Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

މަރުދަން

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
January 1, 2026 7 Mins Read
9 Comments

ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ކުރިމަތިން ސިފަވީ ބިރުވެރި މަންޒަރެކެވެ. އެނދުގައި އޮތް ޒީނާގެ ހަށިގަނޑުގަ އެއްވެސް ހަބަރެއް ނެތެވެ. އެނދުން ބޭރަށް ވާގޮތަށް އެއް އަތް އޮތީ އެލިފައެވެ. އެއީ ޒީނާގެ ވައަތެވެ. އެ އަތުން  ހުއްޓުމެއް ނެތި މުށިތައް މައްޗަށް ލޭތިކި ތަޅަމުން ދިޔައެވެ. ވެއްޓިފައި އޮތް ކަޓަރާއި އޭގެ ތިލައިގައި ވަނީ ލޭ އުނގުޅިފައެވެ.

އެ މަންޒަރު ފެނުމާއިއެކު، ހައިރާން ވެފައި ހުރެ އަނގަ މަތީގައި އަތް އަޅައި ލަމުން ޝާއިރާއަށް ރޮއެ ގަނެވުނެވެ. ޝާއިރާގެ ދެ ލޯ ފަދަ ލޯބިވާ ދަރިފުޅުގެ ކުއްލި ހާލާއި މެދުގައެވެ. ޒީނާ އޭނާގެ އަމިއްލަ ނަފްސަށް އެދެނީ އަނިޔާއެވެ. ސަބަބަކީ ކޮބައިތޯ ބަލަން ޝާއިރާ މަސައްކަތް ކުރާނެ ކަން ކަށަވަރެވެ.

ރޮވިފައި ހުރި ޝާއިރާ މަޑުމަޑުން ޒީނާގެ ގާތަށް ދިޔައެވެ. އޭރު ޒީނާގެ ފޯނަށް ހުއްޓުމެއް ނެތި މެސެޖް ނޮޓިފިކޭޝަންސް އަންނަމުން ދިޔައެވެ. އިރު އިރުކޮޅާ އެ ފޯނުގެ ޑިސްޕްލޭ ނިވި ދިއްލެއެވެ.

ދެ ލޯ ފުރާ ކަރުނައިން ތެމެމުން ދިޔައިރުވެސް ޝާއިރާގެ ހަށިގަނޑުގައި ވަނީ ހިތްވަރު ގަދަ ކަމާއި ކެތްތެރި ކަމެވެ. ތުރުތުރު އަޅަ އަޅާ ހުރި ދެ ފަޔާއި އެކު މަޑުމަޑުން ގޮސް ޝާއިރާ އިށީނީ ޒީނާ ގާތުގައެވެ.

“ދަރިފުޅާ! ޒީނާ.. ޒީނާ…” ވޭނީ އަޑިކުން ޝާއިރާ ގޮވައިލިއެވެ.

ޒީނާގެ ހިލަމެއް ނުވިއެވެ. ކުއްލިޔަކަށް ޝާއިރާ ދެލޮލުން ކަރުނަތައް ފުހެމުން އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އަދި ސިޓިންރޫމް މޭޒު މަތީގައި އޮތް ފޯނު ނަގައި ނަމްބަރަކަށް ގުޅާލިއެވެ.

“ދަރިފުޅާ! ދާދު… ވަރަށް އަވަހަށް ގެއަށް އައިސް ބަލަ.. ޒީނާ ކޮއްކޮ…” ޝާއިރާއަށް ބުނެވުނީ އެހިސާބަށެވެ.

ބޭއިޚްތިޔާރުގައި ފޯނު ކަނޑާލެވުނެވެ. އެއަށް ފަހު އަނެއްކާވެސް ޝާއިރާ ވަނީ ޒީނާގެ ކޮޓަރިއަށެވެ.

އިރުކޮޅެއް ފަހެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލި އަޑަށް ޝާއިރާ ސިއްސައިން ދިޔައެވެ. އަވަސް އަވަހަށް ޒީނާގެ ކޮޓަރިން ނުކުމެގެން ގޮސް ދާދުގެ ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ. ކަރުނައިގެ އަގުގެ މަތިވެރިކަމާއި އެކު ހިންދާލާފައިވާ ވޭނީ އާހުގެ އަޑު ނެރެމުން ވަރަށް ބާރަށް ޝާއިރާ ރޯން ފެށިއެވެ.

“ކިހިނެއްތަ ވީ؟… މަންމާ ކޮއްކޮއަށް ކިހިނެއް؟” ދާދުގެ އަޑު އިވުމާއި އެކު ޝާއިރާ އިނގިލި ދިއްކޮށްލީ ޒީނާގެ ކޮޓަރިއަށެވެ.

