Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދަލް-2

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 14, 2026 4 Mins Read
22 Comments

ހިތުގައި ކިތައްމެ ޝަކުވާ އެއް އުފެދެމުން ދިޔަ ނަމަވެސް އެހުރިހާ ޝަކުވާ އެއް ކަނަކަށް ލާފައި އަހަރެން ބެލީ އަވަހަށް މިމަސަށްކަތް ނިއްމޭތޯ އެވެ. އަހަރެން ސިއްސައިގެން ދިޔައީ މީހަކު އައިސް އަހަރެންގެ ލޯމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު ދުރުކޮށްލުމުންނެވެ. އަހަރެން ބަލާލީމެވެ.

*ޕާރޓް-2*

އޭރު ޝައިލް އަހަރެންނާއި ދިމާއަށް ބަލަން ހުރީ ބޭބެ އެއް ކޮއްކޮ އަކާއި ދިމާއަށް ބަލަން ނުވާނެވައްތަރަކަށެވެ. އަހަރެން ދުރައްޖެހިލީމެވެ. އޭނާ އެއްމިޔަކަނަށް ހީލިއެވެ. އަހަރެންގެ މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ބޭއިޙްތިޔާރުގައެވެ. ޝައިލް އަހަރެންގެ ތުމުގައި ޖައްސާލީ ފެންތައްޓެކެވެ. އަހަރެން ހައިރާންވިއެވެ. އަނެއްކާ ޝައިލް އަށް މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ރަގަނޅަށް ކަމެއް ކޮށްދެނީއެވެ. އޭނާ އެއުޅެނީ ކޮންކަމެއް ކުރަން ހެއްޔެވެ؟ އޭނާ ބޭނުން ވަނީ ކޯއްޗެއް ހެއްޔެވެ؟ އަހަރެންނަށް ފެން ތަށި ބޯން މަޖުބޫރުވީ އަހަރެން އޭރު ހުރީ ފެންބޮވައިގެން ފައި ކަމުންނެވެ. ފެން ތަށި ހުސްކޮށްލުމުން ޝައިލް ތަށި ދުރަށް ލިއެވެ. އަހަރެން އިނީ ތައްޔާރަށެވެ. އޭނާ ކޮށްފާނެ ކަމަށް ތައްޔާރަށެވެ. މިކަހަލަ ޖަނަވާރެއް ކޮށްފާނެ ކަމެއް ހިޔާލަކަށް ވެސް ނުގެނެވޭނެއެވެ.

“ހާދަ ހޫނުވެފައޭ ދޯ..” ޝައިލް އަހަރެންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ.

“ގޮރޭ ކިޔާބެ.. ކައޭ ކޮންކަމެއް ބޭނުމީ..” ވީ ފޫއްސެއްގެ ބޮޑުކަމުން އަހަރެންނަށް ވާހަކަދެއްކުނީ ވެސް ހަޑިކޮށެވެ. ނަމަވެސް ޝައިލް އަށް ކަމެއް ހެންވެސް ހީނުވެއެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ.

“މަ ބޭނުން ކަންތަށް ހަޔާތް އަކަށް ނުކުރެވޭނެ..” އެހެން ބުނެ އޭނާ އަހަރެންގެ ކޮލުގައި ފިރުމާލިއެވެ. އަހަރެން އޭނާގެ އަތް ފޮޅުވާލީމެވެ. ހިނިގަނޑެއްޖަހާލާފައި ޝައިލް ވަނީ އެތެރެއަށެވެ.

އެއީ ޝައިލްގެ އާދައެވެ. އަހަރެންގެ ގަޔަށް އޭނާ އަބަދު އިންނާނީ އަތްލަ އަތްލައެވެ. އަހަރެން އެކަމާއި ހެދި އުޅެނީ ބަލައިގެންނެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާ އަހަރެންގެ ގަޔަށް އަރާފާނެއޭ އަބަދު ވެސް އަހަރެންގެ ހިތް ދަނީ ބުނަމުންނެވެ. ބަލަ އަހަރެންމީ ޝައިލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަކީމެވެ. އެވަރުންވެސް އެހިތުގައި އަހަރެންނަށް ދެވިފައިވަނީ އެހެން މަޤާމް އެއްކަން އެނގެދެއެވެ.

