އެ ޒުވާނާ… ( މިއީ ވަކިވެނުދާ ދެހިތުގެ ފުންގުޅުމެވެ.)
އަހަރެން މަޑުމަޑުން ލޯ މަރާލީމެވެ. މުޅި ދުނިޔެ ހިމޭންވި ކަހަލައެވެ. އަހަރެންގެ ހިތުތެރޭގައި ކުރަހާލެވުނީ ވަރަށް ފުރިހަމަ މަންޒަރެކެވެ. އެއީ އެއަރޕޯޓެވެ. މީގެ ފަސް އަަހަރުކުރިއެވެ. ވިހި ނޮވެންބަރު ދެހާސް އަށާރައެވެ. ފެންނަނީ އެލޯބި ޒުވާނާއެވެ. އެޒުވާނާ ހުރީ ނަލަހެދިގެންނެވެ. ހުދުފޭރާމުގައެވެ. އިސްތަށިގަނޑު މާ ދިގެއްނޫނެވެ. އޮތީ ރީތި ވަރަކަށެވެ.
ހަމަ ކުއްލިއަކަށް ދެ ލޯ ހުޅުވިއްޖެއެވެ. މަންޒަރު ބަދަލުވެއްޖެއެވެ. އެއީ އުފާވެރި ދަތުރެކެވެ. އެ ދަތުރުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އެކަމަކު އެ ޒުވާނާގެ ވާހަކަ ދެއްކިދާނެއެވެ. އަޑުއަހާ ހިތްވޭ ހެއްޔެވެ؟ މި ފަށަނީއެވެ.
މި އަހަރުގެ އޭޕްރީލް މަހެވެ. ބާރަވަނަދުވަހެވެ. އަހަރެންނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ފަސް އަހަރު ވަންދެން އަހަރެންގެ ހިތުގައި ފޮރުވައިގެން އެލޯބި ގެންގުޅުމީނެވެ. އެކަމަކު އެނާއާއި ދިމާވުމުން ހިތުގެ ލަގަން ދޫވީއެވެ. ބޭޒާރުވީއެވެ.
ފަސް އަހަރުގެ ދިގު އިންތިޒާރަކަށްފަހު، “ސޯސަލް މީޑިޔާގެ” “ސްކްރީނުން” އޭނާ ފެނުމުން، އަހަރެންގެ ހިތުގައި ކުރިން އަޅާފައިވާ ހުރިހާ ފާރެއް ކުޑަކޮށްލި ކަހަލައެވެ. އަހަރެންގެ ހިތުގެ ހުރިހާ ޖާގައެއްގައި އެ ވަގުތު ތޮއްޖެހުނީ އެންމެ ހިޔާލެކެވެ. ‘އަހަރެން މިހާރުވެސް އޭނާދެކެ ލޯބިވޭ’ މި ހިތް ރައްކާކޮށްފައިވާ ބޮޑު ސިއްރެވެ. އެކަމަކު “ސްނެޕްޗެޓުން” އޭނާގެ ރީތި ފޮޓޯއެއް ފެނުމާއެކު، ހިތުގެ ވާހަކަ ދެން ފޮރުވޭކަށް ނެތެވެ. އެއީ ހަމައެކަނި ފޮނި އިންތިޒާރެއް ނޫނެވެ. އެއީ އަބަދުވެސް މަޑުކުރި ލޯތްބެވެ.
ދައްކަން މިއުޅެނީ އެވާހަކައެވެ. އަހަރުތަކަށް ފަހު އަހަންނަށް އޭނާ ފެނުނެވެ. ސޯސަލް މީޑިޔާގެ މަންސައަކުންނެވެ. “ސުނެޕްޗެޓުންނެވެ.” އެކުވެރިކަމަށް އެދުނީ ހުދު އަހަންނެވެ.
ކުޑަ ވަގުތުކޮޅަކަށްފަހު، އޭނާގެ ފަރާތުން ފުރަތަމަ މެސެޖު ލިބުނެވެ. އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ކޮކާތައް އުދުހިގަތީ އެހާ ބާރަށެވެ. މޯޅިވެފައިވާ ގަސްތައް ހެދިއްޖެއެވެ. މާތަކުން ބަރާވިއެވެ. އެދުވަހުގެ އިޙްސާސްތައް ދުލަކުން ގަލަމަކުން ސިފައެއްނުކުރެވޭނެއެވެ.
އެޒުވާނާ އަހަރެންގެ ހަޔާތަށް އައުމަށްފަހު، ހިނިތުންވުން ނުފިލައެވެ. އެކަނިވާ ކޮންމެ ފަހަރަކު ހީލެވެނީ ލަދުންނެވެ. އެހެނީ މީ ލަދުރަކި ކުއްޖެކެވެ. މަޑުމައިތިރި އަހްލާޤު ރަނގަޅު ދަރިއެކެވެ.
މެސެޖުތައް ބަދަލުކުރެވެމުންދިޔައެވެ. އެހެން ތިއްބައި އަސުރަށް ބަންޤިގޮވަން ފެށިއެވެ. ” ދެން ދޭ ނަމާދަށް އިނގޭ ” އަހަރެން ނަމާދުކުރަން ހަނދާންކޮށްދިނީމެވެ. ” ލައްބަ ދެން ދޭ އަވަހަށް” އޭނާ ބުނެލިއެވެ. އަހަރެންވެސް ލަސްނުކޮށް ދިޔައީމެވެ. ފެންވަރާލައި ހަދައިގެން ނަމާދުކުރީމެވެ.
