Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 45

Esfiya Level 310 Stories100 Login
March 7, 2016 3 Mins Read
13 Comments

ރީމްއަށް ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އީމަންއަށް ރީމްގެ މޫނުމަތިން ހުރިހާކަމެއް އެނގިސާފު ވެގެން ދިޔައެވެ.
އިތުރު އެއްޗެއް ބުނުމެއް ނެތި ފާހާނާއިން ނިކުމެގެން ގޮސް ކޮޓާރީގައި މަޑުކޮށްލިއެވެ. ރީމްވެސް ފަހަތުން ގޮސް އީމަން ކައިރީގައި ހުއްޓުނެވެ.
“މާން.. އަހަރެން.” ރީމް ވާހަކަ ދައްކަންފެށި ނަމަވެސް އިމަން އެކަން ހުއްޓުވިއެވެ. “އަހަރެންނަކަށް ހިޔެއް ނުވޭ ރީމްއަށް މިގޮތަށް ކަންތައް ކުރަން ޖެހުނު އެއްވެސް ސަބަބެއް އޮތް ހެނެއް. އެހެންވީމަ ރީމްގެ ފަރާތުން އެއްވެސް ކަހަލަ ‘ޖަސްޓިފިކޭޝަނެއް’ ބޭނުމެއް ނޫން.”
“ރީމް ތިކުރި ކަންތަކުން އަހަރެން ކުރިމަތީގަ އަމިއްލައަށް ފަޟީހަތްވުން ނޫންކަމެއް ނުވިއެއްނު. އަހަރެން ހިޔެއް ނުކުރަން ރީމް ދުވަހަކުވެސް ތި ފެންވަރަށް ވެއްޓިދާނެކަމަށް.”
“ކީކޭ؟ މާން ތިކިޔާ އެއްޗެއް ނުވިސްނުނު؟” އީމަން ބުނި އެއްޗެއް ރީމްއަށް ނުވިސްނުމުން ސުވާލުކޮށްލެވުނެވެ.
“ކީކޭ ހެއްޔޭ؟ ބުނެދޭންވީތަ؟ ޤަބޫލުކުރެވޭނެތަ؟ ރީމްގެ ކުށް ރީމްއަށް ގަބޫލުކުރެވޭނެތަ؟” އީމަން ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދައްކަމުން ކުރިއަށް ޖެހެން ފެށުމުން ރީމް ޖެހިލުންވެ ހުރެ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ރީމްގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އީމަން އެވަރަށް ރުޅިއައިސްގެން އުޅެނީ ހަމަ ރޭގަ ކަންތައް ކުރެވުނު ގޮތުން ހެއްޔެވެ؟ ނޫނީ އެހެން ކަމަކުން ހެއްޔެވެ؟
“ރީމް ތިއީ ހެޔޮ ނުބައި ނުވިސްނޭ ވަރުގެ ޅަ ކުއްޖެއްތަ؟ ހެއްދެވި ފަރާތް ދެކެ ބިރެއްވެސް ނުގަނޭތަ؟ އަހަރެން ކުރިމަތީގަ މާ މާތް މީހަކަށްވެގެން އުޅުނީ އެއްވެސް ކަމެއް ނޭނގޭނެޔޭ ހީކޮށްގެންތަ؟” އީމަންގެ ރުޅި ދިޔައީ ގަދަވަމުންނެވެ.
ރީމްއަށް ބިރުންގޮސް ކަންތައް ކުރަންވީ ކިހިނެތްކަމެއް ނުވިސްނުނެވެ. ފަހަތަށް ޖެހެމުން ގޮސް އެނދާ ގާތްވުމުން އެނދުގައި އިށީނދެވުނެވެ. އީމަން ހުއްޓި އެއްފަރާތަކަށް އެނބުރުނެވެ. އީމަންގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފެންނަން ހުއްޓެވެ.
“މާން! އަހަރެން ރޭގަ އެއްވެސް ކުށެއް ނުކުރަން. އެއީ ގޯސް ކަމެއް ނޫން. ފިރިމީހާ އެދޭ ކޮންމެ އިރަކު އަހަރެމެން އަންހެނުން އިޖާބަދޭން ޖެހޭ ގޮތަށް އަނބިމީހާގެ ހައްގުތައް އަދާކޮށް ދިނުމަކީ ފިރިމީހާގެ ވެސް ވާޖިބެއް.” ރީމް މަޑުމައިތިރިކަމާއެކީ އީމަންއާ ވާހަކަ ދައްކަން ފެށީ ވިސްނައިދެވޭތޯއެވެ.
ރީމް ހީކުރި ގޮތާ ހިލާފަށް އީމަން މިފަހަރު ކޮންޓްރޯލުން ނެއްޓުނެވެ. އައި ގަދަ ރުޅީގައި ރީމްގެ ދެކޮނޑުގައި ހިފައި ބާރުލާފައި ތެދުކޮށްލިއެވެ.
