ލަވަ ލިޔުނީ: ޒިދާން މުޙައްމަދު، ހަވާސާ/ ރ. ވާދޫ
ރާގު: މޭރެ ރަޝްކެ ޤަމަރް (ހިންދީ)
*****
އަލަތު ލޯތްބޭ މަގޭ ފަނޑުނުވާ އުމުރުގާ
އަސަރަކުން ކުރުވި އެހިނދުން ލޮލާ—ލޯ ދިމާ
*****
ޣަޒަލަކުން ޝާއިރީ ނުވެ ބަޔާން ފަރި ޒުވާން
މަލަކު ނެތް ފަދަ ވަހެއް ފެތުރުނޭ ހަމަ ވަޔާ
އިރުގެ ދޯދިން އަރާ އަލިކަމެއް ފަދަ އެވާ
މިތުރު މޫނުން އުޖާލާވި އަލިކަން ނަޔާ
ރީތި ހަރަކާތްތަކަށް ލެންބުވީ ހިތް އަނާ
ރީތި ރާނީގެ ފަރިކަން ހިތަށް ފިނިކުރާ
ފަރި ހިނގުން މާދުރުން ފެނިލިޔަސް ގާއިމުވޭ
ސަޅިކަމެއް ތިޔަ ނުވޭ ފަދައެއް އުޑުދަށު މިވާ
އަޑުގެ ޖާދޫއަކީ ފޫހިނުވި މިއުޒިކެއް
މަޑު ތިހިނިތުންވުމަށް ފެންބޮވާ ރޭދުވާ
3 Comments!
Comments are closed.


Masha Allah mi lava vrh reethi mi generation ge Kudhina vrh gulhey lava eh once again vrh salhi hama
Luv u❤️
Thank You. ❤️
Varah fahi