ވަރަށް ހިތްވަރުން އެއްޗެހި ދޮވެ ނިމިއްޖެއެވެ. އެއްޗެހި ހިއްކަން އަޅާފައި އަހަރެން އެތެރެއަށް ވަނީމެވެ. މަންމަ އާއި ބައްޕަ ވެސް ފެންނާކަށް ނެތެވެ. ޝައިލް އިނީ އޭނާ އާމުކޮށް އިންނަ ތާގައި ސޯފާގައެވެ. އަހަރެން ވަނީ ކޮޓަރިއަށެވެ. އޭގެން އެކަކުގެ ވެސް މޫނު ދެކޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން މިދުނިޔަށް ނައިނަމައޭ އަހަރެން ހިތަށް އަރައެވެ. އޭރުން މަންމަ އަށް މަންމަގެ ރަން ދަރިފުޅާއި އެކީ އުފަލުގައި އުޅެވޭނެއް ނޫން ހެއްޔެވެ؟ ބޮޑު އުދަގުލެކެވެ. އަހަރެން ބަދަސް ހުޅުވާލާފައި ނެގީ ހަދަން ދިން ފިލާވަޅެވެ. ގަނޑިއަަށް ބަލާލީމެވެ. އަށެއް ޖަހަނީއެވެ. އަހަރެން ވަރަށް ބޮޑަށް ބަޑުހައިވެއްޖެއެވެ. އެކަމު ޝައިލް ކެއުމަށް ފަހު ނޫނީ އަހަރެންނަށް ކާކަށް ލާހިކު ނޫނެވެ.

ފިލާވަޅޫ ހަދާ ނިއްމާލާފައި އަހަރެން ނުކުމެލީ ބޭރަށެވެ. އޭރު ގޭތެރެ އޮތީ އަނދިރިކޮށްލާފައެވެ. އެއްމެން ނިދަން ވަދެއެވެ. އަހަރެން އަވަހަށް ބަދިގެޔަށް ވަނީމެވެ. ތެލީގެ މަތި ހުޅުވާލީރު ތެއްޔަކު ބަތުގެ އެއްމެ ފުކެއް ވެސް ނެތެވެ. އަހަރެންނަށް ރޮވޭ ގޮތް ވިއެވެ. އަހަރެންނަށް ކާން ނުދީ އެއުޅެނީ އަހަރެން މަރާލަން ހެއްޔެވެ؟ މަންމަ އަށް ސާބަހެވެ.

ލޮލުން އައި ކަރުނަތަަށް ފޮހެލާފައި އަހަރެން ދެތިން ޕާން ފޮތި ނަގައި ޖޭމާއި އެކީ ކާލީމެވެ. ކާން އިނީރު ވެސް އަހަރެންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމުގެެ ހާލަތާއި މެދުއެވެ. އަހަރެން ބަލާލީމެވެ. އަހަރެންފެ ކަނާއަތު މުލައްދަޑިއަށެވެ. އޭރު އަތް ތިލައިން ފެށިގެން އުޅަންބޮށްޓާއި ހަމައަށް ލަކުނެއް ހުއްޓެވެ. އެހަދާން އާވުމުންވެސް އަހަރެންނަށް ރޮވެއެވެ، ހިތަށް ބާރުވެއެވެ.

