މާދަމާ އަންނާނެ..” އޭނާ ގޮސް ސޯފާ އަށް ޖެހިގަންނަމުން ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހެއްދެވި ފަރާތަށް އަހަރެން ރައްކާތެރި ކުރެއްވުމަށް އެދި ދުޢާ ދެންނެވީމެވެ. އަހަރެން އުޅުނީ ވަރަށް ދުރުދުރުންނެވެ. ޝައިލް އަށް އަހަރެންނަށް ކައިރި ނުވެވޭނެ ހެންނެވެ. އޭނާ އެހާ އަޅާލާ ހެނެއް ހިޔެއް ނުވެއެވެ. އެއީ އަހަރެންގެ ނަސީބެވެ. ކައިހަދައިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅުމުން ދޮރު ތާށި ވިއެވެ. އަހަރެން އަނެއްކާ ވެސް ބަލައިލީމެވެ. އޭރު ދޮރާއި ދޮރުކަންޔާއި ދޭތެރެއަށް ފަައިލައިގެން ހުރ ޝައިލް އެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.

*ޕާރޓް-3*

އެސްފިޔަތަށް ތަޅުވާލާފައި އަހަރެން ދެލޯ ހުޅުވާލީމެވެ. އަހަރެންނަށް އޮވެވުނީ އަހަރެންގެ އެނދުގައެވެ. ފުއްމައިގެން ތެދުވެވުނެވެ. ކުލަނެތް ތަސްވީރެއް ހެން އަހަރެންގެ ސިކުނޑީތެރޭގައި އެހަދާންތަށް އަވާންފެށިއެވެ. ގައިމަތީ ބެޑްޝީޓް އަޅައި އަހަރެންނަށް ރޮއި ގަނެވުނެވެ. އަހަރެންގެ އިއްފަތް ތެރިކަމެވެ. އެވެސް ނަގާލީ ކާކު ހެއްޔެވެ؟ އަހަރެންގެ އަމިއްލަ އެނބަޑު އެއްބަފާ ބޭބެއެވެ. ހަޔާތް ކުޑަކަމުގެ ވެސް އަރާލައެވެ. އަހަރެންނަށް ހަމަ ރޮވެނީއެވެ. ޝައިލް އަހަރެންގެ ގަޔަށް ބޮލަށް އަރަން ޖެހުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނާ ފަހަތުން ދުވާ އެހެން އަންހެން ކުދިން ވެސް އެއުޅެނީ އެއް ނޫންހެއްޔެވެ؟ ދެން ކޮންމެހެން އަހަރެންނަށް މިހާލު ޖައްސަންވީ ކީއްކުރަން ހެއްޔެެވެ؟ އަހަރެންގެ އަދިރި ހަޔާތަށް އެޅިފައިވާ ވިލާގަނޑު ބޯވީއެވެ. އިތުރަށް އަނދިރިވީއެވެ. އަލި އެއްވެސް މަގެއް ނެތެވެ. މިއީ ހުސްމެން ޝައިލް ކަންތަކެވެ.

ރުއި ރުއިފައި އަހަރެން ނުކުތީ ބޭރަށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އަވަހަށް ގޮސް ގޭގެ ދޮރު ތަޅުލީމެވެ. ދެން އޭނާ އަށް މިގެޔަށް ވަންނާކަށް ލާހިކު ނޫނެވެ. އަހަރެން ފެންވަރަން ހުރީރުވެސް ހުއްޓުމެއް ނެތި ދިޔައީ ގިސްލެވެމުންނެވެ. އަހަރެންގެ ހަށިގަނޑުގެ އެކިތަންތާ ވަނީ އެމުޑުދާރު އަތުގެ ނިޝާންތަކެވެ. ލަކުނުތަކެވެ. ގައިގެ އެތަންމިތާ ބާރަށް ވަކި އަޅުވައިގަނެވުނީ އެއަތުގެ އިހްސާސް އަހަރެންގެ ހަށިގަނޑުގައި އަދި ވެސް ހުރުމުންނެވެ. ކިތައްމެ ވަރަކަށް ރުއަސް އެއީ ހުވަފެނެއް ނޫނެވެ. އެއީ ހަމަ ހަޤީޤަތެވެ. ދެން އެކަމެއް ބަދަލެއް ނުވާނެ އެވެ. އަހަރެންގެ އިއްފަތް ތެރިކަން އަނބުރާ ނުލިބޭނެއެވެ.

