ލޭކަރުނަ…. (މަންމަގެ ބަސްނޭހުމުގެ ހިތި ނަތީޖާ)
ހިތްގައިމު ދުވަހެއްގެ ހެނދުނަކަށް އަލި އުޑުމަތިން ފާޅުވެލިއެވެ. ސަނާ ތައްޔާރުވަމުންދިޔައީ ސުކޫލަށް ދިއުމަށެވެ. އޭނާ ސުކޫލަށް ދާކަށް މަންމައަކަށް ގޮވާކަން ނުޖެހޭނެއެވެ. ގަޑިއަށް އެހާ ފަރުވާތެރިވާނެއެވެ. ސުކޫލަށް ދާނީ ދާހިތުންނެވެ. އުފަލުން ހުރެއެވެ. މިއަދަކީ ސަނާގެ ހަޔާތުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. މިއީ އޭނާގެ އުފަންދުވަހެވެ.
ގަޑިން ނުވައެއް ޖެހީ ސަނާ މަގުމަތީ ހިގަން ހުއްޓައެވެ. ބާރު ދުވެލީގައި ބޮޑު ދޮރުން އޭނާ އެތެރެވި އެވެ. ލަސް ފިޔަވަޅުގައި ގޮސް ކިލާހަށް ވަނެވެ. ލިބުނީ ސިހުމެކެވެ. އޭނާގެ އަނގަ ތަންމިނަށް ހާވިއެވެ. ހުރިހާ ކުދިން ތިބީ ނުހަނު ފަރިތަކޮށްގެންފަދައެވެ. ދޮރުން ސަނާ ބޯދިއްކޮށްލުމާއެކު އަތްއަޑުން ކިޔަލިއެވެ. ” އުފާވެރި އުފަންދުވަހަކަށް އެދެން! ” ފަނަރަ ވަނަ އުފަންދުވަހުގެ ތަހުނިޔާއެވެ.
އެވަގުތު ކިލާސް ތެރެއަށް ވަދެގެން އައީ ޕްރިންސިޕަލެވެ. ޕުރިންސިޕަލަކީ ދިވެއްސެއް ނޫނެވެ. ބިދޭސީއެކެވެ. އިންޑިޔާގެ ރައްޔިތެކެވެ. ކުދިންތައް ބިރުން ގޮސް ހިމޭންވިއެވެ.
ހަލުވިކޮން ސަނާ ދާން އުޅުނެވެ. އެކަމަކު ދެވޭގޮތެއް ނުވިއެވެ. ހިނިތުންވުމާއެކު ޕުރިންސިޕަލް އަރާ ހަމަކުރިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްލަމުން، ތަހުނިޔާއާއި މުބާރިކުބާދީ ކިޔައިފިވެ. ހަދިޔާއަކަށް ރަތް ފިނިފެންމަލުގެ މާބޮޑިއެއް ދިއްކޮށްލިއެވެ.
ގެއަށް ސަނާ ދިޔައީ މާލަހުންނެވެ. މަންމަ އެކަމާ ސުވާލުކުރިއެވެ. ” ދަރިފުޅާ! ހާދަ ލަސްވީ މިއަދު” އޭނާ މަންމަގެ ސުވާލަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ދިނީ ބީރުކަންފަތެކެވެ. އެތާވެސް ނުހުރެ، ސަނާ އަވަސްކޮން ކޮޓަރިއާ ދިމާލައަށް މިސްރާބުޖެހިއެވެ. ދަބަހާއި ކިޔަވައި ފޮތްތައް މޭޒުމަތީ ބާއްވާލުމަށްފަހު ނެގީ ފޯނެވެ. ޗާޖު ހުރިތޯ ބަލާލުމަށްފަހު ބޭއްވީއެވެ. ލައިގެން ހުރި ޔުނީފޯމް ބާލައިގެން ފާހާނައަށް ވަނެވެ. ފެންވަރާއި ހުވަނދުލައިގެން ގޭގައި ނޯވެ އޭނާ ނިކުތީ ބޭރަށެވެ. މަންމަގެ ސުވާލުތަކުން ރެކެން ވެގެންނެވެ.
އިރުއަރައެވެ. އިރުއޮއްސެއެވެ. އެއްދުވަސް ނިމި އަނެއްދުވަސް ފެށި ގެންދެއެވެ. ހަފްތާތަށް ފާއިތުވަމުން ދިޔައެވެ. މަސްތައް ހީނުކުރާހައި އަވަހަށް އަންނަމުން ނިމެމުންދިޔައެވެ.
