ސާރާ 18
“އަހަރެން ބައްޕަ އަށް މާފު ކޮށްފާނަން. އެކަމު ގޮތެއްގެ މަތިން..” އަފީފާއި ދިމާލަށް ބަލައިލަމުން އަފާ ބުނެލިއެވެ.
“ކޮން ގޮތެއް؟ އަފާގެ މާފު ހޯދަން ބައްޕަ ކޮންމެހެންވެސް ބޭނުން. އަފާ މާފު ކޮށްފިއްޔާ ބައްޕައަށް އަފާ މަންމަގެ މަގުވެސް ލިބޭނެ. އަވަހަށް ބުނޭ.” އަފީފު ހީވަނީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ހެނެވެ.
“ހަލޯ!…. އާނ.. ދެމީހުން ގޮސްލާނަން އިރުކޮޅަކުން… ގެއަށޭ؟… ދެން ބަލާނަން.” ފޯނަށް ޖަވާބު ދިނުމަށްފަހު އަހަރެން މަޑުކޮށްލީ އަފާގެ ޝަރުތު އަޑު އަހައިލުމުގެ އުންމީދުގައެވެ.
“އަހަންނަށް ހީވަނީ �






