Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 48

Esfiya Level 310 Stories100 Login
March 15, 2016 4 Mins Read
23 Comments

ހިތްކުދިކުދިވަމުން ދިޔައިރު ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭން ޖަހަތު ހުރީ ހިފަހައްޓައިގެންނެވެ. މިއަދު އޭނާ ރޯންވީ ކީއްވެހެއްޔެވެ؟ ކާކާ ވަކިވުމުން ހެއްޔެވެ؟ މިސްރާބެއް ނެތި ދަތުރުކުރަމުންދާ އޭނާގެ ދިރިއުޅުން މިއަދު ލައްކުރަނީ ހުމާމާ ދިމާއަށެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ޖެހޭނީ ދާށެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ.
ފުރުމާއި ދެމެދު ދެން ހޭދަވެގެން ދިޔަ ވަގުތު ތަކުގައި ޖާހަތުގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ހުމާމަކަށް ނުފެނުނެވެ. ޖާހަތު ދިޔައީ ހުމާމު ބުނި ހުރިހާ ކަމަކަށް އެއްބަސްވަމުންނެވެ. ނިކަމެތި ކަމާއެކީއެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުންންވެ. ހުމާމު ބޭނުންވީ އާއިޒުގެ ކިބައިން ބަދަލު ހިފުމަށެވެ. އެހެންކަމުން އާއިޒު ޖާހަތުގެ ފޯނަށް ގުޅުމުން ޗެކިންކޮށްގެން މިހުރީ އެތެރޭގައި ކަމަށް ބުންޏެވެ. އާއިޒު އެތެރެއަށް ވަދެގެން އައިސް އެންމެންގެ ތެރެއިން ޖާހަތުފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޖާހަތުއަށް ޖެހުނީ ނިވާވެގެން ހުންނާށެވެ.
ޖާހަތު ފިލައި ހުރެ ސިއްރުސިއްރުން އާއިޒުއާ ދިމާއަށް ބަލަމުން ދިޔައިރު އެ ހިތުގައި ކެތްނުކުރެވޭވަރަށް ރިއްސަމުން ދިޔައެވެ. އާއިޒު އެކިކޮޅުކޮޅު ހޯދަމުން ދިޔައީ ކެތްމަދުވެފައި ހުރެގެންނެވެ. ދުވެފައިގޮސް އާއިޒު ގައިގައި އޮޅުލައިގަތުމާއެކީ ހުރިހައި ޝަކުވާތަކެއް ބޭރުކޮށްލަން ބޭނުންވިއެވެ. އަދި މުޅި އުމުރަށް އާއިޒުގެ ހިމާޔަތުގައި ބަހައްޓަ ދޭށެ ބުނަން ބޭނުމެވެ. ނަމަވެސް އެހިނދު ހިތް ސުވާލުކޮށްލިއެވެ. ކީއްވެ ހެއްޔެވެ؟ އާއިޒުގެ ފަރާތުން ތިޔަފަދަ ހިމާޔަތަކަށް އެދެނީ ކީއްވެ ހެއްޔެވެ؟ އާއިޒު ހަމައެކަނި އޭނާއަށް ކުރެވިފައިވާ ކުށުގެ ބަދަލު ދެނީއެވެ. ޔާނާއާ ހަމައަށް ގެންގޮސް ދެވުމާއެކީ ހިނގައިދާނެއެވެ.
މިހިޔާލު ހިތަށް ވެރިވުމާއެކީ މޭގައި އަތްކާއްތާލެވުނީ ހިތުގައި ރިއްސަންފެށި ބޮޑުކަމުންނެވެ. މިނޫންގޮތެއް ނެތީއެވެ.
މާގިނައިރުތަކެއްނުވެ އައްޑުއަށް ދާ ފްލައިޓްގެ ޕަސެންޖަރު ބޯޓަށް އަރަންދާން ބުންޏެވެ. ޖާހަތު އިސްޖަހާލައިގެން ހުރެ ހުމާމާއެކީގައި ހިނގަމުން ދިޔައެވެ. އޭނާ މިހާރު އާއިޒުއަށް ފެންނާކަށް ބޭނުމެއް ނޫނެވެ.
އެކިކޮޅުކޮޅު ހޯދަހޯދާހުރި އާއިޒުއަށް ރަންވޭއާ ދިމާއަށް ގޮސްގޮސްހުރި މީހުންގެ ތެރެއިން ޖާހަތު ފެނުނެވެ. ހިތް ބާރަށް ތެޅިގަތެވެ. ހުރިދިމާއަށް ބިއްލޫރިގަނޑުކައިރިއަށް ދުވެފައި ގޮސް ހުއްޓެވުނެވެ. ބާރުބާރަށް ޖާހަތުއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ޖާހަތު އެންމެ ފަހަރަކުވެސް ބަލައެއް ނުލައެވެ. ފްލައިޓްގެ އަޑުފަށްގަނޑުން މުޅި މާހައުލު ހަލަބޮލިވެފައި ވާއިރު ކެތްތެރިކަން ކޮޅުންލާފައިވާ އާއިޒު ދޮރާދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ދޮރުން ބޭރަކަށް ނުނިކުމެވުނެވެ.
ޖާހަތު ފްލައިޓަށް އަރަމުން އެނބުރި ޓާރމިނަލް ތެރެއަށް ބަލައިލީ ފަހުގެ ވަދާޢީ ބެލުމަކުންނެވެ. އާއިޒު ފެންނާކަށް ނެތެވެ. ކޯތާފަތްމަތިން ދުވެލި ކަރުނަ ތިކި އަތުގެ ނުފުށުން ފުހެލަމުން ފްލައިޓަށް އެރީ އާއިޒުއަށް ހިތުގެ އަޑިން މަޢާފުކުރުމަށްފަހު އޭނާ ކޮށްދިން ހުރިހާ ކަމަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރަމުންނެވެ.
މާގިނައިރުތަކެއްނުވެ ފްލައިޓް ނައްޓާލިއެވެ.
ލޮލުކުރިމަތިން ފްލައިޓް ގެއްލެންދެން އާއިޒުއަށް ހުރެވުނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. ހިތުގައި ރިއްސަމުން މިދަނީ ކީއްވެ ހެއްޔެވެ؟ ޖީބުން ނެގި ކުޑަކުޑަ ހުދުރަނުގެ އަނގޮޓިއަށް ބަލައިލަމުން ދެލޯމަރާލެވުނީ ލޮލުން ކަރުނަ ފައިބަން ފެށުމުންނެވެ.