އަހަރެން ހަދާން ވެއެވެ. އޭރު އަހަރެންނަށް ވާނީ 15 އަހަރެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ. ސުކޫލުން އައި ގޮތަށް އަހަރެން އުޅުނީ އެއްޗެއް ނުކައެވެ. ބަނޑުހައިވެގެން މީހާ ހޭނެތޭހެން ހީވެގެން އަހަރެން ބަދިގެޔަށް ވަނީރު ޝައިލަ އިނީ ތެއްލި ކުކުޅު ކާށެވެ. އެއީ ހާއްސަކޮށް އޭނާ އަށް ހެދި އެއްޗެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެން އޭނާ އާއި ދިމާ އަށް ބަލަން ހުރުމުން ޝައިލް އަހަރެންނަށް އެތިކޮޅެއް ދިނެވެ. ޝުކުރު އަދާކޮށްފައި އަހަރެން ކެއީމެވެ. އޭނާ އިނީ އަހަރެން ކާންދެކަށް ބަލާށެވެ. އަހަރެން ކާނިމުމުން އޭނާ ދިޔައެވެ. އޭރު ޝައިލްގެ ސިކުނޑިތެރޭގައި ހިގާ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހިތަށް އެރީ އެއީ އޭނާ އަހަރެން ދެކެ ލޯބިވާތީ ކަމަށެވެ. ހަދާން ވެއެވެ. އިރުކޮޅެއް ތެރޭގައި މަންމަ އައެވެ. މަންމަ ހުރީ މޫނުމަތި ބަނަކޮށްލައިގެންވެ. އަހަރެން ބިރުގަތެވެ.

މަންމަ އަހަރެންނާއި ދިމާއަށް ބުނީ އަހަރެން ޝައިލްގެ ތަށިން ކާއެއްޗެހި ފޭރިގަތީ ކަމަށެވެ. އަހަރެން އިނީ ހައިރާންވެ އަންތަރީޒް ވެފައެވެ. ވާހަކަ ހަދައިލަން ވެސް މޮޅުމީހެކެވެ. އަހަރެން ޝައިލް އާއި ދިމާއަށް ބަލާލީމެވެ. އޭނާ އިނީ ހިތާމަވެރި ތަސްވިރެއް ހެންނެވެ. އަހަރެން ކަންތަށް ވެގެން ދިޔަ ގޮތް ބުނަން އުޅުނަސް މަންމަ އަދި ބައްޕަ ވެސް އަޑެއް ނޭހިއެވެ. މަންމަ އަހަރެންގެ އަތުގައި ހިފައިގެން ގޮސް ވަޅިއެއް ނެގިއެވެ. އެދުވަހު އަހަރެންގެ ރުއި ރުއި އޭތި ނުވީ ކިރިޔާއެވެ. އަތުގައިވީ ފުން ޒަހަމަށް ފަރުވާ ކުރާނެ ގޮތެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. އެކަކުވެސް އަޅައެއް ނުލައެވެ. އެދުވަހު ޝައިލް އާއި ދޭތެރޭގައި އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑު ހަމަ ރަގަނޅަށް ވެސް ރޯވިއެވެ. އަހަރެންނަށް އަނިޔާ ލިބެން އޭނާ ބޭނުން ވަނީ ހެއްޔެވެ؟ އެއީ ކޮންކަހަލަ ބޭބެ އެއް ހެއްޔެވެ؟

ލޮލުން އައި ކަރުނަތަށް ފޮހެލާފައި އަހަރެން ތަށި ދުވެގެން ވަނީ ކޮޓަރިއަށެވެ. މިކަހަލަ ބޭކާރު މީހުންނަށް ވިސްނަން ހަދައިގެން އަހަރެންގެ ސިކުނޑި ވަރުބަލި ކުރާކަށް އަހަރެންނަކަށް ވަގުތެއް ނެތެވެ. އެއަށް ތުރެއް ކިޔެވުން އަހަރެންނަށް މުހިންމެވެ. ކިޔަވައިގެން މޮޅު މީހަކަށް ވެގެން އަހަރެން މި ގައުމުން ވެސް ދާނަމެވެ. އެހެވެ. މަންމަ އާއި ބައްޕަ ކިތައްމެ އާދޭހެއް ކުރިއަސް އެވެ. އަހަރެން ރުއިފައި ކުރި އާދޭސްތަކަށް ބީރުކަންފަތެއް ދީފައި ވަކި ދެން އަހަރެން އެމީހުންނަށް އަޅާލަންވީ ކީއްކުރަން ހެއްޔެވެ؟ އެނދުގައި އޮށޯވެ ނިދޭތޯ މަސަށްކަތް ކުރީމެވެ.

