Skip to content
އެސްފިޔަ

އަބަދުވެސް ހަނދާންވޭ 4

ޒަފާން އަށް ހޭލެވުނީ އޭނާގެ ފޯނު އެލަރމް ވާން ފެށި އަޑަށެވެ.އޭރު ގަޑިން 7:15 ވީއެެވެ. ފެންވަރައިގެން ކްރީމް ކުލައިގެ ޓީޝާޓް އަކާއި ކަޅު ކުލައިގެ ލޫޒް ޖިންސެއްގައި ހުރިއިރު ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލެވޭނެކަން  ޔަގީނެވެ. ކޮޓަރިން ނުކުންނަމުން ފޯނާއި އެއަރޕޮޑް ޖިންސުގެ  ޖީބަށް ޖަހައިލިއެވެ.

_____________________________________

އަހަރެންނަށް ހޭލެވުނު އިރު ބޮލުގައި ތޫނު ތަދެއް ހުރި ކަމުގެ އިޙްސާސް ވިއެވެ.ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ފެންވަރަން ވަނީމެވެ.މާގަނޑު ދަށުގައި ހުރި އިރު ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. މަންމަ އާއި ބައްޕަ އަށް ކުރި ވަޢުދު ފަޅިސިކުންތެއްގެ ތެރޭގައި އުވާލެވިއްޖެ ކަމަށް އަހަރެންގެ ހިތް ބުނަމުންދިޔައެވެ.

“މޮމް, ޑޭޑް..އަހަރެންނަށް މާފް ކުރޭ…މަންމަމެން ގާތު ވަޢުދުވި ގޮތަށް އަހަރެންނަކަށް ކޮއްްކޮ ރައްކާތެރިއެއް ނުކޮއްދެވުން..ކޮއްކޮ އަށް ހިމާޔަތެއް ނުދެވުން”. އަހަރެންގެ އަގައިން އެބަސްތައް ބޭރުވުމުން ހިތުގަ އެޅިވޭން ދެގުނަ އިތުރުވިހެން ހީވިއެވެ.އަަހަރެން އަޒުމް ކަނޑައެޅީ ކޮންމެެވެސް އެއްދުވަހަކުން ކޮއްކޮއަށް އިންސާފް ހޯދަަައިދިނުމަށެވެ.

ފެންވަރައިގެން އަހަރެންލީ ލެވެންޑރ ކުލައިގެ ޓީޝާޓް  އަކާއި ކަޅުކުލައިގެ ޖިންސެކެވެ.ފޯނާއި އެއރޕޮޑް އަަދި ސައިކަލު ތަޅުދަނޑިނަގައިގެން އަހަރެން ކޮޓަރިން ބޭރަށް ނިކުތް އިރު ޒަފާން ސޯފާގައި އިނެވެ..އަަހަރެމެން ވާހަކަ ދައްކާފައި ނިންމީ ބެރުން ސައިބޯން ދިއުމަށެވެ. ސައިކލުގައި ދިޔައިރު އެކިއެކި ވާހަކަތައް އަހަރެމެން ދެއްކީމެވެ..ކުޑައިރުގެ މަޖާވާހަކަ ތަކާެި ސްކޫލް ދުވަސް ވަރުގެ ވާހަކައެވެ.

ކުއްލިއަކަށް އަހަރެންނަށް ސައިކަލުގެ ބުރަކި ޖައްސާލެވުނީ ދުވަމުން އައި އަންހެން ކުއްޖަކު ސައިކަލުގެ ކުރިމައްޗަށް އެރުމުންނެވެ..