ޝާއިރާގެ އުނަގަނޑުގައި ހިފައްޓާލައިން ދާދު ހިނގައިގަތީ ޒީނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ވަނުމާއި އެކު ފެނުނު މަންޒަރުން ދާދުގެ ހާސްކަން އިތުރުވިއެވެ. އެހެން ނަމަވެސް ޝާއިރާގެ ކުރިމަތީ ހާސްވެ ކަން ބޮޑުވާން ދާދު ބޭނުމެއް ނޫނެވެ. އޭރުވެސް ޒީނާގެ ފޯނަށް މެދުކެނޑުމެއްނެތި ނޮޓިފިކޭޝަންސް ލިބެމުން ދިޔައެވެ.

އެނދު މަތީގައި އޮތް ފޯނު ނެގުމަށްފަހު ދާދު ބަލައިލީ ޑިސްޕްލޭއަށެވެ. މެސެޖް ކުރަމުން ދިޔައީ ޝަޔާން އެވެ. ޝަޔާންގެ ފަރާތުން ފަންސާހަށް ވުރެ ގިނަ މެސެޖް ލިބިފައިވެއެވެ. އިތުރަށް ވަގުތުތައް ބޭކާރު ނުކޮށް ދާދުގެ ޖިންސް ޖީބުގައި ޒީނާގެ ފޯނު ފޮރުވާލިއެވެ.

“މަންމާ.. ހިނގާ ސިއްޙީ މަރުކަޒަށް ގެންދަން.” ދާދު އޭނާގެ ފޯނު ނެގުމަށްފަހު އެމްބިއުލެންސްއަށް ގުޅާލިއެވެ.

ޒީނާ އެޑްމިޓް ކުރެވުނު އިރު ހަވީރު ވެއްޖެއެވެ. ސިއްޙީ މަރުކަޒުގެ ގޮނޑިތަކުން ގޮނޑިއެއްގައި ޝާއިރާ އިށީންދެލައިން އިނީ ޑަކްޓަރުގެ އިންތިޒާރުގައެވެ. އޭރު ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރެ ދެކޮޅަށް ހިނގާލަ ހިނގާލާ ދާދު ހުއްޓެވެ.

ޑަކްޓަރު ފެނުމާއި އެކު ޝާއިރާ އާއި ދާދު ހިނގައިގަތީ ޑަކްޓަރު ގާތަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

“ޒީނާ އަތުގެ ނާރަކަށް އިނީ ވަރަށް ބޮޑަށް ގެއްލުން ވެފަ. އެހެންވެ މިހާރު ނަރުހުން އެއުޅެނީ ބޭސް އަޅާލަން… ޒީނާ މިކަން މި ކުރީ ކީއްވެތޯ އަހައިލަން ވަރަށް ބޭނުން. އެކަމު…. ޒީނާ ހޭއަރާނީވެސް އިރުކޮޅަކުން… ބޮޑަށް ރަނގަޅީ ހޭއަރާ ވަގުތު އެކަހަލަ އެއްވެސް ސުވާލެއް ނުކުރިއްޔާ… މިވަގުތު ތަންކޮޅެއް ލޭމަތިވެފަ ހުރީވެސް.” ޑަކްޓަރު ބުނެލިއެވެ.

“މަންމާ! އެބަ އަންނަން ވަރަށް އަވަހަށް ލަމްޝާ ގާތަށް ގޮސްފަ. ހަމަ ކުޑަކުޑަ އިރުކޮޅެއް ތެރޭ މިއަންނަނީ.. މިތަނަށް މަންމަ ގާތަށް އެބަ އާދެ ޒާންކޮ…” ދާދު ވަރަށް އަވަހަށް މަރުކަޒުން ނުކުމެގެން ދިޔައެވެ.

ބޭސް އަޅައި ނިމުމަށް ފަހު ނަރުހުން ވޯޑުން ނުކުތެވެ. އެއާއި އެކު ޝާއިރާ އަވަސް ހިނގުމެއްގައި ގޮސް ޒީނާ އޮތް އެނދު ކައިރި  ހުރި ގޮނޑީގައި އިށީނެވެ. ލޯބި ލޯބިން ޒީނާގެ އަތުގައި ފިރުމަމުން ޝާއިރާ ވަރަށް ފުންކޮށް ޒީނާއަށް ބަލަމުން ދިޔައެވެ. ދެ ލޯ މެރިފައި އޮތް ޒީނާ އިރުކޮޅަކުން ހަރަކާތްތެރި ވާން ފެށިއެވެ.

“މަންމާ! ކީއްވެ ޒީނާ ކޮއްކޮ މިކަހަލަ ކަމެއް އެ ކުރީ؟” ވޯޑަށް ވަދެގެން އައިސް ފުރަތަމަވެސް ޒާން ސުވާލުކޮށްލިއެވެ.