“މީހެއް ލޯބިވާކަމަށް އެއްބަސް ކުރުވަން ބޭނުމިއްޔާ ކަންތައްކުރަން އެންމެ ރަނގަޅީ ކޮންގޮތަކަށް؟” އީމަން ސުވާލުކޮށްލީ ޔާނާ ގްރޫޕް އޮފް އިންޑަސްޓްރީގެ މެނޭޖަރު މައިކަލްއާއެވެ. އުމުރުން 30ގެ އަހަރުތައް ގުނަމުންދާ މައިކަލްއަކީ އޮފީހުގެ ހުރިހާ އަންހެންކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. ހަމައެގޮތަށް އެކުދިންނާ ސަމާސާކޮށް ‘ފްލާރޓް’ ކުރުމަކީ މައިކަލްގެ ހޮބީއަކަށްވަނީ ވެފައެވެ. މަސައްކަތަށް ފަރުވާތެރި ވެފައި އީމާންތެރިކަމުން އީމަން މައިކަލް އާ ވަރަށް ރުހެއެވެ. ހަމަ އެގޮތަށް މައިކަލްއަށްވެސް އީމަން ބެލެނީ ވަރަށް ގާތް މީހެއްގެ ގޮތުގައެވެ.
“ޖެލަސީ” މައިކަލް ހިނިތުނެވެލަމުން ބުނެލިއެވެ.
“އަންހެންކުދިން ވަރަށް ހަސަދަވެރިވާނެ އެހެން ކުއްޖަކާއެކީ އުޅޭތަން ފެނިއްޖެނަމަ. ކިތަންމެ ފޮރުވައިގެން ހުއްޓަސް އެކަން ސިއްރެއް ނުކުރެވޭނެ. ނުކުރަން ހިތުއަޅައިގެން ހުންނަ ކިތަންމެ ކަމެއް ކުރެވޭނެ.” ލާނެތް ހިނިތުންވުމަކާއެކީ މައިކަލް ވާހަކަދައްކަމުން ދިޔައެވެ. އީމަން ހިނިއައިސް ދެފަރާތަށް ބޯ ހޫރާލެވުނީ މައިކަލްއަށް ކަންކަން ތަޖުރިބާ ކުރެވިފައިވާވަރުންނެވެ.
“އަހަރެން ތިކަމުގަ އެހީތެރިވެދީފާނަން.”މައިކަލް އިތުރަށް ބުނެލިއެވެ.
“ތިބުނީ ކިހިނެތް؟” އީމަން ސުވާލުކޮށްލިއެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ.
“މިބުނީ ތިކަން ކޮށްލަދޭން ކުއްޖެއް ހޯދަ ދީފާނަމޭ.އެކުދިންނަކީ ހަމަ ސީދާ ތިކަމަށް ޓްރެއިންކޮށްފަ ތިބި ކުދިން. ބައްދަލުކޮށްލަން ބޭނުންތަ؟” މައިކަލް ތަފްސީލުކޮށްދިނެވެ.
އީމަން ދެފިކުރެއްގައި ހުރެފައި އެއްބަސްވިއެވެ. ބައިގަޑިއިރެއްގެ ތެރޭގައި އީމަންގެ ކެބިނަށް ފަހަރަކު ކުއްޖެއް ވަންނަމުން ދިޔައެވެ. ޒަމާނީ ފެޝަނަށް ވުރެވެސް ފެށަޝަންކޮށް ހެދުންއަޅައިފައި ތިބި ކުދިންނެވެ. ހީވަނީ ފެޝަން ޝޯއެއް ކުރިއަށް ދަނީ ހެނެވެ. އޮފީހުގެ ދެން ތިބި ސްޓާފުންވެސް މިވަނީ ކީއްކަން ނޭނގިގެން އުޅޭހެން އީމަންއަށް ހީވާންފެށިއެވެ.
