Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 47

Esfiya Level 310 Stories100 Login
March 16, 2016 4 Mins Read
10 Comments

ރީމްގެ މޫނު މަތީގައިވާ ނުތަނަވަސްކަން އިޔާނާއަށް ފާހަގަ ކުރެވުނު ހިނދު ކޮންމެވެސް ގޯހެއް އުޅޭކަން އިހުސާސްކުރެވިގެން ދިޔައެވެ. އުންމީދީ ހިތްވަރެއް ލިބިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ.
މާގިނައިރުތަކެއް ނުވެ ޔާނާގެ ނަމްބަރު ޖެހުމުން އެތެރެއަށް ދިޔައެވެ. އިޔާނާގެ ހިތުގައި އުފެދެމުން ދިޔައީ އުންމީދުން ފުރިގެންވާ ޝުޢޫރު ތަކެކެވެ. އީމަންއާ ރީމްގެ ހަޤީޤަތް ހޯދާނަމެވެ. އަހަރެންގެ ހިތް ބުނަމުން މިދާ ވާހަކަ ތަކަކީ ދޮގެއް ނޫންކަން ހަމަ ޔަޤީނެވެ.
ސްކޭންކުރާ ކޮޓަރިއަށްވަދެ ސްކޭން ކުރުމަށް ތައްޔާރުވެލިއެވެ. މާގިނައިރުތަކެއްނުވެ ކުރިމަތީގައި ހުރި ބޮޑު ސްކްރީނުން އިޔާނާއަށް ފެންނަމުން ދިޔައީ ދުނިޔެމަތިން އޭނާއަށް ލިބެން އުޅޭ އެންމެ ބޮޑު އުފަލުގެ މަންޒަރެވެ. ބަނޑުގައިވާ ތުއްތު ތުއްތު ދަރިފުޅެވެ. ކިރިޔާ ގުނަވަންތައް ވަކިކުރަން އެނގޭވަރުވެފައިވީ ނަމަވެސް އެ ޅަ ހިތް ތެޅެމުން ދިޔަ މަންޒަރު ސާފުކޮށްފެންނަމުން ދިޔައެވެ. އިޔާނާއަށް އިހުސާސް ނުކުރެވުނު ނަމަވެސް އެޅަފުރާނަ މަޑުމަޑު ހަރަކާތްތައް ކުރަމުން ދާތަން ފެނި ހިނިތުންވެލެވުނެވެ.
ސްކޭންކޮށް ނިންމާލިއިރު އިޔާނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ލިބެންއުޅޭ ދަރިފުޅު ފެނުމުން ބުނެދޭން ނޭނގޭ އިހުސާސެއް ފުރަތަމަ ފަހަރަށް އެ ހަށިގަނޑުގައި ކުރުވައިފިއެވެ. އިޔާނާގެ މިއުފާވެރިކަން ފެނި ޑޮކްޓަރުވެސް އެވާހަކަ ދެއްކިއެވެ. ދަރިފުޅު ދެކެ ލޯބިވާ މައިން ތިބޭކަމަށާއި ނަމަވެސް ހިތާމައަކީ ބައެއް މައިން އެމީހުންގެ ދަރިންނާ ދޭތެރޭ ކަންތައްކުރާ ނިކަމެތި ގޮތްކަމުގައި ބުންޏެވެ.
ސްކޭން ރިޕޯރޓްގައި ލިޔަން ދަރިފުޅުގެ ބައްޕަގެ ނަން އެހުމުން އިޔާނާ ހުއްޓުން އެރިއެވެ. ޒާންގެ ނަން އިވުމުންވެސް ބީރަށްޓެހިކަމެއް އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟ މަޑުމަޑުން ޒާންގެ ނަން ބުނެލިއެވެ.