“ޝްޝްޝް! ހިނގާބަލަ އެކޮޅަށް…….. އާދޭ! ދަރިފުޅާ! މަންމަ އަކަށްވެސް ނޭނގެ ކޮއްކޮއަށް ވެގެން އުޅޭ ގޮތެއް. ގައިމު ރޭގަ ވެސް ނިދަން ދިޔައިރު ވަރަށް ހަމަޖެހިފަ ހުރީ.. ބުނި ޓެސްޓަށް ފިލާވަޅު ދަސްކުރަން ލަސް ވަންދެން ހޭލާ އިންނާނަމޭ… ދެން މިއަދު ހެނދުނުވެސް ނުހޭލީމަ ހީކުރީ ލަހުން ނިދީމަ ކަމަށް… އެކަމު މެންދުރު ފަހު ދެން ހަބަރެއް ނުވީމަ ދޮރު ހުޅުވައިން ބެލީ… ވީގޮތެއް ހަމަ ނޭނގެ ޒާން!…” ހިތާމަ ވެރި އަޑަކުން ޝާއިރާ ކިޔައިދިނެވެ.

“ބައްޕަ ކީކޭ ބުނީ؟ ބައްޕަ ގާތު ބުނިންތަ؟” ޒާން ސުވާލު ކުރިއެވެ.

“ބައްޕަ މަހަށް ގޮސް އުޅޭއިރު ކޮންމެ ކޮންމެ ގަޑިއަކު ފޯނެއް ނުނަގާނެ. މަންމަ އިންނާނެ ގުޅާފަ. ހީވަނީ ޢިޝާ ނަމާދު ފަހުން ގުޅާނެހެން.” ޝާއިރާ ބުނެލިއެވެ.

ޒީނާގެ އެނދު ކައިރި ޒާން އާއި ޝާއިރާ މަޑުކޮށްލައިން ތިއްބެވެ. ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ދިޔަ ދާދު އޭރުވެސް ނާދެއެވެ. ޒާން ގުޅުމުން ވެސް ދާދު އޭނާގެ ފޯނު ބިޒީ ކުރަނީއެވެ. ހައެއްކަ ފަހަރު ގުޅާލުމަށް ފަހު ޒާން އިތުރަކަށް ނުގުޅައެވެ.

“މަމް..މަންމާ!” ޒީނާގެ ލުއިލުއި އަޑަށް ޒާން އާއި ޝާއިރާ ސިއްސައިން ދިޔައެވެ.

“ދަރިފުޅާ! ކިހިނެއްވީ؟” ޒީނާގެ ގާތަށް ޖެހިލާ ވަރަށް ލޯބިން ބޮލުގައި ފިރުމާލަމުން ޝާއިރާ ބުނެލިއެވެ.

ޒީނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެވަގުތު ޒީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްވެސް ހުރަހެއް ނެތި ބާރުމިނުގައި ބާލީސް ތެންމަމުން ދިޔައެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ބާރެއް ނެތްކަން ބަލާލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޝާއިރާ އާއި ޒާން އަށްވެސް ފެންނަނީ ހަމަ އެ ހިތްދަތި މަންޒަރެވެ.

ތިރީސް މިނެޓް ފަހުން ޒީނާ ގެއަށް ދޫކޮށްލި އިރުވެސް ދާދުގެ ޚަބަރެއް ނުވިއެވެ. ޒީނާ ގޮވައިން ޒާން އާއި ޝާއިރާ ގެއަށް ގޮސް ސިޓިން ރޫމު ސޯފާގައި އިށީންދެލިއެވެ. ޒަޚަމް ވެފައިވާ އަތުގައި އަޅާފައިވާ ހުދުކުލައިގެ ބޭސް ގަނޑަށް ބަލަން ޒީނާ އިނީ ކަޅި ޖަހައި ނުލައެވެ. އޭރުވެސް ޒީނާގެ މޫނު މަތިން ފެންނަނީ ހިތާމައިގެ އަސަރެވެ.

“ކޮއްކޯ!….. ޒީނާ…! ތުއްތުއަށް ކިޔައިދީބަލަ ވީގޮތް..” ޒީނާގެ ކަނާ އަތުގައި ހިފާ ތަޅުވާލަމުން ޒާން ބުނެލިއެވެ.

“ޝަޔާން… ޝަޔާން ރުޅިވީމަ… އަހަންނަށް ކޮންޓްރޯލް ނުވީއޭ ތުއްތޫ… ” ޒާންގެ ކޮނޑުގައި ބޯ އަޅައިލަމުން ޒީނާ ރޯން ފެށިއެވެ.

“ޝަޔާން ރުޅިއަޔަސް ތިވަރު ވާންޖެހޭތަ؟” ޝާއިރާ އަހައިލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“އަހަރެންގެ ފޯނު ކޮބާ މަންމާ؟” ކުއްލިޔަކަށް ޒާންގެ ކޮނޑުން ބޯ ހިއްލައިލާ، ސޯފާގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުން ޒީނާ އަހައިލިއެވެ.