ސަނާއާއި ޕުރިންސިޕަލް ދުވަސްތައް ނުހަނު އުފަލުގައި ގުނަމުން ދިޔައެވެ. ރަށުގެ އެތަން މިތަނުން ބައްދަލުކުރަމުން ދިޔައެވެ.
މަގެއްގެ މަތިން ޕުރިންސިޕަލް ފެނުންނިއްޔާ ސަނާވެސް ފެންނާއެވެ. ދެމީހުން އުޅުނީ ބީރަތްވެސް ނެތިއެވެ. މިއިން ކަމެއްގެ ހިލަމެއްވެސް ނުވަނީ އޭނާގެ މައިންބަފައިންނަށެވެ. އެމީހުން ދެކޭގޮތުގައި ސަނާ އަކީ ދުރުވިސްނޭ ކުއްޖެކެވެ. އަޚްލާޤު ރަނގަޅު ދީންވެރި ދަރިއެކެވެ.
ރަށުގެ ޒުވާން ފުރާގެ އަންހެންކުދިންވެސް ދޫތަކުންވެސް އެނަން ކިޔުން ނުހުއްޓޭނެއެވެ. އެއީ ރަށުގެ ގަދަރު ވެރިއެކެވެ. އިހްތިރާމް ލިބިގެން ހުރި ފަރާތެކެވެ. ރީތީގެ ގޮތުންވެސް ޕުރިންސިޕަލާއި ވާދަކުރެވޭ ވަރުގެ މީހަކު ނުހުންނާއެވެ. އެހާވެސް އޭނާ ރީއްޗެވެ. އެ ޗާލުކަމަށް ފީދާނުވާނީ ފަހެ ކާކުހެއްޔެވެ؟
އިންޑިޔާގެ ދަރިކޮޅުން ރާއްޖެ ދުރުވި މިއީ ރަސްދަރިކަލެއް ކަހަލައެވެ. ފިރިހެންވަންތަ ކަސްތޫރީ ކުލައެއް ލިބިގެންވި އިންސާނެކެވެ. އެހެރަ އޮމާންކޮން ފުނާއަޅާފައި ހުންނަށް ފަން ބޯ އިސްތަށިކޮޅެވެ.
އެސްފިޔަތަކުގެ ނިވަލުގައިވި ތޫނު ކަޅުކަން ގަދަކަޅިއެވެ. އެންމެގެ ނަޒަރުން ފިލައިނުދާ ވަށް ބޮޑު ދެލޮލެވެ. އެދެލޮލަށް ބަލައި މީހަކު އެޖާދޫގައި އާވާރާ ވެދާނެއެވެ. ތުނިކޮން ކޮށާފައި ހުންނަން ތުބުޅިން ފިރިހެންކަން ފާޅުކޮށްދެއެވެ.
ކައިގެން ނިދަން އޮތްވައި ސަނާގެ ފޯނު ރިންގުވިއެވެ. ކައިރީ އޮތް ފޯނު ހުޅުވައި ބަލާލިއިރު މެސެޖެކެވެ. ޕުރިންސިޕަލްގެ މެސެޖެކެވެ. “މިރޭ އެގާރަ ޖަހާއިރު، ދޫނިމާއަށް އަންނައްޗޭ!” މަޑުމަޑުން ސަނާ ކިޔާލިއެވެ. ޕުރިންސިޕަލް ދިރިއުޅޭ އެގެއަށް އައުމަށް ސަނާއާށް ދަޢުވަތު ދިނީއެވެ. ކުރާ ކަމެއް ވެސް ބުނެނުލައެވެ. ވިސްނާލުމެއްވެސް ނެތި އޭނާ “އާއެކޭ” ފޮނުވާލިއެވެ. ނިދާ ހެދުން ލައިގެން މަންމަ ގެތަޅުލަންވީއިރު ނިދަން އެރިއެވެ. ނިދާ ކަމަށް އޭނާ ހެދުނީ ކޮޓަރިއަށް މަންމަ ވަދެ ނިދިކަން ޔަގީން ކުރާނެތީއެވެ. މާ ގިނައިރެއް ނުވެ ކޮޓަރިއަށް ބޯދިއްކޮށްލާފައި އޭނާގެ މަންމަ ދިޔައެވެ. އޭނާ އޮތީ ގަދަކަމުން ދެލޯ މަރާ ތަގުޅިކޮށްލައިގެންނެވެ.