ބަނޑަށްވީ 13 ހަފްތާކަމަށާއި ހުރިހާ ކަމެއް ރަނގަޅުކަމުގައި ބުންޏެވެ. ރިޕޯރޓް ހިފައިގެން އިޔާނާ ބޭރަށް ނިކުތް އިރު ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅިން ތަފާތު ހިޔާލުތަކެކެވެ. ލޯމަތީގައި އެ ތުއްތު ފުރާނައިގެ ތަސްވީރުތައް އެނބުރެމުން ދިޔައިރު، ޒާންގެ ހިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
އިޔާނާ ނިކުތްތަން ފެނި ރީމް ތެދުވެގެން އައެވެ.
“ކީކޭ ބުނީ؟ ރަނގަޅުތަ ބޭބީ؟” އިޔާނާއާ ރީމް ސުވާލުކޮށްލިއެވެ.
އިޔާނާ އާނއެކޭ ބުނަމުން ރީމްއަށް ރިޕޯރޓް ދިއްކޮށްލިއެވެ. ރިޕޯރޓްގައި ވާ ފޮޓޯކޮޅުގައި ރީމް އަތްޖައްސާލަމުން ހިނިތުންވެލިއެވެ.
ދެމީހުން ހޮސްޕިޓަލުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
“އިޔާނާ! އަހަރެން ވާހަކައެއް ބުނަން ބޭނުން.” ރީމް ވިސްނާލުމަށްފަހު ބުނެލިއެވެ.
އިޔާނާ ރީމްއަށް ބަލައިލުމުން ރީމް ވާހަކަ ދައްކަން ފެށިއެވެ.
“މާންގެ ދެވަނަ އަނބި މިހާރު މިދުނިޔެއަކު ނެތް. އެއި ހަމަ އިޔާނާ ހެދުން އަޅާގޮތަށް ހެދުން އަޅައިގެން އުޅުނު ކުއްޖެއް. މާން އޭނަ ދެކެ ވަރަށް ލޯބިވި. އެކަމަކު……..” ރީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޔާނާ އިނީ ޝައުގުވެރިކަމާއެކީ އަޑު އަހާށެވެ.
“ދެމީހުން ވަކިވެ ދިޔުމުގެ ދެރައިން އަދިވެސް މާންއަށް ބޭރަށް ނާދެވެ. އެހެންކަމުން އެއްބައި ފަހަރު ވަރަށް ރުޅިގަދަވެފައި ކަންތައް ކުރޭ. ހުރިހާ ރުޅިއެއް ބާލަނީ އަހަރެންނަށް. މާން އޭނާޔާ ކައިވެނި ކުރުމުގެ ކުރިން އަހަރުމެން ދެމީހުން އުޅުނީ ވަރަށް ލޯބިން. އެކަމަކު އެ ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުމަށް ބޮޑު ތޫފާނެއް އައި ފަދަ. މާން އަހަރެންދެކެ ހިތްހަމަ ނުޖެހިފައި ހުންނަ ވަގުތު ގިނަވެފައި ދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ދިޔައީ ހީނަރުވަމުން. އެކަނިވެރިކަމާއެކީގައި ބާކީވެފައި ހުރެގެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ކިހާ ހިތްދަތިކަމާއެކީގައިކަން އެނގެނީ ހަމަ އަހަރެންނަށް. ދިރިއުޅުމުގެ އާ ހުޅުކޮޅެއް އަނެއްކާ ރޯވުމުން އެ ނިވިޔަ ދޭކަށް އަހަރެން ބޭނުމެއް ނޫން.” ރީމް ދެރަވެފައި ހުރެ ދައްކަމުން ދިޔަ ވާހަކަ ތަކުން އިޔާނާއަށް އަސަރު ކުރުވިއެވެ.

