Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީއޭ ހިތުގެ މަލާތީ-2

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 10, 2026 3 Mins Read
12 Comments

ނިދަން އަރާފަވެސް އަލައިކާ އަށް ވިސްނެމުން ދިޔައީ ޝިފާން އާއި މެދުއެވެ. ޝިފާން އަކީ އޭނާގެ ބޮޑުދައިތަ އަނާގެ ދަރިފުޅެވެ. ޝިފާން ނުދެކޭތާ މިހާރު އެތަކެއް އަހަރެއް ވެދާނެއެވެ. މިހާރު ޝިފާން ވަރަށް ތަފާތު ވާނެ ދޯއެވެ. އަނެއްކާ ޝިފާން އޭނާ އާއި ވާހަކަ ދައްކާނެ ހެއްޔެވެ؟ އެތަކެއް ހިޔާލުތަކެއް ކޮށްފައި ސިކުނޑި ވަރުބަލި ވުމުން އަލައިކާގެ ލޮލަށް ނިދީގެ އަސަރު ފޯރިއެވެ. އިސާހިތަކު އެހެން އޮވެ އޭނާ އަށް ނިދިއްޖެއެވެ.

*ޕާރޓް-2*

ދޮރުގައި ޓަކިޖަހާއަޑަށް އެސްފިޔަތަށް ތަޅުވާލާފައި އަލައިކާ ފުންމައިގެން ތެދުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. އޭރު ޝަބާ ހުރީ މޫނުމަތި ބަނަ ކޮށްލާގެންނެވެ. ޝަބާގެ މޫނުފެނަފައި އަލައިކާގެ ލޮލަށް އަދިރިވިއެވެ. އެނބުރުން އަރައިގެން ހޭނެތި ދާނެއޭ ސިކުންތު ކޮޅަކަށް ހީވިއެވެ. ނަމަވެސް އިރުކޮޅެއް ތެރޭގައި ރަގަނޅު ވިއެވެ.

“ރޭގަ ލަހުން ދޯ ނިދީ.. ބުނާނެ ކަމެއް ނެތް..” ޕިސް ކަޑާލާފައި ޝަބާ ދިޔައެވެ. ދޮރުފަތުގަ ލެނގިލާގެން އިރުކޮޅަކު ހުރެފައި އަލައިކާ އަވަހަށް ދިޔައީ ފެންވަރާ ރީތި ވެލާށެވެ. އެނދުމަތި ރީތިކޮށްލާފައި އޭނާ ދިޔައީ އަނާ މެން ހުންނަން ހަމަޖެހިފައިވާ ދެ ކޮޓަރި ކުޑަކޮށް ކުނި ކަހާލާށެވެ. ކުނި ކަހާލާފައި މޮޕްކޮށް ހަދާފައި އަލައިކާ ވަނީ ބަދިގެޔަށް ސައިބޯށެވެ.

އޭރު ޒިޔާން ވެސް އިނީ ޒިއާމް ގޮވައިގެންނެވެ. އަލައިކާ ބަދިގެއިން ނުކުތެވެ. ޒިޔާން އިންނަ ތާކު އެއް އޭނާ އެއްމެ ސިކުންތު ކޮޅެއް މަޑުކޮށެއް ނުލާނެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ކުޑަ އިރުއްސުރެއް ޒިޔާން އެއް އަލައިކާ އަކަށް އެހާ ލޯބިންނެއް ނޫޅެއެވެ. އޭނާ ބޭނުން ވަނީ ފިރިހެން ކުއްޖެކެވެ. އެހެންކަމުން ބައްޕަ އެއްގެ ލޯބި އޭގެ އެއްމެ ފުރިހަމަ ގޮތުގައި އަލައިކާ އަށް ދޭކަށް ޒިޔާން އެއް ނޫޅެއެވެ. ނަމަވެސް ނަސީބަކުން އަލައިކާ އަށް އޭނާ އެއް ވެސް ޝަކުވާ އަކާއި ނުލާ ހަރަދު ކުރާނެއެވެ. ބޮޑު ވަމުން އައިރު ވެސް އަބަދު ވެސް ޒިޔާން އާއި އަލައިކާގެ ދޭތެރޭގައި އޮންނާނީ މައްސަލަ ޖެހިފައެވެ. އަލައިކާ ކުރާ އެއް ވެސް ކަމެއް އޭނާ އަކަށް ރަގަނޅު ކަމަކަށް ނުފެނެއެވެ. އެއްވެސް ކަމެއް އޭނާ އަށް ހަޖަމު ކުރެވޭ ކަމަކަށް ނުވެއެވެ. އެހެން ކަންތަށް ތަކުރާރު ވާން ފެށުމުން ޒިޔާން އަށްޓަކައި އަލައިކާގެ ހިތުގައި ފޫހި ކަމެއް އުފެދުނެވެ. ޒިޔާން އާއި އަނގައިން ވެސް ނުބުނާނެއެވެ. އޭނާ ހުންނަތާކު މަޑުވެސް ކޮށެއް ނުލާނެއެވެ.

އަލައިކާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ޒިޔާން އިނީ ދެރަވެފައެވެ. އަކަމު އޭނާ އަށް ދެރަވުމުގެ ހައްޤު މިއަދު އެބައޮތް ހެއްޔެވެ؟ އޭނާގެ ދަރިފުޅާއި އެހާ ދުރުކަމެއް އުފެއްދި މީހާ އަކީ ވެސް ޙުދު އޭނާ އެވެ. ޝަބާ އަށް ވެސް ޒިޔާންގެ މުނުމައްޗަށް އަރައިގެން ދިޔަ ކުލަވަރު ފެނުނެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނެއެވެ.

ގޯތިތެރޭގައި އަނބުގަހުގައި އެލުވައިފައި އިން އޮދޯލީގައި އޮށޯވެލައިގެން މައްޗަށް ބަލަން އޮތް އަލައިކާގެ މޫނުމަތީ ވަނީ ހުސްކަމެވެ. އޭނާގެ ހިތް ރޯއަޑު އެކަކައް ވެސް ނީވެނީ ހެއްޔެވެ؟ އޭނާ ބައްޕަ އެއްގެ ލޯބި ބޭނުމެވެ. އެހެން ކުދިން އެކުދިންގެ ބައްޕަގެ ވާހަކަ ދައްކާރު އެވާހަަކަތައް އަޑުއަހާ ކޮންމެ ފަހަރަކު އެއީ އަލައިކާގެ ހިތަށް ކައްޓެއް ހެރޭނޭ ފަހަރެކެވެ. ނަމަަވެސް އޭނާ އެއް އެކަމެއް ނާނގައެވެ. ޒިއާމް އަށް ލޯބި ދޭފަދައިން އޭނާ އަށް ވެސް ޒިޔާން ލޯބި ނުދެނީ ކީއްވެހެއްޔެވެ؟ އޭނާ އަންހެން ކުއްޖަކަށް ވީމަ ހެއްޔެވެ؟ އަންހެނަކަށް ވުމަކީ ހަމަ އެހާ ނިކަތިކަމެއް ހެެއްޔެވެ؟

“ދަރިފުޅާ.. އަވަހަށް އާދޭ ކިރުތަށި ބޯން..” އަކައިކާ އަށް ހިޔާލުތަކުގެ ފުންކަޑުން ބޭރުވެވުނީ ޝަބާގެ އަޑުންނެވެ. ތެދުވެގެން އޭނާ ދިޔައީ ގޭތެރެއަށެވެ.

ސައިތަށި ބުއި ހަދައިގެން އޭނާ ވަނީ ކޮޓަރިއަށެވެ. ކުޑަ ގޮތަކަށް ތައްޔާރު ވެލާފައި އޭނާ ނުކުތީ ބޭރަށެވެ. ޝަބާ އާއި އެކީ އޭނާ ވެސް ދިޔައީ ބަދަރެށެވެ.

ލޮނުގަނޑު ކަފަމުން ބާރު ސްޕީޑް ގައި އައި ލޯންޗް ލެފީ ބަދަރަށެވެ. ރަށަށް ފޭބި މީހުން މަދެއް ނޫނެވެ. އަލައިކާ އިނީ ހިތް އަވަސް ވެފައެވެ. އަނާ މެން ކޮބާ ހެއްޔެވެ؟ އަލައިކާގެ މޫނުމަތީ ހީވީ މީހަކު ފިރުމާލި ހެންނެވެ. އޭނާގެ ގަޔަށް ފިނިވެގެން ދިޔައެވެ. އެއޮށް ފޭބީ ޝިފާން އެވެ. ޝިފާންގެ ރީތި ކަޅިރަވަ އޭނާގެ ކަޅި އާއި ހަމަވި ވަގުތު ހީވީ އެތާ ތިބި އެހެންމީހުން ގެއްލުނު ހެންނެވެ. ވަގުތު ވެސް ހުއްޓުނު ހެންނެވެ. ޝިފާން ލައިގެން އިން ކަޅު ކުލައިގެ ހުޑީ އާއި ލައިގެން އިން ޖިންސްގައި އޭނާ ފެންނަލެއް ކިތަށްމެހާ ވެސް ފުރިހަމައެވެ. ދެން ފޭބީ ކޮންމެ ވެސް އެހެން ފިރިހެން ކުއްޖެކެވެ. އެކުއްޖާ ވެސް ޝިފާން އާއި އެއްވަަރަށް އެހާމެ ރީއްޗެވެ. ފިރިހެންވަންތަ އެވެ. ރަށުތެރެއަށް ނަޒަރު ހިންގާލާފައި އެފިރިހެން ކުއްޖާ ޝިފާން ކާރީ އެއްޗެކޭ ބުނެލިއެވެ.

