Skip to content
އެސްފިޔަ

އަލުން ލޯބިން ޓްރޭލާ

ރީތިކަމުން ފުރިފައިވާ މޫސުމެއްގެ ޢީދު ބަންދަކަށް ފަހު، އެންމެން އުފަލާއި ހިތްހަމަޖެހުމާއެކު ރަށު ތެރޭގައި ހަރަކާތްތެރިވަމުން ދިޔައިރު، އިޝްހާގެ ހިތް އޮތީ އެހެން ޚިޔާލެއްގައި ބެދިފައެވެ. ޢީދު ނަމާދަށް ފަހު ރަށުގެ އެންމެން ބައްދަލުކުރާ ޢީދު ސައިގައި، އިޝްހާގެ ލޮލަށް ފުރަތަމަ ފަހަރަށް ފެނުނީ އޭނާގެ ހިތް ޗިސްކޮށްލި ހިތްގައިމު ޒުވާނެކެވެ. ރަށަށް އީދަށް އައިސްފައިވާ އޭނާގެ ނަމަކީ ކައިފެވެ. ކައިފްގެ ހިތްގައިމު ސިފައާއި، އަދަބުވެރިކަމުން އިޝްހާގެ ހިތުގައި އޭނާއަށްޓަކައި ލޯބީގެ އާ ގޮފިތައް ހެދެން ފެށިއެވެ. ޢީދު ސައިގައި ކައިފް އެހެން މީހުންނާ ވާހަކަ ދައްކާލަ ދައްކާލާ ހުރިއިރު، އިޝްހާ އޭނާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ފަރުދަކު ފެނުނު ކަހަލައެވެ. އެފަދަ ބައްދަލުވުމެއްގައި ލޯބިވުމަކީ ދުރުކަމެއްކަމަށް ދެކުނަސް، އިޝްހާގެ ހިތަށް ކައިފްގެ މޫނު ހާއްސަވެގެން ދިޔައީ ވަރަށް ހަލުވިކަމާއެކުއެވެ.

 

 

 

 

ޢީދު ސަޔަށް ފަހު، ކައިފް އަނބުރާ ފެނުމަށް އިޝްހާ އިންތިޒާރު ކުރަމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު، ކައިފް ފެނުމުގެ އިންތިޒާރުގައި އިޝްހާ އޮތީ ބޮޑު ކަންބޮޑުވުމެއްގައެވެ. އެންމެ ފަހުން، އޭނާގެ ދެބެންގެދެދަރި ކުއްޖަކަށް ޢީދު ހަދިޔާއެއް ދޭން ދިޔަ ވަގުތު، ކައިފް ފެނި، އިޝްހާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކައިފް އަކީ އިޝްހާގެ ދެބެންގެދެދަރި ކުއްޖާ ޒާއިންގެ ގާތް އެކުވެރިއެކެވެ. މިކަމުގެ ސަބަބުން އިޝްހާ އާއި ކައިފްއަށް ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. މި ބައްދަލުވުންތަކަށް ފަހު، އިޝްހާގެ ހިތުގައި ކައިފްއަށްޓަކައި އޮތް ލޯބި އިތުރަށް ބޮޑުވެގެން ދިޔައެވެ.

 

 

 

 

އެއްދުވަހެއްގައި އިޝްހާ އޭނާގެ ހިތުގައި އޮތް ލޯބީގެ ވާހަކަ ކައިފްއަށް ކިޔައިދިނެވެ. ކައިފް އިޝްހާގެ ވާހަކަ އަޑުއެހުމަށް ފަހު، ވަރަށް ހަމަޖެހިލާފައި ބުންޏެވެ. “އިޝްހާ، އަހަރެން ދެކެ ލޯބިވުމަކީ ތިކަމުގައި އަހަރެންނަށް އިޚްތިޔާރެއް އޮތް ކަމެއް ނޫން. ކައިފްގެ ޖަވާބުން އިޝްހާ ހައިރާންވެ އަސަރުކޮށްލިއެވެ. ނަމަވެސް، އޭނާގެ ހިތުގައި އޮތް ލޯބި ފަނޑުވެގެން ނުދިޔައެވެ.

 

 

 

 

ކައިފްއަށް ލޯބިވެވުނުތާ މާގިނަ ދުވަހެއް ނުވަނީސް، ރަށަށް މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ރަޔާން އައެވެ. ރަޔާން އައީ ރަށުގައި ބާއްވާ ކޮންސަރޓެއްގައެވެ. ނަސީބު ދިމާކުރި ގޮތުން، އިޝްހާ އަކީވެސް ލަވަކިޔުމުގެ ހުނަރުވެރި، އަޑު ރީތި ކުއްޖެކެވެ. އެ ކޮންސަރޓުގައި ރަޔާންއާއި އިޝްހާ ދެމީހުން ލޯބީގެ ލަވައެއް ކުޅެލިއެވެ. އެ ލަވައިގެ ރާގާއި، އިޝްހާގެ ހިތްގައިމު އަޑުން ރަޔާންގެ ހިތް ކޮށާލިއެވެ. އޭނާ އިޝްހާ ދެކެ ލޯބިވެއްޖެއެވެ. ރަޔާން އިޝްހާގެ ގާތުގައި އޭނާގެ ހިތުގެ ވާހަކަ ހިއްސާކުރުމުން، އިޝްހާ ރުހޭ ބަހެއް ނުބުނެ ދިގު ރައްދެއް ނުދިނެވެ.

 

 

 

 

ރަޔާންއަކީ އިޝްހާގެ ރުހުން ހޯދަން ބޭނުންވެފައި ހުރި މީހެކެވެ. އިޝްހާގެ ރުހުން ނުލިބި، އޭނާގެ ލޯބި ޙާސިލް ނުކުރެވޭނެކަން އެނގުމުން، ރަޔާން ނުބައި ގޮތްތަކެއް އިޚްތިޔާރުކުރިއެވެ. އޭނާ އިޝްހާގެ ހިތް ޙާސިލްކުރުމަށް ސިޙުރު ހާހޫރަކަހަލަ ކަންކަމުގެ އެހީ ހޯދަން ފެށިއެވެ. އޭނާގެ ނުބައި މަޤްޞަދު ޙާސިލް ކުރުމަށެވެ. މިކަމުގެ ސަބަބުން އިޝްހާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމަށް މަގުފަހިވެގެން ދިޔައެވެ.
 

 

 

Comments (8)

  1. Anonymous

    Maasha Allah

    1. shynyx inax
      Anonymous

      Thank you

  2. Malserr

    Salhi

    1. shynyx inax
      Malserr

      Thank you

  3. blackking

    Trailer varah salhi…vaahaka varah reethi vaane henn heevanee

    1. shynyx inax
      blackking

      Appreciate it.. thank you so much

  4. Mishaal_18

    vrh reethi

  5. shaha

    Trailer cover ga inn boy haadhaa hot ey🙈
    mashah libidhaane thr

Comments are closed.