ފެރީޓާރމިނަލްގައި ޖާހަތު މަޑުކޮށްލައިގެން ހުއްޓައި ލަންކަން އެއަރ ލައިންސް ފްލައިޓް ނައްޓާލިއެވެ. ފްލައިޓަށް ބަލަން ޖާހަތު ހުރީ އުފާވެރިކަމާއެކީގައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ހިތްހަމަ ޖެހުނު ލެއް ބޮޑުކަމުންނެވެ. ހުމާމުގެ ކިބައިން ސަލާމަތް ވެވުނީތީ މާތްﷲއަށް ހަމްދުކުރީ އަވަހަށް ޔާނާއާ ބައްދަލުވާނޭ ކަމުގެ އުންމީދު އާވުމުންނެވެ. އެވަގުތު ޓާރމިނަލާ ކައިރިކުރި ފެރީއިން މީހުން ފައިބަން ފެށިއެވެ. އާއިޒު ފެނޭތޯ ޖާހަތު ބަލަމުން ދިޔައެވެ.
މޫނުމަތީގައިވާ ހަމަޖެހުމުގެ ހިނިތުންވުން ގެއްލި މެޔަށް ހޫނު ފެން އެއްޗެއް ޖެހިހެން ހީވީ ކުރިމައްޗަށް އައިސް ހުއްޓުނު ހުމާމު ފެނުމުންނެވެ. ޖާހަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހުމާމުގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ލަންކަން އެއަރ ލައިން ދިޔަ ދިމާއަށް ބަލައިލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ޖާހަތުއަކަށް ނުވިސްނުނެވެ.
“ފްލައިޓުން ފުންމާލައިގެން މިއައީ ޖާތު ބަލާ. ހިނގާ އަވަހަށް. ދެ ވިލާގަނޑު ދޭތެރޭ ޕާރކްކޮށްލައިގެން އެބައޮތް.” ހުމާމު ޖެއްސުމުގެ ރާގަކަށް ޖާހަތުއާ ދިމާއަށް މިހެން ބުނެލުމާއެކު ޖާހަތުގެ އަތުގައި ހިފިއެވެ. އެއަށްފަހު އެއާރޕޯރޓާ ދިމާއަށް ހިނގައިގަތެވެ. ޖާހަތުގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ސިކުނޑި މަސައްކަތް ކުރުން މުޅިން ހުއްޓާލިފަދައެވެ.
ފެރީއިން ފައިބަމުން ދިޔަ މީހުންނާ ދިމާއަށް އެނބުރި ބެލެމުން ދިޔައީ އާއިޒު ފެނޭތޯއެވެ. ފުރާ މީހުން ވަންނަ ދޮރާ އަރާ ހަމަކޮށްފައި ހުމާމު ހިފަހައްޓާލީ ޖާހަތުގެ އުނގަނޑުގައެވެ. މީހުން ތަންކޮޅެއް ގިނަ ވެފައި ވުމުން ގަދަ ހަދާކަށް ނުކެރުނެވެ.
“އެއްވެސް ކަހަލަ ހުޝިޔާރެއް ވެލިޔަސް މާ އަޒާބު ބޮޑުވާނެކަން ދަންނާތި. ކުޅިވަރު ވަރަށް ކުޅެފީމެއްނު. ދެން އަހަރެން ބުނާ ގޮތަކަށް ރީއްޗަށް ހަދާ. އެނޫން އެއްވެސް ގޮތެއް ނެތް.” ހުމާމު ޖާހަތުގެ ކަންފަތް ދަށުގައި ސިއްރުން ދިނީ އިންޒާރެކެވެ.
“ޓިކެޓް ގެނޭ.” އަތް ދިއްކޮށްލަމުން ހުމާމު ބުނެލިއެވެ. ޖާހަތު ހައިރާންވިއެވެ. ޖާހަތުއަތުގައި ޓިކެޓް އޮތްކަން އެނގުނީ ކިހިނެތް ހެއްޔެވެ. ޖާހަތު ހައިރާންވެފައި ހުރިތަންފެނި ހުމާމު މަލާމާތްކުރާފަދަ ގޮތަކަށް ހިނިތުންވެލިއެވެ.
“ލޯބި ހާދަ ނޯޓީ އޭ ދޯ. އައްޑުއަށް ދާ ފްލައިޓް ޓިކެޓަކުން ލަންކާއަށް ދިޔުމަށް ޗެކިން ނުކުރެވޭނެކަން ނޭނގޭތަ؟” ހުމާމުގެ ޖުމުލައިން ޖާހަތުގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ބުނާނެ އެއްވެސް އެއްޗެއް ނުވިސްނި ހުމާމާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހައިރާންވެފައި ހުރި ބުދެއްފަދައިން ކޮޅަކަށް ހެލުވެލަން ނޭނގިފައި ހުރި ޖާހަތުގެ އަތުގައި ހިފައިގެން ހުމާމު އެތެރެއަށް ހިނގައިގަތެވެ. ހުމާމަށް މިހުރިހާ ކަމެއް މިހާ ފަސޭހައިން އެނގުނު ގޮތް ޖާހަތުއަށް ވިސްނުނެވެ. އޭނާ ޓިކެޓް ހުޅުވައިލުމަށްފަހު ބެލީ ހަމަ އެކަނި ނަމާ ދިމާއަށެވެ. ފުރަން އޮތީ ކޮންތަނަކަށް ކަމެއް ބެލުން މުހިންމުނުވިއެވެ.
“ކޮބާ ޓިކެޓް. އަވަސް ކުރޭ!” ހުމާމު ރުޅިވެރިކަމާއެކީ ބުނެލިއެވެ. ޖާހަތު ސިހިފައި ޓިކެޓް ނަގާ ދިއްކޮށްލިއެވެ. އަދި ޖާހަތުގެ އަތުގައި ހިފައިގެން ގޮސް ޖާހަތު ފޮށި ބަހައްޓާފަ ހުރިތަނުން ފޮށި ގެނައެވެ. އަދި އައްޑުއަށް ފުރާ ފްލައިޓްގެ ޗެކިން ލައިނަށް ގޮސްވަނެވެ.
