މުޅި ހިތް ބޭޤަރާރު ވެއްޖޭ-17
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮތް އާކިފް އޮތީ ނުދިފައެވެ. އޭނާ ބިރުގަންނަނީއެވެ. ކައިވެންޔަށް ބާކީ އޮތީ ފަސް ދުވަހެވެ. ސެހްރިޝް އާއި އޭނާގެ ކައިވެނި ކުރެވޭނެއެވެ. އޭނާ އަށް ސެހްރިޝް އަށް ރަގަނޅަށް ނުބެލިއްޖެއްޔާ އެވެ. އޭނާ އަށް ސެހްރިޝް ދެރަ ކޮށްލެވިއްޖެއްޔާ އެވެ. އެކަހަލަ ވިސްނުން ތަކެއްގައި އާކިފް އަށް އޮތީ ނުނިދިފިލާފައެވެ. އެހެން އޮވެފާވެސް އޭނާ ނިދަން މަސަށްކަތް ކުރިއެވެ.
*ޕާރޓް-17*
“ޝުކުރިއްޔާ..” އިންވިޓޭޝަން ކާޑު ހަވާލު ކުރިކުއްޖާ އަށް ޝުކުރު އަދާކޮށްފައި ޒާޔާ ވަނީ ގޭތެރެއަށެވެ. މިއަދަކީ އޮފީސް ބަންދު ދުވަހެއްކަމުން ޖައިލަމް ވެސް އުޅެނީ ގޭގައެވެ. ޒާޔާގެ މަންމަމެން ގައުމުގަ ނޫޅޭތީވެ އެދެމީހުންނަށް މުޅި ގެވަނީ ލިބިފައެވެ. ކަރުދާސްގަނޑުން އިންވިޓޭޝަން ކާޑުނަގަމުން ހިގާފައި އައި ޒާޔާ ސިހުނީ ޖައިލަމް އޭނާގެ ފަހަތުން އައިސް ބައްދާލުމުންނެވެ.
“ތީ ކޯއްޗެއް..؟” ޖައިލަމް އޭނާގެ ދަތްދޮޅި ޒާޔާގެ ކޮޑުގައި އަޅުވާލަމުން އަހާލިއެވެ.
“ވެޑިން އިންވިޓޭޝަން ކާޑެއް..” ޒާޔާ ޖަވާބު ދިނެވެ. ޖައިލަމް ވެސް އިނީ ބަލާށެވެ. ސެހްރިޝް އާއި އާކިފްގެ ނަން ފެނި ޖައިލަމް ބަލާލީ ޒާޔާ އާއި ދިމާއަށެވެ. އާކިފް އަކީ ޒާޔާ ކުރިން ރައްޓެހި ވެގެން އުޅު ކުއްޖެއްކަން އޭނާ އަށް އެނގެއެވެ. ޒާޔާ ދެރަވާނެއެވެ.
“އާކިފް.. ދަންނަ ނަމެއް.. އެއީ ކާކުތަ ބޭބީ..؟” ޒާޔާ އަށް އެނގޭ ކަމަކަށް ނުވިއެވެ. ޖައިލަމް އަށް ހައިރާން ކަމެއް ލިބުނެވެ. ޒާޔާ އެއަހަނީ އާކިފް އަކީ ކާކުކަމެވެ. އަނެއްކާ އޭނާ ޖެއްސުމަށް އަހަނީ ހެއްޔެވެ؟ ނޫނެކެވެ. ޒާޔާގެ މޫނުމަތީ ވެސް ވަނީ ސުވާލު މާކެކެވެ. ޖައިލަމް އިނީ އޮޅިފައެވެ. ގައިމު ހަދާން ނެތުނަސް މިހާވަރު ވާކަށް ނުވާނެއެވެ. ޒާޔާގެ ސިކުނޑީގަ މައްސަލަ އެއް އުޅެނީ ބާއެވެ؟ ޖައިލަމް ހާސްވިއެވެ.
“އާކިފް އަކީ ޒާޔާގެ އެކްސް އެއް..” ޖައިލަމް ބުނެލިއެވެ. ޒާޔާގެ ދެލޯ ބޮޑުވިއެވެ.
“އެކްސް އެކޭ.. އެކަމު އަހަރެން ހަދާން ވަނީ އެއީ ވަރަށް ގާތް އެކުވެރިއް ގޮތުގަ.. އަސްލުވެސްތަ..؟” ޒާޔާ ޔަޤީން ކުރަން އެހިއެވެ. ޖައިލަމް ބޯޖަހާލިއެވެ.