“އަހަރެންނަށް ދީން ކިޔަވައިދޭން އުޅޭނެ ކަމެއް ނެތް. ތިޔަހާ ދީން ދަންނަ މީހެއް ނަމަ އެކަން އުޅުމުންވެސް ފެންނާނެ. ރީމް ކުރިން ތި ވާހަކަ ދެއްކި ނަމަ އަހަރެންނަށް އަސަރެއް ކޮށްފާނެ. އެކަމަކު ދެން ލާހިކެއް ނޫން. ދެން އަހަރެންގެ ހިޔަނި ފެންނަ ހިސާބަކަށްވެސް އަންނަން މަސައްކަތް ނުކުރާތި.” އީމަން ދިނީ ރުޅިވެރިކަމުން ފުރިގެންވާ އިންޒާރެކެވެ. ރީމް ހުރީ ކިޔަންވީ ކީކޭ ކަމެއް ނޭނގިފައެވެ. އީމަންވަނީ ފާހާނާއަށެވެ. ރީމްއަށް އެނދުގައި އިށިނދެލެވުނީ ފުން ވިސްނުމެއްގައި ހުރެގެންނެވެ. އީމަން ވަރަށް ގިނަ ވާހަކަ ދައްކައިފިއެވެ.. އެކަމަކު އެއްވެސް ވާހަކައެއް ރީމްއަކަށް ނޭނގުނެވެ. އެކީ ކީކޭ ހެއްޔެވެ؟ ބުނަން އެއުޅެނީ ކީކޭ ބާއެވެ. ދެލޮލުން ކަރުނާ އޮހިގަތީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ރޭގައި އީމަން އާއެކީ ހޭދަކުރި އުފާވެރި ވަގުތު ތަކުގެ ސަބަބުން ރީމްގެ ހިތުގައި މާތަށް ފަރިވެ ނަށަމުންދާކަހަލަ އިހުސާސެއް ނުކުރާ އެންމެ ހިނދުކޮޅެއްވެސް އަދި އިރު އެރިފަހަކަން ނުދެއެވެ. ކުރެވުނީ ކޮންކުށެއްތޯ ރީމް އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އެއީ އީމަން މަސްތު ކުރުވުމަށްފަހު އެގޮތަށް ގައިގޯޅި ވެވުނީތީ ހެއްޔެވެ؟ ނޫނީ ޔާނާ ނޫން އެހެން ކުއްޖަކާ އެފަދަ ގޮތަކަށް ގާތް ވެވުމުން އަމިއްލަ ނަފްސު މާ ބޮޑަށް ކުށްވެރި ކުރެވެނީ ހެއްޔެވެ؟
ހިތް ބުނެލިއެވެ. ވެދާނެއެވެ. އެހެން މީހަކާ ގާތްވެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. މާންއަށް އިތުރަށް ވިސްނައިދޭނީއެވެ. ރީމްއަކީވެސް އީމަންގެ ހަލާލު އަނބިމީހާ ކަމާއި، ރޭގައި ދެމީހުންގެ ދެމެދުގައި އެއްވެސް ގޯސް ގުޅުމެއް ނުހިނގާކަމެވެ.
ފުން ނޭވާއެއް ލުމަށްފަހު ގޮސް ފާހާނާ ދޮރު ކައިރީގައި ހުއްޓި އީމަން އަށް ގޮވާލީ މަޑުމައިތިރި ކަމާއެކީގައެވެ.
“މާން! އަހަރެންނަށް އެނގޭ މާން ތިހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން. އަހަރެން ރޭގަ އެގޮތަށް ކަންތައް ކުރީ މާންއަށް އެއްވެސް ގެއްލުމެއް ދޭކަށެއް ނޫން. އަހަރެން… އަހަރެން މާން ދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އެހެން ދެމަފިރިން އުޅޭ ގޮތަށް ލޯބިން އުޅެން އަހަރެންވެސް ބޭނުން. މާންގެ ލޯބި ބޭނުން. އަހަރެންނަށް މިކުރެވުނީ ކުށެއް ކަމުގަ ވާނަމަ އަހަރެންނަށް މަޢާފު ކޮށްދީ. އެއްވެސް ނުބައި ނިޔަތެއްގަ ކުރި ކަމެއްނޫން. ހެޔޮނުވާނެ. އަހަރެން ދެކެ ރުޅި ނާދޭ. އަހަރެން މޮޔަވެދާނެ.” ރީމްގެ އަޑު ކުރެހުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައެވެ. ކުއްލިއަކަށް ފާހާނާގެ ދޮރު ކެހިގެން ދިޔުމާއެކު އީމަން ނިކުތް ގޮތުން ސިހި ފަހަތަށް ޖެހިލެވުނެވެ. ރުޅިވެރިކަމާއެކީ އީމަން ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ކޮޓަރީގެ ދޮރާ ދިމާއަށް ނަޒަރު ހުއްޓުމުން އަނގަ ބަންދުވިއެވެ. ރީމްއަށްވެސް ބަލާލެވުނީ ދޮރާ ދިމާއަށެވެ.
ދޮރުމަތީގައި ހުއްޓިގެން ހުރި އިޔާނާފެނި ދެމީހުންގެ މޭގަނޑަށްވެސް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ. ބީރަށްޓެހިކަމާއެކީގައި އިޔާނާ އެތެރެއަށް ވަދެގެން އައެވެ.
އިޔާނާ އައީ ކޮން އިރަކު ބާއެވެ؟ ދެމީހުންގެ ދެމެދުގައި ހިނގި ހޫނު ބަހުސް އަޑު އިވުނު ހެއްޔެވެ؟ އިވުނު ނަމަ ކިހާ މިންވަރެއް ހެއްޔެވެ؟

“ހޮސްޕީޓަލަށް ގޮސްލަ ދީފާނަންތަ އަހަރެންނާއެކީ؟ ނުތަނަވަސް ކުރުވާ ކަހަލަ ގގޮތެއް އެބަވޭ.” ރީމްއަށް ބަލާލަމުން އިޔާނާ ބުނެލިއެވެ.
ރީމްއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުންނެވެ. އިޔާނާއަށް އެއްވެސް އެއްޗެއް ނީވޭ ކަމުގެ ހަމަ ޖެހުމެވެ. ނަމަވެސް އީމަން ހުރީ އިޔާނާއަށް ބަލަހައްޓައިގެންނެވެ. އެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ކަހަލަ ޚިޔާލުތަކެއް ކަމެއް ނޭނގެއެވެ.
“މައްސަލައެއްނެތް. މިހާރުތަ؟” ރީމް ގަދަ ކަމުން ހިނިތުން ވެލަމުން ކޮށްލި ސުވާލަށް އިޔާނާ ބޯ ޖަހައިލިއެވެ.
ރީމް ބަލައިލީ އީމަންއަށެވެ. އީމަން އެއްޗެކޭ ނުބުނެ އެނދުމަތީގައި އޮތް ފޯނު ނަގައި ޑްރައިވަރަށް ގުޅުމަށްފަހު ކާރު ތައްޔާރުކުރުމަށް އެދުނެވެ. ރީމްވަނީ ފާހާނާއަށެވެ. އިޔާނާ އެނބުރި ބޭރަށް ހިނގައިގަތެވެ. ނަމަވެސް ދޮރާ ނިވާވުމުގެ ކުރިން އެނބުރި އީމަންއަށް ބަލާލެވުނެވެ. އީމަން ހުރީ އަލަމާރި ހުޅުވައިގެންކަމުން އިޔާނާއަށް ވަނީ ފުރަގަސް ދެވިފައެވެ.
ހިތުގައި ހިނގަމުން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. މިއީ ކާކު ހެއްޔެވެ؟ ކޮންމެ މީހެއް ނަމަވެސް އިޔާނާގެ ހިތް މިމީހާއަށް އެދެމުން ދާކަން ޔަޤީނެވެ. ފެންނަ ހިސާބުގައި އުޅޭހިތް ވެއެވެ. ފެނިއްޖެ ނަމަ ހިތް ބާރު ބާރަށް ތެޅެމުން ދަނީ ކީއްވެހެއްޔެވެ؟ ދުލުން އެނަން ކިޔޭހިނދު ބީރަށްޓެހި ގޮތެއް ނެތްކަން ޔަޤީނެވެ. ވާހަކަ ދައްކަން ބޭނުމެވެ.
ބޭއިޚްތިޔާރުގައި އިޔާނާއަށް އަނެއްކާ ކޮޓަރިތެރެއަށް ވަދެވުނެވެ. މަޑުމަޑުން އީމަންއާ ދިމާއަށް ފިޔަވަޅު އެޅެން ފެށުނެވެ. ބާރު ބާރަށް ހިތް ތެޅެމުން ދިޔަނަމަވެސް ފަހަތަށް ޖެހޭކަށް ހިތެއް ނޭދެއެވެ. ތިކުރަނީ ކީއްހެއްޔޭ ސިކުނޑި ސުވާލުކުރި ނަމަވެސް ހިތް އެއަޑެއް ނޭހިއެވެ.
އީމަންގެ ފަހަތުގައި ހުއްޓުނެވެ. ހިލަމެއްވިހެން ހީވެގެން އީމަންއަށް ފަހަތަށް އެނބުރެވުނެވެ. ދާދި ކައިރީގައި ހުރި އިޔާނާ ފެނި ކުޑަކޮށް ސިހޭ ގޮތްވިއެވެ.
ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔަ ހިނދު މުޅި މާހައުލުވެސް އުޖާލާވެގެން ދިޔަފަދައެވެ. އިޔާނާގެ ދެލޮލަށް އެގޮތަށް ހުރަހެއްނެތި ބަލާލަން ފުރުސަތު ލިބުމުން އުފަލުން ހިތް ފުރެގެން ދިޔައެވެ. ހިތް ބުނެލިއެވެ. ދައްކާނެ ވާހަކައެއް ނޭނގުނަސް ހިތް ފުރެންދެން ބަލާލާށެވެ. މިއީ ހަމަ އީމަންގެ ލޮލުގެ ފިނިކަމެވެ. ހެއްކެތް ނެތަސް ހިތް ދޮގެއް ނަހަދާނެއެވެ. ހިތުގައިވާ ލޯބި ސިއްރެއް ނުކުރެވޭނެއެވެ. އެއީ ހަމަ އެބެލުމެވެ. އެއްވެސް ތަފާތެއް ނެތެވެ. އެކަޅިރަވައެވެ. އެލޯބިކަމާއި މައުސޫމުކަމެވެ.
ފާހާނާގެ ދޮރު ހުޅުވުނުއަޑަށް ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ރީމްގެ މޫނު އަނދިރިވެގެން ދިޔައެވެ. އިޔާނާއާއި އީމަން ގާތުގައި ވާތަން ފެނި ހިތަށް އުނދަގޫވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 12