ފެން ވަރައިގެން ނުކުމެ އަހަރެން ގޭގެ ދޮރު ހުޅުވީމެވެ. ޝައިލް އަށް ގެޔަށް ނުވަދެވިގެން އުޅެގެން އޭނާ މަންމަމެން ކާރީ ޝަކުވާ ކޮއްފިއްޔާ އަދަބު ބޮޑުވާނެއެވެ. ލިބޭ އަނިޔާ ބޮޑުވާނެއެވެ. އަހަރެން ހިއްވަރު ކޮށްފައި ދެރަކުއަތުގެ ނަމާދެއް ކޮށްލީމެވެ. ނަމާދުކޮށްފައި އަހަރެން ދުޢާ ކުރީމެވެ. ގިތަށް ލުޔެއް ލިބޭ ތޯއެވެ. ހެއްދެވި ރަސްކަލާނގެއަށް އަހަރެންގެ ހިތުގައިވާ އުދާސްތަކާއި، ހިތުގެ އެއްމެ އަޑީގައި ފޮރުވިފައިވާ ޝަކުވާތަށް ބަންޑުން ކޮށްލީމެވެ. އަހަރެންނަށް މި ދިރިއުޅުން ހައްޤުވީ އަހަރެންނަށް ވެވުނު ކޮން އިހުމާލަކުން ހެއްޔެވެ؟ އަހަރެންނަށް މިހާލު މިޖައްސަނީ އަހަރެން ކުރި ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

ހިތަށް ލުޔެއް ލިބި އަނެއްކާ ވެސް ސިކުނޑި ވަރުބަލި ވުމުން މުސައްލަމަތީ އޮވެ އަހަރެންނަށް ނިދުނެވެ. ނިދީތެރޭގައި ފެންނަ ހުވަފެންތައްވެސް މާ ރިއްޗެވެ. މާ އުފަލުގައި އުޅެވެއެވެ. އެކަމު އަސްލު ދުނިޔޭގައި އަހަރެން އުޅެނީ ކިހިނަކުންހެއްޔެވެ؟ އަބަދުހެން ކަމަކީ މަސަށްކަތެވެ. މީހެއްގެ ލޯތްބެއް ނުލިބެއެވެ. ލިބެނީ އަނިޔާއެވެ.

އަނެއްކާ ވެސް ހޭލީމެވެ. ކޮޓަރިން ނުކުންނަ ހިތެއް ނެތެވެ. އެކަމު އަހަރެންގެ ހަށިގަނޑަށް ބަލަން ޖެހެއެވެ. ކިޔަވައިގެން މޮޅުމީހަކަށް ވެސް ވެވޭނީ ރަގަނޅު ދުޅަހެޔޮކަމެއް ލިބިގެނެއް ނޫންހެއްޔެވެ؟ ބޭރު ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝައިލް އޭނާ ކުރަން ބޭނުންކަންތަށް ވުމުން އެފިލީނޫން ހެއްޔެވެ؟ ކޮންމެގޮތެއް ވިއަސް ހެވެ. އަހަރެން މިވާހަކަ މަންމަ އަދި ބައްޕަ ކާރީ ވެސް ބުނާނަމެވެ. ހުރެބަލާށެވެ. އަދި ޝައިލް އަށް ކުޅި ދައްކާލާނަމެވެ. އޭނާ އަކަށް މިކަމަކުންނެއް ސަލާމަތެއް ނުވެވޭނެއެވެ. ބަލަން ހުންނާށެވެ.

ބަދިގެޔަށް ގޮސް އަހަރެން އަމިއްލައަކަށް އެއްޗެއް ހަދާލާގެން ކާލީމެވެ. ކައިގެން އަހަރެން އައިސް އެނދުގައި އޮތް ބެޑްޝީޓް ދޮވުނީމެވެ. ބައެއް ފަހަރު އަމިއްލަ މީހާ މަރާލަފާނަމޭ ހިތަށް އަރަމެވެ. އެކަމު އޭރުން އަހަރެންގެ ހުވަފެންތަކޯ..؟ ނޫނެކެވެ. އެހެނެއް ނަހަދާނަމެވެ. އަހަރެންމީ ވަރަށް ހިތްވަރު ގަދަ ކުއްޖެކެވެ. އަހަރެން ކެއްތެރިވާނީއެވެ. އަހަރެން އަދި ކެއްކުރާނީއެވެ. ފަހުން އަދި އުފާކަންތަށް ތައްވެސް ލިބޭނެއެވެ. ނަމަވެސް މި ފުރާޅުދަށުގައެއް ނޫނެވެ. މި މީހުންތަށް ކާރީއަކު ނޫނެވެ. އިންޝާﷲ އަދި އަހަރެންގެ ދުޢާތަށް އިޖާބަ ކުރައްވާނެއެވެ. އަހަރެންގެ ހިތަށް ހެރިފައިވާ ތީރުތަށް ވެސް އުފުރޭނެއެވެ. ހިތުގައިވާ ޒަހަމްތަކުގައި ބޭސްއެޅޭނެ އެވެ. މިއަދު ނޫނީ މާދަމައެވެ.

