Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އަލަމާރި

EXO
EXO Level 210 Stories100 Login
December 31, 2025 3 Mins Read
0 Comments

ފަނާވަމުންދާ މި ވަގުތީ ދުނިޔޭގައި ހޯދުނުހާ މޮޅެއް ހޯދަން ތިޔައުޅެނީ ކީއްކުރަންހެއްޔެވެ؟ އާޙިރަތަށް ތަބާނުވެ ތިމާއަށް އޮތީ ކޮން މޮޅެއްހެއްޔެވެ؟ މާދަމާވެސް ލޯ މަރާލަން ޖެހިދާނެކަން ހަމަ ނޭންގެނީހެއްޔެވެ؟ ކުރިމަތިން މަރު އަބަދުވެސް އެހުރީ ފެންނަންށެވެ. މަރުގެ ޙަބަރު ނުލިބޭ ދުވަހެއް ނުދެއެވެ. އަދިވެސް ފުރުސަތުވަނީ ހުޅުވިފައެވެ. ތިބާ ގާތަށް މަރު އައުމުގެ ކުރިން އަވަހަށް އިސްލާހްވާށެވެ.

ޝޫޒާއަކީ މުއްސަނދި އާއިލާއަކަށް އުފަން ކުއްޖެކެވެ. މަންމައާ ބައްޕަގެ ރަން ދަރިފުޅެވެ. ކިޔަވުމަށް މޮޅު ކުއްޖެކެވެ. އެތައް ވަނަތަކެއް ހާސިލްކޮށްފައިވާ ކުއްޖެކެވެ. ޝޫޒާ އެންމެ ލޯބިކުރާ އެއްކަމަކީ އަންނައުނު ގަތުމުގެ. ފަހުގެ ރީތި އަގުބޮޑެތި އަންނައުނުތަކުން އޭނާގެ އަލަމާރިވަނީ ފުރާލާފައެވެ. ކޮޓަރިވެސް ބަލާލަން އެހާމެ ފުރިހަމައެވެ. އެންމެ ރިވެތި ފެންވަރުގާ ހަދާލެވިފައިވާ ކޮޓަރިޔަށް އޭނާގެ ރައްޓެއްސަކު ވަދެއްޖެނަމަ ތައުރީފްގެ ބަސްތައް އޮއްސާނުލާ ފަހަރެއް ނުދާނެއެވެ. ޝޫޒާގެ ކޮޓަރި ކަހަލަ ކޮޓަރިއެއް ލިބޭނަމައޭ ކޮންމެ މީހަކުވެސް ބުނެލައެވެ. މިކަމާ ޝޫޒާ ވަރަށް ފަޙުރުވެރިވެލައެވެ. މީސްމީޑިޔާގައި ލައިވްތަކުގައިވެސް ޝޫޒާގެ ކަމަކީ އޭނާގެ އަލަމާރިގައިވާ ރިވެތި ހެދުންތައް ދެއްކުމާއެކު އޭގެ އަގުތައް ކިޔާލުމެވެ. އަދި ކޮޓަރި އިސްތިހާރުކުރުމެވެ. ބައެއް މީހުން ވަރަށް ޝޫޒާއަށް ތައުރީކުރެއެވެ. އަނެއްބައި މީހުން ކިޔަމުންދަނީ ދެއްކުންތެރިކަމެވެ. ނަމަވެސް ޝޫޒާ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ.

އެއްދުވަހަކު ޝޫޒާގެ މާމަ ޝޫޒާއަށް ޒިޔާރަތްކުރިޔެވެ. ޝޫޒާގެ މާމައަކީ ވަރަށް ދީންވެރި ހިތްހެޔޮ މީހެކެވެ. ޝޫޒާގެ މާމަ ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ޝޫޒާއަށް ހަދިޔާގެނެއެވެ. މިފަހަރުވެސް މާމަ އައި ހަދިޔާއެއް ހިފައިގެންނެވެ. ޕާރުސަލްކޮށްފައިވާ ހަދިޔާ ޝޫޒާއަށް ދިނުމަށްފަހު ސޯފާގައި ޝޫޒާއާއެކު އިށީނެވެ.