“ދާން ވާނެ ދޯ.. ހެހެ.. ކޮލާ ކޯޑް އަކީ ބްލޫގެ ޝޭޑް ތަށް..” ޒާޔާ ޖައިލަމް އާއި ދިމާއަށް އެނބުރިލަމުން ވާހަކަ ދެއްކިއެވެ. ޖައިލަމް އެއް ބަސްވިއެވެ.
ލޯގަނޑު ކުރިމަތީ ހުރެ ފުނާ އަޅަމުން ދިޔަ ތާރާ އިނީ ހިނިތުންވެލާގެންނެވެ. ސެހްރިޝްގެ ކައިވެނި ޕާޓީއަށް އޭނާ ފެހި ހެނދުން ބަލާދާތީއެވެ. ފުނާ އަޅާގެން ގަޔަށް ސެހްޓް ކޮޅެއް ޖަހާލާފައި ތާރާ އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ގަމީސް ކޮޅާއި ހުދުކުލައިގެ ޖިންސް ވެސް ވަރަށް ގުޅެއެވެ. އަމިއްލަ މީހާ އަށް ހިނިތުންވެލާފައި ތާރާ ބުނެލިއެވެ.
“ވަރަށް ލޯބި.. ހެެހެ..” ކޮޓަރިން ނުކުމެ ތާރާ މެސެޖް ކޮށްލީ ސެހްރިޝް އަށެވެ. ހިގައިފައި ދަނިކޮށް އޭނާ ޖެހުނީ ފާރެއްގައެވެ. އެއީ ތާރާ ހީއްކުރި ގޮތެވެ. އިސްއުފުލައި ބަލާލީރު ކުރިމަތީ ހުރި ކައިސާން ފެނި ތާރާގެ ދެބުމަ ކައިރިވިއެވެ. ކައިސާން މިތާ ކީއްކުރަނީ ހެއްޔެވެ؟ މިމީހަނގަޑު މިގޭގައި ކީއްކުރަނީ ހެއްޔެވެ؟
“ކަލޭ މިތާ ކީއްތި ކުރަނީ..؟” ތާރާ އަހާލިއެވެ.
“އަންނާށޭ ބުނީމަ..” ކައިސާން ހިނިތުންވެލީ ތާރާ އަށް ޖެއްސުމަށެވެ. ތާރާ ލޯ އަނބުރާލިއެވެ.
“ސަލާމަތެއް ނެތެއްނު..” މަޑުމަޑުން އެހެން ބުނެ ތާރާ ހިގައިގަތެވެ. ކައިސާން އިނީ ހިނިއައިސް ތާރާ ދިޔަ ދިމާއަށް ބަލާށެވެ.
“އަން ދަރިފުޅާ.. މި މޭވާ ކޮޅު ގެންދޭ..” ތާރާގެ މަންމަ ޖާމިޔާ މޭވަކޮތަލެއް ކައިސާން އަތަށް ދެމުން ބުނެލިއެވެ. ކައިސާން ޝުކުރު އަދާކުރިއެވެ. އޭނާ ނުކުތީރު ވެސް ތާރާ އިނީ އޭނާގެ ސްކޫޕީ މަތީގައެވެ. އޭނާ އިނީ ކޮންމެވެސް މީހަކާއި މެސެޖް ކުރާށެވެ. ތާރާގެ ތުންފަތް މަތީވީ ހިނިތުންވުން ކައިސާން އަށް ވަރަށް ލޯބިވިއެވެ. ތާރާ ހާދަ ރީއްޗެވެ. ކައިސާން އަށް ބޮލުގައި ޖަހައިލެވުނީ ހިތަށް މިއަރަނީ ކޮންކަހލަ އެއްޗެއްސެއްހޭ ހިތަށް އަރާފައެވެ. އޭނާ ތާރާ އަށް ނުބަލަ ގޮސް ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. ކައިސާން އަށް ނުދެވި އުޅެނިކޮށް ތާރާ ސައިކަލުގައި ގޮށްސިއެވެ. އޭނާ އިނީ ހެވިލާގެންނެވެ. ހީވާ ގޮތުން ތާރާގެ ކޮންމެވެސް ބޭނުމެއް ފުދުނީއެވެ. މާވަރަކަށް އަޅައިނުލާ ކައިސާން ވެސް ދިޔައީއެވެ.
