Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

މަންމަ”ވިދާ ބަބުޅާ ދެދޭހުންވެސް އަލިވޮށޭ ތިޔައީ އަހަންނަށް ލެއްވި މަތިވެރި ނޫރެކޭ ތިޔައީ”

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 29, 2025 2 Mins Read
4 Comments

“ވިދާ ބަބުޅާ ދެދޭހުންވެސް އަލިވޮށޭ ތިޔައީ

އަހަންނަށް ލެއްވި މަތިވެރި ނޫރެކޭ ތިޔައީ”

 

ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ކިޔައި ދޭނީ ކޮންގޮތަކުން ހެއްޔެވެ؟ ލޯބި ފެށެނީވެސް ތިއުގުންނެވެ. ދާއިމީ އުފާވެރިކަންވަނީވެސް ތިފައިތިލަ ދަށުގައެވެ. ތީ ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ. ދުނިޔެއަށް ލާމަސީލު މިސާލެކެވެ. ކުރުކޮން ފޮނިކޮންވިޔަސް ބުނެވޭތޯ އެބައުޅެމެވެ.

 

 

މަންމަ ތިއީ ދިރިއުޅުމުގެ އެންމެ އަގުބޮޑު މުދަލެވެ.  އެންމެ މަތިވެރި ނިޢުމަތެވެ. އެންމެ އިހުތިރާމުދޭ ހިތާހިތުން ލޯބިވާ ފަރާތެވެ. މަންމާ! މަންމައަކީ މިހަޔާތުގެ ހުރިހާ ރީތިކަމެއްގެ ފެށުމެވެ.  މިހެން ލިޔެވޭ ބަސްކޮޅަކަށް ވުރެ މާ މަތިވެރިވާނެެއެވެ. މަންމައަކީ، މިދުނިޔެއަށް   އަޅުގަނޑު އުފަންވީންސުރެ، އަޅުގަނޑުގެ ނޭވާއެވެ. ވިންދާ ގުޅިލާމެހިފައިވާ، ލޯތްބާއި ކެތްތެރިކަމުގެ ބަހަނާއެވެ.

 

 

 

ޤަބޫލުކުރަމެވެ. މަންމަދޭ ލޯތްބެއް  އިތުރު އެހެން ފަރާތަަކަށް ނުދެވޭނެއެވެ.  އެ ލޯބި ބަހުން ނުވަތަ ޢަމަލުން ފާޅުކޮށެއްވެސް ނުދެވޭނެއެވެ. އެއީ ފުރާނައިގެ އެންމެ އަޑިން އަންނަ، ޝަރުޠެއް ނެތް ލޯތްބެވެ. ދުވަހަކުވެސް ނުނިމޭނެ ހިތުގެ ފުން ގުޅުމެވެ. ދަރިއެއްގެ ހެޔޮއެދުމަށްޓަކައި، މި ދަރިފުޅުގެ ހިތްހަމަޖެހުމާއި އުފަލަށްޓަކައި، މަންމަ ކެތްތެރިވާ ކެތްތެރިކަމާއި ކުރާ ޤުރުބާނީއަށް އެއްވެސް އަގެއް ނުކުރެވޭނެއެވެ.

 

 

 

އަޅުގަނޑު މި ބިމަށް ފައިބައިގަތުމުގެ ކުރިން، ނުވަ މަސް ދުވަހު އަމިއްލަ ހަށިގަނޑުގައި އަޅުގަނޑު ބޮޑުކުރީ ތި މަންމައެވެ. އެއީ ހިތްދަތިކަމާއި މަސައްކަތުން ފުރިގެންވާ ދުވަސްތަކެއް ނޫން ހެއްޔެވެ؟ އެ މަސައްކަތަށްފަހު މިދަރިފުޅު އުފަންވުމުން ހެއްޔެވެ؟ އެ ހުރިހާ ތަކުލީފުތަކެއް، ހިނދެއްގެ ތެރޭގައި ހަނދާން ނައްތާލައެވެ. މި ދަރިފުޅަށް ލޯތްބާއި އޯގާވެރިކަމުން ފުރިފައިވާ ހިތަކުން ކެތްތެރިކަމާއެކު ދިރިއުޅުމުގެ އެންމެހާ ކަމެއްގައި އެހީތެރިވެދިނެވެ. މަންމަ!  މި ދަރިފުޅު ބަލިވެ، ރޯ ކޮންމެ ރެއެއްގައި، އަމިއްލަ ނިދި ޤުރުބާންކޮށްލައެވެ. މި ދަރިފުޅުގެ ކައިރީގައި ހޭލާ އިނދެއެވެ. މިދަރިފުޅުގެ ކުޑަކުޑަ ހިނިތުންވުމަކަށްޓަކައެވެ. އަމިއްލަ ދިރިއުޅުންވެސް ދޫކޮށްލަން ތައްޔާރުވެފައި ހުންނަނީ  ތި މަންމައެވެ.