ތެޅިތެޅި އޮތް ހިތަކާއެކީ ޖާހަތު މީހުންގަނޑު ތެރެ ހޯދަމުން ދިޔައީ އާއިޒު ފެނޭތޯއެވެ. ފޯނު މަތިން ހަނދާން ވުމާއެކީ ފޯނު ނަގާ އާއިޒުއަށް ޑަޔަލްކޮށްލިއެވެ. ހުމާމު ހުރީ ކުރީގައި ކަމުން ޖާހަތު ސިއްރުސިއްރުން ގުޅާތަނެއް ނުފެނެއެވެ.
ފޯނު ރިންގް ވި އަޑު އިވުމާއެކީ އެކޮޅުން އާއިޒު ހަލޯ އޭ ބުނި އަޑު އިވުނެވެ. ވާހަކަ ދެއްކުމަށްޓަކައި މޫނު ކުޑަކޮށް އަނެއްފަރާތަށް އަނބުރާލިއެވެ. އެއިރުވެސް އާއިޒު އެކޮޅުން ހަލޯ އޭ ބުނާއަޑު އިވެއެވެ. އަޑު ނުސާފުކަމުން ހީވަނީ ފެރީގައި އިނީހެނެވެ.
ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ހުމާމު ފޯނު ހޯދިއެވެ. ޖާހަތުއަށް ސިހުން ލިބިގެން ދިޔަވަރުން ހިން ދިރުވާލެވުނެވެ.
ހުމާމު ކަންފަތުގައި ފޯނުޖައްސައިލިއެވެ.
“ފެރީގަ މިހުރީ. އިރުކޮޅަކުން ލެފޭނެ.” އާއިޒު އެކޮޅުން ވާހަކަ ދެއްކިއެވެ. ހުމާމު ފޯނު ކަނޑާލިއެވެ. އަދި ރުޅިވެރިކަމާއެކީ ގައި ޖާހަތުއަށް ބަލައިލަމުން ފޯނު ހުމާމުގެ ޖީބަށްލިއެވެ. ބިރުވެރިކަމާއެކީ ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ޖާހަތު ހުމާމު ކައިރީގައި ހުރީ ދެން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތް ކަން އެނގުމުންނެވެ. އޭނާ ހީކުރި ވަރަށް ވުރެ ހުމާމު މާ ހުޝިޔާރެވެ. ހުމާމުގެ ދެލޮލުން ފެންނަ ރުޅިވެރިކަމާއި ހަރުކަށިކަމުން އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެޔޭ ހިތް ބުނެ ބިރުގަނެފައިވާއިރު އެކިކޮޅުކޮޅު ހޯދެނީ އަދިވެސް އާއިޒުގެ ހިލަމެއް ވޭތޯއެވެ.
ޗެކިން ކޮށް ނިމިއްޖެއެވެ. އަދިވެސް އާއިޒުގެ ހިލަމެއް ނުވިއެވެ. ބޯޑިން ޕާހާއެކީ އެތެރެއަށް ވަދެގެން ދިޔައިރު އިސް ޖަހާލައިގެން ދިޔައީ އަމިއްލަ ނަފްސުގެ އެކަނިވެރިކަމާއި ނިކަމެތިކަން އިހުސާސްވުމުންނެވެ. ހިމާޔަތެއް ނެތިފައި ދުނިޔޭގެ އެކި ދިމަދިމާލުގައި އުޅެން މިޖެހެނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އިހުސާސްވާކަން އެހެންމީހުން ނުދަންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެވެސް އުންމީދުތަކެއް ވާކަން ނުދަންނަނީ ހެއްޔެވެ؟ އަހަރެންވިއްޔާ ވަކި އުފަލުގައި އުޅެން ނުވަނީ ހެއްޔެވެ؟ އަހަރެންނަށް މިދުނިޔެމަތިން އުފަލެއް ލިބިގެންނުވަނީ ހެއްޔެވެ؟ ކީއްކުރާ އުފަލެއްހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކަށް އޮތީ ރައްކާތެރިކަމެވެ. އެކަންވެސް އަހަރެންނަށް ކޮށްދޭނެ މީހެއް މިބޮޑު ދުނިޔޭގައި ނެތެވެ. ދެން ހުމާމުގެ ކިބައިން ސަލާމަތްވެގެން އަހަރެންވަކި ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ކާކު ކައިރިއަށް ހެއްޔެވެ؟ ކިއްކުރަންހެއްޔެވެ؟
ހިތްކުދިކުދިވަމުން ދިޔައިރު ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭން ޖަހަތު ހުރީ ހިފަހައްޓައިގެންނެވެ. މިއަދު އޭނާ ރޯންވީ ކީއްވެހެއްޔެވެ؟ ކާކާ ވަކިވުމުން ހެއްޔެވެ؟ މިސްރާބެއް ނެތި ދަތުރުކުރަމުންދާ އޭނާގެ ދިރިއުޅުން މިއަދު ލައްކުރަނީ ހުމާމާ ދިމާއަށެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ޖެހޭނީ ދާށެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

