“ހަޔާތް.. ހަޔާތް.. އޭޔް..” ނިދިފައި އޮތް އަހަރެންނަށް ހޭލެވުނީ އަހަރެންގެ ކޮޑުގައި މީހަކު ކޮއްޓާތީއެވެ. ބޯހިއްލާލީރު އަލާޔާ އިނީ ދަބަސް އަޅުވައި ތައްޔާރު ވެގެންނެވެ. އަހަރެން ވެސް ދެލޯ އުގުޅާލާފައި ފޮތްތަށް ދަބަހައް އަޅަން ފެށީމެވެ.
“ގޭގަ ނުނިދަނީތަ..؟” އަލާޔާ އަހާލިއެވެ. އަހަރެން ހީލީމެވެ. އެއީ އަލާޔާ އަށް ހަޤީޤަތް ފޮރުވުމުގެ ނިޔަތުގައެވެ. އޭނާ އަށް އެވާހަކަތައް ކިޔާދޭކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވެއެވެ.
“ގޭގަ ނުނިދާތީކީ ނޫން.. އަލާޔާ ފުއްސެއްނުވޭތަ މި ސޯ ކިޔަވާދޭރަކު.. މަށަކަށް ހަމަ ނުހުރެވޭނެ..” އަހަރެން ދެއްކީ އެހެން ބަހަނާއެކެވެ. އަލާޔާ އަށް އޮޅުވާލާށެވެ. ހީއްކުރިގޮތަށް އޭނާ ޤަބޫލު ކުރިއެވެ.
ސުކޫލުން ގެޔަށް ދިޔަ މަގުމަތީގައި އަލާޔާ އެތަކެއް ވާހަކައެއް ދެއްކިއެވެ. އަހަރެންނަކަށް އޭނާ ދެއްކި ވާހަކަތަކަކަށް އަޑެއް ނޭހުނެވެ. އެއަށް ތުރެއް އަހަރެންގެ ސިކުނޑި ވަނީ ބާރު ބޮޑުވެފައެވެ. އަހަރެންގެ އެއްމެ ބޮޑު އެއް ދުޝްމިނަކީ އަހަރެންގެ ގެޔެވެ. ގެޔަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެފުރާޅު ގަނޑު ދަށުގައި އުޅުމެކޭ ދުނިޔޭގެ ނަރަކައެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.
އަލާޔާ އޭނާގެ ގެޔަށް ވަނުމުން އަހަރެންނަށް ހުރި ފިޔަ ވަޅުމަތީ ހުރެވުނީއެވެ. ކުރިމަތީގައި އެހުރީ އަހަރެން އުޅޭ ގެއެވެ. އެކަމު އޭރު ވެސް އަހަރެންގެ ސިކުނޑީ އަހަރެންނަށް އިންޒާރު ދެމުން ދިޔައީ އަހަރެންނަށް ވާނެ ގޮތާއި މެދުއެވެ. ފަރުވާލެއްނެތެވެ. ވަރިހަމަ އެވެ. ކޮންމެ ގޮތެއް ވިއަސް އަހަރެން ކެއްކުރާނީއެވެ. ކޮންމެ ވެސް ދުވަހަކުން މިތަނުން ސަލާމަތް ވެގެން ދެވޭނެއެވެ.
ގޭތެރެއަށް އަޅާލި ފުރަތަ ފިޔަވަޅާއި އެކީ އިވުނީ މަންމަގެ ހަރުކަށި އަޑެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. ކެއްތިރަކަން ދެއްވުމަށް އެދި ހެއްދެވި ފަރާތަށް ދުޢާ ދަންނަވާފައި އަހަރެން އެތެރެއަށް ވަނީމެވެ. އޭރު އަހަރެންގެ ބޭބެ ޝައިލް އިނީ ސިޓިން ރޫމްގައި ފޯން ހިފައިގެންނެވެ. އޭނާ ފެނިފައިވެސް އަހަރެންނަށް ފަކުރު ގަނެވުނެވެ. ޝައިލްގެ އަސްލު އެނގެނީ ހަމައެކަނި އަހަރެންނަށެވެ. އޭނަ އެއީ އެހެން އަންހެން ކުދިންގެ ހިތުގެ ރަސްގެފާނަށް ވެދާނެއެވެ. އެކަމު ހަޤީޤަތް އެނގެންޔާ އޭނާ އާއި ދިމާއަށް އަންހެންކުއްޖަކު ބަލާލާނީ ވެސް ކިހިނަކުން ހެއްޔެވެ؟
ބޫޓު ބާލާފައި ކޮޓަރިއަށް ދިޔަ މަގުމަތީގައި މަންމަ އަހަރެންނަށް ގޮވާ ހުއްޓުވިއެވެ.