ސްކޫލަށް ދާގަނޑިކަން އަހަރެންނަށް އެނގެނީ ތެލި ތަޅުވާ އަޑަށެވެ. އާއެކެވެ. މަންމަ އަހަރެންނަކަށް ނޮގޮވާނެއެވެ. މަންމަ އަހަރެންގެ ކޮޓަރި ކުޑަދޮރު ކާރީ ހުރެގެން ތެލިތަށް ތަޅުވާނީ އެވެ. މިއަޑަށް އާދަވެފައިވާ އަހަރެން ފެންވަރައި ތައްޔާރު ވެލީ ބަދިގެޔަށް ދިއުމަށެވެ. ކިރުތައްޓެއް ހަދައިގެން އެނބުރިލި ތަނާހެން އަހަރެންނާއި އެއްމެ ދެއިންޗިއެއްހާ ދުރުގައި އެއިނީ ޝައިލް އެވެ. މީއްޗަކުގެ މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ މަގޭ ގަޔަށް ބޮލަށް އަރަން އޭނާ އެހާ ބޭނުންވަނީ ކިއްވެ ހެއްޔެވެ؟

ޝައިލް ކޮއްޕާލާފައި އަހަރެން އަވަހަށް ގޮސް ސިންކުކާރީ ހުރެ ކިރުތަށި ބޯލާފައި ތަށި ދޮވެލީމެވެ. އަހަރެން ބޭނުންވަނީ އަވަހަށް މިތަނުން ނުކުމެގެން ދާށެވެ. މިތާ ހުރެގެން ސިކުނޑިއަށް ބާރުވަނީއެވެ. ކަންފަތަށް ވަނީ އުނދަގުލެވެ. ހިތް ރޮނީއެވެ. ދަބަސް އަޅުވާލާގެން އަހަރެން ހިގައިގަތީމެވެ. ނުކުމެ އަލާޔާ ފެނުމުން އަހަރެން ތުންފަތް މައްޗަށް ހިނިތުންވުމެއް ގަދަކަމުން ވެރި ކުރުވީމެވެ. އަލާޔާ އަކީ ހަމަ އެކަނި އަހަރެންގެ އެކުވެރިޔާ އެވެ. އޭނާ ވަރަށް ހެވެ. އޭނާ އަހަރެންނަށް އަޅާލައެވެ. އެކަމު އަލާޔާ އަކަށް އަހަރެންގެ ދިރުއުޅުމުގެ ހާލަތެއް ނޭނގެއެވެ. އެއީ އެއްމެންނަށް ވަންހަނާ ވެފައިވާ ސިއްރެކެވެ. އެ ސިއްރު އެހެން މީހުންނަށް ހާމ ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އާދައިގެ ގޮތަށް ސުކޫލުވެސް ނިމިއްޖެއެވެ. ދެން އޮތީ ބޮޑު ބަންދެކެވެ. އަހަރެންނަށް ލިބުނު ހިތާމަ ދެގުނަވީއެވެ. ގޭތެރޭގައި ތާށިވީއެވެ. ދެން އަބަދުވެސް އޮންނާނީ ހަޅޭލެވުމެވެ. މަސަށްކަތެވެ. މައްސަލައެއް ނެތެވެ. ކެއްކުރާނީ އެވެ. މިއޮށްހާ އަހަރުތަށް ވަންދެކަށް ވެސް އަހަރެން ކެއްކުރީ ނޫންހެއްޔެވެ؟ އަލާޔާ އާއި އެކީ ގެޔަށް ދިޔައީމެވެ.

