Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުން

އިސްލާހު 2

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 23, 2025 6 Mins Read
14 Comments

މާއިލް އާއި ރަމްޕެ އިރުކޮޅަކަށް ހުއްޓުން އެރިއެވެ. އަހަރެން ބުނި ވާހަކައިގެ ސަބަބުން އާޝޯޚު ވެފައި ތިބެ އެމީހުން ދިޔައީ އަހަންނަށް ބަލަމުންނެވެ. ޚާއްސަކޮށް އަހަރެންގެ ފިރިމީހާ މާއިލްއެވެ.

“އިތޫ! ކީއްކުރަން ދަނީ؟ އިތޫ އަކަށް ނޭނގޭނެ ރަމްޕެ ކަހަލަ މީހުން އުޅޭ ގޮތެއް. އައްޑާއަށް ގެންގޮސް ކޮންމެ ކަހަަލަ ގޮތެއް ވެސް ހަދާލަފާނެ. ގޭގަ ހުރޭ… މަ އެބަ އަންނަމޭ..” އަހަރެންގެ ކަންފަތް ދޮށަށް މާއިލްގެ ތުންފަތް ކައިރި ކޮށްލަމުން ސިއްރުން ބުނެލިއެވެ.

“އަހަރެން ދާނަމޭ… މާއިލް ބުނާ ގޮތް އަހަރެން ހަދަންވީ ކީއްކުރަން؟ މާއިލް ވެސް އަހަރެން ބުނާ ގޮތެއް ނުހަދަމެއްނު؟… ރަމްޕެ! ހިނގާ ދާން ތި ދާން އުޅޭ ތާކަށް.” ދޮރު ކައިރީގައި ހުރި ބޫޓަށް އަރަމުން އަހަރެން ހިނގައި ގަންނަން ތައްޔާރު ވީމެވެ.

“ހެހެ.. ތި ގޮލާ އަންހެނުން ހާދަ ގަދައޭ… ސަޅި އެއްނު؟ ގެންދަން ވީތަ؟ އިލޮއްޓޭ! ކައޭ ބުނިއްޔާ މަ ނައްޓާލަނީ މިގޮލާ ގޮވައިން. އަނެއްކާ ޕާޓީ ކޮށްލަން ފައްކާ ގޮލައެއް އިތުރު……..” ރަމްޕެ ގެ ވާހަކަ މުޅިން ނުނިމި އުޅެނިކޮށް މާއިލް އަތް ހޫރާ ރަމްޕެގެ ކޮލުގައި ޖަހާލިއެވެ.

“ބައްޕާ!… ނޫން…. ނޫން… ބައްޕާ!” ނާއިފަށް ފެނުނު މަންޒަރުން ވަރަށް ބާރަށް ހަޅޭއް ލަވައިގަތެވެ.

“އޭތް ރަމްޕެ!… ކަމެއްނު… ކައޭ މިތަނަށް އައިމައޭ މި ހުރިހާ ކަމެއް މިވީ… ބަލާބަޔަ މަގޭ ދަރި… އެކުއްޖާ އެހުރީ ބިރުންނޭ… އާދޭ.. އާދޭ މަށާ އެކީ…. ނުކުމޭ މިތަނުން… ނުކުންނާށޭ… އިތޫ! ހަމަ މިހާރު ގެއަށް ވަދޭ…” ރަމްޕެ ލައިން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ނެރެމުން މާއިލް ހަޅޭއް ލަވައިގަތެވެ.

އަހަރެންގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ރުޅިވެރި ކަމުގެ އިހުސާސްތައް ބާރު ގަދަވެ، އެތެރެ ހަށި ހޫނު ވަމުން ދިޔައެވެ. ހަށިގަނޑުގައި ދައުރު ވަމުން ދިޔަ ލޭތަށް އެންމެ ގަދަ ހޫނުގައި ކެކެމުން ދިޔަކަން އަހަންނަށް އިހްސާސް ވިއެވެ.