އެއްވެސް ތާކުން ޒީނާގެ ފޯނެއް ނުފެނުނެވެ. ޝާއިރާ ގޮސް ޒީނާގެ ކޮޓަރި ބެލިއިރުވެސް ފޯނު ފެންނަގޮތެއް ނުވިއެވެ. ޝާއިރާ ހަނދާންވާ ކަމަކީ ސިއްހީ މަރުކަޒަށް ދިޔައިރުވެސް ޒީނާގެ ފޯނު ނުގެންދާ ކަމެވެ. އެހާއިރު ހޯދުމަށް ފަހުވެސް ފޯނު ނުފެނުމުން ޒާންގެ ފޯނު ނަގައި ޒީނާގެ މޯބައިލް ނަންބަރަށް ގުޅާލިއެވެ.

“ހަލޯ..! ޒީނާގެ ފޯނު ހިފައިން މިދަނީ.. މިހުރީ ގެ ކައިރީ.” ޒާންއަށް ޖަވާބު ދިނުމަށްފަހު ދާދު ފޯނު ކަނޑާލިއެވެ.

“ފޯނު އޮތީ ދޮންބެ އަތުގަ… އެ އަންނަނީ މިހާރު…” ޖީބަށް ފޯނު ޖަހައިލަމުން ޒާން ބުނެލިއެވެ.

“ދޮން… ދޮންބެ އަތުގައޭ؟…ޕިސް… އޭރުން….” ހިތްހަމަ ނުޖެހިފައި ޒީނާ ބުނެލިއެވެ.

އިރުކޮޅެއް ފަހެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ދާދުގެ މޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ޒީނާ އަށާއި ޒާނަށް އެކަން ފާހަގަ ވިއެވެ. ވަކިން ޚާއްސަކޮށް ޝާއިރާއަށެވެ. ދާދުގެ ހިތުގައި އުފެދެމުންދިޔަ ބިޔަ ރާޅު ފުއްޓަރަށް ޖަހާލަން މާގިނައިރެއް ނެތްކަން ޒީނާއަށް އިހްސާސް ވަމުން ދިޔައެވެ.

“ޒީނާ… ޝަޔާން އަކީ ކާކު؟ ކީއްކުރަން ކޮންމެހެން އެވަރުގެ މީހަކާ ހެދި ތިވަރެއް ތިވަނީ؟ ޒީނާ އަދި ދުނިޔެ ތެރެއަށް ވަރަށް އާވާނެ. އިނގޭނު އޭނަ ޑްރަގް ބޭނުން ކުރާކަން… ޑްރަގް ވިއްކާކަން ވެސް…. މަންމަމެން އަހަރުމެން ތަރުބިއްޔަތު ކުރީ ހާދަ ގުރުބާނީއެއް ވެގެން.. ޒީނާއަށް އެންމެ ރަނގަޅަށް އިނގޭނީ.. އެހެންވީމަ ދެން މީގެ ފަހުން ޝަޔާންގެ ކަންތައް އެއްކޮށް ނިންމާލާ….” ދާދުގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

“ދޮން..ބެ… ދޮންބެއަށް ކިހިނެއް އެނގެނީ ތި ހުރިހާ އެއްޗެއް..” ޒީނާ ހައިރާން ވެފައި އިނދެ އަހާލިއެވެ.

“ދޮންބެ ދައްތަ ލައްވާ ޒީނާގެ ފޯނު ޗެކްކުރީމަ އިނގުނީ.. ދައްކާފަ ހުރި ހަޑި ވާހަކަތަކާ ކޮއްފަ ހުރި ޒުވާބުތައް ނިކަށް ރަނގަޅަށް އެބަހުއްޓެއްނު… ލަމްޝާ އޭ އަހަންނަށް ދެއްކީ.. ލަމްޝާ މުޅި ފޯނު ބަލައިފި… ދެން ނުވާނެ ޝަޔާނަށް ގުޅިގެން.. މެސްޖްވެސް ނުކުރާތި…، ގުޅައިންވެސް ނުވާނެ.” ޒީނާއަށް ފޯނު ދިއްކުރަމުން ދާދު ބުނީ ހަރުކަށި ރާގެއްގައެވެ.

އާނއެކޭ ބުނުމުގެ ގޮތުން ޒީނާ ބޯޖަހައިލިއެވެ. އެކަމަށް އެއްބަސްވިއެވެ. ދާދު ފަދަ ނުފޫޒުގަދަ ދޮންބެއެއްގެ ހަރުކަށި ޢިބާރާތްތަކަށް ޒީނާ އާއި ޒާންގެ ހިތް ވިރިގެން  ދެއެވެ. ބައްޕަ ނެތް ވަގުތުތަކުގައި ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެކަން ހައްލު ކޮށް ހަމަ މަގަށް އަޅުވައިދޭން ހުންނަނީ ދާދުއެވެ.