“ހަޔާތް.. ކަލޭ މިއަދު ޖެހޭނެ އެއްޗެހި ދޮންނަން..” މަންމަ އިޝާރާތް ކޮށްލީ ފުނި ޖެހިފައިވާ ހެދުންތަކާއި ދިމާއަށެވެ. މަންމަމެން އަމިއްލަ އަކަށް އެމީހުންގެ އެއްޗެހި ދޮންނަން ވީނޫން ހެއްޔެވެ؟ ނޫނެކެވެ. އެކަހަލަ ކަމެއް ކުރުމަކީ އެއީ ހަރާމް ކަމެވެ. ގޭގެ ހުރިހާ ކަމެއް ކުރާނީ ސޫކުލަށް ކިޔަވަންދާ އެގެއްގައި އުޅޭ އަންހެން ދަރިއެވެ. އަހަރެން ބޯޖަހާލާފައި ވަނީ ކޮޓަރިއަށެވެ.
އެނދުމަތީގައި އިށީންދެ އަހަރެން ބޮލުގައި އަތް އަޅާލީމެވެ. މިއީ އަހަރެން ދިރިއުޅެން ޖެހޭ ހާލަތެވެ. މަންމަމެން އަހަރެން ދެކެނީ ދަރިއަކަށް ތުރެއް ބޮޑަށް ގޭގައި ގެންގުޅޭ ނޯކަރެއް ގޮތަށެވެ. ކިޔަވަން އަހަރެން ފޮނުވީވެސް އެވަރަަށް ރުއި އާދޭސް ކޮށްގެންނެވެ. ރަގަނޅު މާރކްސް ހޯދުމުންވެސް ލަވަނީ ހަޅޭކެވެ. އެހެން ކުދިން އަހަރެންނަށް ތުރެއް މަތިން ހޯދާނެ އޭ ކިޔައެވެ. 100 އަކުން ނަގާ ޓެސްޓް އަކުން 101 ހޯދާނީ އަޅެފަހެ ކިހިނަކުން ހެއްޔެވެ؟ އެއީ މަންމަމެންގެ ވިސްނުން ހުންނަ ގޮތެވެ. އަހަރެންނަށް އެހެންތާކު ދިރިނޫޅެވޭނެކަން އެނގޭތީވެ އަހަރެން ހުންނަނީ އަނގަމަޑުން ލައިގެންނެވެ.
އެއްޗެހި ބަދަލުކޮށް ހަދަައިގެން އަހަރެން ނުކުތީ ކާށެވެ. ބަދިގެޔަށް ވަދެ ތަށްޓެއް ހިފައިގެން އައިސް ބަތްކޮޅެއް އަޅަން ތައްޔާރު ވެލިތަނާހެން ވައިސޫރިއެއް ހެން މަންމަ އައިސް އަހަރެން އަތުން ތަށި އަތުލިއެވެ. އަހަރެން މަންމަ އާއި ދިމާއަށް ބާލާލީ ދެލޯ ބޮޑު ކޮށްލައިގެން ހުރެއެވެ. ދުވަހަކަށް ވުރެއް ދުވަހެއް މަންމަގެ ޖެއްސުން ދަނީ ބޮޑުވަމުންނެވެ.
“އަދި ވެސް ކާންތަ ތިވަންނަނީ.. މިބަތް ކޮޅު ބަހައްޓާ ޝައިލް އަށް.. ކަލޭ ކާރީ ބުނި ކަންތަށް ނޮކޮށް އައިސް އަދިވެސް އުޅެނީ އެހެން ކަންތަށް ކުރެވޭތޯ..” މަންމަ ހަޅޭ ފަޅޭ ޖަހައިގަތެވެ. އަހަރެން ބަތް ތެއްޔަށް ބަލާލީމެވެ. އަހަރެން މީގެން ކުޑަ އެތިކޮޅެއް ކާލިއަސް ޝައިލް އަކަށް މަދެއް ނުވާނެއެވެ.