ގޭތެރެ އަށް ވަދެގެން އައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އެކަމާ ހައިރާންވިއެވެ. މަންމަ އާއި ބައްޕަ ކޮބާ ހެއްޔެވެ؟ އެމީހުން އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާ އެމީހުން ގޭގައި ނޫޅެނީހެއްޔެވެ؟ އަހަރެންގެ ހިތަށް ލުޔެއް ލިބުނެވެ. ނަސީބެއް ނޫންހެއްޔެވެ. ޝައިލް ކޮބާ ހެއްޔެވެ؟ އޭނާ ވެސް ނެތީ ހެއްޔެވެ؟ އަލްހަމްދުﷲ އެވެ. ނޫނެކެވެ އަލްހަމްދުﷲ އެއް ނޫނެވެ. އެހުރި ގޭތެރެއަށް ވަދެގެން އަންނަނީ އެހަނޑި ޖަނަވާރެވެ. އެބަލާ ވައްތަރެވެ. އޭނާގެ ދެލޯ ކޮނެ ލާފައި އަތަށް ދީފާނެމޭ ވެސް ހިތަށް އަރައެވެ.

“މަންމަ އާއި ބައްޕަ ދިޔައީ ބޮޑުދައިތަ ބަލިވެގެން އެގެޔަށް.. މާދަމާ އަންނާނެ..” އޭނާ ގޮސް ސޯފާ އަށް ޖެހިގަންނަމުން ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހެއްދެވި ފަރާތަށް އަހަރެން ރައްކާތެރި ކުރެއްވުމަށް އެދި ދުޢާ ދެންނެވީމެވެ. އަހަރެން އުޅުނީ ވަރަށް ދުރުދުރުންނެވެ. ޝައިލް އަށް އަހަރެންނާއި ކައިރި ނުވޭނެހެންނެވެ. އޭނާ މިއަދު އެހާ އަޅާލާ ހެންނެއް ހިޔެއް ނުވެއެވެ. އެއީ އަހަރެންގެ ނަސީބެވެ. ކައިހަދައިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރި އަށް ވެދެ ދޮރުލައްޕަން އުޅުމުން ދޮރު ތާށިވިއެވެ. އަހަރެން އަނެއްކާ ވެސް ބަލާލީމެވެ. އޭރު ދޮރާއި ދޮރުކަންޔާއި ދޭތެރެއަށް ފައި ލައިގެން އެހުރީ ޝައިލް އެވެ. އަހަރެންގެ ހިތް ހުއްޓުން ކަހަލައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވޭއްޖޭ-20

Next

ދެވުނީ ވޭނޭ 53

Next
March 15, 2026

ދެވުނީ ވޭނޭ 53

Previews
March 14, 2026

މުޅި ހިތް ބޭޤަރާރު ވޭއްޖޭ-20

22 Comments!

  1. Your fav bab says:
    March 14, 2026 at 10:36 pm

    Oh hell noo! Eyru vx heevi ey thi shail ey kiyunu eychakun ulheynee thi faadashey😖 alhe amilla ehbadu ehbafa kokko!
    Btw vrh ufaavi mi part kiyaalan miadhu libunyma cuz you submitted the previous ep yesterday!
    btw MuXo First person’s perspective in story liyaairu maa bodah ves reethi hen heevey😊
    When next?
    Lyssm💗

    1. _MuXo_ _MuXo_ says:
      March 15, 2026 at 12:13 am

      Awwn thank you for the lovely comment bab!! 🥰
      Alsu ves tha? Alheyy!! 🤗
      Next part ves hama V avahah IA!! 💙
      Love you more! Muah!! 💋💙

  2. ✌ says:
    March 14, 2026 at 11:49 pm

    Mi story ga shail ge name use kuru mu ge sirakee koba baa🙈
    Muxo vhk vrh reethi keep it up

    1. _MuXo_ _MuXo_ says:
      March 15, 2026 at 12:14 am

      Nothing much! 😶 kuhjjege comment ga in names thaku therein alhaagai name eh! 😄
      Glad you liked the story!! 💙