މިއޭ ލޯތްބަކީ…

Next

ފުންއަސަރު 13

Next
March 16, 2016

ފުންއަސަރު 13

Previews
March 15, 2016

މިއޭ ލޯތްބަކީ…

10 Comments!

  1. someone says:
    March 16, 2016 at 10:54 am

    vaahaka vv reethi.ekam maa kury

  2. Aminath Zeena Yoosuf says:
    March 16, 2016 at 11:33 am

    Episode 48 update vefa 47update vee

  3. princess says:
    March 16, 2016 at 12:29 pm

    Nyc..hama thi gothah 49 vana prt vx genesdhyba avahah

  4. Anonymous says:
    March 16, 2016 at 1:42 pm

    how many part is stil left in this story…. it was quite gud….. bt 48 ge fahun 47 kiyanvyma it was quite confusing…..

  5. Aimsithu says:
    March 16, 2016 at 2:04 pm

    Now ok.. nice mi part ves

  6. somebody says:
    March 16, 2016 at 4:33 pm

    mi stry nimeyny kon dhuvahakuntha? .. mi inthizaaru kurany mi vaahaka ehkoh nimeyne dhuvahakah … eyrah ehkoh ehfahraa kiyaaleveyne ehnu ..

  7. Cuty Angel says:
    March 23, 2016 at 2:24 pm

    Kihineh v kamehbaa?

  8. Anie says:
    March 31, 2016 at 12:30 am

    Mi vaahaka handhaan nethey haa dhuvas kohffa tha alhe nereny dhn oii part? Emme fahun march 16 ga nerunu gothah..? Mihaaru march mas mi nimuny ehnnu ?

  9. Aysha Ali says:
    April 7, 2016 at 6:16 pm

    alhe komme dhuvahak eba beley mi vaahaka up veythoa, 49 vana bai dhen genes dheynee konirak, avahah up koh dheeba, pls. mi hisaabun anekkaa nimmaaleetha.

  10. Aishath says:
    May 4, 2017 at 5:33 pm

    49 up kolladhee..varah salhi story eh

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49←


All Right Reserved!