މަންމަ ނިކުއިންތާއި ސިކުންތެއްވެސް ނުވެއެވެ. އެއްކަލަ ނިދާފައި އޮތް ސަނާ ތެދުވެ ފާޚާނާއަށް ވަނެވެ. ދަތްއުނގުޅާއި މޫނު ދޮވެލިއެވެ. މެދުގައި ބާލިސްތައް ބަރިއަކަށް އަޅާފައި ރަޖާ އަޅާލިއެވެ.
އަލަމާރިން އެއްކެނޑި ހެދުމެއް ނެގިއެވެ. ވަރަށް ފޮރުވައިގެން އޭނާ ގެންގުޅޭ ދެ ހެދުމުގެ އެއީ ހެދުމެކެވެ. ބާރު ބާރުކޮން ހަށިގަނޑަށް ހުރީ އެ ހިފާލާފައެވެ. ކަކޫ ކޮޅުވެސް އޮތީ ހާމަޔަށެވެ. ކަންފަތުގައި ވިދުންގަދަ އެއްޗެއް އަޅުވާލިއެވެ. ކުޑަ ދަަބަހަކަށް ފޯނު ލިއެވެ. އޭގެ ކަވަރު ނެގުމަށްފަހު އެވެ. ކަރުގައި ދަބަސް އަޅުވާލަމުން ތުންފަތުގެ ކުލަ ފަވާލިއެވެ.
ކަށި ދިގު އުސްފައިވާން އަތު ހިފައިގެން ވަލުފަރާތުން ގެއިން ނިކުތެވެ. ސީދާ ޕުރިންސިޕަލްގެ ގޭ ދޮރުމައްޗަށެވެ. މާގިނައިރު ދަންވަރު ހިގަން ނުޖެހި ދެވޭހައި ދެ ގެ ކައިރިވާނެއެވެ.
ފުރަގަސް ފަރާތުގެ ދޮރުމަތީ ހުންނަން އެގޭގެ ތަޅުގައި ސަނާ ހިފާލިއެވެ. ނުހުޅުވުނެވެ. ހުރީ ތަޅުލާފައެވެ. ތިރިތިރި ފާރުން އޭނާ އެގެއަށް ފުންމާލިއެވެ. ވަރަށް ބަލަބަލައިގެން ޕުރިންސިޕަލްގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. މީހުން ދިރިއުޅޭ ބަޔާއި ވަކިން ގޯތިތެރޭގައި ކަނެއްގައި ބަރިއަކަށް ހުރި ތަނެކެވެ. ފުރަތަމަ ދޮރަކީ އެއެވެ. ދެން ހުންނާނީ ކާއްކާ ކާތެނެވެ.
ކުޑަކޮން ހުޅުވުނު ދޮރުގެ ތެރެއިން ސަނާ ދެމިގަތެވެ. ސީލިންގުން ފެށިގެން އެދަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ޒީނަތްތެރިކޮށްފައި ވާލެއްވެސް އެހާ ފުރިހަމައެވެ. ހިތުގެ ބަށްޓަމަށް ހުރި ފުއްޕާހަންތަކުން ސީލިންގް ވަނީ ފަޅު ފިލުވާފައެވެ. އެނދުމަތީ ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައެވެ.
މިރެއަކީ ޕުރިންސިޕަލާއި ސަނާގެ ލޯބީގެ އަހަރީ ދުވަހެވެ. އެބޮޑު ކޮޓަރީގައި ދެމީހުން އެކަނިވިއެވެ. އަތުން ސަނާ ހެދުން ދަމާލިއެވެ. ފާނޑަކަން ޕުރިންސިޕަލް ހީލިއެވެ. ” މިރޭ ހާދާ ރީއްޗޭ! ބުރުގާ ނެތީމަ!” ހާމަޔަށް އޮތް ސަނާގެ އިސްތަށިގަނޑުން އޭނާ ވަސް ބަލާލި އެވެ. ކޭކުފަޅައި މަޖާ ކުރަމުން ދެމީހުން ދިޔައެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ.
ނިދުން އިރެއްވެސް އެނގެނީ އެއް ނޫނެވެ. ހޭލެވުނު އިރު އޭނާ އޮތީ ޕުރިންސިޕަލްގެ ދާނުގައެވެ. ކައިރީގައި އަރާމުކޮން ނިދާލާފައި ޕުރިންސިޕަލް ރައުނީ އޮތެވެ. މައިންބަފައިން ނަމާދަށް ހޭލަން ވިއިރު ސަނާއަށް ދެވުނީ ކިރިޔާއެވެ. ގައިން ތާޚިރުވެލެވުމާއެކު ލިބިފައި ހުރި ވަރުބަލިކަމާއެކު އޭނައަށް ނިދިއްޖެއެވެ.