“އަހަރެން މީނީ ހެނދުނު ސައިވެސް ނޮބޮއި..” މަޑުމަޑުން އަހަރެން ބުނެލީމެވެ.
“ބަލަ އެއީ މަގޭ ކަމެއްތަ.. އެހެރީ ކިރު އެހެރީ މައިލޯ.. އެހެރީ ޕާނާ ބިހާ.. ދެން ކޯއްޗެއްތަ މަދީ.. އެއިން.. އަބަދު ވެސް ކޮންމެ ވެސް ބަހަނާއެއް ދެއްކޭތޯ ބަލާނީ..” ބަދިގެ ދޮރާއި ދިމާއަށް އަހަރެން ކޮއްޕާލަމުން މަންމަ ބުންޔެވެ. އިތުރަށް އެއްޗެކޭ ނުބުނަން ވެގެން އަހަރެން ދިޔައީ އެއްޗެހި ދޮންނާށެވެ. ދޮންނަ މެޝިނެތް ނެތީވެ އަހަރެންގެ މަސަށްކަތް ދެގުނަވީއެވެ. ސަތޭކަވަރަކަށް ހެދުމާއި ގަމީސް އެބައޮތެވެ. އިރޯއްސުމެގެ ކުރިޔަށް މިހުރާ އެއްޗެއް ދޮންނާނީ ވެސް ކިހިނަކުން ހެއްޔެވެ؟
ބޮޑު ދެތައްޓަށް ފެންއަޅާގެން އަހަރެން އައިސް އިށީނީ ކުޑަ ގޮނޑިއެއް ހިފާގެންނެވެ. މަސަށްކަތް މިފެށީއެވެ. އަވަހަށް މަސަކަތް ނިއްމާފައި ފިލާވަޅުތަށް ހަދަން ވަންނަން ވެގެން އަހަރެން ދިޔައީ އަތްމަތި އަވަސް ކުރަމުންނެވެ. އަނދިރިވެއްޖެއެވެ. އަދި ވެސް ބާވަރު އެއްޗެހި ނޮދޮވެވި އެބަ ހުއްޓެވެ. ބުރަކަށީގައި އެބަ ރިއްސައެެވެ. އަތަށް ވާޅު ވެއްޖެއެވެ. މަންމަ ކޮބާ ހެއްޔެވެ؟ މަންމަ ކީއްކުރަނީ ހެއްޔެވެ؟
މަންމަ އަބަދު ވެސް އުޅެނީ މަސަށްކަތް ގިނަވެގެންނެވެ. އެކަމު އޭގެން އެއްވެސް ކަމެއް މަންމަ ކުރަނީކީ ނޫނެވެ. ހުރިހާ ކަމެއް ކުރަނީ އަހަރެންނެވެ. އަހަރެންމީ ރޮބޮޓަކީމެވެ. ހުރިހާކަމެއް ވެސް ކުރަނީ އަހަރެންނެވެ. މަންމަގެ އެއްމެ ލޯބިވާ ޝައިލް އެއީ މިގޭގެ ރަސްގެފާނެއެވެ. އޭނާގެ ފައިކޮޅުގައި އިށީންދެގެން އަހަރެން އިންނަން ޖެހެނީ އޭނާގެ ފައި މޮޑެދޭށެވެ. ބަލާ ހުވަފެންތަކެވެ. ޗީޑިއެވެ.
ހިތުގައި ކިތައްމެ ޝަކުވާ އެއް އުފެދެމުން ދިޔަ ނަމަވެސް އެހުރިހާ ޝަކުވާ އެއް ކަނަކަށް ލާފައި އަހަރެން ބެލީ އަވަހަށް މިމަސަށްކަތް ނިއްމޭތޯއެވެ. އަހަރެން ސިއްސައިގެން ދިޔައީ މީހަކު އައިސް އަހަރެންގެ ލޯމައްޗަށް އެޅިފައި އޮތް އިސްތަށި ކޮޅު ދުރުކޮށްލުމުންނެވެ. އަހަރެން ބަލާލީމެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







This story is so fr!!