އަހަރެންގެ ހަށިގަނޑުގައި ދައުރު ވަމުންދާ ދިލަ ހޫނު މަޑު ވާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ސޯފާގައި އިނީމެވެ. ދަރިން ކުރަނީ ކޮން ކަމެއްތޯ ބަލައިވެސް ނުލާން އަހަރެން އިނީ އަމިއްލަ ނަފްސު ކުރާ ހަނގުރާމައިގެ ބާރު ގަދަކަމުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެން އެކި ކަންކަމުގައި އަވަދި ނެތި އުޅެން ފެށީމެވެ. ކެއްކުމުގެ ކަންކަމުގައެވެ. ރަނގަޅު ވިސްނުމަކާއި މޮޅު ޚިޔާލެއް ސިކުނޑީގައި އެނބުރެން ފެށީ އެ ވަގުތެވެ.

އަހަރެންގެ ސިކުނޑިއަށް އައި ބާރު ގަދަ ވިސްނުމުގެ ސަބަބުން ބުއްދީގެ ބޭނުން ކުރަން އަހަރެން ވިސްނީމެވެ. މާއިލް ޖެހިފައިވާ މަޅިން ސަލާމަތް ކުރަން އަހަންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން އަހަރެން ބޭނުމެވެ.

“މަންމާ..!” ނާއިފް ގޮވާލި އަޑަށް ސިއްސައިން ގޮސް އަހަރެން ބަލައިލީމެވެ.

“ނާއިފް!.. ދަރިފުޅާ!… އެއްވެސް ކަމަކާ ބިރު ނުގަނޭ.. މާތް ﷲ އަހަރުމެން ރައްކާތެރި ކުރައްވާނެ. ކޮއްކޮ މެނަށް އިވޭ ވަރަށް ކަހަފް ސޫރަތް ކިޔަވަން ފަށާ.. އޭރުން ހިތަށް ހަމަ ޖެހުން ލިބޭނެ. ދެން މަންމަ އަންނާނަން ފިހާރައަށް ގޮސްފަ. މިއަދު ހުކުރުން އައިސް ހުރިހާ ކުދިން ކާނީ ބައްޕަ ގެއަށް އައި އިރަކުން. ބައްޕަ އާއި އެކީ.. ދޯ؟” އަހަރެންގެ ރޭވުންތެރި ކަން އިންތިޒާމު ކުރަމުން ނާއިފް އާއި ދިމާލަށް ބުނެލީމެވެ.

ތިން ގަޑި އިރު ފަހެވެ. ނާއިފް އާއި ނަވާފް ހުކުރުން ފައިބައިން އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ހުރީމެެވެ. ސުފުރާ މަތި ތައްޔާރު ކުރަމުން ދިޔަ އިރު އަހަރެން ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ނޫނެކެވެ. އެހެން ގޮތަކުން ބުނާނަމަ އަހަރެން ހުރީ ފިސާރި ޖެހިލުން  ވެފައެވެ. އެހެނަސް އަހަރެން ހިތްވަރު ކުރާނަމެވެ. އަބަދުވެސް، އަހަރެން ހިއްވަރު ކުރަނީ ދަރިންގެ ހައްގުގައެވެ.

ނާއިފް އާއި ނަވާފް ވަރަށް އަވަހަށް ގެޔަށް އައެވެ. އޭރުވެސް މާއިލް ގެއަކަށް ނާދެއެވެ. ހުކުރު އެޅުމަށް ފަހު މާއިލް އައްޑާގައި ޕާޓީ ކުރުން ނޫން ކަމެއް ނުކުރެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

“މަންމާ! ވަރަށް ބަނޑުހައި…” ނަވާފް ބުނެލީ ޝަކުވާގެ ރާގުގައެވެ.

“ނަވާފް!… މިއަދު ހުރިހާ ކުދިން ކާނީ ބައްޕަ އާއި އެކީ.. ނައުފާ ކޮއްކޮ އެ ނިދީ ކައިގެން. ބައްޕަ ގެއަށް އަންނަން ދެން މަޑުކުރަން ހިނގާ.. މަންމަވެސް ކާނީ ބައްޕަ އައިމަ. ދުވަހަކު ވެސް އަދި ބައްޕަ އާއި އެކީ ހުރިހާ ކުދިން ނުކަމެއްނު.” އަހަރެން ވަރަށް ލޯބިން ހިނިތުން ވެލަމުން ބުނެލީމެވެ.

“ދެން މިއަދު އެކަނި ކީއްވެ ބައްޕަ އާއި އެކީ ކާންވީ؟ ބައްޕަ ދުވަހަކު ވެސް އަޅުގަނޑުމެން ކައިތޯ ނުބަލަ.. ދެން އަޅުގަނޑުމެން ކީއްވެ ބައްޕަ ކައިތޯ ބަލަންވީ..؟ ބައްޕަ މިއަދު ވެސް އެ ކުރީ ކިހާ ބޮޑު ގޯސްކަމެއް. މިތާ މިއަދު ޕޮލިހެއް ހުރި ނަމަ ބައްޕަ އެރެސްޓް ކުރީސް….” ނާއިފަށް ވިސްނޭ ގޮތަށް ބުނެލިއެވެ.

އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ މާއިލެވެ. ގެއަށް އައި އިރު މާއިލް ހުރީ ދާހިއްލާ ފޯވެފަ އެވެ. ކުރިމަތީ ހުރި ސޯފާ އިން ފެންނަމުން ދިޔަ މާއިލްގެ ކުޑަކުޑަ އާއިލާ އަށް ބަލައިލަމުން ކޮޓަރިޔަށް ވަންނަން މާއިލް  ހިނގައިގަތެވެ.

“އިތޫ! ކާން ހަދާބަޔަ.. އެބަ އަންނަން.” މާއިލް އެހެން ބުނުމަށް ފަހު ކޮޓަރިއަށް ވަނެވެ.

ނާއިފް!… ނަވާފް!… މަންމަ ގޮވާލީމަ ކާން ވަންނާނީ އިނގޭ… އެކަމު، މިއަދު ކާ ގަޑީގަ ތިކުދިން ހީނުކުރާ ގޮތަށް ކަންތައް ވެދާނެ. އެހެން ވިޔަސް ބައްޕަ އާއި އެކު ކާން އިންނަ އިރު އެއްވެސް ބަހެއް ނުކިޔާ ތިބެއްޗެ.. ބައްޕަ ރުޅި ދުރުވިއްޔާ ވީހާ އަވަހަކަށް ތިކުދިން ކޮޓަރިއަށް ދާނީ..” މާއިލް އަށް އިވިދާނެތީ އަހަރެން ވަރަށް ސިއްރުން ނަސޭހަތް ދިނީމެވެ.

ސޯފާއިން ތެދުވެގެން ގޮސް އަހަރެން ވަނީ ކާގެއަށެވެ. އޭރު މާއިލް އައިސް ކާމޭޒު ކައިރި ގޮނޑީގައި އިށީނެވެ. އަހަރެން ގޮވާލުމުން މާއިލްގެ ފަހަތުން ނަވާފް އާއި ނާއިފް ވެސް އައިސް އިށީނެވެ.

މޭޒު މަތީގައި އަތުރާލާފައިވާ ތަށިތަކުގައި ތަރުތީބު ކަމެއް ވެއެވެ. ކައްކާފައިވާ ތަކެތިން ދުވާ މީރު ވަހުގެ ސަބަބުން ކުޅު ދިޔާވެއެވެ. މާއިލް އަށް އެންމެ މީރު ކުކުޅު ރިހައިގެ އިތުރުން ނާއިފް އަށް އެންމެ ކަމުދާ ތަރުކާރީ ސެލަޑް ހުއްޓެވެ. އޭގެ އިތުރުން ނަވާފަށް އެންމެ މީރު ފިހުނު އަލުވި އާއި ސްޕެގެޓީގެ މީރު ވަހުން މުޅި ތަން ވަނީ އެއްވަސް ވެފައެވެ.

ބަތް ކާ ކަހަލަ ކޮންމެ ތައްޓެއް ކައިރީގައި އަހަރެން ފެން ތައްޓެއް ބެހެއްޓީމެވެ. އެއަށްފަހު އިތުރު ތައްޓެއް އަހަރެން ބެހެއްޓީ އާދައިގެ މަތިން ޖޫސް އެޅުމުގެ ނިޔަތުގައެވެ. ގަދަ ފެހި ކުލައިގެ ޖޫސް ޖަގެއް ހިފައިން އައިސް އަހަރެން އެންމެ ފުރަތަމަ ވެސް ނެގީ މާއިލްގެ ތައްޓެވެ. އަހަރެން އެ ތައްޓަށް ޖޫސް އަޅަން ފެށީމެވެ. އޭރު އަހަރެންގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެންގެ ކޮންމެ ހަރަކާތަކަށް ނާއިފް ބަލަމުން ދިޔަކަން އަހަންނަށް އެނގެއެވެ. ނާއިފް އަކީ ކޮންމެސް ވަރަކަށް ކަންކަން ވިސްނޭ އުމުރުގެ ކުއްޖެކެވެ.