ދާދު ދިއުމުން އެރޭ ޒީނާގެ ހާލަތު ބަލަން އެންމެ ކައިރީގައި އިނީ ޒާން އެވެ. ޒާން އާއި ޒީނާއަކީ އެއްމާބަނޑު ދެ ބެއިންކަމުން އެދެކުދިންގެ ހިތުގައި އޮންނަނީ ތަފާތު ގުޅުމެވެ. ހިތުގައި އުފެދިފައި ވަނީ ލޯބިލޯބި ކުލުނެކެވެ. އެކަކަށް ކަމެއް ވެއްޖެ ނަމަ ކައިރީގައި އަނެކަކު ހުރެއެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އެކަން ހިނގަނީ އެގޮތަށެވެ.

ދުވަސްތައް ފާއިތުވަމުން ދާން ފެށިއެވެ. ހަތަރު މަސް ހަމަވީ އިރު ޒީނާގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅޭހެން ހީވާން ފެށީ ޒީނާގެ މޫނުމަތިން ފެންނަ ފެށި އުފާވެރި ކަމުގެ ކުލަވަރުންނެވެ.

އާ އަހަރު ފެށުނު ދުވަހެވެ. ފަތިސް ނަމާދު ކުރަން ޝާއިރާއަށް ހޭލެވުނު އިރު ޖެހިގެން ހުރި ޒީނާގެ ކޮޓަރިން އިވެމުން ދަނީ އެއްޗިހި ތަކެއް ތެޅޭ އަޑެވެ. އަޑު އަންނަ ގޮތުން ހީވާނީ ތެޅި ފުނޑުފުނޑުވާ ބިއްލޫރީގެ އަޑުހެނެވެ.

ޝާއިރާ ގޮސް ވަރަށް މަޑުމަޑުން އެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި ލިއެވެ. ތަޅުލާފައި ހުންނާނެ ކަމަށް ހީކުރި ނަމަވެސް ދޮރު ހުރީ ހުޅުވާފައެވެ. ދޮރު ހުޅުވުމާއި އެކު ޝާއިރާއަށް ފެނުނީ ޒީނާގެ ގޯސް ވެފައިވާ މިޒާޖެވެ. ޒީނާ ހުރި ސިފައެވެ.

ލައިގެން ހުރީ ދަނބު ކުލައިގެ ސެޓިން ފޮތީގެ ގަޔަށް ދޫ އަތް ދިގު މަތިކޮޅަކާއި ހަރުވާޅެކެވެ. ޒީނާގެ ބުޅި އިސްތަށިގަނޑު ހަވާލާފައި ވާއިރު އެ އިސްތަށިގަނޑު ބުރަކައްޓާ ހަމައަށް އަރައެވެ. އަތުގައި އޮތީ ބިއްލޫރި ސެންޓް ފުޅިއެކެވެ. ޒީނާގެ ފައި ކައިރީގައި ކުދި ބޮޑެތި ބިއްލޫރިތައް މުށިތައް މަތީ އެއްވެސް ތަރުތީބެއް ނެތި ތެޅި ފުނޑުފުނޑު ވެފައި ވާތަން ފެނި ޝާއިރާ ހައިރާން ވިއެވެ.

“ޒީނާ…! ތި ފުޅި އެއްލާނުލާތި… ޒީނާ!” ވަރަށް ބާރަށް ދުވެފައި ގޮސް ޒީނާގެ އަތުގައި ޝާއިރާ ހިފެހެއްޓި އެވެ.

“ނުހިފައްޓާ… އަހަރެން ނުހިފައްޓާ ދޫކޮށްލާ..” ޒީނާ ހަޅޭއްލަވަން ފެށީ ޝާއިރާ ފަހަތުން އައިސް ޒީނާގެ ދެއަތާއި އެކު މުޅި ހަށިގަނޑު ހައްޔަރު ކޮށްލަމުންނެވެ.

“ޒީނާ!… ތީ ދެން އަޅެ ކޮންކަމެއްތަ؟ ޒީނާ ތިއުޅެނީ ކީއްވެގެންތަ އަޅެ..” ޝާއިރާ ވާހަކަ ދައްކަމުން ދިޔަ އިރު ޝާއިރާގެ އަޑުގައި ވަނީ ވަރުބަލި ކަމެވެ.

“މަންމާ!… އަހަރެން ބޭނުމީ މަރުވާން… އަހަރެން ދޫކޮށް ބަލަ..” ޒީނާއަށް ރޮވެން ފެށިއެވެ.

އެވަގުތު ޒީނާގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ވަރުބަލި ވީ ކަންނޭނގެއެވެ. ގަދަ ދައްކާފައި އުޅުނު ޒީނާގެ ހަށިގަނޑު މަޑުމަޑުން ހަމަޖެހުން ދިޔައެވެ. ވަގުތުން ޒީނާ ގެނެސް އެނދުގައި ބައިންދަމުން ޝާއިރާ ވެސް އިށީނެވެ.

