Skip to content
އެސްފިޔަ

ހިތް ވިންދާނުލާ (ފުރަތަމަބައި)

މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލުނަންތަކެއްނޫނެވެ. (މިއީ އަޅުގަނޑު ވާހަކަލިޔަންވެގެން އެސްފިޔައިގައި ޝާޢިރުކުރާ ވާހަކައެއްނޫނެވެ. ނަމަވެސް ހިތުގެ އުދާސްތައްބޭރުކޮށްލުމަށް މިއީ ރަނގަޅުގޮތެއްކަމުގައި ޤަބޫލުކުރެވޭތީ ކޮންމެވެސް ބަޔަކަށް ޚިއްސާކޮށްލުމުން ހިތަށް ހަމަޖެހުމެއްލިބޭނެކަމަށް އުންމީދުކުރެވޭތީ ވާހަކައެއްގޮތަށް ލިޔެލަން ބޭނުންވީއެވެ.

16 ފެބްރުއަރީ 2016

(ފުރަތަމަ ބައި……)

ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކުޑައިރު މިހެން މީހުންބުނާތީ އަޑުއަހަމެވެ. އޭރު ހިތަށްއަރަނީ މޮޅެތި ވާހަކަ ދައްކާ މީހުންވެސްއުޅެއެވެ. ދިރިއުޅުމާއި ބެހޭގޮތުން މީބުނަން ކޮންއެއްޗެއްހެއްޔެވެ. ދިރިއުޅުން ހަނގުރާމައަކަށް މިވަނީ ކީއްވެހެއްޔެވެ. ކޮންމެ މީހެއްގެ ދިރިއުޅުން ހަނގުރާމައަކަށް ވެދާނެބާއެވެ. އެހެންނޫނަސް އޭރު ވިސްނެނީ ހަނގުރާމަ ކުރުމަކީ ކަނޑި، ދުނިދަނޑި، ފިސްތޯލަ މިފަދަ ކޮންމެވެސް ހަތިޔާރެއް ހިފައިގެން ހިޔާލުތަފާތު ދެ ލަޝްކަރު ކުރިމަތިލާ ކުރިމަތި ލުމަކަށް ކިޔާ ނަމެކެވެ. މިކަމާ ދިރިއުޅުމާއި ގުޅެނީ ކޮންގޮތަކުން ހެއްޔެވެ. އޭރު ހިނިވެސް އާދެއެވެ. މީހުންގެ މޮޔަކަމޭ ހިތަށް އަރައެވެ.

ދިރިއުޅުން ހަނގުރާމައެކޭ ބުނަނީ ކީއްވެގެން ކަން ވިސްނެންފެށީ އުމުރުން 16 އަހަރުގައެވެ. މިހާހިސާބުން ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކެއް ޙިއްސާކޮށްލާނަމެވެ.

ނޫރީން (އަސްލުނަމެއްނޫން) އަކީ 4 މީހުންގެ ޢާއިލާއެއްގައި ހުރި އެންމެ ހަނގު ކުއްޖާއެވެ. ދޮންބެ، ބޭބެ އަދި ދައްތައާއި ޚިލާފަށް ނޫރީން އަކީ ރީތި ކުއްޖެއްނޫނެވެ. ދައްތައަށް ލިބިފައިވާ ދޮންކަމެއް ނެތެވެ. ރަންކުލަ އަރާ ފަން އިސްތަށިގަނޑެއްނެތެވެ. ހިމަ ތޮޅިހަށިގަނޑެއް ލިބިފައި ނުވެއެވެ. ނުވިތާކަށް ކުރުކޮށްހުނާތީ އިތުރަށް ފަލަކަމަށް ދައްކައެވެ. މިކަމުގެ ސަބަބުން ދައްތަގެ މަލާމާތާއި ފުރައްސާރަ ދިޔައީ ކޮންމެ ދުވަހަކުހެން ލިބެމުންނެވެ. ނޫރީން ޝަކުވާ ކުރާނީ ފަހެ ކާކު ކައިރީ ހެއްޔެވެ. މިއީ ޤުދުރަތުގެ ނިންމެވުމެކެ. ނޫރީން މާތްﷲގެ ޚަޟުރަތުގައި ކޮންމެ ނަމާދަކަށްފަހު އެތަކެއް ދުޢާއެއްކުރެއެވެ. ރީތިމީހެއްކަމުގައި ލެއްވުން އެދިއެއްނޫނެވެ. ނަމަވެސް އަޚްލާޤު ރަނގަޅު ކިޔަމަންތެރި މޮޅު ކުއެްޖެއްކަމުގައި ލެއްވުން އެދިއެވެ. ގްރޭޑް 1 އިން ފެށިގެން ރަނގަޅު ނަތީޖާ ތަކެއްހޯދަމުން އައީ މަންމަ އާއި ބޭބެ އަދި ދޮންބެމެންގެ އުންމީދު އާލާ ކޮށްދެމުން އުފަލާއެކީގައެވެ. ބައްޕައާއި ަދއްތަ ގެ ފަރާތުން އަޅާލުމެއް ލޯތްބެތް ނުލިބުނަސް އުޅެމުން އައީ ވަރަށްވެސް އުފާވެރި ކޮށެވެ. ނަމަވެސް ދިރިއުޅުމުގަ އަޑިގުޑަންތައް އަންނާނީ ކާކަށް އެގިހުރެ ހެއްޔެވެ. ބައްޕަގެ ފަރާތަުން ލޯތްބެއްނުލިބުނަސް …………… އެބައި ތަންކޮޅެއްފަހުން ކިޔައިދޭނަމެވެ.

ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުންގޮސް ހުރިހާމާއްދާއަކުން ފާސްވެގެން ގްރޭޑް ދިހައަކަށް ޕްރޮމޯޓްވެއްޖެއެވެ. މިއަހަރުވެސް ނޫރީންފެށީ ސްކޫލުން އެންމެ މޮޅު ދަރިވަރު ކަމުގައިވުމަށް އަޒުމް ކަނޑައަަޅައިގެންނެވެ. އާދައިގެމަތިން ނޫރީން ސްކޫލުއިން އައި ދުވަހެކެވެ. އެހެން ދުވަސްދުވަހު މަންމަގެ މޫނުމަތިން ފެންނަ އުފާވެރިކަމެއް މިއަދަކު ނެތެވެ. ނޫރީން މަންމަ ކައިރީ އިށީން އިރުވެސް މަންމައަކަށް ރޭކާއެއްނުލިއެވެ. ނޫރީން ހިތްބުނަމުންދިޔައީ ކޮންމެވެސް ކަމެއްގޯސްވެއްޖެކަމެވެ. މަންމަ މިގޮތަށް އިންނާނީ ކޮންމެވެސް ބޮޑުކަމެއްވީމައެވެ. ނޫރިން މަންމަގައިގައި މަޑުމަޑުން ކޮށްޓާލިއެވެ. މަންމަ ސިހިފައި އެނބުރުނުއިރު އެ ލޯބިލޯބި ދެލޮލުން ކަރުނަތައް ނީރާލައިފައި ހުއްޓެވެ. މަންމައަކު ދެރަވެފައިންނަތަނެއް ބަލަންބޭނުންވާނީ ކޮންދަރިއަކު ހެއްޔެވެ. ނޫރީން އަށް ކެތެއްނުކުރެވުނެވެ. މަންމައާއި ސުވާލުކުރަން ފެށިއެވެ. އެތަކެއް އާދޭހެއްކުރަންފެށުމުން މަންމަ ޖަވާބުދިނެވެ. މަންމައާއި ނޫރީން ދުވަސްކޮޅަކަށްނަމަވެސް ވަކިވާންޖެހޭ ކަމުގެ ހިތްދަތި ޚަބަރު މަންމަ ދިނެވެ. އާއެކެވެ. ނޫރީން ބޮޑުދައްތަމެންގެއަށް ބަދަލުވާންޖެހިއްޖެއެވެ. ބޮޑުދައިތަގެ ދެމަފިރިންނަކީ ދަރިން ލިބުމުން މަޚްރޫމް ވެފައި ތިބޭ ބައެއްކަމުން ބޮޑުދައިތައަށް ކެންސަރު ޖެހިފައިވާކަން އެގުމުން އެމީހުންގެ ކައިރިއަށް ނޫރީން ފޮނުވަންޖެހުނީއެވެ. އެމީހުންނަށް އަޅާލާނެ އިތުރުބައެއްނެތުމުންނެވެ. އޭރު ދައްތަވީ މާލޭގަ ކިޔަވަންގޮހެވެ. އެހެންކަމުން މަންމަ އަށް ނޫރީން ފޮނުވުން ނޫންގޮތެއްނެތެވެ. ބޯމަތިވަމުން އައީ ކިހާބޮޑު ކަޅުވިލާގަނޑެއްކަން މަންމައަށް އެނގޭނީ ކިހިނެއްހެއްޔެވެ. ކޮންމެއަކަސް ފޮށްޓަށް އެއްޗިހި އަޅައިގެން މަންމަ ނޫރީން ގޮވައިގެން ނިކުތްއިރުވެސް ބައްޕަ ހުއްޓެވެ. އަޅާނުލީ ކީއްވެކަމެއް އޭރަކުނޭގެއެވެ. ބޮޑުވެފައިހުރި އަންހެން ކުއްޖެއް މި ދޫކޮށްލަނީ އެހެން ބައެއްގެ އަތްމަށްޗަށެވެ. އޭރު ބައްޕަ އެކަމާދެކޮޅުނެހެދީ ކީއްވެބާއޭ އެތައްފަހަރަކު ހިތަށްއެރިިއެވެ.