އަހަރެންގެ އަތް ބިރުން ތުރުތުރު އަޅާ ހާލު އެ ތަށި މާއިލްގެ ކައިރީގައި ބެހެއްޓީމެވެ. އެވަގުތު މާއިލް އަހަރެންގެ މޫނަށް ބަލައިލިއެވެ. އެކަން ނޭނގޭ ކަމަށް ހަދަމުން ބިރުން ހުރެ އަހަރެން ނާއިފް ގާތަށް ޖެހިލީމެވެ. ނާއިފްގެ ތައްޓަށް ޖޫސް އަޅަމުން ދިޔަ ވަގުތު ވެސް އަހަރެންގެ އަތުން ތުރުތުރު އެޅުން ނުކެނޑެއެވެ.

“މަންމާ!… މީ ކޯއްޗެއް.. ފެހި ކުލައިގަ… މީން ދުވަނީ ކޯލާޓަރު ކަހަލަ ސެންޓު ނޫނީ އަތަރު ކަހަލަ ވަހެއް.. މީ ޖޫހެއްތަ؟” ނާއިފްގެ ސުވާލު އަޑު އިވުމުން އަހަރެންގެ ހިތް ވަކިން ބާރަށް ތެޅެން ފެށިއެވެ. މޭ ފަޅާފައި ހިތް ނުކުމެދާނެހެން ހީވާން ފެށިއެވެ.

މާއިލްގެ ކުރިމަތީގައި މި ހުރިހާ ސަކަރާތެއް ޖަހަން ނިންމި އިރު އަހަރެން މިކަން ކުރަމުން ދިޔައީ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމުގައި ދެކެމުންނެވެ. އެހެންވީމަ އަހަރެން ގައިގައި ކޮންމެސް ހިއްވަރެއް ހުންނަން ޖެހޭނެކަން އަހަރެން ގަބޫލު ކުރަމެވެ. ވަގުތުން އަހަރެންގެ ހިތާއި ސިކުނޑިއަށް ހިއްވަރު ލިބޭފަދަ ގޮތަކަށް ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށް ލީމެވެ.

“އިތޫ!…” ޖޫސްތަށިން ވަސް ބަލައިލަމުން މާއިލް އަހަންނާ ދިމާލަށް ބަލައިލީ ކުދިންނާ ދިމާލަށް ވެސް ބަލައިލަމުންނެވެ.

“ތި ބޯލާ.. ދުވާ ވަހަކަށް… ލިބޭ ގެއްލުމަކަށް ބަލާނެ ކަމެއް ނެތް… ހުރިހާ އެންމެން މިއަދު ބޯނީ ބައްޕަ ބޯކަހަލަ އެއްޗިސް… ބައްޕަ އަކީ އަހަރުމެން ރަނގަޅު ކުރަން ޖެހޭ މީހާ… އެކަމު، ބައްޕައަށް އެކަމެއް ނުވިއެއްނު… އެހެން ވީމަ އަހަރުމެން ހިނގާ ބައްޕަ އާއި އެކީ……..” ހިއްވަރު ލާފައި އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

“ނާއިފް!… ނުބޯތި.. ތި ނުބޯތި ނާއިފް.. ތީ.. ތީކީ.. ޖޫހެއް ނޫނޭ.” ދެރަވެ ލަދުގަނެފައި އިނދެ މާއިލް ބުނެލީ އަހަންނަށް ބަލައިލަމުންނެވެ.

އޭރު މާއިލް ލަދު ގަނެފައި ވާވަރު މާއިލްގެ މޫނުން ހެކި ދެއެވެ. މާއިލްގެ ދެލޮލުން ނީރާލި ކަރުނަތައް އެއްތަނަކަށް ޖަމާވަމުން ގޮސް އެ ކަރުނަތައް ބޭއިޚްތިޔާރުގައި ދެލޮލުން ފައިބަން ފެށިއެވެ. ނާއިފް އާއި ނަވާފް އިނީ ހައިރާން ވެފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މީގެ ކުރިން ދުވަހަކު ވެސް މާއިލް އެ ކުދިންގެ ކުރިމަތީ އެއްވެސް ކަމަކާ ދެރަވެ ހިތާމަ ކޮށް ލަދު ގަންނަމުން ކަރުނައެއް ނާޅައެވެ.