 

 

 

އަޅުގަނޑަށް ފުރަތަމަ ފިޔަވަޅު އަޅަން ދަސްކޮށްދިނީ މަންމައެވެ. ފުރަތަމަ ބަސްތައް ބުނަން ދަސްކޮށްދިނީ މަންމައެވެ. ހެޔޮކަމާއި ނުބައިކަން ދަސްކޮށްދީ، ހިނގާ މަގު ސީދާކޮށްދިނީ މަންމައެވެ. އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ހިތްވަރު އެލެއެވެ. އެކަމަކު އެފަދަ ކޮންމެ ދަނޑިވަޅެއްގައި،   މަންމަދޭ ފުރިހަމަ ލޯބި އެއީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.  ދިރިއުޅުމުގެ ދަތުރުގައި އަޅުގަނޑުގެ އަތުގައި ހިފިއެވެ. އަބަދުވެސް ކުރިއަށް ދިއުމަށް ބާރުއަޅިދިން ތިއީ އެންމެ ވަރުގަދަ ބާރެވެ.

 

 

 

އާދެ! މަންމައަކީ އަޅުގަނޑުގެ ދުޢާތަކުގެ ފެށުމެވެ.  ތިމަންމަގެ ދުޢާތަކުން އަޅުގަނޑުގެ ދިރިއުޅުމަށް ލިބިދޭ ބަރަކާތަކީ ހިތުން ފޮހެލެވޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ހެޔޮއެދޭ ވަނީ މަންމައެވެ.  ކާމިޔާބީގައި އެންމެ ބޮޑަށް އުފާކުރާނީ މަންމައެވެ. އަދިހަމައެޔާއެކު އަޅުގަނޑުގެ ނާކާމިޔާބީގައި އެންމެ ބޮޑަށް ހިތާމަކުރާނެ ފަރާތަކީ މަންމައެވެ. މަންމަގެ ދެ ފައިދަށުގައި ސުވަރުގެ ވާކަމަށް ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގައި ވާ ވާހަކަ އެއީ ހަމައެކަނި ޢިބާރާތެއް ނޫނެވެ. އެއީ މަންމައަށް ﷲ ދެއްވާފައިވާ މަތިވެރިކަމާއި ޝަރަފްގެ ހެއްކެކެވެ.

 

 

 

މަންމައަކީ ދިރިއުޅުމުގައި އެއްވެސް ބަދަލެއް ގެނެވޭނެ ފަރާތެއް ނޫނެވެ. ތިމަންމަގެ ވިންދު އަޅުގަނޑުގެ ފުރާނައިގައި ގުޅިލާމެހިފައިވެއެވެ. ތި މަންމަ ނެތް ދިރިއުޅުމަކީ ފަޅުވެފާއިވާ، ހުސްވެފައިވާ ދިރިއުޅުމެކެވެ. މުޅި ދުނިޔެއިންވެސް އަޅުގަނޑަށް ލިބިފައިވާ އެންމެ އަގުބޮޑު ރަންކޮޅަކީ ތި މަންމައެވެ. އެހެންކަމުން، ތި މަންމައަށް ޙިދުމަތްކުރުމަށް އަޅުގަނޑު ފަހަތަކަށް ނުޖެހޭނެއެވެ. ތި މަންމަގެ ލޯބި ހޯދައި، ހިތްހަމަޖައްސައިދިނުމަކީ، އަޅުގަނޑުގެ މައްޗަށް ލާޒިމުވާ އެންމެ މަތިވެރި ވާޖިބުނޫން ހެއްޔެވެ؟

 

 

 

މަންމާ!  ތިއީ  ބަހުން ސިފަކޮށް ނުލެވޭނެ، ލޯބީގެ، ކެތްތެރިކަމުގެ، އަދި ހިތްވަރުގެ ބިނާއެކެވެ. އެއީ ދުނިޔޭގެ އެންމެ އަސަރުގަދަ ރާގުން ކިޔައިދެވޭނެ، އެންމެންގެ  ހިތް ކުދިކުދިކޮށްލާފަދަ، ލޯބީގެ ވާހަކައެކެވެ. މަންމަ އަށްޓަކައި އަޅުގަނޑު ދިރިއުޅުމުގައި ކުރާ ކޮންމެ ކަމަކީ މަތިވެރި ޤުރުބާނީއާއި ލޯތްބަށް ޝުކުރުވެރިވުމުގެ އެއް ފަޞްލެވެ.