ނޫރީން ހުރި ކޮޓަރިއަކީ ވަކިން ގިފިއްޔަށްވަދެވޭ ގޮތަށް ހަދާފައި ހުރި ކޮޓަރިއެކެވެ. ދޮރުފަތުގައި ހުރީ މީހުން މިކިޔާކަހަލަ އެޕޯލޯތަޅެކެވެ. ކޮންމެއެއްޗަކުންވެސް ފަސޭހައިން ހުޅުވޭނެ ކަހަލަ ދޮރެކެވެ. ގިފިއްޔެކޭ ބުންޏަސް އެންމެ ކުޑަމިނުން މަތި ހިޔާކޮށްފައެއްވެސް ނެތެވެ. ތެޅިގަލުން ރާނާފައި ސިމެންތިނުޖަހާ ހުރުމުގެ ސަބަބުން ދެގާކޮޅުދޭތެރޭގައި ހުރިބާތައްހުރީ ހާމައަށެވެ. ނޫރީން ވަރަށް ޖެހިލުންވިޔެވެ. އެކަހަލަ ތަނަކުން ފެންވަރަން ޖެހުމުގެ ސަބަބުންނެވެ. ޚުދު ނޫރީންވެސް ޤަބޫލުކުރާގޮތުގައި އެއީ އަންހެންކުއްޖަކު ފެންވަރާހަދަން ރައްކާތެރިތަނެއްނޫނެވެ. ނަމަވެސް މަންމަހަދާގޮަތަކީ އެންމެ ރަނގަޅުގޮތްކަމުގައި ދެކިގެން އުޅެންފެށީ އަމިއްލަގޭގައި އުޅޭފަދައިންނެވެ. ކޮންމެ ދުވަހަކު މަންމަ އައިސް ނޫރީންއާއިއެކީ ވަގުތު ހޭދަކުރެއެވެ.