“ޝާއިރާ…! އަނެއްކާ ކޮން ކަންތައް ގަނޑެއް މިތާ މި ހިނގަނީ… ޒީނާ! ކީއްވެގެންތަ އަޅެ ތި އުޅެނީ؟” ކޮޓަރިއަށް ވަދެގެން އައި ސައީދު ނިއްކުރިޔަށް ރޫ އަރުވާލަމުން ބުނެލިއެވެ.

“އަހަރެން ބޭނުމީ މަރުވާން.. ޝަޔާން އަހަންނަށް ދޮގު ހެދީ… ޝަޔާން އަބަދުވެސް ބުނޭ މަސްތުވާތަކެތި ބޭނުމެއް ނުކުރަމޭ… އަބަދު އަހަރެން ޖެހެނީ އެކަމާ އޭނައާ ޒުވާބު ކުރަން. އެކަމު އަހަންނަށް އޭނަގެ ރައްޓެއްސަކު ކިޔައިދެއޭ އޭނަ ޑްރަގް ބޭނުން ކުރާ ވާހަކަ.. އެކަމާ އަހަރެން ދެބަސް ވާތީ އޭނަ އަހަރެން ދެކެ ރުޅި އައީމަ ކުރިން ފަހަރުވެސް އަހަރެން އަތުގަ އަމިއްލައަށް ކަޓަރު އެޅީ… ޝަޔާން ވިސްނައެއް ނުލަ އަހަރެން އޭނަ ދެކެ ކިހާ ލޯބިވާ ކަމެއް..” ޒީނާ ރޮމުން ރޮމުން ކިޔައިދިނެވެ.

“ދެން…؟ ދެން މިހާރު މި ފަތިހު ކީއްތަވީ؟” އަނެއްކާވެސް ސައީދު އަހާލިއެވެ.

“ރޭގަ ވެސް ފޯނު ކޮށްގެން ވަރަށް ޒުވާބު ކޮއްކޮއްފަ އަހަރުމެން އުޅުނީ… އެންމެ ފަހުން އަހަންނަށް އެ ފޮނުވީ އެހެން އަންހެން ކުއްޖަކާ އެކީ ނަގާފަ ހުރި ފޮޓޯތަކެއް.. އަހަރެން ހިތަށް އަސަރު ކުރާ ގޮތްގޮތަށް… އެކި ގޮތްގޮތަށް ތިބެގެން ފޮޓޯ ނަގާފަ އަހަންނަށް އެ ފޮނުވީ… އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކަން އަހަރެން ގާތު ނުވެސް ބުނޭ.. ދެން ބުނެބަލަ އަހަރެން މަޑުން ހުންނާނެތަ؟ ޝަޔާންއާ ހެދި މިވަރުން އުޅޭ އިރުވެސް ޝަޔާން ގަބޫލެއް ނުކުރޭ. މަންމަ މެން އަހަރެން ނުހިފައްޓާތި… އަހަރެން ބޭނުމީ ދަން ޖެހިގެން މަރުވާން.. އޭރުން ޝަޔާންއަށް އިނގޭނެ އަހަރެން އޭނަ ދެކެ ލޯބިވާ ވަރު…. އޭރަށް އިނގޭނެ އަހަރެންވެސް އޭނައަށް ގުރުބާން ވާން ތައްޔާރަށް ހުރިކަން.” އެއްވެސް ލަދެއް ހަޔާތެއް، ފިކުރެއް ނެތި ޒީނާ ހިތައް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ.

“ޝަޔާން ގާތު ކައިވެނި ކުރާ ވާހަކަ ދެއްކިޔަސް ބުނާނެ… ޑްރަގް ކަންކަން ރަނގަޅު ވީމައޭ ކައިވެނި ކުރާނީ… އެކަމު ޝަޔާން އަށް ނުވޭ އެއް ދުހުވެސް އަހަންނަށްޓަކާ އެކަން ހުއްޓާލެވޭކަމަށް…. އަހަރެން ދުނިޔޭން މޮޔަވެދާނެ މަންމާ… މިހާރު ދެން އެކުރީ އަހަރެންގެ ހިތަށް ކުޅަދާނަ ކަމެއް ނޫން… އަހަރެން ކިހިނެއް އެމީހުން އެކީ ސަކަރާތް ޖަހާތަން ބަލަން މި ދުނިޔޭގަ އުޅޭނީ؟ އަހަންނަކަށް ނޫޅެވޭނެ… އަހަރެން ދަންޖެހިގެން މަރުވާނީ..” ރޮމުން ހަޅޭއްލަވަން ވާހަކަ ދައްކަމުން ދިޔައިރު ޒީނާ ހީވަނީ މޮޔަވެފައިވާ ހެންނެވެ.

