Skip to content
އެސްފިޔަ

ކުރެވުނު ކުށުގެ ސަބަބުން

އުޑުމަތީ ކަޅުވިލާތަށް ގިނަ އަދަދަކަށް ހުރިއިރު އިރުގެ އަލިކަން ވަނީ ފަނޑުވެފައެވެ. މާހައުލުގައި ވާ ހަމަހިމޭންކަމުން ގަބުރަސްތާނު ތެރެއިން އިތުރު ނާމާން ކަމެއް ގެނެސް ދެއެވެ. އެ މުޅިތަނުން ވެސް އަހަރެންނަށް އިވެމުންދަނީ ބާރަށް ޖެހެމުންދާ އަހަރެންގެ ހިތުވިންދުގެ އަޑެވެ.

މަހާނަތަކުގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން އަހަރެން ހުރީމެވެ. ދިރިއުޅުމުގައި އަހަރެންނަށް ކުރެވިފައިވާ ކުށަށް އިންތިހާއަށް ހިތާމަ ކުރާ ޙާލު އަހަރެންގެ ކުރިމަތީގައި ހުރި މަހާނަ ދޮށަށް ތިރިވެލީމެވެ. އެމަހާނައިގައި ވަޅުލެވިފައިވަނީ އަހަރެންގެ މަންމައެވެ. ވެލިގަނޑުގައި އަތްޖައްސާލި ތަނާހެން ލޮލުން ފައިބަން ފެށި ކަރުނަތަށް ކޯތާފަތް ތެންމަނުން ދިޔައެވެ. އެވަގުތު މީހަކު އައިސް އަހަރެންގެ ކޮޑުމަތީ އަތްޖައްސާލައިފައި އިޝާރާތް ކޮއްލީ އަހަރެންގެ ހިތި މާޒީއަށެވެ.

ހަދާން ހުންނަން ފެށީއްސުރެއް މަންމަ އަހަރެން ގެންގުޅުނީ އެކަނިމާއެކަންޔެވެ. އަހަރެެމެން ދެމައިންނަށް އަޅައިލާނެ އެއްވެސް މީހެއް ނެތެވެ. މާލޭގައި ކުޑަތަންކޮޅެއްގައި އަހަރެން މަންމައާއި އެކު އުޅެމުން ދިޔައީ ދަތި ދިރިއުޅުމެކެވެ. އެއްމެ ކޮޓަރި ގަނޑަކާއި ކުޑަ ސިޓިންރޫމެކެވެ. ގެ ހީވަނީ ދެއްމެ ދެއްމެ ބޮލަށް ވެއްޓިދާނެ ހެންނެވެ. ހޫނުގަދަކަމުންވެސް އެހެންފަދަ ކަމެކެވެ. މަންމަ ވަޒީފާ އަށް ދިޔަނަމަވެސް ގިނަފަހަރު އޮންނަނީ ލިބޭ މުސާރައިން ދެކޮޅު ނުޖެހިފައެވެ. މީގެ އިތުރުން އަހަރެން ބޭނުންވާ އެއްޗެއްވެސް މަންމަ އަކަށް ހޯދައެއް ނުދެވެއެވެ. މިކަމާއި ހުރެ އަހަރެން ޝަކުވާކޮށް ސުވާލު ކުރަމެވެ. ނަމަވެސް އެދެވޭފަދަ ޖަވާބެއް ނުލިބެއެވެ.

މިސަބަބު ތަކާއި ހުރެ އަހަރެން ކިޔަވާ ހިތް ކެޑިއްޖެއެވެ. ކޮލެޖް އަށް ދާ ދުވަސްތަށް މަދުވަމުންގޮސް އެއްމެ ފަހުން ކޮލެޖްއަށް ދިއުލުން ހުއްޓާލިމެވެ. މިފަަދަ ފިޔަވަޅެއް އަަހަރެން އެޅީ ކުދިންގެ މަލާމާތާއި ހފުރައްސާރައިން ސަލާމަތްވެ އެކުދިންނެކޭ އެއްފަދައިން އެކުދިން ގެންގުޅޭ ކަހަލަ އެއްޗިހި ބޭނުންވާތިއެވެ. އަހަރެން ބޭނުންވީ ލާރި ލިބޭނޭ ގޮތެކެވެ. އެއީ އެއްމެ ގޯސްމަގު ހިޔާރު ކޮށްގެން ވިކަމުގައި ވިއަސްއެއްމެ ރަގަނޅެވެ.