މާއިލްއަށް ރޮވޭތަން ފެނުމުން ނާއިފް އޭނާގެ ކޮއްކޮ ނަވާފްގެ އަތުގައި ހިފައިން ކޮޓަރިއަށް ދިޔައެވެ. ބައްޕަ އާއި މަންމަގެ ދެމެދުގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް ވަނުމަކީ ރަނގަޅު ގޮތެއް ނޫންކަން މާ ކުރިން ވެސް އަހަރެން ވާނީ ނާއިފަށް އަންގައިދީފައެވެ. އެހެންވެ ނާއިފް ކަންތައް ކުރީ އަހަރެން އަބަދުވެސް ދަސްކޮށްދެމުން ދިޔަ ގޮތަށެވެ.

“މާއިލް!.. އަހަރެން ބޭނުން މި ތަށި ބޯން… ނާއިފް އާއި ނަވާފް ނުބުޔަސް އަހަރެން….” ޖޫސް ތަށީގެ ނަމުގައި ހުރި ޒަހަރު ތަށި ނަގާ ތުންފަތުގައި ޖައްސާލަން އަހަރެން މަސައްކަތް ކުރީމެވެ.

“އިތޫ!… އިތޫ.. ޕްލީޒް.. ގެނޭ ތި ތަށި… ނުބޯތި .. ބަހައްޓާ…. އަހަރެން ދެން ދުވަހަކު ވެސް މިކަމެއް ނުކުރާނަން. އަހަރެންގެ ކުދިންނަށް އިތޫ ތި ވިސްނައިދިނީ މިއަދު އަހަރެން މީ އެއްވެސް އަގެއް ނެތް މީހެއް ކަން… އަހަރެންގެ ހަށިގަނޑަށް އަހަރެން ކޮންމެ ދުވަހަކު ވައްދާ ވިހަ ޒަހަރުތައް އެކުދިންނަށް ބޯން ދޭން މިއަދު އިތޫ ތި މަސައްކަތް ކުރީ… އެހެން ނުހަދާ.. އެކުދިންނަށް އެ ނުދޭތި.. އޭރުން އެކުދިން ވާނީ އަހަރެން ކަހަލަ ޑްރަގް ބޯ ކުދިންނަށް.. އަހަންނަށް މާފް ކުރޭ..” އަހަރެން އަތުން ތަށި އަތުލުމަށްފަހު މާއިލް އަހަރެންގެ ފައި ތިލައިގައި ހިފާ ރޯން ފެށިއެވެ.

“މާއިލް!… މާއިލް ރަނގަޅު ވާން ބޭނުމިއްޔާ.. އެކަމާ ގުޅުން ހުރި އެއްވެސް ބައެއް ކައިރިއަށް މީގެ ފަހުން ގޮސްގެން ނުވާނެ. ދެން މާއިލް އެކަހަލަ ކަމެއް ކުރާކަން އަހަންނަށް އެނގޭ ދުވަހަކީ އަހަރެން މާއިލް ގާތުން ވަރި ވެގެން ދާނެ ދުވަސްކަން ހަނދާން ކުރާތި… އަހަރެންގެ ދަރިންނަށް ފެންނަން ނުޖެހޭ މަންޒަރާއި އަޑު އެ އިވުނީ މާއިލްގެ ގޯސް އުޅުމުގެ ސަބަބުނޭ” އަހަންނަށް ރޮވެން ފެށުމުން، ވަގުތުން މާއިލް ތެދުވެ އަހަރެންގެ މޫނަށް ބަލައިލިއެވެ.