Next

ފުންއަސަރު 09

Next
March 8, 2016

ފުންއަސަރު 09

Previews
March 7, 2016

ނިމިދާނެ ޖާނާ ހިތާ 12

13 Comments!

  1. Ki says:
    March 7, 2016 at 6:00 pm

    Varah rythi ekam kuru ????

  2. boo says:
    March 7, 2016 at 6:38 pm

    :-O haada kurey!!!!

  3. NaAi says:
    March 7, 2016 at 6:51 pm

    Asluvx hadha kureyy…v salhi igeyyy…next episode avahah up kurahchey plx v kiyaahithun mihury plx

  4. k says:
    March 7, 2016 at 7:08 pm

    kuru ekam mifaharu avahah up koh dhevijje dw…

  5. Zu says:
    March 7, 2016 at 8:06 pm

    Yuppyy so nice.. Ekam kuruhen hyvey.. And maa lax up kuraaleh mihaaru mi sitega waahakathah.. ?

  6. twins says:
    March 7, 2016 at 10:21 pm

    Haaddha kuray thee jeshuma ta update kuraneee ??

  7. Şhàhä says:
    March 8, 2016 at 11:02 am

    Haaaaadha kureyyyy…. Avaha next part up kurahcheyyy

  8. NaAi says:
    March 10, 2016 at 10:59 pm

    Knirakun nw next episode up kuranyyy…. Haadha laheyyyy….

  9. zee says:
    March 11, 2016 at 6:07 pm

    Kon dhuvahakun nxt part up kuranee..haadha lahey??

  10. reader says:
    March 12, 2016 at 1:14 pm

    Avas up kohba

  11. adhysham says:
    March 12, 2016 at 8:37 pm

    V reeti vaahaka e

  12. Yu mee says:
    March 13, 2016 at 8:11 am

    Haadha lahey up khlaa Leh. Alhey avas khdhy

  13. Mysterious Angel says:
    March 27, 2016 at 11:30 pm

    Nice story

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46←


All Right Reserved!