ދުވަހުގެ އެއްމެ އަވިބާރު ވަގުތެވެ. ދެލޯ ހުޅުވައިލެވެނީވެސް ކިރިޔާއެެވެ. ވިލާތަށް ގިނަވުމުން އިރުއިރު ކޮޅާ އިރަށް ނިވާވެލައެވެ. އަހަރެން ބާރު ހިނގުމެއްގައި ދިޔައީ ކުރިމަތީ ފެންނަން ހުރި ގަރާޖަށެވެ. އެއީ އަހަރެންގެ ގެޔާއި މާދުރުނޫން ހިސާބެކެވެ. އަހަރެން ގޮސް ގަރާޖު ދޮރުމައްޗަށް ހުއްޓުލުމާއި އެކު ދޮރު ހުޅުވުނެވެ. އެއާއިއެކު ޖެހިލުންވެ ހުރެ އަހަރެން އެތެރެއަށް ވަނީމެވެ.

އެތާ އެތެރޭގައި އެއްވެސް ތަރުތީބެއް ނެތެވެ. އެތަން މިތަނަށް އޮތީ އެއްޗެހިތަށް އުކާލެވިފައެވެ. ފާރުތަކުގެ އެކިތަންތަނުގައި ވަނީ ސްޕްރޭ ކޮށްފައެވެ. އަދި ސީލިންގް މަތީވެސް ހުރީ މަކުނުވާއިން ފުރިފައެވެ. ގަރާޖު އެތެރެ ފުދޭވަރަކަށް އަނދިރިއެވެ. އަހަރެންގެ ހިތް ނޭނގޭ ސަބަބަކާއި ހުރެ ބިރު ގަތެވެ.

“މީތަ އެކުއްޖާ އަކީ..؟ އަހަރެން ކިހިނެއް މިކަހަލަ ކުޑަކުއްޖަކަށް މިކަހަލަ ބޮޑު މިޝަންއެއް ހަވާލު ކުރާނީ..؟” އަހަރެން ސިހުނީ ކައިރިން މިހަކު ވާހަކަ ދެއްކުމުންނެވެ. ބަރު އަޑެކެވެ. އެއަޑުގައިވީ ރުޅިވެރި ކަމުގެ ސަބަބުން އަހަރެން އިތުރަށް ބިރުގަތެވެ.

“ބޮސް އޭނަ އެހުރީ ލާރި ލިބެންޏާ ކޮންމެ ކަމެއްވެސް ކުރަން.. އޭޖް އިޒް ޖަސްޓް އެ ނަމްބާރ ބޮސް..” އެހެންމީހަކު ބުންޏެވެ. އެވާހަކަތަށް އަޑުއަހައިފައި އަހަރެންގެ ވިންދުވެސް ހުއްޓުނެވެ.

އަހަރެންނާ ހަވާލު ކުރެވުނީ ފިހާރެއެއްގައި ރައްކާކުރެވިފައިވާ ފައިސާ ތަކެއް ނެގުމަށެވެ. އެއީ މައްޗަންގޯޅި ކަންމަތީ ހުންނަ ބޯޑު ފިހާރެއެކެވެ. އެކަން ކުރަން ޖެހުނީ މާދަން ނޫން އަނެއްދުވަހުގެ ދަންވަރުގެ ވަގުތުގައެވެ.

އަދިރި ރެއެކެވެ. އަހަރެންނާ ހަވާލު ކުރެވުނު މަސެއްކަތް ފުރިހަމަ ކުރުމަށް ދާް އަހަރެން ގެއިން ނުކުތީމެވެ. އޭރު މަންމަ އޮތީ ނިދާފައެވެ. އަހަރެން ނަޒަރު ހުއްޓާލީ އުޑުމައްޗަށެވެ. ވިލާތަށް މަދު ތަރިގިނަ ސާދާ ވިލޭރެއްގެ ހަދުވެސް ހުއްޓެވެ.

“އޭތް..!! ކިހިނެއް ވެފަ ތިހުރީ..؟ އާދޭދާން..!” އަހަރެންގެ ގާތުގައި ހުރި މީހާ އަމުރުވެރި ރާގަކަށް ބުނުމުން އަހަރެންވެސް އެމީހުން ފަހަތުން ހިގައިގަތީމެވެ.

އަހަރެންނާއި އަހަރެންގެ ޓީމް ފިހާޜޭގައި ތިއްބައި ކުއްލިއަކަށް ފިހާރޭގެ ހުރިހާ ލައިޓްތަށް ދިއްލާލައިފައި ބަޔަކު ވަދެގެން އައެވެ. އެވަގުތު އަހަރެންނަށް ފެނުނީ ފުލުހުންގެ ކާރުގެ އަތްޔެވެ. އަވަސް އަވަހަށް އަހަރެން ވަނީ ކައުންޓަރުގެ މޭޒުދަށަށެވެ. އޭރު އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ފުންކޮށް ނޭވާލެވެމުން ދިޔައީ އަމިއްލަ އިޙުތިޔާރުން ބޭރުގައެވެ. މާގިނައިރެއް ނުވެއެވެ. އަހަރެން ދާހިއްލާ ފޯވެއްޖެވެ.