“އިތޫ!… އިތޫ ޕްލީޒް.. އަހަރެން މި ބުނީނު މީގެ ފަހުން ރަނގަޅު ވާނަމޭ. މިއަދުން ފެށިގެން އަހަރެން ގެއިން ބޭރަކަށް ނުދާނަމޭ.. އިތޫ!… އަހަރެން ގުރޫޕްގެ މީހުން ހޯދަން އަޔަސް އެމީހުން ކައިރި ބުނޭ އަހަރެން ރަށަކު ނެތޭ. ގުޅިޔަސް ބުނެބަޔަ އަހަރެން އޮތީ ނިދާފައޭ… އިތޫ އަށް އިނގޭތަ… މިއަދު އަހަރެން ވަރަށް ދެރަވެއްޖެ. ވަރަށް ބޮޑަށް ދެރަވެއްޖެ.. އަހަރެންގެ ނާއިފަށް މަގޭ އަނިޔާވެރިކަން ފެނުނީމަ.. މަގޭ ރައްޓެހިން ތިބޭ ސިފަ ފެނުނީމަ.. އަހަރެން ބޯ އެއްޗިހި އެނގުނީމަ…. އިތޫ!… އަހަރެން ބޮއެ އުޅޭ ނުރައްކާތެރި އެއްޗިހި އެކުދިންނަށް ދޭން މަސައްކަތް ނުކުރޭ.. އޭރުން…. އޭރުން ދެން ވާނީ ކިހިނެއް ކަން އިތޫ އަށްވެސް އިނގޭނު..” އަހަރެންގެ މޫނުގައި ދެއަތުން ހިފާ ވާހަކަ ދައްކަމުން ދިޔައިރު މާއިލްގެ ނިއްކުރި ހުރީ އަހަރެންގެ ނިތްކުރީގައި ޖެހިފައެވެ.

“މާއިލް!… މާއިލް ތީ ހިއްވަރު ގަދަ މީހެއް ނަމަ މާއިލްގެ ރައްޓެހިން ހޯދަން އައިމަ އެމީހުންނާ ދިމާލަށް ބުނޭ… މާއިލް ތިކަމުގެ ތެރެއަށް ދާކަށް ބޭނުމެއް ނޫނޭ… މާއިލް ހޯދަން އެމީހުން ގުޅިއްޔާ ބުނޭ… މާއިލް ހޯދަން މީގެ ފަހުން ނުގުޅާށޭ… ބުނޭ މާއިލް ބޭނުމީ މާއިލްގެ ދަރިންނަށް ނަމޫނާ ބައްޕަ އަކަށް ވާށޭ… މާއިލްއަށް ކެރޭނެތަ ދިމާލަށް ބުނަން. ހިއްވަރު ނެތިއްޔާ އަހަރެން ހުންނާނަން މާއިލްއަށް އެ ހިއްވަރު ހޯދައިދޭން ކައިރީގަ. އަހަރެން ހުންނަނިކޮށް ވެސް ފަހަރެއްގަ މާއިލްއަށް ހިއްވަރު ލިބިދާނެ އެހެން ބުނަން..” މާއިލް އާއި ދުރަށް ޖެހި މާއިލް އާއި ހަތަރުކަޅި ހަމަ ކުރަމުން އަހަރެން ބުނީމެވެ.

“އެންމެ ރަނގަޅު.. އަހަރެން ތިހިން ކަންތައް ކުރާނަން… އެކަމު އަހަންނަށް ބޭނުންވާ އެއްޗިހި ނުލިބި ގަޑި ހަމަވީމަ އިތޫ އަށް ވަރަށް އުނދަގޫ ވާނެ އަހަރެން އުޅޭ ގޮތް ފެނިފަ.. އަހަރެން ރަހަ ބަލައިލަން ނަމަވެސް ބޭނުން ވެދާނެ… އޭރުން ކިހިނެއް ހަދާނީ..؟” އަހަރެންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން މާއިލް ކުރީ މުހިއްމު ސުވާލެކެވެ.

“އޭރުން އަހަރެން އެކި ގޮތް ގޮތުންވެސް މާއިލް ސަލާމަތް ކުރެވޭނެ މަގެއް ހޯދާނަން. ހެވެއްނު ދައުލަތުގަ އެދިގެން ވިޔަސް… އަހަރެން ބޭނުން ވަނީ މާއިލް ތިކަމުން ސަލާމަތްވެ އިސްލާހު ވާން. ރަނގަޅު ފިރި އަކަށް ވާން. އަހަރުމެންގެ ކުދިންނަށް ލޯބި ދޭ ޒިންމާދާރު ބައްޕަ އަކަށް ވާން. އަހަރެން އެހީތެރި ވާނަން. އިސްލާހު ވާން ބޭނުމިއްޔާ މާއިލްއަށް ވަގުތު ވެސް ދޭނަން..” އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އުންމީދާއި އެކު އަހަރެން ބުނެލީ އާދޭހުގެ ރާގުގައެވެ.