“ޒީނާ!… ކޮންމެހެން ކީއްކުރަން ކަމަށް ތިއުޅެނީ؟ދުނިޔޭން ފިރިހެނުން ހުސްވީތަ؟ އެއީ ޒީނާއަށް ކޮންކަމެއް ކޮށްދީފަ ހުރި މީހެއް..؟ ތި ބުނާ ޝަޔާނަކާ ހެދި ތިހާވަރެއް ތި ވަނީ…؟ ބޯނެ އެއްޗެއް ބޮމުން، ވިއްކަމުން ދުވާ މީހަކާ ހެދި މޮޔަވެގެން ތި އުޅެނީ… ޒީނާއަށް އެބަ އިނގޭ ނޫންތަ ތިބުނާ މީހަކު ދޮގު ހަދާ ވަރު… އެ ވައްތަރަށް އުޅޭ މީހުން އުޅޭނީ އެކި މަލުން ފޮނި ބޮމުން… އެމީހުންނާ އެކީ ކިހިނެއް ދިރިއުޅުމެއް އުޅޭނީ…؟ ޒީނާއަށޭ ތި އުޅެނީ ނުވިސްނިގެން… ހަމަ އޭނާގެ ޝަރަފުގަ މަރުވާން ޖެހޭތަ…؟ އެންމެ ފުރަތަމަ ވެސް ދޮންބެ ބުނި ދޯ ދެން އޭނައާ ވާހަކަ ދައްކައިން ނުވާނެއޭ.. އެހެން ކިޔާފަ ފޯނު ދިނީމަ ތީދޯ އަނެއްކާ އުޅުނު ގޮތަކީ؟…” ސައީދު ހިތްހަމަ ނުޖެހިފައި ހުރެ ވެސް ޒީނާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ސައީދު!.. ހަމަޖެހިބަލަ..” ޝާއިރާ ތެދުވެގެން ގޮސް ސައީދުގެ މޭގައި އަތް ޖައްސާ ދުރުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.

“ޝާއިރާ!… ދުރުގަ ހުރޭ…” ޝާއިރާ ދުރަށް ޖައްސާލަމުން ސައީދު ގޮސް ހުއްޓުނީ ޒީނާގެ ކުރިމަތީގައެވެ.

“ޒީނާ!… ބުނަން ވާހަކައެއް… ޒީނާއަށް މި ވީހާ ދުވަހު ގުރުބާންވީ މަންމައާއި ބައްޕަ. ޒީނާވެސް ތިވަރަށް ލޯބި ވާން ޖެހޭނީ މަންމަ އާއި ބައްޕަ ދެެކެ… މިވީހާ ދުވަހު ޒީނާއަށް ހަރަދު ކުރީ އަހަރުމެން .. އުޅޭނެ ތަން ދެއްކީ ވެސް އަހަރުމެން… މިއަދާ ހަމައަށް ހުރިހާ ގުރުބާނީއެއް މިވީ އަހަރުމެން ކަން ނުވިސްނޭތަ؟ ޝަޔާނެއް ނޫން… އިނގިއްޖެ… ކީކޭ މިބުނީ..؟ ޝަޔާނެއް ނޫނޭ.. އެހެން ވީމަ ޒީނާ މަރުދަން ޖެހެންޏާ ދަން ޖެހެންވީނު މިއޮއްހާ ދުވަހު ގުރުބާންވީ މީހުންނައްޓަކާ… އަހަރުމެންނަށްޓަކާ… މިވީހާ ތަނަށް ބޭނުންވާ ހުރިހާ އެއްޗެއް އަހަރުމެން ވިއްޔަ މި ހޯދައިދިނީ.. އޭނަ އެއްކަމެއްވެސް ކޮށްދިންތަ؟ އެހެން ވީމަ މީ އަހަރެންގެ އެންމެ ފަހު ބަސް… އަބަދުވެސް އެއްޗިހި ހޯދައިދިން ގޮތަށް، ދަންޖެހޭނެ އެއްޗިހިވެސް ހޯދާދޭނީ އަހަރުމެން. ދަންޖެހެންވާ ތަން ވެސް ދައްކާނީ އަހަރުމެން… ޒީނާ ދަންޖެހެން ވާނީ މިގޭގަ… މަންމާ އާއި ބައްޕަ އާއި ދޮންބެ އާއި ތުއްތުއާ އެންމެންގެ ކުރިމަތީގަ.. ބުނަން ޝާއިރާ!.. އަހަރެން އަންނާނަން ދޯނީގަ ހުރި ބޮޑެތި ވާތައް ހިފައިން… ޒީނާ ތައްޔާރުވޭ ތިކަމަށް..” ވަރުގަދަ ތަގުރީރެއް ދިނުމަށްފަހު ސައީދު ދޯންޏަށް ދިއުމުގެ މަގްސަދުގައި ހިނގައިގަތެވެ.

“ނޫން… ބައްޕާ… ނޫން … މަޑުކޮއްބަލަ..” ދުއްވައި ގަނެގެން ގޮސް ޒީނާއަށް ހިފެއްޓުނީ  ސައީދުގެ ގަމީހުގައެވެ.