“އަހަރެން…. މިއީ….. މިސްޓަރ މާން….ގެ …. ލޯބި…. ވެރިޔާ” އެއިން ކޮންމެ ކުއްޖެއްވެސް ބުނެލަނީ މިޖުމުލައެވެ. މިއީ މައިކަލް އެމީހުންނަށް ޓްރެއިނިން ދީފައިވާ ގޮތެވެ.އީމަން ހިނިއަންނަ ގޮތް ވިއެވެ.
މައިކަލް އެހުރިހާ ކުދިންކައިރީގައި ދިޔުމަށްއެދުނެވެ.
ދެމީހުން އެކަނިވުމާއެކީ މައިކަލް އެކުދިން ކަމުދޭތޯ ސުވާލުކުރިއެވެ. އީމަންއަށް ހީގަނެވުނެވެ.
“ތީގެ ތެރެއިން ކޮންމެ ކުއްޖެއް ގެންދިޔަޔަސް އަހަރެންގެ އަގު އޭނަ ކުރިމަތީގަ ވެއްޓޭނީ. އެއީ ވަރަށް ދީންވެރި ކުއްޖެއް. ތަޤްދީރު ނިޔާކުރިގޮތުން މިހާރު އޭނަ އަހަރެންގެ ލޯބި ހަނދާނެއް ނެތް. އަދި ހަމަ އެހެންމެ އަމިއްލަ ނަފްސުވެސް ހަނދާންނެތިފަ ވަނީ. އަހަރެންނަށްވެސް ޔަޤީންކަމާއެކީ ޘާބިތުކޮށްދެވޭކަށްނެތް އެއީ އަހަރެންގެ ޔާނާކަމެއް.” މައިކަލްއަށް އީމަންގެ ހާލަތު އެނގިގެން ދިޔައެވެ.
“ތިކަމާ ޖެހޭނީ ވިސްނާލަން. އެކަމަކު ކޮންމެ ގޮތެއްވިޔަސް އަހަރެން މިބުނިގޮތް ނޫން އެހެން ގޮތަކުން ލޯބި ވާކަމެއް ހާމައެއް ނުކުރެވޭނެ.” މައިކަލް ނިކުމެގެން ދިޔައެވެ.
ރީމްއާ އިޔާނާ ތިބީ އިޔާނާގެ ކޮޓަރީގައެވެ. ރީމް އިޔާނާ ކައިރީ ދެއްކި ވާހަކަ ތަކުން ރީމްއަށް އެހީތެރިވާން އިޔާނާ ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ. ކޮންމެ ފަދަ ގޮތެއް ވިނަމަވެސް ވަރިހަމަކަމުގައެވެ. ހިތުގައިވާ ޝައްކު ފޮރުވާލުމަށްފަހުއެވެ.
“އަހަރެން އީމަންއާ ވާހަކަ ދައްކަންތަ؟” އިޔާނާ ސުވާލުކޮށްލިއެވެ.
“ކީކޭ އިޔާނާ ބުނާނީ؟” ރީމްވެސް ސުވާލުކޮށްލިއެވެ.
“ދެން ވިސްނާނަން.” އިޔާނާއަށްވެސް ޔަޤީން ނުވުމުން ބުނެލިއެވެ.