“މަންމާ!… ނައުފާ ހޭލައިފި.” ނައުފާ އުރާލައިން އައިސް ހުއްޓެމުން ނާއިފް ބުނެލިއެވެ. އޭރު ނަވާފް ހުރީ ނާއިފްގެ ޓީޝާޓުގައި ހިފައްޓާލައިންނެވެ.

“ދަރިފުޅާ ނާއިފް! ބައްޕަގެ ނަވާފް!…. ލޯބި ލޯބި ނައުފާ…! ދަރިފުޅުމެން ބައްޕަ އަށް މާފު ކުރޭ… ދެން ބައްޕަ އަބަދުވެސް އުޅޭނީ ތިކުދިން ގާތުގަ. ބައްޕަ ދެން އަބަދު ބޭރަކަށް ނުދާނަން. މީގެ ފަހުން ދެ ކުދިން ހުކުރަށް ދާނީ ބައްޕަ އާއި އެކީ ދޯ..؟ ކޮންމެ ދުވަހަކު ސްކޫލަށްވެސް ގެންދާނަން. ނައުފާ ގޮވައިން ސައިކަލު ދުއްވާލަން ވެސް ދާނަން.. މަންމަ ގޮވައިން ހިނގާ ލަންވެސް ދާނަން. ބައްޕަ އަށް މާފު ކުރާނަންތަ؟” ފަހަރަކު ކުއްޖެއްގެ ކޮލުގައި ހިފާލައި، ބޮލުގެ އިސްތަށި ކޮޅާ ކުޅެލަމުން މާއިލް ބުނެލިއެވެ.

“ބައްޕާ!… އެހެންވިއްޔާ މިއަދު ހިނގާ އެންމެން ޕާކަށް ދާން.” ނަވާފު ވަރަށް ހިނިއައިސްފައި މާއިލްގެ އަތަށް ހިފާ ދަމާލަމުން ބުނެލިއެވެ.

“ހިނގާ އަވަހަށް ރީތި ވާން..” ނައުފާ އުރާލާ މެޔާލާ ބޮނޑި ކޮށްލަމުން މާއިލް ސަކަރާތް ޖަހަން ފެށިއެވެ.

މާއިލްގެ އިސްލާހު ވުމަކީ އިތޫގެ ހިއްވަރު ގަދަ ކަމުގެ ނިޝާނެވެ. މާއިލް ފަދަ ކިތަންމެ އާއިލާއެއް މިކަމުން ސަލާމަތް ނުވެވިގެން އުޅޭ ކަން އަޅުގަނޑުމެން ދަންނަމެވެ. މިފަދަ ކޮންމެ މީހަކު އިސްލާހު ކުރެވޭނީ އިތޫ ފަދަ ހިތްވަރުގަދަ ކެރޭ މީހަކަށް ވެގެންނެވެ. އެހެން ނަމަވެސް ކޮންމެ ހާދިޘާ އަކީ އިތޫ އާއި މާއިލްގެ ހާދިޘާއެއް ނޫނެވެ. އެކި ކަންކަމަށް ބޭނުން ވާނީ އެކިކަހަލަ އުކުޅެވެ. މިއީ އިތޫ، އޭނާގެ މާއިލް މަސްތުވާ ތަކެތިން ސަލާމަތް ކުރަން ނެގި ވަރުގަދަ ފިޔަވަޅެވެ.

ނިމުނީ…..

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ވާނުހޭ ގާތުގާ- ދިހަވަނަ ބައި- ބޯނަސް ޕާޓް

Next

އަބަދުވޭ ހިތުގާ މަގޭ 2 (5)

Next
December 23, 2025

އަބަދުވޭ ހިތުގާ މަގޭ 2 (5)

Previews
December 23, 2025

ވާނުހޭ ގާތުގާ- ދިހަވަނަ ބައި- ބޯނަސް ޕާޓް

14 Comments!

  1. Shaba_73 says:
    December 23, 2025 at 10:49 am

    Vrh ibraiy theri story eh MA!
    Mihaaru ge mujuthamau ga vx Hingaa kan kan hama 😊…..
    Ithoo haadha Hiyvaru gadha eyy dhw….
    Aslu hurihaa Kudhin vx Ithoo hen Hiyvaru gadha vegen dhw ulhe veyny vrh happy maail ah visnunythyve…. 😀
    Alhey alhun beynun Naufa baby uraalan haadha cute eyy Shaleen kaireega tha Naufa baby vee… 😅 vrh uraalaa hiyvey eba…. Waiting for ur next story 🤗☺️
    Lysmm ❤️

