މުޅި ހިތް ބޭޤަރާރު ވެއްޖޭ-6
“ސޮރީ.. ތާރާ ބައެއްފަހަރު ވަރަށް އަވަހަށް ރުޅި އަންނާނެ.. މިގަޑީގަ އެއިނީއެހާ ރަގަނޅު މޫޑް އެއްގައެއް ނޫން..” ސެހްރިޝް މަޢާފަށް އެދުނެވެ.
“އޯކޭ އޭ..” ކައިސާން ބުނެލިއެވެ. ސެހްރިޝް ދަނީއޭ ބުނެ ކާރަށް އެރިއެވެ.
އާކިފް ބަލައިލީ ކައިސާން އަށެެވެ. އޭރު އޭނާ ގެޔާއި ދިމާއަށް ހިގައިގަތެވެ.
*ޕާރޓް-6*
ފެންވަރައި ހަދައިގެން އައިސް އެނދުމަތީ އިށީންދެލައިފައި ސެހްރިޝް އޭނާގެ ފޯނު ނެގިއެވެ. ވާސިލް ނުވެސް ގުޅައެވެ. ކީއްވެހެއްޔެެވެ؟ ވާސިލް އެއަންހެން ކުއްޖާ އާއި އެކީ އެއުޅެނީ ކީއްވެހެއްޔެެވެ. މިކަހަލަ ހިޔާލުތަކުން އޭނާގެ ސިކުނޑި ތެރެވަނީ އެއްކޮށް ހަލަބޮލި ވެފައެވެ.
އަނެއް ދުވަހު އިރު އަރާފިއެވެ. ސެހްރިޝް އިނީ ޑްރެސިން ޓޭބަލް ކުރިމަތީގައެވެ. އޭނާ ލައިގެން ހުރި މެރޫން ކުލައިގެ ސޫޓް އެއް ކަހަލަ ހެނދުން އޭނާ އަށް ވަރަށް ގުޅެއެވެ. ސިމްޕަލް މޭކްއަޕް އެއް ކޮށްލެވިފައިވީރު ސެހްރިޝް ފެންނަނީ ބޭރު ކުއްޖެއް ހެންނެވެ. އުނަގަނޑަށް ތުރެއް ކުޑަކޮށް މަތީގައި އޮތް އޭނާގެ މަޑު މުށިކުލައިގެ އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. ސެހްރިޝްގެ މޫނުމަތީ ފެންނަން ހުރީ ނުތަނަވަސް ކަމެވެ.
“ދަރިފުޅާ ހާދަ ވަރުބަލި ވެފަހެން ހީވެއޭ..؟ ރޭގަ ނުނުދަންތަ..؟” ވަދީފާ އަށް ސެހްރިޝްގެ މޫނުފެނިފައި އަހާލެވުނެވެ. ސެހްރިޝް ކަމެއް ނުވާކަމަށް ބުނެ ވާހަކަ ކުރުކޮށްލިއެވެ.
އާކިފް ކާރު ޕާކްކޮށްލައިފައި އައިސް އޮފީސް ތެރެއަށް ވަނެވެ. އޭރު ވެސް މަޑުމަޑުން މީހުން ހިގާބިގާވެ އުޅޭތަން ފެނެއެވެ. އާކިފް އަނެއްކާ ވެސް ފޯނުނަގައި ޒާޔާ އަށް ގުޅާލިއެވެ. މިފަހަރު ގިނައިރު ތަކެއް ނުވެ އޭނާ ފޯން ނަގާފިއެވެެ.
“ކީއްވެ ފޯނު ނުނެގީ ރޭގަ..؟” އާކިފް އަހާލިއެވެ.
“ރޭގަ އަހަރެން އުޅުނީ ބޭރުގަ، އެހެންވެ.. ސޮރީ ވަރަށް ބޮޑަށް..” ޒާޔާ މަޢާފަށް އެދުނެވެ. ނަމަވެސް އޭނާ އާކިފް އަކަށް ތެދެއް ކިޔައެއް ނުދެއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ޒާޔާ ފޯނުބޭއްވިއެވެ.
ކޮންޕިއުޓަރް ކުރިމަތީގައި ހުރި ސެހްރިޝް އިނީ ހިޔާލުތަކަށް ގެއްލިފައެވެ. އޭނާ އާއި ވާސިލްގެ ގުޅުން ހީނަރު ވަމުން ދާކަމީ އޭނާ ގަބޫލު ކުރަން ބޭނުން ވާކަމެއް ނޫނެވެ. ނަމަވެސް ހަޤީގަތަކީ އެއީއެވެ. ކުރިން ވާސިލް އުޅޭގޮތާއި މިހާރު އޭނާ އުޅޭގޮތް ވަރަށް ތަފާތެވެ. ވާސިލް މިހާރު ނުވެސް ގުޅައެެވެ. ދިމާކޮށްލާފަހަރަކު ވެއްޖެއްޔާ އަވަސް އަވަހަށް ކޮންމެސް ބަހަނާއެއް ދައްކައިގެން ދާނެއެވެ.