މާމަ : ދަރިފުޅާ ނަމާދުކުރަންތަ މިހާރު؟

ޝޫޒާ : ކުރަން ކޮންމެވެސް ވަރަކަށް

މާމަ : ދަރިފުޅާ.. ނަމާދު އެޅުމަކީ ވަރަށް ގޯސްކަމެއް. އެހެން ނުހަދައްޗޭ. މާމަ ދެކޭކަށް ބޭނުމެއްނޫން ދަރިފުޅަށް ދެރައެއްލިބޭކަށް. ދަރިފުޅާ. މިއަދު ދަރިފުޅު ތިޔަ އުޅެމުން އަންނަ އުފާވެރި ދިރިއުޅުން ދެއްވީ މާތް ﷲ. އެކަލާނގެ ބޭނުންފުޅުނަމަ މާދަމާވެސް ދަރިފުޅުގެ ތިޔަ ހުރިހާ އެއްޗެއް ގެންދަވާނެ. އެހެންވެ މާމަ މިއެދެނީ މާމަގެ ދަރިފުޅު ނަމާދުކޮށް އެކަލާނގެ އެނގެވިގޮތަށް އުޅެން.

ޝޫޒާ : އާނ މާމާ. އަހަރެން ބަލާނަން މާމަ ބުނާގޮތަށް ކަންތައް ކުރެވޭތޯ

މާމަ ދިޔުމާއެކު ލިބިފައިވާ ހަދިޔާ ހިފައިގެން ޝޫޒާ ކޮޓަރިޔަށްވަނެވެ. އަދި ވަރަށް އުފަލުން އިނދެ ހަދިޔާ ކަނޑާލިޔެވެ. ހަދިޔާއަކަށް ލިބުނީ މުސައްލައަކާއި ޙަތިމްއެކެވެ. އެ ހިފައިގެން ގޮސް ވަގުތުން އަލާމާރިޔަށް ލިޔެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ޙަތިމްއާ މުސައްލަ އޮތީ އޮތްތަނުގައެވެ. ނަމަވެސް އަލަމާރިގައި ކޮންމެ މަހަކު އާތަކެތި ބެހެއްޓެމުންދިޔައެވެ. ޝޫޒާއަށް ޙަތިމްއާ މުސައްލަ ފެނުނަސް އަޅާވެސްނުލައެވެ. ހަމަ އެކަނި އެ ބޭނުން ކޮއްލަން ވިސްނަނީވެސް ރޯދަމަހެއް އައުމުންނެވެ. މުޅި ރޯދަމަހުވެސް ކިޔެވެނީ އެންމެ ވިހި ސޮފްހާއެވެ. ރޯދަމަހުގެ ފުރުތަމަ ދިހަ ދުވަހު ދުވެފައި މިސްކިތާ ދިމާލަށްދާނެއެވެ. ނަމަވެސް އެޔަށްފަހު އެއްޗެކޭވެސް ހިތަކަށްނަރާ މަޖަލާ ސަކަރާތުގައި އުޅެމުންދިޔައެވެ. މިހެން އުޅުމުގެ ތެރޭގައި ކުއްލިޔަކަށް ޝޫޒާ ބަލިވާންފެށިޔެވެ. ޓެސްޓްތައް ހެދުމުން އެނގިގެންދިޔައީ ޝޫޒާ ހުރީ ކެންސަރުޖެހިފައިކަމެވެ. އޭގެވެސް ފަހު ސްޓޭޖްގައެވެ. މިކަން އެނގުމާއެކު ރޮއެ ހޭރެންފެށިޔެވެ. ކޮޓަރިޔަށް ވަތްގޮތަށް އެންމެ ފުރުތަމަވެސް ގުޅީ މާމައަށްށެވެ. މާމަވެސް ދެރަވެގެން ރޯންފެށިޔެވެ. ޝޫޒާގެ އާދޭހަކަށްވީ މާމަގެ އެހީއެވެ. ކެންސަރުން ސަލާމަތްވުމަށް ތައުބާވެ މާތް ﷲ އަށް އަޅުކަންކުރަން ދަސްކޮށްދިނުމެވެ. މާމަ އޭގެ ޖެހުގެން އައި ދުވަހުން ފެށިގެން ޝޫޒާއާއެކު އުޅެންފެށިޔެވެ. ކޮންމެ ދުވަހަކީ ބުރަ ދުވަހެކެވެ. މާމަ ގަވައިދުން ޝޫޒާއަށް އެއްޗެހިތައް ކިޔަދީ ގަޑިޔަށް ނަމާދަށް އަރުވައެވެ. ދަމުނަމާދަށްވެސް ގޮވަމުންދެއެވެ. ޙަތިމް ނަގައިގެން އައިސް ކައިރީ އިނދެ ކިޔަވަން ދަސްކޮށްދީ ސޫރަތްތައް ހިތުދަސްކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައެވެ. ހަދީސްތަކާ ދުއާތަކާ ޒިކުރުތައް ދަސްކޮށްދިނެވެ. ބަރާބަރު ހަމަސްތެރޭގައި ޝޫޒާ ފުރުތަމަ ޙަތިމްކުރިޔެވެ. އޭގެ ފަހުން ތިން މަހުން ޙަތިމްއެއްކުރެއެވެ. އެންމެ ނަމާދެއްވެސް ވައްޓާނުލައެވެ. ޝޫޒާގެ އެންމެ އަގުބޮޑު ޙަޒާނާއަކީ މިއަދު އޭނާ އުނގަށްލައިގެން އަބަދުވެސް ކިޔަވަން އިންނަ ޙަތިމްއެވެ. ރޯދަމަސް އަތުވެއްޖެނަމަ އަޅުކަމައިގެން ބުރަވެގަނެއެވެ. މިހެން އުޅެމުން އަތުގަ ހުރިއްޔާ ހުރިހާ އަގުބޮޑެތި ހެދުންތައް ސަދަގާތްކުރިޔެވެ. ބޮޑު އަލަމާރީގައި ޝޫޒާގެ ޙަޒާނާއަކަށް އޮންނަނީ ޙަތިމްއާ މުސައްލައާ ކަޅު ތިން ހެދުމެވެ.