ކިޔަވާ މޭޒުކާރީ އަހަރެން އިށީންދެލައިގެން އިނީރު އިނީ ގަނބު އަރާފައެވެ. އެހެން ނޫވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އިއްފަތް ތެރިކަން އެފޭރިގަތީ އަހަރެންގެ ބޭބެއެވެ. މަންމަމެން ގަބޫލެއް ވެސް ނުކުރާނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ. އަހަރެން ވިސްނާލީމެވެ. އަހަރެންނަށް މިހާލު ޖައްސާފައި ޝައިލް އަށް ހަމަޖެހުމުގެ ދިރިއުޅުމެއް ހައްޤު ހެއްޔެވެ؟ އެއްގޮތަކަށް ވެސް ނޫނެވެ. ހުންނާށެވެ. އަދި އޭނާ އަށް ވެސް ކުޅި ދައްކާލާނަމެވެ. ސިކުނޑި ތެރޭގައި އަހަރެން ކުރާނެ ކަންތަށް ޕްލޭން ކޮށްލީމެވެ.

ގަޑީގެ ކަށި ދަސްކުރާފަދައިން އަހަރެން އިނީ ގަޑީގެ ކައްޓަށް ބަލާށެވެ. އަހަރެން އިނީ އަޑު އަހާށެވެ. ގޭގެ ދޮރު ހުޅުވާފައި ލައްޕާފިއެވެ. އަހަރެންގެ ތުންފަތް މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. ސޯފާގައި ގޮސް ލެނގިލީމެވެ. ޝައިލް އިނީ ބަލާށެވެ. ފާޑަކަށް ހިނިއާސް ފައެވެ. އަހަރެން ބޭނުންވީ ހަމަ މިހާރު ގޮއްސައި އޭނާގެ ދުވަސް ދުއްވާލާށެވެ. ނަމަވެސް އަހަރެން ވެސް ކެއްކުރީއެވެ. އަހަރެން ވެސް ހިނިތުންވުމެއް ރައްދު ކޮށްލީމެވެ. އަތުގެ އިށާރާތުން ޝައިލް ކާރީ އަހަރެން ގާތަށް އައުމަށް އެދެނީމެވެ. އޭނާގެ ހިނިތުންވުން ފުންވިއެވެ. އޭނާ ހިތަށް އެރީ އަހަރެން އޭނާގެ އެބީހުންތަކަށް އެދޭނެ ހެންނެވެ. ނޫނެކެވެ. ޝައިލް އައިސް ހުއްޓިލީ އަހަރެންނާއި ވަރަށް ގާތުގައެވެ.

“އަހަރެން ބޭނުންވީތަ..؟” ޝައިލް އަހާލިއެވެ. އަހަރެން ޖެއްސުމުގެ ރާގަކަށް ހީލީމެވެ. ޝައިލް އިނީ ބަލާށެވެ.

“ތިކަހަލަ ގަމާރު މީހަކާ އެކީ މަ އުޅެން ބޭނުންވާތަ..” އެހެން ބުނެ އަހަރެން މަޑުމަޑުން ކާރީގައި އިން މޭޒުގައި އިން ބިއްލޫރި ވާސްނެގީމެވެ. ޝައިލް އަށް އެކަމެއް ރޭކައެއް ނުލާނެވެ.