“ދަރިފުޅާ ސެހްރިޝް.. ދަރިފުޅު ވެސް ބޯކޮށަންވީނު..” ސެހްރިޝްގެ ރާޅު ބާނި އިސްތަށިގަނޑުގައި އަތް ހިންގާލަމުން ވަދީފާ ބުނެލިއެވެ.
“ނޫން މަންމާ.. އަހަރެންނަށް ރީތީ ދިގުކޮށް އޮތީމަ.. މަންމަ އަށް އެނގޭތަ.. ތާރާގެ ހެދުން މިއަދު ލިބޭތީވެ އޭނާ އުޅެނީ ވަރަށް އުފަލުން..” ސެހްރިޝް ވަދީފާ އަށް ހަބަރު ދިނެވެ.
ދެމައިންވެސް އެކި ވާހަކަދައްކަން ތިބެފައި ސެހްރިޝް އަހާލިއެވެ.
“ކޮންތާކުތަ ޕާޓީ ބާއްވަނީ..؟”
“މިގޭގަ..” ވަދީފާ ބުނެލިއެވެ. ހަމައެވަގުތު އެގޭގައި މަސަށްކަތް ކުރާ ނޯކަރުންތަށް ފޮށިގަނޑުތަކެއް ހިފައިގެން ވަނެވެ. އެއީ ޕާޓީގެ ޑެކަރޭޝަންކަމަށް ވަދީފާ އެންގިއެވެ. ކުއްލި ގޮތަކަށް ކައިވެނި ކުރެވުނަސް ކައިވެނި ޕާޓީ ގެންދާނީ އޭނާ ބޭނުންވާ ގޮތަކަށް ކަން އެނގުމުން ސެހްރިޝް ހުރީ އުފަލުންނެވެ. އެހެން ހުރެފައި ސެހްރިޝް ނުކުމެލީ ބޭރަށެވެ. ޖީބުގައި އޮތް ފޯނުނަގައި ފައި އޭނާ އާކިފް އަށް ގުޅާލިއެވެ.
“ހަލޯ..” ދެތިން ރިންގަކާއި އެކީ އާކިފް ފޯން ނެގިއެވެ.
“މިގަނޑީ ބިޒީތަ.. ބިޒީ ނޫނިއްޔާ މިގެޔަށް އާދެވިދާނެތަ..؟” ސެހްރިޝް އަހާލިއެވެ. ސެހްރިޝްގެ މިއެދުމުގައި ފައިންޖަހާކަށް އާކިފް އަކަށް ނުކެރުނެވެ. އެހާ ފަސޭހައިން އެއްބަސްވީ އެހެންވެއެވެ.
ހަޤީޤަތުގައި ސެހްރިޝް އާކިފް ގާތުގައި އައުމަށް އެދުނީ އޭނާގެ މަންމަމެން އެދެކުދިންގެ ހަނީމޫން އަށް ދާންވާނީ ބޭރަށްކަން ބުނެފައި ވުމުންނެވެ. އާކިފްގެ ހިޔާލުވެސް ހޯދަން އޭނާ ބޭނުމެވެ.
ދިހަވަަރަކަށް މިނެޓް ތެރޭގައި އާކިފް އައެވެ. އޭރު އެގޭ ގޯތިތެރޭގައި ނޯކަރުންތަށް މަސަށްކަތް ކުރަމުްނ ދިޔައީ މާފަތި އެޅުވުމުގައެވެ. ކައިވެންޔަށް ގޭތެރެ ޒީނަތް ކުރަނީއެވެ. ގޭގެ އެކިތަންތަނަށް ބަލަމުން އާކިފް ވަދެގެން އައެވެ. އޭނާ އަށް ސެހްރިޝް ލޮލުގައި އަޅައިގަތީ ސެހްރިޝް އޭނާ އާއި ދިމާއަށް ހަނާ އަޅާލުމުންނެވެ. ހިނިތުންވުމެއް ރައްދުކޮށްލަމުން އާކިފް ގޮސް ސެހްރިޝް ކާރީ ބެންޗްގައި އިށީނެވެ.
“މަންމަމެން ބުންޔެއްނު އަހަރެމެން ހަނީމޫން އަށް ދާންވާނީ ބޭރަށޭ..” ސެހްރިޝް ފުރަތަމަ ވެސް ފެށީ މަޢުލޫއެވެ. އާކިފް ބޯޖަހާލިއެވެ.