އެއްރެޔެއްގެ މެންދަމެވެ. ޝޫޒާ ދަމުނަމާދަށް ގޮވާ ގޮވާ ނުހޭލައިގެން މާމަ ކަންބޮޑުވިޔެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ގޮވާލިޔެވެ. ޝޫޒާ މަޑު މަޑުން ލޯހުޅުވާލުމަށްފަހު ރޯންފެށިޔެވެ.

މާމަ : ދަރިފުޅާ ކިހިނެއްވީ؟

ޝޫޒާ : މާމާ. މާތް ﷲ ގަންދީ ބުނަން އަހަރެން މިއޮތީ މަރުބަލީގަކަން ޔަގީންވެއްޖެ. މާމާ އުފާކުރާތި. ދެރަނުވާތި. އަހަރެން މަރުވުމުން އަހަރެންނަށް މިސްކިތެއް އަޅާދޭން ބައްޕައަށް ދަންނަވާތި. އަހަރެންނަށް މިރޭ މިފެނުން ހުވަފެނުގެ ވާހަކަވެސް ކިޔާދޭތި. މާމާ. އަހަރެންނަށް ހުރެވުނީ ފެހިކަން ގަދަ ވާދީއެއްގައި. ރިވެތިވެގެންވާ ކޯރުތައް ފެނޭ. އެހާމެ މީރުވަސް ދުވާ މާތައް ފެނޭ. ދެން އަޑަކުން ބުނާއަޑު އިވޭ. ތިބާއަށް ފުރިހަމަ ރައްކާތެރިކަން ހުއްޓެވެ. ތިބާގެ ދަތުރަށް ތައްޔާރުވާށެވެ.

މާމަ އަވަސް އަވަހަށް ދުވެފައިގޮސް ބައްޕައާ މަންމަ ހޭލައްވައިގެ ގެނެސްފިޔެވެ. ޝޫޒާ ހިނިތުންވެލައިގެން އޮވެ އެންމެނާ ވާހަކަ ދެއްކިޔެވެ. މިއީ އޭނާގެ އަލްވަދައުކަން އެނގިގެންދިޔައެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް ޝޫޒާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެއެވެ. ޝާހާދަތުގެ ދެކަލިމަ ކިޔާލި އަޑު އެންމެންނަށްވެސް ވަނީ އިވިފައެވެ. މުޅި ކޮޓަރީގައިވަނީ މީރުވަހެވެ. ކޮންފަދަ ހެޔޮ ނިމުމެއްތޯއެވެ.

– ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ސާރާ 8

Next

ދެވުނީ ވޭނޭ 29

Next
December 31, 2025

ދެވުނީ ވޭނޭ 29

Previews
December 31, 2025

ސާރާ 8



All Right Reserved!