ފަތިސް ނަމާދަށް މަންމަ ގޮވަން އައިރު ސަނާ އޮތީ ގަދަ ނިދީގައެވެ. ” ދަރިފުޅާ! ތެދުވޭ އަވަހަށް ނަމާދުކުރަން!” ހާފުރެމުން ” އާ އާ މަންމާ ” އޭ އޭނާ ބުނެލިއެވެ. އެއްގޮތަކަށްވެސް ތެދުވާކަން އޭނާގެ ޒަމީރު ބޭނުމެއް ނުވިއެވެ.
އެވަރު ބޮޑު ފާފާއެއް ކޮށްފައި ސަނާ ހިނިތުންވަމުން ނިދާލީއެވެ. ނަމާދެއް ނުކުރިއެވެ. އެދުވަހު ބަނޑުގައި ރިއްސާތީއޭ ކިޔާފައި ސުކޫލަށްވެސް ސަނާ ނުދެއެވެ. މެންދުރުން އަނބުރަދެން ނިދީއެވެ.
އެކަހަލަ މިކަހަލަ ގޮތަކަށް މަހެއް ފާއިތުވެގެން ދިޔައެވެ. ކޮޅަށް ހުރެލާނެ ވަރުވެސް ސަނާގެ ހަށިގަނޑުގައި ނުހުރެއެވެ. މައިނުބައި ކޮށްފައި އަބަދު ހޮޑު ލެވެނީއެވެ. ބޮލުގައި ރިއްސައި އެހާވަރަށް އެނބުރުން އަރައެވެ.
ބޭސްފިހާރައިން ވަގު ވަގަށް ޓެސްޓު ކުރާ އެއްޗެއް އޭނާ ގެނައެވެ. ފާޚާނައަށް ވަދެއް ޝައްކު ޔަޤީން ކުރިއެވެ. އާއެކެވެ. ތިހީވީ ހަމަ ރަނގަޅަށެވެ. ސަނާ ބަނޑުބޮޑުވެ. ރަށު ސުކޫލުގެ ޕުރިންސިޕަލްގެ ދަރިއަކަށެވެ. އޭނާގެ ވަށައިގެންވި ދުނިޔެ އެނބުރެނީ ފެށިއެވެ. ބިންފަޅާއި އަޑިއަށް ދެވޭނެ ނަމައޭވެސް އެހިތަށް އަރަމުން ދިޔައެވެ. ވަކި ދެން ކުރެވޭނީ ކީންހެއްޔެވެ؟ މި ފެންނަނީ މަންމަގެ ބަސް ނޭހުމުގެ ހިތި ނަތީޖާއެވެ.
އޭގެ އަނެއް ދުވަހު ވަރަށް ހިތްވަރުކޮށްފައި ސުކޫލަށް ސަނާ ދިޔައެވެ. ވެގެން އުޅޭ ގޮތް ޕުރިންސިޕަލާއި ހިއްސާކުރިއެވެ. ” ދާން އުޅޭ ކުރިމަތިން ނާއްނާތި މާ ހޯދަން” ހިތަށް އައިހައި އެއްޗެއް ޕުރިންސިޕަލް އޭނާއާއި ދިމާލަށް ގޮވާލިއެވެ. އެމޫނުމަތިން ދުރަށް ދިއުމަށް އަމުރުކުރިއެވެ. ހުއްޓާ ނުލާއި ގިސްޖަހަމުން އެތަނުން ސަނާ ނިކުމެގެން ދިޔައީއެވެ. މީހާ މުޅިން ގޮތް ހުސްވެ މާޔޫސްވެގެންނެވެ.
ގެއިން ނުނިކުމެ ސުކޫލަށްވެސް ނުގޮސް މަސްތައް ސަނާ ކޮޓަރީގައި ހޭދަކުރުމުން ދިޔައެވެ. ވެގެން އުޅޭ އެއްވެސް ގޮތެއް އޭނާގެ މައިންބަފައިންނަކަށް ނޭނގެއެވެ. ކާން ނުނިކުމެގެން ސަނާގެ މަންމަ އެކޮޓަރިއަށް ވަދެލިއެވެ. ކަމަކު ދާކަށް ނެތެވެ. އަޑުގައި ނެތް ތަނަށް ހަޅާތް ލަވައިގަތެވެ. ” މަގޭ ދަރިފުޅާ!” އޭ ކިޔަމުންނެވެ. ކަންތައްތައް އޮތީ ބޮއްސުން ލާފައެވެ. އޭރު ސަނާ ބަނޑުގައި ރިއްސާތީ ރޮއެ ހޭރެނީ އެވެ. ކައިރީގައި ލެއިން ތެއްތެޅިފައިވާ ހަތަރު ފަސް ފޮތި ގަނޑު އޮތެވެ. މިއޮތް ހުރިހާ ދުވަހު އޭނާ އުޅުނީ ފޮތި އައްސައިގެން ތާއެވެ.