އެދުވަހަކީ ނޫރީން އެގޭ އުޅޭތާ ހަފްތާއެއްވީ ދުވަހެވެ. އާދައިގެ މަތިން ހަވީރު އެކްސްޓްރާ ކްލާހަށްދާން ފެންވަރަން ނޫރީން ވަނީ ގިފިއްޔަށެެވެ. ނޫރީން ފެންވަރަން ހުއްޓާ މީހަކު އުޅޭކަމުގެ އިޚްސާސްކުރެވެން ފެށިއެވެ. ވަށައިގެންހޯދާލެވުނީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. ނޫރީން ސިއްސައިގެން ދިޔައީ ކުރިން ބުނިހެން ގިފިލީ ފާރުގައިަހުރިބާތަކުން ނޫރީން ފެންވަރާތަން ބަލަމުންދިޔަ ބޮޑުދައިތަގެ ފިރިމީހާ ފެނިފެއެވެ. ނޫރީން ބަސްހުއްޓުނެވެ. ގަތްލަދާއި ވީދެރައިން ރޮމުން ރޮމުން ކޮޓަރިއަށްވަދެ ތުވާލި އޮޅާލިއެވެ. ނަމަވެސް ތުވާލި އޮޅުމުގެ ބޭނުމެއް މިހާރަކުނެތެވެ. އެނުލަފާ މީހާ އަށް މިހާރު ނުފެންނަނީ ކޯއްޗެއްހެއްޔެވެ. ނޫރީން އަށް އަލަށް އިޚްސާސް ކުރަން މިޖެހުނު ކަންތައް ހިތަށްނަގައިގަންނަނަވެސް ނޭގުނެވެ. ރޮއެރޮއެ އެ ދެލޯވަނީ ރަތްވެފައެވެ. މީހާވަނީ ހާސްވެ ދާހިއްލާފައެވެ. އެދުވަހު ދެން ސްކޫލަށްދާނެހާ ހިތްވަރެއްނޫރީންގެ ގަޔަކު ނެތެވެ. އެހެން އޮވެ ރޭގަނޑުވީތަނާ ނޫރީން މަންމައަށް މިކަންތައް އެންގުމަށް ނިންމިއެވެ. އޭރު ބޮޑުދައިތަވެސް ދެ ތިން ފަހަރަކަށް ގޮވައިފިއެވެ. ސުކޫލަށްނޮގޮސް ކޮޓަރިން ނުނުކުގެ ހުރީމައެވެ. ކަމެއްވެގެން އުޅޭކަމެއް ބޮޑުދައިތައަކަށް ނޭގެއެވެ. ރޭގަނޑު 9 ޖެހިތަނާ ނޫރީން މަންމަކައިރިއަށްދިައެވެ. ނޫރީންފެނުމުން ކޮންމެވެސް ކަމެއްގޯސްވެއްޖެކަން މަންމައަށް ނަގައިގަނެވުނެވެ. މަންްމަ ފެނުމާއިއެކީ ނޫރީންއަށް ގިސްލެވެން ފެށުނެވެ. މަންމަގައިގަ ބައްދައިގަތީ ދުވަހަކުވެސް ދުރަށްނުފޮނުވާށޭ ބުނާފަދައިންނެވެ. މަންމައަށް ނޫރީންހަމައަކަށް އެޅުވުނީ އެތައްއިރެއްގެ މަސައްކަތުންނެވެ. އަދި އެއައްފަހުވީގޮތް އޮޅުންފިލުވިއެވެ. ނޫރިންގެ މަންމަ ވިސްނައިދިނީ އެ ވާހަކަ އިތުރު އެހެންމީހެއްކައިރީ ނުބުނުމަށެވެ. ދޮންބެ އާއި ބޭބެއަށް އެނގިއްޖިއްޔާ ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވެދާނެކަމަށް ވިސްނައިދިނެވެ.އަދި މަންމަ އެކަން ހައްލުކުރާނެކަމަށް ވަޢުދުވިއެވެ. ނޫރިން އެގެއަށްއެބުރި ދިޔައީ އުންމީދެއްނެތް މީހަކުފަދައއިންނެވެ. އެއީ ކިހާބޮޑުކަމެއްކަން މަންމައަށް ނުވިސްނުނީ ކީއްވެބާއޭ އެތައްފަހަރަކު ހިތަށްއެރިއެވެ. ގެއަށް ވަންއިރު ނަސީބަކުން ބޮޑުދައިތަ ފިރިމީހާ ފެންނާކަށް ނެތެވެ. އަވަހަށް ކޮޓަރިއަށްވަދެ ތަޅުލީ އެއްވެސްމީހަކާ ވާހަކަދައްކާނެ މޫޑެއް އެގަޑީގައި ނެތީމައެވެ. ލިބިފައި ހުރި ވަރުބައްޔާއެކު ނޫރީން އެދުގައި ޖައްސައިލީ ހެނދުނު ސުކޫލަށްދާން ޖެހޭތީއަަވަހަށް ނިދުމަށެވެ. ކުއްލިއަކަށް ނޫރީންއަށް ހޭލެވުނީ ދޮރުގެ ތަޅުގައި މީހަކު ހިފިހެން ހީވެގެންނެވެ. ނޫރީންގެ ހިތްހުއްޓުނު ކަހަލައެވެ.