“ސެޝް.. ކިހިނެއްވެފަ ތިއިނީ..؟” ހިޔާލުތަކަށް ގެއްލިފަ އިން ސެހްރިޝް ސިހުނީ ތާރާގެ އަޑުންއެވެ.
“ކަމެއްނުވޭ.. ސްޓްރެސްވެފަ މި އިނީ ކުޑަކޮއް..” ސެހްރިޝް ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.
ތަރާ އައިސް ސެހްރީޝް ކައިރީގައި ހުއްޓިލިއެވެ.
“އަދިވެސް ވާސިލް އާއި ވާހަކަ އެއް ނުދެއްކޭތަ..” ތާރާ އަހާލިއެވެ. ސެހްރިޝް ބޯޖަހާލިއެވެ. އެހެން ވާހަކަ ދައްކަން ތިއްބައި ސެހްރިޝްގެ ފޯނު ރިންގް ވާން ފެށިއެވެ. އެއީ ވާސިލް އެވެ.
“ސްޕީކް އޮފްދި ޑެވިލް..” ތާރާ ހިނިތުންވެލައިފައި ދިޔައީ ސެހްރިޝް އާއި ވާސިލް އަށް ވަގުތު ދެމުންނެވެ.
“ހެލޯ..” ސެހްރިޝް ގޮވާލިއެވެ.
“ހެލޯ.. ކީއްކޮށްލަނީ..؟” ވާސިލް އަޑު ހުރިގޮތުން އޭނާ ހޭލީ ދެއްމެކަން އެނގެއެވެ.
“އޮފީހުގަ.. ވާސިލް..” ސެހްރިޝް ސީރިއަސް ވެލާފައި ގޮވާލިއެވެ.
“އާން..”
“ރޭގަ ވާސިލް ބޭރަށް ދިޔައިންތަ..؟” ސެހްރިޝް އަހާލިއެވެ.
“އާން ދިޔައިން.. ކިހިނެއްވީ..؟” ވާސިލް ވަރަށް ހަމަޖެހިލައިފައި އަހާލިއެވެ.
“ކާކާ އެކީދިޔައީ..؟” ސެހްރިޝް ސުވާލުކޮށްލިއެވެ.
“ފްރެންޑް އަކާއި އެކު..” ވާސިލް ޖަވާބު ދިނެވެ. ސެހްރިޝް އެއްޗެކޭ ނުބުނެ އެވެ.
ބްރޭކް ގަޑިކަމުން ތާރާ އިނީ އޮފީސްގެ ކެފެޓީރީއާގައެވެ. އޭރުވެސް އެތަކެއް މުއައްޒަފުންނެއް އުޅެއެވެ. ތާރާ ފޯނާއި ކުޅެމުން ދަނިކޮށް ކުރިމައްޗަށް މީހަކު އެރިއެވެ. ތާރާ އިސް އުފުލައި ބަލައިލިއިރު އެއީ ކައިސާން އެވެ. އައި ރުޅި އެއްގެ ސަބަބުން އޭނާ ލޯ އަޅާލާފައި އެތަނުން ތެދުވެގެން ހިގައިގަތެެވެ. ތާރާ އަށް ހުއްޓެން މަޖުބޫރުވީ ކައިސާން އޭނާގެ އަތުގައި ހިފޭއްޓުމުނެވެ.
“ދޫކޮށްލާ..” ތާރާ މަޑުމަޑުން ބުނެލިއެވެ.
“ތިހާ ރުޅި އަންނާކަށް ނުވާނެ ދޯ.. އަހަރެން މިއައީ އެއްޗެއް އަހާލަން..” ކައިސާން އިނީ އޭނާގެ އަތް ޖިންސް ޖީބައް ޖަހައިލައިގެނެވެ.
“ކޮން އެއްޗެއް..” ތާރާ އޭނާގެ އަތް ގަދަކަމުން ދަމައިގަންނަމުން އަހާލިއެވެ.
“ސެހްރިޝް ކޮބާ..؟” ކަިއސާން އަހާލިއެވެ.
“އޭނަ އެއް ނޫޅެ..” ތާރާ ފޫހި ގޮތަކަށް ބުނެލިއެވެ.