 

މަންމާ! ތީ ހަމައެކަނި ނަމެއް ނޫނެވެ. މި ފުރާނައަށް  ލިބިފައިވާ އުފާވެރިކަމެކެވެ. ހިތްހަމަޖެހުމެކެވެ. ހިމާޔަތުގެ ރަމްޒެކެވެ. މި ދިރިއުޅުމުގެ ނޫރެވެ. އަލިކަމެވެ. ތިއީ މިހަޔާތް ރޯށަންކޮށްދޭ އަލިގަދަ މުތެވެ. އެފަދަ ދެވަނައެއް ނުވާ ރާނިއެވެ. އަޅުގަނޑުގެ މަންމައަށް މާތް ﷲ ރަޙުމަތް ލައްވާށިއެވެ. ސުވަރުގޭގެ ދޮރުތައް ހުޅުއްވައިދެއްވާށިއެވެ!

ނިމުނީ

(ލޯބިވާ ކިޔުންތެރިން)

މައިންބަފައިންނަށް ދުޢާކުރަންވާނެއެވެ. އުޖާލާ ފަހި މާދަމައެއް ލިބޭނީ އޭރުންނެވެ.

” ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ މައިންބަފައިންނަށް ރަޙުމަތްލައްވާށިއެވެ. އެބައިމީހުންގެ މައްޗަށް ހެޔޮކަންތައް އިތުރުކުރައްވާށިއެވެ. ފާފަތައް ފުއްސަވައިދެއްވާށިއެވެ. އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވައި، ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާށިއެވެ. އަޅަމެންނަށް ދެއްވި ލޯތްބާއި، ދެއްވި ހިތްވަރާއި، ވެވަޑައިގެންނެވި ޤުރުބާނީތަކަށްޓަކައި، އެބައިމީހުންނަށް ދިރިހުރުމުގައި ހެޔޮގޮތް މިންވަރުކުރައްވާށިއެވެ. މަރުވެފައިވާ މައިބަފައިންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވާށިއެވެ. އަޅަމެންނަށްވެސް އެބައިމީހުން ދެއްކެވި ހެޔޮ މަގުގައި ދެމިތިބުމުގެ ތައުފީޤު ދެއްވިއެވެ.

އާމީން.”

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (7 ވަނަބައި)

Next

ހިނދުކޮޅެއް

Next
November 30, 2025

ހިނދުކޮޅެއް

Previews
November 29, 2025

ހިތް އެދޭހާ ކަމެއް.. (7 ވަނަބައި)

4 Comments!

  1. Nai_73 says:
    November 29, 2025 at 9:06 pm

    Masha Allah sifa kurun thah ves hama 1 vana manmma ah Heyo rahmaiy lahvaashi Adhi suvarugeyge ehme mathiveri dharaga Minvaru kurahvaashi AAMEEN ♥️❤️

    1. Isnaa says:
      November 29, 2025 at 9:20 pm

      Thank you Nai_73 🥰🫶
      Hadhiyaa reethi vi kamah ummeedhu kuran
      Nai ge manmma ah ves heyo rahmaiy lahvaashi adhi suvarugeyge ehme mathiveri dharaga minvaru kurahvaashi AAMEEN 😊

  2. Shaleen says:
    November 29, 2025 at 10:16 pm

    Hi isnaa
    V v v reethi liyunkolhei.
    Thee varah molhu kujjei ma sha Allah.
    Liyuntherikamuga Hama 1 vana ingey.
    ❤️❤️❤️

    1. Isnaa says:
      November 29, 2025 at 10:22 pm

      Thank you shaleen dhatha 🫶🥰
      Liyuntherikamuga kuri magah edhen dhatha ahves 😊

Comments are closed.



All Right Reserved!