  3. Sheex says:
    March 15, 2026 at 12:10 am

    V reethi mi part MA 🧡
    Alhey sheex ge v close cousin ehves ulhey shail kiyaa 🤭
    Sheex V rulhi aisi kobatha shail ge mahsala akee😠
    Efakeeru keehkureetha? Ehen ehadhanee🥺
    Alhey muxo hayaa save kurahchey shail karin 😒
    Can’t wait for the next part ☺️
    Ly & tc muxo 💛

  4. _MuXo_ _MuXo_ says:
    March 15, 2026 at 12:16 am

    Thank you Sheex!! 🥰
    Consider that as him! 🤣
    Can’t!! 😭
    Love you too! 💋
    Tc!! 💙

    1. Sheex says:
      March 15, 2026 at 12:51 pm

      Hehe
      his v kind and soft hearted prs eh🤍
      Anhen kudhinnah kairi vaneeves 1 a year ey bunyas dhogakah nuvaane 😁

  5. aa says:
    March 15, 2026 at 1:31 am

    nice

    1. _MuXo_ _MuXo_ says:
      March 15, 2026 at 2:04 am

      Thankx

  6. aa says:
    March 15, 2026 at 1:34 am

    when next part

    1. _MuXo_ _MuXo_ says:
      March 15, 2026 at 2:04 am

      IA v avahah!

  7. aal says:
    March 15, 2026 at 1:34 am

    varah reethi

    1. _MuXo_ _MuXo_ says:
      March 15, 2026 at 2:04 am

      Thank you! 🥰

  8. inna says:
    March 15, 2026 at 1:42 am

    mi part ves reethi

    1. _MuXo_ _MuXo_ says:
      March 15, 2026 at 2:05 am

      Gald you like this part aswell! 🥰💙

  9. Alaika_22 says:
    March 15, 2026 at 3:16 am

    Mi part ves Vrh rythi MA!! 💗
    Shail what the he’ll… She is ur sister….
    Curiously waiting for next part Whn nxt????
    Lysm and Tc my dear author 😊❤️

    1. _MuXo_ _MuXo_ says:
      March 15, 2026 at 3:40 pm

      Thank you Alaika!! 🥰
      Next part dhen tiyaee hadhey liyelaafa! 👍
      Love you too! 💋 You also tc my fav reader!🤗

  10. Cer says:
    March 15, 2026 at 12:15 pm

    MA+…So so Astonishing 🤗🫶🏻
    BTW, I hate you!Shail You nujeheyne ehnnu Loabi loabi Kohkko ah ehnhadhan!✨🥀
    Asluvex,Mihaar Biological siblings ge Aaamu Kameh aee eachother ah they visnanee ehn gothakah especially Brw!!🤍✨
    Sorry for Haya! Muxo Hayakko ah dhera gothah nuhadhahjeyy!!
    Lysm& Tc of yourself 🫶🏻 🤍
    Anyways , When’s next?🥀🤗

  11. Shaba_73 says:
    March 15, 2026 at 1:21 pm

    Mi part ves vrh Reethi MA! ❤️
    Alhey shail efakeerah Ehen nuhadhaba 😭😭
    Sad for you hayaa… Haadha goaheyyy dhw shail
    Curiously waiting for the next part
    When’s next??
    Lyy and tc darling 💗

    1. _MuXo_ _MuXo_ says:
      March 15, 2026 at 3:44 pm

      Thank you Shaba_73!! 🥰
      Next part thiyaee hadhey liyelaafa! 🤗
      Love you too! 😘 you also tc! 💙

  12. _MuXo_ _MuXo_ says:
    March 15, 2026 at 3:42 pm

    Thank you for the lovely comment Cer!! 🥰
    Aslu ves Cer thibunee thedheh! 😭
    Vhk next part IA thiyaee hadhey liyelaafa! 🤗
    Love you more! You also tc! 😘💙

  13. Anonymous says:
    March 15, 2026 at 5:22 pm

    badhas 😂😂😂😂😂

Comments are closed.

Next Episodeބަދަލް-3←


All Right Reserved!