ހަވީރު ސައިބޯން ތިބިއިރު ރީމް އިޔާނާކައިރީ އެދެމުން ދިޔައީ ދެމީހުން ހިނގާލަން ދިޔުމަށެވެ. އީމަންވެސް މެންދުރު އޮފީހަށް ދިޔަށްގޮތަށް އަދިވެސް ނާންނާތީއެވެ. ޝަކީލާ އެއްވެސް ވާހަކައެއް ނުދައްކަ ސައިބުއިމުގައި މަޝްޢޫލުވެގެން އިނެވެ. އިޔާނާއާ ރީމް މާ ބޮޑަށް ގުޅިގެން އުޅޭތަން ފެނުމުން ޝަކީލާގެ ހިތުގައި ރީމްގެ މައްޗަށް ޝައްކުތަކެއް އުފެދެމުން ދިޔައެވެ.
މެލޭޝީޔާގެ ބޮޑެތި މަގުތަކުންކުރެ ގެއާ ކައިރި މަގެއްގައި ދެމީހުން ހިނގަމުން ދިޔައިރު އެދެމުގައި މާ ގިނަ ވާހަކަ ތަކެއް ނުދެއްކެއެވެ.
މެންދުރުއްސުރެ ރީމްއަށް އޭނާގެ ތަބީޢަތް ރަނގަޅުނޫންކަން އިހުސާސްކުރެވެމުންދިޔައެވެ. ހަވީރު ހިނގާލަން ދާން އެދުނީވެސް އެހެންވެގެންނެވެ. ނަމަވެސް މިހާރު މާ ބޮޑަށް ވަރުބަލިކަން އިހުސާސްވާން ފަށައިފިއެވެ.
“ހިނގާ ގެއަށް ދަމާ!” ރީމް އިޔާނާއަށް ބަލައިލަމުން ބުނެލިއެވެ. އިޔާނާ ރީމްއަށް ބަލައިލިއެވެ. ވަރުބަލިވެފައިވާ ރީމް ފެނި އިޔާނާ ކަންބޮޑުވިއެވެ. “ކިހިނެތްވީ؟ ރަނގަޅުތަ ތަބީޢަތް؟” އިޔާނާ ސުވާލުކޮށްލިއެވެ.
ރީމް އާނއެކޭ ބުނެލަމުން ދެމީހުން އެއްކޮށް އެނބުރި ހިނގައިގަތެވެ. އިޔާނާއަށް ޝައްކު ކުރެވޭ ވަރުން އިރުއިރުކޮޅާ ރީމްއަށް ބަލައިލެވެއެވެ.
ރީމްއަށް ހިނގުނީ ތަންކޮޅަކަށެވެ. މުޅިމީހާގެ މޫނުމައްޗަށް އަނދިރިވާންފެށިއެވެ. ދެން ވީނުވީއެއްނޭނގުނެވެ.
ކައިރީގައި ހުރި ރީމްގެ ގައިން ވަރުދޫވެގެން ވެއްޓެމުން ދިޔަކަން އެނގުނމާއެކު އިޔާނާއަށް ރީމްގެގައިގައި ހިފަހައްޓާލެވުނެވެ. ނަމަވެސް ހިފަހައްޓާލާނެވަރު ނެތުމުން ރީމް ބިންމަތީގައި ބާއްވާލިއެވެ. ހާސްވެފައިހުރެ ރީމްގެ މޫނުގައި މަޑުމަޑުން ތަޅަމުން ލޯ ހުޅުވާލަން ބުނަމުން ދިޔައެވެ. ނަމަވެސް ރީމްގެ އެއްވެސް ހަބަރެއް ނުވިއެވެ. ގޭގެ ފަހަތުން އޮތް ބޮޑު ވަލާ ކައިރި މަގެއްކަމުން އިތުރު އެއްވެސް ބައެއްގެ ހިލަމެއް ނުވެއެވެ. އިޔާނާ ހާސްވާންފެށިއެވެ. ދެން ކަންތައް ކުރަންވީ ކިހިނެތްކަމެއް ނުވިސްނުނެވެ.
ތަންކޮޅަކަށް ކުރިއަށް ގޮސްލާފައިވެސް މީހެއްގެ ހިލަމެއް ނުވުމުން އަނެއްކާ ދުވެފައިކަހަލަ ގޮތަކަށް ރީމްކައިރިއަށް އައެވެ. ރީމް އެގޮތަށް އެކަނި ބާއްވާފައި ދާކަށް ނުކެރުނެވެ.