Baeh Geyge anhen dhari lavvaa hurihaa kameh kuruvanee expecting the son would make them rich or smthng but in reality bodu udhagoo jassan thibey baeh eii! 100 akun 101 hoadheyey..😂😂 Muxo is been so muxo😂
Anekka shail.. Is he.. Oh nonor!
Appreciated your hard work muxo!!
This part’s so entertaining
When nect?
Ly n tc darling💗
Aslu ves baeh family thakuga kanthah vamun dhanee hama ehen!!
Hehehe!! Hama liyelee ehchekey!!
Thank you so so so much bab!!!
Glad to know that I made you laugh!!
Next part next week ga!!
Love you more!!
Wow v reethi MA❤️
Muxo u hama thikiyaadhenee ginakudhinge haalathu ❤️🩹
geygehuri hurihaa masahkatheh kuranjeheni ekudhin 🥺
Mi part kiyaafa sheex shail dheke v rulhi aisi 😠🥱
1 dhariyaku abadhuves “RANDHARI”💫 But hayaa ah ehen hadhaakah nuvaanu 😖
Lolun karuna ves hilijje mi part kiyaalaafa 😥
Aslu hiyeh nukuran trailer mirey nikumefa plus 1 part ves nikumedhaane kamakah 🥰
Next part aneh vhk thah ninmaafa dhw?☺️
Can’t wait for the next part 😊
LY & TC MuXo 💛
Thank you so much for this lovely comment Sheex!!
Alheyyy sorry Sheex rohvaalevuneema!!
I keep my words Sheex!!
Yes dhen huri vhk thah liyelaafa!!
Love you more!!
Mi part ves vrh Reethi MA!
Curiously waiting for the next part
When’s next Btw sorry Aneh story ge bai thakah comments eh kohlevunyma! You’ll get my full support IA ☝🏻❤️
Lyy and tc darling 💗
I mean comment eh kohnulevunyma*
Happy to know that you enjoyed this part!! 🥰
Its okay you may be busy!💚
Love you too you also take care!! 💙😘
stry is very interesting
keep it uo❤️
Thank you!! 🥰
MA +💯💪🏻 A pupil of my eye, 👁️ Ur the Author I admire lot and lot!
IA,1 st of Badhal is so so Glittering I really like it!☝🏻❤️
Muxoo..Haadha intelli eyy.. Description Vrh Vrh furihama Cer ves aslu stories ah intrst Ohnna middle Reason akee mi’ Eyyy…
I wrote dhw own stories BTW, I don’t like everyone seeing that’s secrect Piece of me it’s!!
Muxoo Ur the BEST AUTOR ever…🥀🥀
Anyways, When’s next? Dude
Ly Tc
Alhey hayaa ah ehn nuhadhaa… 😭
Naseebeh i men geyga ehn nuvaakan… Sometimes i Mom i ge ehchehi vess dhoe dheyne..
BY THE WAY mi part Vrh rythi MA!!!
Curiously waiting for next part??????????
Whn nxt?????
Lysm and Tc my girll 😊❤️
V reethi ⭐
Thank you!!
Aslaam Alaikum 🤎🥀
Kudakuda kamaku kiyan vegen I mi aee….
Muxoo publish yesterday kanneyge kureemehnu “studying methods “Dhw…
Could you plx tell aneh Schedule ah hadhaagen noanee Ekiyavaa kuhjjayah faseyha gadiaku thw kiyavan emme Ragalheyy Dhaskurun ves himeney ingey…❤️☝🏻
IA,I hope Muxo Ge Answer ah libeyne kamah
What do you mean!! I mean that how? Are you saying that like schedule eh hadhaane goii tha?
Schedule eh hedhun thw noanee amihla ah faseyha gadiaku kiyevun thw?
Hope you understand it!
I told taking your own time for studying or You need to make a schedule?
Tell me the best one?🥀☝🏻
I understand Muxo ah ves udagoo vedhaane kan sorry! I ge question nubaavee!!🥀
Translate kohfa mi enee English and dhivehi Hope you ll know it!👀
Two id in post vevunee !!
Sorry I don’t really understand what you are trying to say! 😭
Ohhh!!
Ekuhjjakah faseyha gadiyaku kiyevun emme buhdhiveree! 👍
Rethink..
Reethi