ތިޔައީ ހަނދޭ-ޓްރެއިލާރ
ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ވައިވެސް އެހާ ބާރެވެ. ވަޔާއި ދެކޮޅަށް ހަނގުރާމަ ނުކުރެވިގެން ގަސްތައްވެސް ހަތިޔާރުތައް ބަހައްޓައިފައި ވަޔާއި އެއްކޮށް ހެލެމުން ދަނިއެވެ. މަގުތައް ފެންބޮޑު ވަމުން ދިޔައީ ސިކުންތުކޮޅެއް ތެރޭގައެވެ. މިއޮށްބޯ ވިއްސާރަ ތެރޭގައި މަގުމެދުން އަންހެން ކުއްޖަކު ހިގައިފައި އަންނަތަން ފެނިއްޖެއެވެ. އެކުއްޖާގެ މޫނުމައްޗަކު އެއްވެސް ދިރުމެއްނެތެވެ. އޭރުވެސް އެކުއްޖާ އަށް ދިޔައީ ގިސްލެވެމުންނެވެ.
“ކަލޭޔާ ހެދި މަގޭ ކޮއްކޮގެ ހިތް ހަލާކު ވެއްޖެ.. ކަލޭ ހީއްކުރަނީ އަދިވެސް މަ ކަލޭ ދައްކާ ވާހަކަ ޤަބޫލު ކުރާނެ ކަމައްތަ..!” އެނާ އެފިރިހެން ކުއްޖާގެ ގިރުވާނުގައި ހިފައިގެން ހުރެ ބުނެލިއެވެ.
–ބައެއް ފަހަރު ވަރަށް ހިތާމަވެރި ކަންތަކާއި ވެސް ދިރިއުޅުމުގައި ކުރިމަތިލާން ޖެހެއެވެ. ހަމައެފަދައިން އުފާވެރިކަން ވެސް އަހަރެމެންގެ ހިތަށް ހަަމަޖެހުން ގެނެސް ދެއެވެ.–
“ދުވަހަކުވެސް އަހަރެން ދޫއްކޮށްފައި ނުދައްޗޭ.. އެހެންނޫނީ އަހަރެން މޮޔަ ވެދާނެ.. ޕްލީސް..”
“ކަލާ ފުރަތަމަ ފެނުނު ދުވަހުންވެސް އަހަރެންގެ ހިތުގައި ކަލާޔަށްޓަކައި ވިންދު ޖަހަން ފެށި..” އަންހެން ކުއްޖާގެ ތުންފަތް މަތީވީ ހިނިތުންވުން އިތުރަށް ފުންވިއެވެ.
–ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ލޯބިވެރިން އަންނާނެއެވެ. އެމަރުހަލާގައި އެތަކެއް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. އެތަކެއް އަޑިގުޑަން ތަކެއް ކަޑަތު ކުރަން ޖެހެއެވެ. އެއްބައި މީހުންގެ ލޯބި ހާސިލް ކުރަން ވަރަށް ފަސޭހަ ވެދާނެއެވެ. އަނެއްބައިމީހުންގެ ލޯބި ހޯދަން ވަރަށް ވެސް އުދަނގޫ ވެއެވެ.–
“ތިޔައީ ހަނދޭ” މިއީ އަޅުގަނޑުގެ 7 ވަނަ ދިގުވާހަކަ އަދި ހަމައެހެންމެ “ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދިފާ” މިވާހަކައިގެ ސީޒަން 2 ވެސް މެއެވެ. މިވާހަކަވެސް ކިޔުން ތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
އަޅުގަނޑުގެ އެހެން ވާހަކަތަކައްވެސް ތިޔަ ލޮބުވެތި ކިޔުންތެރިންގެ ކިބައިން ލިބުނު ސަޕޯޓް އާއި އެހީ ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.
ޝުުކުރިއްޔާ!!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







When’s first part
Inshaallah mi veek ge saturday ga or else maadhan ves! 🤗
Maasha Allah 🫶❤️Trailer seems Just A piece of cake ,Very very Curious to Hear 1 st part
❤️🩹❤️🩹I Guess Raaniya & Yooshau they’re…Just my opinion 💔💔❤️Anyways , When’s 1 st part coming????….I’m gonna Curious to hear it 🙈🙈Tc Lyssmm
❤️❤️❤️
Ey yo!!
The cover looks so danm hot I sweaeeeerrrr!!
Dhww!! Hehehe! 🤭 Thank you! 🥰
Thank you so much, hurt emoji person!
First part inshaallh saturday or maybe friday! Muxo free vee varakun liyaanan!
Love you😘 Tc! 🤭🤗
Hurt emoji🤣🤣
It’s just not funnyyy…I’m m not hurt emoji I’m AI
Yeah.. I didn’t see the reply button that’s why!! Hahhaha! 🤣🤣🤣😭
Oooooo!! Adhi mi getu v! Just dont mind my english! hehe!
Oh my god! I love this… Raaniya and Yooshau grew up… Im so proud!
Anyways! Lysm…
Your one of my favourite writers! _MuXo_!
Thank you, Barakooooo!! 🤗
Yeah.. They grew up dhw!
So glad that you like my stories!
Love you too!! 🥰😘