
ގޮތް ހުސްވެފައި ހުރީމޭ..15

ދިހަ ގަޑި ބައި ވުމުން އެނދުން ތެދުވެ ރީތި ވާން ފެށީމެވެ. އެކި ގޮތްގޮތަށް ވިސްނުމަށް ފަހު ތަފާތު ގޮތަކަށް ޒީނަތްތެރި ވަމުން ދިޔައީ އިޔާޝަށްޓަކައެއް ނޫނެވެ. އަހަންނާއި އިޔާންގެ ހައްގުގައެވެ. އަހަރެންގެ އަބުރު ކަތިލުމަކީ އިޔާޝަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފުރުސަތު އިޔާޝަށް ދޭކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ.
ބޮލުގައިވާ ރީތި ކަޅު، ދިގު އިސްތަށި ގަނޑުގައި ކަތުރު ޖެއްސުމަށްފަހު ބުޑުން ބުރިކޮށްލީމެވެ. ލޯގަނޑުން އަހަންނަށް ފެންނަނީ އަހަރެންގެ އެ އަނިޔާވެރި ހަރަކާތެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނައިގެ އަސަރުތައް ވިދަވިދާ ހުރިތަން ޚުދު އަހަރެން ދުށީމެވެ. ތިރީސް މިނެޓް ތެރޭ އަހަރެން ރީތި ވެލީމެވެ. ބަލާ ބެލުމަށް އަހަންނަކީ އާންމުކޮށް ފެންނަން ހުންނަ ލީންއެއް ނޫނެވެ. ލައިގެން ހުރި އިޔާޝްގެ އަތްދިގު ގަމީހާއި ފިރިހެން ޖިންސުން އެކަން އެނގޭނެއެވެ.
އިރުކޮޅެއް ފަހެވެ. ދޮރުގެ ތަޅަށް ތަޅުދަނޑި ޖަހާލުމަށްފަހު ދޮރު ހުޅުވާލުމަށްފަހު މީހަކު ބޮކި ދިއްލާލީ އަނދިރި ވެފައިވާ ކޮޓަރިން އަލިކަމެއް ހޯދުމުގެ ނިޔަތުގައެވެ. މުޅި ކޮޓަރިތެރެ އަލި ވުމާއި އެކު އެމީހާ ކުރިޔަށް ހިނގައިގަތެވެ.
އިނާން އާއި ލައިޝާ އޮތ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.