______________________________________

އަހަރެންނަށް ހުރެވުނީ ކުރިމަތިން ފެންނަން ހުރި ފިރިހެން ކުއްޖާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެރީތި ކަމަކީ އެތަކެއް އަންހެން ކުދިންނެއްގެ ހިތްތަށް ކަތިލާނެ ފަދަ ރީތި ކަމެއްކަން ޔަގީނެވެ. އަހަރެން އެ ރީތި ކަމަށް ތައުރީފް ކުރަން ހުއްޓާ ސިއްސައިގެން ދޔައީ އެފިރިހެން ކުއްޖާ ވާހަކަ ދެއްކުުމުންނެވެ.. “ދެންފަހަރަކުންވެސް ބަލައިގެން  އުޅެއްޗޭ” ބުނެލުމަށްފަހު އެ ފިރިހެން ކުއްޖާ ސައިކަލު ދުއްވާލިއެވެ.

______________________________________

“އަކޫ ހާދަ ފާޑަކަށް…އަނެއްކާ ދެންމެ ފެނުުނު މަންޖެއަށް ހިތް ކީބާ…އަހަރެން ހަމަ ގަސްތުގައި އަކްޔަސް އާއި ދިމާކޮއްލުމުގެ ގޮތުންް ބުނެލީމެވެ. “ހޫމް ސާބަހޭ ޒެފް އަށް…ހަމަ ފެނިލާއިރަށް މީހުން މީހުންނަށް ހިތް ކިޔާތަ؟” އަކްޔަސް ބުނެލިގޮތުން އަހަރެން ގާތަށް އައީ ނުލަފާ ހިންްޏެކެވެ.ސައިބޯން ތިބެގެންވެސް އަަހަރުމެން ދިޔައީީ އެކަކު އަނެކަކަށް ކުރެވެން އޮތް ގޮތަކުން ޖެއްސުން ކުރަމުންނެވެ. ކުއްލިޔަކަށް އަކްޔަސް އަހަންނަށް  ގޮވާލުމުން އަހަރެން ހުރިހާ ސަމާލުކަމެއް އަކްޔަސްއަށް ހުސްކޮއްލީ ބޮޑު ވާހަކަ އެއް ބުނަން ނޫނީ އަކްޔަސް އެހެން ނުގޮވާނެތީއެވެ.”ޒެފް.. އަހރެން މި ވިސްނަނީ ޕޮލިހަށް ޖޮއިން ކުރަން..” އަކްޔަސް ބުނެލި ވާހަކައިން އަހަރެންނަށް ހައިރާން ކަން ލިބުނީ އަކްޔަސް އަބަދުވެސް ބެނުންވީ  އޭނާގެ އަމިއްލަ ވިޔަފާރި އެއް ފެއްޓުން ކަން އެގޭތީއެވެ. ނަމަވެސް އެެެވިސްނުން އަަކްޔަސް ދޫކޮއްލި ސަބަބު އެގުމުން އެ އެކުވެރިޔާއަށް ޓަކައި އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ.އަކްޔަސް ކުރަަން އެއުޅޭ ކަމުގައި އަހަރެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަހަރެން އަކްޔަސް އަށް ދިނީމެވެ.

Comments (8)

  1. Shaleen

    V reethi mi part
    Masha Allah
    ❤️

    1. savuu_17
      Shaleen

      Thank you shaleen❤️

  2. Shaba_73

    Masha Allah mi part ves Vrh reethi ❤️
    I hope he will find justice for his sister…
    It will be better if he join the police!
    Adhives mi ah vure dhigu kohlah chey eyrun reethi vaane!
    Curiously waiting for the next part when’s next!
    Lysm ❤️😘

    1. savuu_17
      Shaba_73

      Thank you SHABA
      Insha Allah next part vx dhigu koh genes dheveythoa balaanan
      2 days thereyga up kohladheveythoa try kuraanan
      LYSM GURLL ❤️

  3. Shaba_73

    ✨ HAPPY NEW YEAR ✨

    1. savuu_17
      Shaba_73

      HAPPY NEW YEAR ✨

  4. Sym

    Masha Allah Sooooo beautiful 🫶😘😘
    I’m sooo proud of you🫶😘😘😘♥️♥️♥️
    Luv you 🫶😘

    1. savuu_17
      Sym

      Thank you Sym ❤️

Comments are closed.