ހިތްވަރުކޮށްފައި ގޮސް ރީމް ތެދުކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ގުދުވެގެން އޮވެ އެގޮތަށް ގަޔަށް ބާރުލާންފެށުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އިޔާނާގެ ބަނޑަށް ތަދުވާން ފެށުމެވެ. ދަށްބަޑުގައި އަތް އަޅައިގެން ހުރެ ހަށިގަނޑު ސީދާކޮށްލެވުނެވެ. ހިތްވަރުކޮށްފައި ރީމް މަގުގެ އެއްފަރާތަކަށް ފުރޮޅާލިއެވެ. އަނގަމަތިކޮށްފައި ރީމް ގެ މޫނުގައި ފިރުމާލަމުން މިއަންނަނީކަމަށްބުނެ އަވަސްއަވަހަށް ކުރިއަށް ހިނގައިގަތެވެ. މުޅިމީހާ މައިނޭވާ ލެވިފައިވާއިރު ބަނޑަށް އިރުއިރުކޮޅާ އަރަމުން ދިޔަ ތޫނު ތަދެއްގެ ސަބަބުން ހިނގަން އުނދަގޫވަމުން ދިޔައެވެ. ގެއާ ވިއްސަކަށް ފޫޓު ކައިރިއަށް ދެވުމުން ދެން ހިނގަން ޖެހުނީ ކުޑަކޮށް ގުދުވެ އޮވެގެންނެވެ. ބަނޑަށް އަރަމުންދާ ތަދަށް ކެތްނުކުރެވިގެންނެވެ. ނަމަވެސް އިތުރަށް ކުރިއަކަށް ނުދެވުނެވެ. ބިންމަތީގައި އިށީނދެވުމާއެކީ ބާރަށް ގާޑުންނަށް ގޮވާލިއެވެ. ނަމަވެސް ހިލަމެއް ނުވިއެވެ. ވަރުބަލިވެ ގައިން ވަރުހުސްވަމުން ދިޔަނަމަވެސް ހިތްވަރުކޮށްފައި އަނެއްކާ ބާރަށް ގާޑުންނަށް ގޮވާލިއެވެ.
ހުދުކުލައިގެ ޔުނިފޯރމެއްގައި ގޭޓުކައިރިން މީހަކު ދުވެފައި އަންނަތަން ފެންނަވަރުވިއެވެ. ދެން މަޑުމަޑުން އެދެލޯމެރި ބިންމަތީގައި އޮށޯވެވުނެވެ.
ގާޑުމީހާއައިސް އިޔާނާ ތެދުކުރިއެވެ. އަދި ފޯނުނަގައި ގެއަށް ގުޅައި ހަބަރުކުރިއެވެ. ގާޑުމީހާގެ ވަރަށް މަސައްކަތުން އިޔާނާ ކުޑަކޮށް ލޯހުޅުވާލިއެވެ. ނަމަވެސް ވަރަށް ވަރުދެރަވަރުން ވާހަކައެއް ނުދެއްކުނެވެ. ރީމްއޮތް ދިމާއަށް އަތުން އިޝާރާތްކުރަމުން ރީމްގެ ނަން ބުނެލަން މަސައްކަތް ކުރިނަމަވެސް ކާމިޔާބެއް ނުވިއެވެ. އަނެއްކާވެސް ދެލޯ މެރުނިއެވެ.
ޝަކީލާއަށް އެތަނަށް ދުވެ އާދެވުމާއެކީ އަވަހަށް ކާރު ގެންނަން ބުންޏެވެ. ގާޑު މީހާ އިޔާނާ އިޝާރާތްކުރިވާހަކައާއި އެއްޗެކޭ ބުނަން އުޅުނު ވާހަކަ ބުންޏެވެ. އިތުރު ދެގާޑުގެ އެހީގައި ރީމް އޮތްތަން ފެނުނެވެ.
ހޮސްޕިޓަލަށް ރީމްއާއި އިޔާނާ ގެންދެވުމާއެކީގައި ފަރުވާ ދެވެން ފެށުނެވެ. އީމަންއަށް ހަބަރު ލިބުމާއެކީގައި އަވަސްވެގަތީ ހޮސްޕިޓަލަށެވެ.
އީމަން އަވަސްފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 19