“ދޫކޮއްލާ… ޒީނާ! އެއްގޮތަކީ ޒީނާ އަހަރުމެންނަށްޓަކާ ދަންޖެހެން.. އަނެއް ގޮތަކީ ޝަޔާނު ނޫން އެހެން މީހަކާ ވީހާ އަވަހަކަށް ކައިވެނި ކުރަން އެއްބަސްވުން…” ސައީދު އައިސްފައިވާ ރުޅީގައި ބުނެލިއެވެ.

“ބައްޕާ!… ޕްލީޒް… މަޑުކޮއްބަލަ… އަހަރެން ކައިވެނި ކޮއްފާނަމޭ އެހެން މީހަކާ.. އޭރުން ޝަޔާންގެ އުނދަގުލުން ވެސް ސަލާމަތް ވެދާނެ.  ބައްޕަ ނުދޭބަލަ.. އެހެން ވިއްޔާ، އަހަރެން ނޫޅެން ދަންޖެހޭކަށް.. އަހަންނަކަށް ނުކެރޭނެ ބައްޕަމެން ކުރިމަތީ ދަންޖެހޭކަށް… އަހަންނަށް މާފުކުރޭ… ޕްލީޒް… އަހަރެން ދެން ޝަޔާންއާ އެއްވެސް ގުޅުމެއް ނުބާއްވާނަން…. ބައްޕާ ނުދޭ… ޕްލީޒް ” ސައީދުގެ އަތުގައި ހިފާ އެތެރެއަށް ވައްދަމުން ޒީނާ ބުނެލިއެވެ.

-ނިމުނީ –

——- ދެން މައްސަލަ ހައްލުވެ، ޒީނާ އެހެން މީހަކާ ކައިވެނި ކުރާނެ ކަމަށް ބަލަމުން މި ވާހަކަ ނިންމާލީ އިނގޭ. — ❤️🫣♥️

މިއީ އާ އަހަރުގެ ހަދިޔާއެއް…🎉 ވާހަކަ ރީތިވި ކަމަށް އުންމީދު ކުރަން… މިވާހަކަ ވިދާޅުވީތީ ޝުކުރިއްޔާ!؟

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އާއެކޭ ލޯބިވޭ… އަށާވިސްވަނަބައި (ލޯބި ދިފާއުކުރަން ހެދި ބޮޑު ދޮގު)

Next

ލިޔުންތެރިއެއްގެ ދިރިއުޅުން

Next
January 1, 2026

ލިޔުންތެރިއެއްގެ ދިރިއުޅުން

Previews
December 31, 2025

އާއެކޭ ލޯބިވޭ… އަށާވިސްވަނަބައި (ލޯބި ދިފާއުކުރަން ހެދި ބޮޑު ދޮގު)

9 Comments!

  1. Shaba_73 says:
    January 1, 2026 at 10:54 am

    Masha Allah mi story vrh reethi MA!! 😍
    I appreciate your hard work!
    You are a talented author! ❤️
    Keep shining! ✨ keep it up ✨
    BTW HAPPY NEW YEAR TO EVERYONE 🎉🎊🎆✨

    1. Shaleen says:
      January 1, 2026 at 11:30 am

      Hi
      thank you
      Thank you very much shaba_73
      Ufaavejje Hama v vesss…
      Mi kahala salhi comment eh libuneema
      Happy new year 🎊
      🌹🌹🌹

  2. Your fav bab says:
    January 1, 2026 at 11:14 am

    New year ge gift vrh kamudhey I ah😊
    N happy New year to u🎉
    Vrh iburaththeri vhk eh mee hama!!
    Love it💗
    Asluves as a father he did the right thing!
    Ly..

  3. Shaleen says:
    January 1, 2026 at 11:33 am

    Yesss….
    Alhamdh lillah mivaahaka thihaa kamudhiyaima…
    Happy new year to you tooo
    Yeah shaleen mibalanee Hama komme vaahaka ga ves ibrathei himanaalaafa liyeveytho…
    Yess… Bappa eyna Hama magah alhuvaalee dho..
    Lysm
    ♥️♥️♥️

  4. binthmuhammad says:
    January 1, 2026 at 1:49 pm

    Shlee salhi ing vhk mashaallah . ..Mee aakko ing..vrh Reethi ing..lyysmm…BTW happy new year

    1. Shaleen says:
      January 1, 2026 at 2:13 pm

      Hi aakko!
      Ufaavejje ingey nuhanu bodah …
      Shaleenge vaahaka thakah thihaa support dhevvaatheeve.
      Dhen Hama bunelan othee adhives Hama v shukuriyyaa ey..
      Dhen pluss u ahves happy happy new year kiyaala hihvey.
      💞

  5. Me says:
    January 1, 2026 at 4:32 pm

    How old ru?
    @Shaleen

    1. Shaleen says:
      January 1, 2026 at 6:24 pm

      35 yrs old
      🙂

    2. Me says:
      January 2, 2026 at 7:49 pm

      Oh!😳😳😳😳

Comments are closed.



All Right Reserved!