“އަހަރެން ހިތަށް އެރީ އާކިފް ކޮންތާކަށްހޭ ދާން ބޭނުންވާނީ..؟” ސެހްރިޝް އަހާލިއެވެ. އާކިފް ވިސްނާލިއެވެ. އޭނާ އަސްލު ވަރަށް ގިނަތަންތަނަށް ދާހިތްވެއެވެ.
“ފުރަތަމަ ސެހްރިޝް ބުނެބަލަ..” އާކިފް އެދުނެވެ.
“އަހަރެން ވަރަށް ބޭނުން ޕާކިސްތާނަށް ދާން..” ސެހްރިޝް އޭނާގެ ހިޔާލު ފާޅުކުރިއެވެ.
“އެއޮތީ ދާނެ ތަނެއް އެނގިފައެއްނު..” އާކިފް ބުނެލިއެވެ.
“ޕިސް.. އާކިފް ވެސް ދާން ބޭނުންވާތަނެއް އޮންނާނެ އެއްނު..” ސެހްރިޝް ހުރީ ގޮތް ދޫކުރާ ގޮތުގައެއް ނޫނެވެ.
“އަހަރެން ދާންބޭނުން ޕެރިސް އަށް..” އާކިފް ބުނެލިއެވެ. ސެހްރިޝް އޭނާގެ ނިއްމުން ނިންމިއެވެ. އޭނާ ނިއްމީ ޕެރިސް އަށް ދިއުމަށެވެ.
ދެމީހުން ވެސް އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެހެން ތިބެ ކޮންމެވެސް އެއްޗެކޭ ބުނެ ދެމީހުން އެއްކޮށް ހޭންފެށިއެވެ. މިމަންޒަރު ބަލަން ހަމްދާންގެ ދެމަފިރިން ތިއްބެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Mi part ves varah reethi
When next ?
Luv you 😘
Glad you like this part!!
Next part ves V avahah IA!!
Love you too Ayaaa!!
Wow wow wow mi part ves hama wow! MA❤🧡💛💚💙💜
So cute sehrish & Akif ❤️🔥
Heevanee 2 meehunves fahun loabi vaanehen ❤️🩹❤
Zaaya hadhaan nethuneetha aakif mathin noonee act tha? 🤨
Can’t wait for the next part 🤗
Lysm& Tc MuXo 💛
Thank you Sheez!!
Vhk ge trailer kiyaafiyya egeyne!! hehe!!
Zaaya ge hageegaii ves egeyne!!
Love you too!! You also take care gurll!!
MA mi part ves v Reethi
I have been reading your stories for a while now
And i can say that they are absolutely beautiful
Keep up the good work
I hope aakif and sehrish have a wonderful marriage
And hopefully taaraa and kaisaan too
Tc❤️
Happy to know that you enjoyed this part aswell!
Awwn thank you!!
You also take care!!
Mi part vx vrh reethi MA! 😍
Trailer kiyaafa vrh dhera vehje 😥
Sehrish Aakif kairy divorce vaan ves ahaa eba nahh 😭
Tara and kaisaan scene made me laugh 😂😭
Zaaya hama Aslah ves handhaan nethuny thr or fake thr?
✨ I appreciate your hard work gurllll keep shining ✨
Thank you Shaba_73! 🤗
Hehe!!
Happy to know that I made you laugh! 🥰
Lets see dhw zaaya ah vaane goii! 😄
Always baby girl!! 💋💙
Mi part vx vrh reethi MA! 😍
Trailer kiyaafa vrh dhera vehje 😥
Sehrish Aakif kairy divorce vaan ves ahaa eba nah 😭
Tara and kaisaan scene made me laugh 😂😭
Zaaya hama Aslah ves handhaan nethuny thr or fake thr?
✨ I appreciate your hard work gurllll keep shining ✨
Curiously waiting for the next part when’s next?
Lyy and Tc my lovely girl 💗💋
Next part ves V avahah! 😊
Love you too! 😘 You also take care!! 😄
Mi part ves varah reethi. Aslu zaaya ah kihinay evee? Tara and kaisan so cute. Sehrish and akif varah happy koh ulhechchey marry koggen. Curiously waiting for next part???
Thank you Miss jennie! 😊
Lets see dhw zaaya ah vee goii! 🧐
IA they will live a happy life! 💚
Next part ves v avahah IA! 💙
Gurll after so long I read Ur stories they are amazing as always keep up the good work🤍