Next

މިއޭ ލޯތްބަކީ…

Next
March 15, 2016

މިއޭ ލޯތްބަކީ…

Previews
March 15, 2016

ނިމިދާނެ ޖާނާ ހިތާ 19

23 Comments!

  1. Axi says:
    March 15, 2016 at 9:47 pm

    Haadha kurey…….

  2. Me says:
    March 15, 2016 at 10:08 pm

    Where is part 47?

  3. zaa says:
    March 15, 2016 at 10:10 pm

    47 koba

  4. Shuhu Hassan says:
    March 15, 2016 at 10:14 pm

    Kobaa 47 bai

  5. Mar Sha Marsha says:
    March 15, 2016 at 10:17 pm

    Kobaaaa 47?????????

    1. Mar Sha Marsha says:
      March 15, 2016 at 10:21 pm

      Mi bayaa 46 aa dhemedhu vee goiy nukiyaa mi bai kiyan feshyma question mark eh jeheny… esfiya.. pleeeeeezzzzzzzzzzzzzz mirey 47 up kohdhevidhaane thaaa????? Plzzzzzzzzzzzzzzzzzzzzzzz

  6. Maryy says:
    March 15, 2016 at 10:34 pm

    Mee koachetha

  7. Yanaalee says:
    March 15, 2016 at 10:59 pm

    47 koba??

  8. lyn says:
    March 15, 2016 at 11:08 pm

    Where is 47 ? Vaanuvaa neyngey.com

  9. mis says:
    March 15, 2016 at 11:25 pm

    47 netheetha v kada mirey genes dheythi

  10. Appy says:
    March 15, 2016 at 11:34 pm

    Kihineh mi v kobaa 47

  11. sidd says:
    March 15, 2016 at 11:46 pm

    47 vana bai vakivaan neydhi vakivegen dhiyaeeetha??? ???

  12. 9797783 says:
    March 15, 2016 at 11:46 pm

    47 kah veruneetha dhonkalhw

  13. Aimsithu says:
    March 16, 2016 at 12:33 am

    Asluves dho.. maves hama back gos gen ves mi check kurany 47 feney tho…
    Humaam gandu jaathu haodhi goii engen beynun

  14. Şhàhä says:
    March 16, 2016 at 2:06 am

    47 kobaaa

  15. Aminath Zeena Yoosuf says:
    March 16, 2016 at 11:34 am

    47dhookoh 48kuriyah aaeyy

  16. thuthu says:
    March 18, 2016 at 3:08 pm

    Haadha lahey

  17. zaee says:
    March 21, 2016 at 8:02 pm

    Haadhalahey up kuraaleh

  18. Izu says:
    March 24, 2016 at 6:45 am

    Kbaatha next part

  19. Izu says:
    March 29, 2016 at 12:19 pm

    Mi vaahaka mihisaabun nimunytha… haadha lahey plx plx next part up kohdhyba thankolheh avahah

  20. NaAi says:
    March 30, 2016 at 12:36 pm

    Haadhalaheyy dhw…avahah up kohdybala dhw…plx

  21. kaihdhahtha says:
    April 3, 2016 at 4:54 pm

    dhn liye ninmaafa oeh ehcheh thanfukeh las dhw up kuraaleh.. esfiya plx avass kohbala

  22. Anie says:
    April 4, 2016 at 9:42 pm

    Dhn mivarun vaahaka nugenesdheynvynu dhw?varah foohivejje aslu..mihaaru mi one mnth vany mi vaahakaige aneh bayah inthizaaru kuraathaa…vegen ulhey gotheh bunyma ingeyny kiyuntherinnah ves

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 47←


All Right Reserved!