Skip to content
އެސްފިޔަ

މިހިތުގެ ލަގަން ދޫވީ ދުވަސް

އެދުވަހުގެ ފަރި ފަރި ސޫރަ ހިތުގައި ކުރެއްހިއްޖެއޭ   ފޮނި ފޮނި އެއީ ވިނދުމެއްގެ ވެރި އިންސާނެކޭ

މި ދުލުން ބުނަށް ދެއަތުން ލިޔަން ދަތި މޫނެކޭ  ފުރަތަމަ ނަޒަރުގައި ލޯބިވެވި، މިހިތާ އެކީ ދޫވެއްޖެއޭ

އޭނާ ޚަޔާތަށް އައިފަހުން ހެވިފައި ހުރުން ގިނަވެއްޖެއޭ                       ހިވީ ބަޚާރުގެ މާތަކުން ކަނުކަން ޚަރީފުގެ ގޮއްސިއޭ

އެހެނަސް ބުނަންހޭ ލޯބި އަދުމީ ރޯންޖެހޭ ހަތިޔާރެކޭ    އަހަރެން މިއީ އޭގައިޖެހެވި އަފުސޫސުވާނެ ޒުވާނެކޭ

މިހިތުގެ ލަގަން ދޫވީ ދުވަސް އަހަރާ މަހުން އެނގިހާމަވޭ                      އާއެކޭ ތިބުނީ ނޮވެންބަރު ވިހި ދެހާސް އެ އަށާރައޭ

ނިމުނީ

🫶❤️🥰🥀😊