“ހަޔާތް ހަމަ އެއްބަސް ނުވާން ތިއުޅެނީ..” ޝައިލް އަހަރެންގެ މޫނުމައްޗަށް އެޅިފައި އިން އިސްތަށިކޮޅޮށް އެއްފަރާތް ކޮށްލިއެވެ. އަހަރެން ވަގުތު ބޭކާރު ކޮށްނުލާ އަތަށް ބާރުލާފައި ޝައިލްގެ ބޮލަށް ވާސްތަޅާލީމެވެ. ވާސް ތަޅައިގެން ގޮސް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ޝައިލް ހަޅޭ ލަވާގެންފައި ދުރައްޖެހިލިއެވެ. އަހަރެންގެ ހިތާއި ސިކުނޑިއަށް ވަރަށް ހަމަޖެހުން ލިބުނެވެ. ޝައިލް އޭނާގެ ބޮލުގައި އަތް އަޅާލާފައި ބަލާލީރު ބޮލުން ލޭއަންނަނީ އެވެ. އޭނާ ކޮއްޕާލާފައި އަހަރެން ވާސްގެ އެތިކޮޅެއްް ނެގީމެވެ. އޭތިކޮޅު ކުޑައަސް ތޫނެވެ. ޝައިލް ގޮސް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އަހަރެން އޭނާގެ ހަށިގަނޑު އަހަރެންގެ ދެފައި ދޭތެރެއަށް ވާގޮތަށް ހަތްވަރު ކޮށްލީމެވެ. އަދި އޭނާގެ ކޮލަށް އެ ބިއްލޫރި ކޮޅު ހަރާލީމެވެ. ޝައިލްގެ އަގައިން ބޭރުވީ ވޭނީ ހަޅޭކެއްގެ އަޑެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ވޭނުގައި ހަޅޭލެވީރު ޝައިލް އަޅާލިހެއްޔެވެ؟ ތިކަންތަށް ނޮކޮށް ހުއްޓުމަށް ރުއި އާދޭސް ކުރީރު އަޑުއިވުނު ހެއްޔެވެ؟ ނީވެއެއް ނޫންހެއްޔެވެ؟ ދެން ވަކި އަހަރެން ވެސް ޝައިލްގެ އާދޭސް ތަކަށް އަޑުއަހަން ޖެހޭނެ ހެއްޔެވެ؟

އަހަރެންގެ އަތް ވެސް ޝައިލްގެ ކޮލުން އައި ލޭތަކުން ފުރުނެވެ. ބިއްލޫރި ކޮޅު ކުޑަކޮށް ފުންކޮށް ހަރާލާފައި އަހަރެން އެ ބިއްލޫރި ކޮޅު ގޫޑުވާލާފައި ރޮގަނކަށް ވާގޮތަށް ކަފާލީމެވެ. އަދި ގަދަކަމުން އެބިއްލޫރި ކޮޅު ނެގިއެވެ. ޝައިލް އޭނާގެ ދެއަތުން ބެލީ އަހަރެން ދުރުކުރެވޭތޯ އެވެ. ނަމަވެސް އަހަރެން ގުޑައުވެސް ނުލަމެވެ. އަހަރެންގެ ހަށިގަނޑަށް ވެރިވެފައިވަނީ އެއައްތުރެއް ވަރުގަދަ ބާރެކެވެ.

“ހަޔާތްކުޑަ.. މިހާރު އިހްސާސް ވޭ ދޯ މަށަށް ވާ ތަދު.. ކަލެޔާ ހެދި މިހާރު މަގޭ ދިރިއުޅުން މުޅިން ނަރަކަ އަކަށް ހަދާފި.. ހަދާން ކުރާތި މަ ބޭނުމިއްޔާ ހުރިތާ ހުރެ ކަލޭގެ ފުރާނަ ނަގާލަފާނަން.. ހަދާން ކުރާތި މަގޭމީ އަންހެނެކޭ ކިޔާފަ ވަކި ކަލެޔަށް ތުރެއް ބައްޔެއް ނުވާނެ..” އަހަރެން ޝައިލްގެ ކަރަށް ވާން ކޮށްލަމުން ބުނީމެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ކަރުނައެވެ. ނޭވާ ނުލެވިގެން ތެޅެނީއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ.

“ދެން އެހެނެއް ނަހަދާނަން.. އަހަރެން ދޫކޮށްލާ..” ޝައިލް ރޮމުން އާދޭސް ކުރިއެވެ. އަހަރެން ޖަހާލީ ހިނިގަނޑެކެވެ.

“މިހާރު ބުނާނެ ތިހެން.. އެކަމު ތީކާކު.. ތީ ޝައިލް.. މަށަށް ވަރަށް ރަގަނޅަށް އެނގޭ ކަލޭގެ ގޮތް.. ނުލަފާ.. ފުރަތަމަ ފަހަރު ކަމަށް ދޫކޮށްލާނަން..” އަހަރެން ތެދުވަމުން ބުނެލީމެވެ. ޝައިލް ތެޅިގަނެފައި ކެއްސަމުން ކެއްސަމުން ނުކުމެއްޖެއެވެ. އޭނާގެ ލޮލުގައި ވީ ބިރުވެރިކަމެވެ. ޖެހިލުން ވުމުގެ ކުލަވަރެވެ.

