އަލުން ލޯބިން – 1
އަލުން ލޯބިން – ފުރަތަމަ ޕާޓް
ބޮޑު އީދު ޗުުއްޓީ އަށް ކޮލެޖްތައް ބަނދުކުރުމު އެންމެ ފަހުގެ ތައްޔާރީތަށް ވަމުން ދިޔައެވެ. ލެސެން ނިމެން ކައިރި ވެފާވުމުން އިޝްހާ ފޮތްތައް ދަބަހަށް އަޅަން ފެށިއެވެ. ފަހަރަކު ފޮތެއް ދަބަހަށް ލަމުން ގެންދިޔައިރު އޭނާގެ ވިސްނުންހުރީ އެހެން ދިމާލެއްގައެވެ. މިރޭ އީދު ހުޅު ރޯކުރާތަން ބަލަން ދާން އޭނާގެ އެކުވެރިޔާ އެއްބަސް ކުރުވާނެ ގޮތަކާ މެދުއެވެ.
ބެލް ޖެހުމުން ކުދިންތައް ނިކުމެގެން ދިޔައިރުވެސް އިޝްހާއަކަށް ރޭކައެއްނުލިއެވެ. އިޝްހާ ލަސްވެގެން އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް އިޝްހާ އަށް ގޮވާލުމުން އިޝްހާ ސިއްސައިގެން ދިޔައެވެ. “އިޝޫ… ކޮން ވިސްނުމެއްގަ؟…. ލެޓްސް ގޯ..” ޒާއިން ބުންޏެވެ.
އިޝްހާ އަވަހަށް ތެދުވެގެން ޒާއިން އާއެކު ހިނގައިގަތެވެ. ކޮލެޖް ގެ ގޭޓުން ނިކުންނަނިކޮށް އިޝްހާއަށް އޭނާގެ “ބެސްޓީ” ފެނުނެވެ. ރިފްޝާ ފެނުމުން އިޝްހާ އޭނާއަށް ގޮވަންފެށި އެވެ. ” ރީފޫ…. އިޝޫ އާ އެއްކޮން ދާނަން ދޯ؟.. ޕްލީޒް ހިނގާބަލަ..” އިޝްހާ ރިފްޝާ ފެނުމާ އެކު އާދޭސް ކުރަންފެށިއެވެ. އޭނާ ރިފްޝާގެ އަތުގާ ހިފައިގެން ތަޅުވާން ފެށިއެވެ. އެންމެފަހުން ކުޑަ ކުއްޖެއްހެން ބޮޑާ ހާކަން ފެށުމުން ރިފްޝާ އެއްބަސްވާން މަޖުބޫރުވީއެވެ.
“ރީފޫ ފޫއްސެއް ނުވާނެ… ޒާއިންވެސް ދާނެއޭ ދޯ؟ އިޝްހާ ދޯދެމުން ބުނެލި އެވެ. ޒާއިން ގެ ޖަވާބެއް ލިބޭތޯ ރިފްޝާ ޒާއިންއާ ދިމާއަށް ބަލައިލިއެވެ.
” ހޫމް….. ދޮންބެދާނަމޭ… “ޒާއިން ބުންޏެވެ.
19 Comments!
Comments are closed.




Keehve thiah vuren kuru koh nuliyuny eyrun dhw myhun kiyaa hiyvaanyy 😘 adhi kuru kohlabe
Alr.
Mi ep vx vro reethi
Thank you
Alhey thankolheh dhigu…… Kuda koh Kuru kohla dheeba Eyrun interest vaany gina kudhin 😍
Ohh yes great idea
Mi episode varah interesting..can’t wait ..keep it up girll
Awww. Thank you
Girll
Thankolheh dhigu koh be
It’s way too short 😭
Ibaaraai kurun varah furihama ..keep it up girlyyy
Lahbba
Masha Allah u look gorgeous girl…are u in Funadhoo? Rn
Thank you
Masha Allah vrh reethi ❤️
How are you?..When’s next ep? And you should try to write thankolheh dhigukoh eyrah it would be more perfect 💯
Aww. Thank you… yess I’m good ..wby?
Lahbba next eps dhigu kohlaanan..
Mi ep is hama pretty as the author…keep it up darling
Thx
wowww vhk interesting… keep it up darl
sifa kurunn thah varah reethi
MA
keep up the good work
tc💖
I love you