(ނުނިމޭ)

 

Comments (16)

  1. Zaanaa

    Khon erakun anehbai v keyaa hiy vay me story avahah up kohdeeba next part

  2. xul xul

    up kohdhehchey,… v kiyaa hiyvey

  3. shaai

    aslu nuvaane dhw anhen dhariyaku mamma a dhurah fonuvaakah. mamma men dharin himaayai kuran thibi ves.
    v intrust vaahakaeh. avahah update kohlana 2vana bai

  4. Ily

    V reethi
    Ekam konme vahaka ehves fashafa dho gavaidhun genesnudheythe foohi
    Ekam mivahaka ves va gotheh balaalan vane tha dho…
    Next part up kohdhey thi avahah ingey..

  5. rrrain

    dhiri ulhumuga kurimathilaan jehey hanguraama thakaaa kurimathi lumuge hiyvvaru libigannan gadha alhaa masakkaiy kuran vaane.. vaahaka eh liyumuge maqsadhuga noonas thiya nimmi nimmun v rangalhu kamah feney…kaamiyaabu libeyne,,Insha Allah

  6. Mari

    Thanxxx..vvv varah salhi vahaka….avahah up koh dhehchey…keep it up…

  7. samm

    Wow., nice starting. Hyvey v rythi vaanehn..
    Bt knme myhakuvx story start kuraane v foaryga, and end aa hamayah genesdheyny madhu myheh., aslu ehnvaathy v foohivey..,,
    Bt i hope u will upload this story till the end.., all the best:)

  8. naax

    Mivaaha heevanee varah reethivaanehen nxt prt avas kurahchey

  9. Keyaana

    Yaana v kiyaa hithun mihuree. I wish that u will upload as soon as u can.

  10. Shammoon

    Nice story

  11. Shammoon

    Keyaana. Did u have a sister. I think I know u. Medley ga kiyan hurin dw?

  12. Keyaana

    Medley game yea??? Meleyga. Yes I was there for 8 years.
    Sis… Hurrey. Uyoon kiyanee…

  13. Marsha

    Very nice beginning… like vejje… next part kiyaa hiy vey varah.. hope to c soon…

  14. Nonni

    Thnax all , Komme hafthaa aku Sunday adhi Tuesday day ga story up kohdhaynan Insha Allah

  15. Asurumaa

    Kon irakuntha annehbaii up kuranystory varah varah reethi keep it up

  16. Asurumaa

    3 months vee kobaatha annehbaii we are waiting for next part dear

Comments are closed.