“ބުނައްޗޭ ކައިސާން އައޭ ހޯދަން..” ކައިސާން އެހެން ބުނެ ދާން ހިގައިގަތެވެ. ކައިސާން ދިޔަތަން ބަލަން ހުރެފައި ތާރާ މޫނައް ވައްތަރެއް ޖައްސާލިއެވެ. ކައިސާން އަކީ ހާދަ ފޮނި މީހެކެެވެ. ހަމަ އޭނާ ގަޔަށް އަތްލާން ޖެހޭހެއްޔެވެ؟
ހަވީރުގެ ވަގުތެވެ. ހިތްގައިމު ވައިރޯޅީތަށް ޖެހެމުން ދިޔައިރު ވަރަށް ވެސް ހިތްހަމަޖައްސާދެއެވެ. ޒާޔާ އިނީ އޭނާގެ ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން އާކިފްގެ އިންތިޒާރުގައެވެ. މާގިނައިރަކު އިންނާކަށް ނުޖެހުނެވެ. އާކިފްގެ ކާރު އައިސް ޒާޔާ ކުރިމައްޗަށް ހުއްޓާލިއެވެ. އާކިފް ފައިބައިގެން އައިސް ޒާޔާ އަށް ދޮރު ހުޅުވައިދިނެވެ. ޒާޔާ ހީލައިފައި އެރިއެވެ. ދެލޯބިވެރިންވެސް އެދާ މަންޒިލަކަށް މިސްރާބު ޖެހިތަން ބަލަން މީހަކު އިނެވެ. އެމީހާގެ މޫނުވަނީ މާސްކް އަކުން ފޮރުވިފައެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ތީޝާޓެއް ކަހަލަ ހަދެމަކާއި ޖިންސް އެކެވެ. އެކުއްޖާގެ ކޮޑާއި ހަމައަށް އަރާ އިސްތަށިގަނޑު ވަނީ ދޫކޮށްލާފައެވެ.
“އާކިފް.. އަދި އަހަރެން ކަލޭ ދުލެއްނުކުރާނަން..” އެއަންހެން ކުއްޖާގެ އަޑުގައިވީ ޔަގީން ކަމެވެ. އެކުއްޖާ އާއި އާކިފް އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
އޮފީސް ނިއްމާފައި އައި ގޮތަށް ކޮޓަރިއަށް ވައިން ސެހްރިޝް އެއް އިރުއޮށްސުނީރުވެސް ނުނިކުމެއެވެ. ސެހްރީޝް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާ ނަޒަރު ހުއްޓާލައިގެން ހުރީ ސީލިންގާއި ދިމާއަށެވެ. ސެހްރިޝްގެ ހިޔާލުތަށް ގުޅިފައިވަނީ ވާސިލް އާއެވެ. ވާސިލް އާއި ސެހްރިޝް ގުޅުނީ ވަރަށް އުފަލުންނެވެ. މިވީ ތިން އަހަރު ތެރޭގައިވެސް ވާސިލް އޭނާ އަށް ވަރަށް ރަގަނޅެވެ. ނަމަވެސް މިހާރު ކަންތަށް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ. ހީވާ ގޮތުންނަމަ ވާސިލް މިހާރު އޭނާ އާއި މެދު އެއްގޮތަކަށް ވެސް ވިސްނާ ހެނެއް ހިޔެއްނުވެއެވެ. ސެހްރިޝްގެ ކޯތާފައްމަތިން ފިރުކިލާފައި އައި ކަރުތިއްކެއް އެނދުގެ ގޮދަޑިއަށް ވެއްޓުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part vx vrh reethi MA!!!
Alhe vaasil haadha dhuru dhuruney thiulheny sehrish aa! 😥
Kaisaan and thaaraa ge kolhun gandu dhw hehe….. 😂
Aakif nulibigen Kon kuhjeh tha eulheny huh! 😡
Between me 1st dhw hehehe
Curiously waiting for the next part when’s next??
Luv u and take care 😘❤️
Thank you Shaba_73! 🤗
Yes you are first! 🤭
Lets see dhw kon kuhjeh thw aakif nulibigen ulhenee! 🔍
Next part ves Inshaallah v avahah!
Love you more and take care! 😘
Mi part ves Vrh Reethi MA!!!!
Vaasil keehve thr sehrish ah ehn eh hadhany 😣
Thaaraa and kaisaan so funny 😂
Curiously waiting for next part….. Whn nxt
Luv you and Tc 🤗❤️
Thank you Alaika_22! 🤗
Very happy that you find them funny! 🤭
Next part ves v avahah Inshaallah! 👍
Love yoh more, you also take care! 😘
Is this a freee Story ?Yes /No
Yes!
Aww…Thx so so much 🥰❤️ Dear Frnd,I thought this was Ur 1st Pro story Hehehe 😂 So I ‘m glad I can read it at all But if it’s a pro I couldn’t cux I need to pay
Even if I write a pro story I will say that.. Actually I am not gonna write any pro storie..