ޝައިލް ނުކުމެގެން ދިޔުމުން އަހަރެން ބަދިގެޔަށް ގޮސް އަތް ދޮވެލީމެވެ. ހަމަ ރަގަނޅަށް ވެސް އަހަރެން ޝައިލް ބިރުލައްވާލާފީމެވެ. އޭނާ މިހާރު ހުންނާނީ އަހަރެން ދެކެ ބިރުންނެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. އަހަރެން ވެސް ހުރީ ހައިރާން ވެފައެވެ. އަހަރެން ދުވަހަކު ވެސް ހިތަށް ނާރާގޮތަކަށް އަހަރެން މިއަދު މިވަނީ ޝައިލް އަށް ހަމަލާދީފައެވެ. ކޮންމެ އަކަސް ވަރަށް ހިތްހަމަ ޖެހުން ލިބިއްޖެއެވެ. އަހަރެންގެ އަމިއްލަ މަސަށްކަަތަށް ފަޙުރުވެރިވީމެވެ.

ސިޓިން ރޫމްގައި ހޭކިފައި ހުރި ލޭތަކާއި އެއްޗެހި ސާފު ކޮށް ގޭތެރޭ ފޮޅާ ކަންތަށް ކޮށްލީމެވެ. ޝައިލް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮންމެތާކަށް ދިޔައަސް ހެވެއްނޫން ހެއްޔެވެ؟ އަހަރެންނަކަށް ދެނެއް އޭނަ އެއް ނުވެބެހޭނެއެވެ. ހިތްހަމަ ޖެހިގެން އޮވެ އަހަރެން ތަޅުންގަނޑު މަތީ އޮށޯވެލީމެވެ. އެނދުގައި އޮށޯންނަން ބޭނުން ނުވާތީއެވެ. ދެން އެދާނުގައި އަހަރެން އިނގިލި ކުރިވެސް ނުޖައްސާނަމެވެ. އަމިއްލަ މަސަށްކަތާއި މެދު ފަޙުރު ވެރިވެފައިވާ ހާލު އަހަރެން ދެލޯ މަރާލީމެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. ~Lunive~

    MA…So so intelligent 🤓🧠
    Laailaaah!🖤Pis,pis Shail I hate you…🖤🖤
    Now,Dheguna ithuru You thi Kureyy….
    My beloved Hayer! Dude 😎 You hama Vrh Vrh hihvaru gadha eyy…🖤🤓
    IA, Muxo When’s next?
    Take your time,All my pleasure!!
    Ooowwh! Me first..Lysm & Tc Bud♥️💋💋

    1. _MuXo_
      ~Lunive~

      Thank you Lunive! 🤗
      Ofc hayaath is a very strong girl 💘
      Next part Raanee eyy hithuge malaathee liyelaafa!
      Yes you first! 😄
      Love you more! 💋💙

  2. Sheex

    Wow mi part v reethi vv reethi ❤️
    Alhey shail “I HATE U”😤
    That ur own sister ey kihineh vigentha thiulhenii 😠
    Haya is so strong 😔
    She did the right thing he deserves IT👏
    evaruge kameh kohfaves “SORRY” ey bunaakah shail akah neyngunu dhw 😒
    Ehen noonas he doesn’t deserve to that “FORGIVENESS”😒
    Haya report kuriyas ekan gaboolu kuraane meeheh vaanehen sheex ah heevanee! Hmm! 🤔
    Mi vhk mi hisaabah aissa otheema
    I rlly can’t wait 4 the next part!
    LY & TC MUXO 💛

  3. _MuXo_

    Glad to know that you enjoyed this part aswell Sheex 🥰
    Yes our Hayaath is strong girl! 💘
    Ofc shail doesn’t deserve sorry!
    Hehe, 4th part ves dhen in vhk liyelaafa! 💚
    Love you more, you also take care! 💋💙

  4. Your fav bab

    Alhey her biggest fear came true😭😭😭
    Shail dhookuraana kemeh neth hayar! Hama jehi jehynun maraalan jeheyny! He doesn’t deserve a forgiveness!
    But hayar ge parents heeveytha gaboolu kuraane henneh?
    Anyways mi part vrh vx furihama Maasha Allah! Loved it💗
    When next?
    Lyyy💓

  5. _MuXo_

    Fr Hayaath ge biggest fear dhw 😭
    Adhi hama jehey, she will get revenge on him
    Hiyeh nuvey dhw parents gaboolu kuraane heneh! 💀
    Happy to know that you loved this part too! 💙
    Next pary Raanee eyy hithuge malaathee liyelaafa mirey publish kohlaanan! 💚
    LOVE YOU TOO! 💋💙

  6. Tidigc

    If she was 15 years 3 years ago then isn’t she 18 now?? So skl vx nimfa nun hunnaanee?? Btw how old is shail?

    1. _MuXo_
      Tidigc

      Yes she is 18 now!! Nope 11, 12 kiyavaanu!!
      Shail maybe around 20 I guess, haven’t decided that yet!!

Comments are closed.