މީހަކު އައިސް އަހަރެންގެ ކޮޑު މަތީ އަތްޖައްސާލުމާއި އެކު އަހަރެން ފުއްމައިގެން ތެދުވީމެވެ. އަދި އެމީހެއްގެ މަގަތަށް އެނބުރުނީމެވެ. އެއީ ފުލުހެކެވެ. ޓީމުގެ އެހެންމިހުނެކޭ އެއްފަދައިން އަހަރެންވެސް ފުލުހުންގެ އަތްދަށުވީ އެވެ.

އަނެއްދުވަހު އިރުއަރައިގެން އައިރު ކޮންމެ ޗެނަލްއެއްގެ ވެސް ހޫނު ޙަބަރަކަށް ވެފައިވަނީ އަހަރެންގެ ވާހަކައެވެ.

އަަހރެން ޖަލުގޮޅީގައި އެކަނިމާއެކަނި ދުވަސްތަށް ވޭތުކުރަމުން ދިޔައީމެވެ. އިތުރުމީހަކާއި ވާހަކަ ނުދައްކާ ހުރެގެން ހިތާމަ ކުރެވެނީއެވެ. އެހަތަރު ފާރުތެރޭ އަހަރެން ހައްޔަރު ވެފައި ހުރީރު މަންމަ މަތިން އިންތިހާ އަށް ހަދާންވެއެވެ. މަންމަގެ އެގޯވެތި ބަސްތަކާއި ނިޔަނެތި ފިރުމުމެއް މިހާރަކު ނުލިބޭނެއެވެ.

އޭގެ ހަތަރު އަހަރު ފަހުން އަހަރެން ޖަލުން ސަލާމަތްވެގެން މަންމަ ހޯދަންދިޔައީމެވެ. ގެއާ ހަމައަށް ދެވުނު އިރު ގޭގެ ހާލަތު ފެނި ހައިރާންވިއެވެ. ގޭތެރއެހާ ހިރަފުސް ކޮށް އޮންނަންވީ ކީއްވެހެއްޔެވެ. މަންމަ އަކީ ކޮންމެދުވަހަކު ގޭތެރެ ފޮޅާސާފު ކުރާ މީހެކެވެ. ވަދެގެން ދިޔައިރު ގޭތެރޭ މީދާ ދުވާތަންވެސް ފެނެއެވެ. ގޭގައި އެއްވެސް ދިރުމެއްނެތް ކަހަލައެވެ. ކަމެއް ގޮސްކަން އިހުސާސް ކުރެވުނެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޖެހިގެން ހުރި ގޭގެ އަހުލުވެރިން ގާތު މަންމަ ކޮބައިތޯ ސުވާލު ކުރީމެވެ. އެމިހުންގެ ޖަވާބުވީ އަހަރެންގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލި ޙަބަރަކަށެވެ. ދުވަހަކުވެސް އަޑުއަހަން ބޭނުން ނުވި ޙަބަރެކެވެ. މަންމަ މަރުވީ އަހަރެންގެ ސަބަބުނެވެ. އަހަރެންގެ ބަދު އަހުލާޤީ އަމަލުގެ ސަބަބުންނެވެ.

ކުއްލިއަކަށް ވެހެން ފެށި ވާރޭ އާއި އެކު ޖެހި ބާރު ގުގުރީގެ ސަބަބުން މާޒީގެ ދުނިޔޭން ނުކުމެ ހަމަ ދުނިޔެއަށް އާދެވުނެވެ. ފަސްގަނޑުމަތީ އަދިވެސް އެއްފަހަރު މަޑުމަޑުން ފިރުމާލުމަށްފަހު ތެދުވެ ނުކުންނަން ދާން ހިގައިގަތީމެެވެ. މަންމަ ބޭނުންވީފަދަ ހަރުދަނާ ޒުވާނަކަށް ވުމަށް ހިތާ ހިތުން ވަޢުދު ވަމުންނެވެ. ދެން އެފަދަ ކުށެއް ނުކުރާނެކަމަށް އަޒުމްކަޑައަޅައިގެނެވެ.

*ނިމުނީ*

Comments (4)

  1. Eh??

    So iburahtheri💗💗💗
    Ahh hama rovijje😭😭😭
    Hithah araa hama I ah ves ulheveny mihen hey? Like parents dhera kohlevey kahala gothakah hey😭
    But loved this story😽

    1. _MuXo_
      Eh??

      Dhwww!!!😭😭😭
      Hama aslu ves baeh faharu ulhevey gothun regret kuran.. 😢
      Thank you!

  2. Nai_73

    Vrh ibraiy theri story eh 😭
    You are a talented author keep it up 👏
    I appreciate your hard work Curiously waiting
    a story like this hope to read more stories from you
    Lyy❤️

    1. _MuXo_
      Nai_73

      Thank you so much for your support! 🥰

Comments are closed.