“އަހަ.. އަލައިކާ..” އަނާ އައިސް އަލައިކާ ގައިގައި އޮޅުލާގަތުމުން އަލައިކާ އަށް ހަމަބިމަށް އާދެވުނު ކަހަލަ އެވެ. އޭނާ ވެސް އަނާ އާއި ބަހެއް ބުނެލިއެވެ.

“އަވަހަށް ހިގާދޯ ދާން.. ވަރަށް ހޫނު ގަދައެއްނު.. ކޮންމެވެސް ދެމީހަކު އަވަހަށް އަރާ..” ޝަބާ ސައިކަލަށް އަރަމުން ބުނެލިއެވެ. އަލައިކާ ބަލާލީ ޝިފާން އަށެވެ. އޭނާ ގޮސް އޭނާގެ ބައްޕަ ކާރީ ބެންޗްގައި އިށީނުމުން އަލައިކާ އަށް ހިފާއްޓާލާގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

އަލައިކާ ވެސް ސްކޫޕީ އަށް އަރައި ސްޓާޓް ކޮށްލުމުން އެފިރިހެން ކުއްޖާ އައިސް އެރިއެވެ. އަލައިކާ ބަހެއް ވެސް ނުބުނެ ދުއްވާލިއެވެ.

“އައްޒާމް.. އެއީ އަހަރެންގެ ނަމަކީ.. މަންޖެގެ ނަމަކީ..؟” އައްޒާމު އޭނާގެ ނަން ބުނެލިއެވެ.

“އަލައިކާ..” އަލައިކާ ހިތަށް އެރިއެވެ. ޔަޤީނެވެ މިއީ “އެކްސްޓްރޯވާރޓް” އެކެވެ.

“އަލައިކާ.. ވަރަށް ރީތި ނަމެއް.. ތީ ދޯ ޝިފާންގެ ކަޒިން އަކީ..” އައްޒާމް ޔަޤީންކޮށްލަމުގެ ގޮތުން އަހާލިއެވެ. އަލައިކާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ލެޓްސް ބީ ފްރެންޑްސް.. އެ ޝިފާން ވަރަށް ލަދުގަންނާނެ.. އެކަމު މިހާރު އަހަރެމެން މީ ބަޑީސް ދޯ..؟” އައްޒާމްގެ އެކުވެރި މިޒާޖަށް އަލައިކާގެ ތާއިދެވެ. އަލައިކާ އަށް އައްޒާމް ވަރަށް ކަމުދިޔައެވެ.

“އަަހަރެން ގޮވާގެން ވާނެ ހަވީރު ރަތްދައްކާލަން ދާން..” އައްޒާމް ގޮތް ނިއްމިއެވެ. އަލައިކާ އެއްބަސްވިއެވެ.

އެއްމެންތަށް ގެޔަށް އައުމުން އެއްމެން ސައިބޯން އެރިއެވެ. ސައިބޯން އަރާފައި އައްޒާމް އަކީ ޝިފާންގެ ގާތް އެކުވެރިއެއްކަމާއި އޭނާގެ މައިންބަފައިން ބަލިވެގެން ބޭރަށް ދިޔުމުން އޭނާ ގޮވައިގެން އައި ވާހަކަ އަނާ ބުންޔެވެ. ސައިބޯން ތިބީރު ވެސް އަނގަނުހުއްޓެއެވެ. ހާއްސަކޮށް ޝަބާ އާއި އަނާގެ އެވެ.

އަލައިކާގެ ސިއްރު ނަޒަރުތަށް ދިޔައީ ޝިފާން އަށް ރައްދުވަމުންނެވެ. ޝިފާން އަށް އޭނާ އެތާ އިންކަންވެސް ރޭކާ ނުލާ ކަހަލައެވެ. ބަލާވެސް ނުލައެވެ. އަލަިއކާގެ ހިތުގައި ރިއްސާލި އެވެ. ޝިފާން ހަމަ އޭނާ ދެކެ އެހާ ރުޅި އާދޭ ހެއްޔެވެ؟

އެއްމެންތަށް އިރު ކޮޅަކު ވާހަކަ ދައްކާލަން ހުރެފައި އައްޒާމް އާއި ޝިފާން ކޮޓަރިއަށް ދާން ބޭނުން ވުމުން އަަލައިކާ އެކުދިން ގޮވައިގެން ގޮސް ކޮޓަރި ދެއްކިއެވެ. ކަންދިމާކުރި ގޮތުން ޝިފާން މެން ހުންނަން ހަމަޖެހިފައިވާ ކޮޓަރި އަކީ އަލައިކާމެން ކޮޓަރި ދޮރުމަތީގައި ހުންނަ ކޮޓަރިއެވެ. އެކަމާ އަލައިކާ އުފާވިއެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް

Next

ހިތް އެދޭ މަންޒިލަކީ… 29

Next
March 10, 2026

ހިތް އެދޭ މަންޒިލަކީ… 29

Previews
March 10, 2026

ކިޔުންތެރިންގެ ސަމާލުކަމަށް

12 Comments!

  1. Alaika_22 says:
    March 10, 2026 at 7:51 am

    Alhey i Dhonbe aa i aa Mee buddies dhw…. Ehehehe
    Shabakko vess V i ge Mom ah…. Ekm i Shaba ah vureh bodu vaane…. 😂
    My love e vee I ge cousin akah…..
    And my brw evee my dad ah… 😂😂
    By the way mi part vess Vrh Reethi MA…….. First part vess kiyaalin comment eh koh nulevunas…… First part vess Vrh nice 💗💗
    Curiously waiting for next part….. Whn nxt????????
    Lysm and Tc my bbg 😀❤️

    1. Gurly curly says:
      March 10, 2026 at 11:58 am

      Aslutha?

  2. Your Fav Bestie says:
    March 10, 2026 at 10:51 am

    MashaAllah ❤️🥀
    Thai part is Gr8!! When’s next?😎😎

  3. Shaba_73 says:
    March 10, 2026 at 10:54 am

    Mi part ves vrh Reethi MA!
    Curiously waiting for the next part
    When’s next?? Lyy and Tc ❤️

  4. Sheex says:
    March 10, 2026 at 11:39 am

    Wow mi part bes v reethi MA
    I feel so sad for alaika!
    Can’t wait for next part!
    Ly & tc muxo

  5. Gurly curly says:
    March 10, 2026 at 11:59 am

    Mi part vx varah varah reethi…
    Whn next?

  6. Your fav bab says:
    March 10, 2026 at 1:08 pm

    Eyy alaika aa azzaam buddies oa! Ehaa avahah? Bros such an extrovert!
    Shifaan ladhu malakah veema kamu nudhe ehnu?🙊😂
    Waiting impatiently for the next part…
    Anyway this part was hama the best ingey!! Loved it!
    Lyssm💗

  7. Verrr says:
    March 10, 2026 at 4:21 pm

    Mi part ves varah reethi ingeyyy
    Waiting for the next part
    Love yahhhh❤️

  8. _MuXo_ _MuXo_ says:
    March 10, 2026 at 4:23 pm

    Happy to know that you all enjoyed this part of the story!! I read all the comments and I am really happy to know that I got lovely readers who supports me!!
    Anyways vhk next part IA v avahah up kohdheveythw balanan! stay tuned!
    And love all my readers and please take care of your self lovelies!!
    Muahh!!

  9. NOBODY...... says:
    March 10, 2026 at 7:06 pm

    I REALLY LOVE UR STORY…
    I CAN WITE TO READ THE NEXT PART

  10. NOBODY...... says:
    March 10, 2026 at 7:07 pm

    I LOVE TO READ UR STORY…
    I CAN’T WITE TO READ THE NEXT PART

    1. _MuXo_ _MuXo_ says:
      March 10, 2026 at 8:13 pm

      IA next part ves v avahah kiyaalan libeyne!!
      Happy to know that you like reading my stories!!

Comments are closed.

Next Episodeރާނީއޭ ހިތުގެ މަލާތީ-3←


All Right Reserved!