    1. Shaleen says:
      December 23, 2025 at 11:27 am

      Thanks varah bodah. V ufaavejje mi comment libuneema…
      Ithoo gothah kommes hihvarei huregen islaahu vaan magei hoadhidhaane dho…
      Naufa baby vee mail and ithoo kaireega. Hehehe..
      I ves adhi naufa baby uraanulan 🫣🫣🫣🫣😁
      Next story dho…
      Story liyaane plot eh dheebala alhe.
      Liyeveytho balalaan ♥️♥️♥️

  2. Shaba_73 says:
    December 23, 2025 at 11:32 am

    Ehen veema maail and Ithoo kairiah dhw dhaanvee Naufa baby uraalan… Hehehe 😅 Kon rasheh ga tha maail aa Ithoo aa ulheny eyrun nehnu dheveynee vx 😊

    1. Shaleen says:
      December 23, 2025 at 12:06 pm

      Hehe.. thirashuga neitha??? 🫣🫣
      Alhuganduge hiyaaluga inee story…
      Alhugandah ves nengey kon rashei kamei.
      😄😄😄

  3. Shaba_73 says:
    December 23, 2025 at 12:13 pm

    hehe mi rashah badhalu vehje mihaaru miadhu fenun naufa baby…. uraa vx laifin….. maail and ithoo vx vrh rangalhu 😅😚 shaleen vx uraalan beynumihya
    Dhen mi rashah aadhey mihaaru vx alhun kaireee ebain vrh loabi 💋

  4. Shaba_73 says:
    December 23, 2025 at 12:13 pm

    hehe mi rashah badhalu vehje mihaaru miadhu fenun naufa baby…. uraa vx laifin….. maail and ithoo vx vrh rangalhu 😅😚 shaleen vx uraalan beynumihya
    Dhen mi rashah aadhey mihaaru vx alhun kaireee ebain vrh loabi

  5. Shaba_73 says:
    December 23, 2025 at 12:15 pm

    Maaginain dhw comment kureveny mi hehe 🥰
    I am so sorrry 😥

    1. Shaleen says:
      December 23, 2025 at 12:40 pm

      Hehe… Nooney .. comment eh veeyaa nulibigen mi ulheny.. aslu comment libumakee v bodu ufalekey.
      Vaahaka liyaa v Gina authors bunaane comment nulibeythee evaahaka.
      Aslu authors e kuraa masakkathah comment eh kollanyaa komme author evves v ufaavaane.
      Also liyuntheinnah point ves ginavaane comment libenyaa…
      Alhugandu mennah mi libey bedges ah v bodu ebbaarulumei libey aslu thikahala readers ge comment in …
      Ufaavejje . Varah vess
      💕💕💕

  6. Anonymous says:
    December 23, 2025 at 1:59 pm

    Vrh iburaitheri vaahaka eh MA!!!

    1. Shaleen says:
      December 23, 2025 at 2:18 pm

      Thanks ingey v bodah .
      V ufaavejje mikahala comment eh libuneema 💕💕💕

  7. Your fav bab says:
    December 23, 2025 at 2:17 pm

    Wow vrh iburaththeri vhk eh!!
    The way how ithoo just gave him a lesson was incredible!!👏👏👏
    I thought she was actually gonna ask for divorce😅 But problem solved with just one smart move👀
    Ur a talented author! I just have to say this cuz ur stories are just too incredible and fascinating 💗
    Lysssssm💗

    1. Shaleen says:
      December 23, 2025 at 2:22 pm

      Alhamdh lillah
      Awwwnnnnnnn!!!!! 🤗
      Kon fadha reethi hihgaimu comment eh mi libunee.. 💕💕💕
      Ufaavejje nikah bodah ..
      Ummeedhu kuran shaleen up kuraa komme vaahaka eh kiyaalaane kamah.
      😄😄😄

  8. Your fav bab says:
    December 23, 2025 at 3:28 pm

    Awnn!! Ur sweet reply just made my day😊
    Ofcz I will keep reading ur stories IA!🤗
    Looking forward for more stories from ya!

    1. Shaleen says:
      December 23, 2025 at 3:45 pm

      In sha Allah
      ♥️♥️♥️

Comments are closed.



All Right Reserved!