ފަތުއަޑު ކިޔާފައި ރަށުގައި މީހުން ދައްކަމުން ދިޔައީ ސުކޫލުގެ ޕުރިންސިޕަލް ވަކިވީއެވެ. ރާއްޖެ ދޫކޮށް ޤައުމަށް ދިޔައީއެވެ.
ހަސްފަތާލަށް ސަނާ ގެންދެވުނު އިރުވެސް ހޭހުސްވެފައެވެ. އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެން ހޭނެތުނީ ކަމަށް ބެލެވެއެވެ.
އޭގެ ގަޑިއެއްގެ އިރު ފަހުން އޭނާ ހޭއެރުއެވެ. ކައިރީގައި ތިބީ މަންމައާއި ބައްޕައެވެ. އެމީހުން ތިބީ ދެ ލޯ ރަތްވެ ވާނެހާ ކަމެއް ވެނިމިފައެވެ. އެހެން އޮތްވައި ނަރުސްކުއްޖާ ވަދެގެންއައިއެވެ. ދިއްކޮށްލީ ހުދު ފޮތިގަނޑަކުން ނިވާ ކޮށްފައި އޮތް ތުއްތު ކުއްޖެކެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. ޕުރިންސިޕަލް ރައުނީއާއި އެއްވެސް ތަފާތެއް ނުވާފަދަ ދޮންބައްޓެކެވެ.
ނޫސްތަކުގެ ފަލަ ސުރުޚީތަކަށްވަނީ އެނަން އަރައިގެން ގޮސްފައެވެ. އިއްޒަތާއި އަނބުރު ކިލަނބުވެ ވެއްޔާއި މޮޑެވިފައެވެ. ހަޔާތުގެ ޒުވާން އުމުރަށް އެޅުނު އިރު ސަނާއަށް މިވަނީ އުމުރަށް “ލޭކަރުނަ” އަޅަން ޖެހިފައެވެ. ކުރެވުނު ބޮޑު ފާފާއެއްގެ ސަބަބުންނެވެ.
ނިމުނީ
(ކިޔުންތެރިންގެ ސަމާލުކަމަށް!)
ސުކޫލު ޗުއްޓީ ދުވަސްވަރަށް ވެފައި ސުކޫލްތަށް ހުޅުވެން ކައިރި ވަމުންދާތީ މިއުޅެނީ ވަރަށް ބުރަކޮށް ނަންކާޑުހެދުމުގައެވެ. ކިޔުތެރިންގެ ކިބައިން ވާހަކަތައް ލަސްވަމުންދާތީ ނިހާޔަތަށް މާފަށްވެސް އެދެމެވެ. މިހުރިހާ ކަންތައްތަކެއް ނިމުންހާ އަވަހަކަށް ވާހަކަތައް ގެނެސް ދޭން ފަށާނަމެވެ.
މިދުވަސްކޮޅުގެ ގޮތުން ވާހަކަ ލިޔަން ވަގުތުވެސް ނުވަނީއެވެ. މިކަމާ އަޅުގަނޑު ވެސް ނުހަނު ދެރަވެއެވެ. އަޅުގަނޑުގެ ފަރާތުން މިއީ ކިޔުންތެރިންނަށް ދޭ ހަދިޔާއެކެވެ. ކިޔުންތެރިންނަށް މިވާހަކަވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
🫶🥰♥️🤗🥀
6 Comments!
Comments are closed.






Vrh reethi vhk eh
Ma Sha Allah ✨️💖
Thank you amii 🫶♥️
Maashaa Allah! Varah kamudha reethi vaahakaeh , mifadha vaahaka thah gina ginain liyumah ehbaarulundhen! Varah furihama
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
މިފަދަ އިތުރު ވާހަކަތައް ކިޔާލަން ކުރިއަށް އޮތްތައި ލިބޭނެ އިންޝާ ﷲ
😊🫶♥️🥀🥰
story has few typing mistackes. the story is really nice.. but if you have add aprt which her mother gives her some advice would be much more perfect.
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
އިންޝާ ﷲ ދެން ލިޔާއިރު ތިބައިތަކަށް ވިސްނާނަށް
😊🫶♥️🥀🥰