ނަމާދަށްފަހު، އަހަރެން ހުރީ އާ ލޮތްބެއްގެ އުފަލުގައި އަލާސްވެފައެވެ. އަތުގައި އޮތް އެންމެ ރީތި ހެދުންލައި ޒީނަތްތެރިވީމެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުތައް ބައިވަރެވެ. އޭގެތެރެއިން ފާހަގަކޮށްލާހިތް ވަނީ ހަމައެކަނި މިކަމެވެ. އުންމީދުނުކޮށް ހުއްޓާ އެ ޒުވާނާ އާއި އަލުން ދިމާވުމުގެ ނިޢުމަތެވެ.
އެހެން އުފަލުގައި އިނދައި، އަހަރެންގެ ކައިރީ އޮތް ފޯނު އަލިވިއެވެ. ކުއްލިއަކަށް އައީ “ސުނެޕެކެވެ.” އަތަށް ނަގައި، އަވަސް އަވަހަށް ހުޅުވާލީމެވެ.
ސްކްރީނުން ފެނުނީ އެ މޫނެއެވެ. އަހަންނަށް އޮޅޭނެ ހެއްޔެވެ؟ އެތައް ފަަހަރަކު ބެލުނެވެ. ހިތަށް އެރިއެވެ. “މިހާރު އަދި އެ ޒުވާނާ ކުރިއަށްވުރެވެސް ރީއްޗެވެ.” އެ އިސްކޮޅެވެ. ބަދަލެއްނުވާ އެ ރީތި އިސްތަށިގަނޑެވެ. އެހެން ބަލަންއިނދެ، އެ އިހުސާސްތައް ފޮރުވަން ނޭނގި ހުރެ ލިޔެލީމެވެ.
‘މާޝާ ﷲ ވަރަށް ރީތި’ އަދި ފޮނުވާލީމެވެ. އެ ޖަވާބު ފޮނުވާލުމަށްފަހު، އަހަރެންގެ ހިތް ތެޅެމުންދިޔައީ ނުހަނު ހަލުވިކޮށެވެ. ހުސާމަތުގެ ބުނުމަކަށް ވުމުންނެވެ. ހީކުރި ގޮތާއި ހިލާފަށް ޖަވާބު ލިބުނީ ވަރަށް އަވަހަށެވެ. އަހަންނަށް އެނގުނެވެ. އޭނާ ވެސް ހުރީ އަހަރެންގެ އިންތިޒާރުގައެވެ.
ހޭދަވި މަދު ވަގުތު ތަކުންވެސް އެނގިގެންދިޔައެވެ. އޭނާގެ ޝަހުޞިއްޔަތަކީ މަޑުމައިތިރި ނަމަވެސް ފުން ޢަޒުމެއްގެ ޝަހުޞިއްޔަތެކެވެ. އެންމެންނާވެސް ގުޅޭނެއެވެ. އެހާ އެކުވެރިވާނެއެވެ.
އޭނާ ވަޒީފާއަދާކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައެވެ. މިކަމުގެ ސަބަބުން އޭނާގެ ރީތިކަން ފެނިގެންދަނީ ވަރަށް ތަރުތީބުކޮށް، ޤަދަރާއެކުގައެވެ.
އަހަރެން އޭނާ ހިނގާލާ ގޮތް ދެކޭހިތްވިއެވެ. އެއަތުގައި ހިފާލަން ބޭނުންވިއެވެ. އެކަމަކު މިލޯބީގެ މެދުގައި މިވަނީ ކަނޑުގެ ބޮޑު ފާރެއް ލެވިފައެވެ.
މި ދެރަށާއި ދެމެދު ދަތުރު ފަތުރުގެ ނިޒާމުތައް ހުޅުވާލެވިފައެވެ. ވައިގެ ދަތުރުފަތުރާއި ކަނޑުދަތުރުފަތުރުގެ މަގުތަކެވެ. އެހެނަސް އެއީ، އަހަރެންނާއި އޭނާއާ ދެމެދު އޮތް ހިލޭ ދުރުކަން ކުޑަކޮށްލެވޭނެ އެއްޗެއް ނޫނެވެ.
އަހަރެންނާއި އޭނާއަށް އޮތީ ހަމައެކަނި “ސްކްރީނުތަކުގެ” ތެރެއިން އެކަކު އަނެކަކަށް ބަލާލައި ފުއްދާލުމެވެ. އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހި، ހޫނު ބަސްތައް ބުނި ނަމަވެސް، އަހަރެންނަށް އިހުސާސް ކުރެވެނީ އެއީ ހުސްކަމެއްގެ ތެރެއިން އަންނަ އަޑުތަކެއް ކަމެވެ. އެހާ ދުރުގައި އުޅޭތީ، ހަމައެކަނި ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ވަރަށް ބޮޑު ވޭނަކަށް ވެއެވެ.
މި އުޅެވެނީ އެހާ ދުރުގައިގައެވެ. އެހެންކަމުން ހަމައެކަނި ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ވަރަށް ބޮޑު ވޭނަކަށް ވެއެވެ. އަހަރެމެންގެ ހިތްތައް ގުޅިފައިވީ ނަމަވެސް، މި ދުރުކަމުގެ ވޭނާއެކު އަހަރެމެންނަށް ހިތްހަމަޖެހުމެއްނެތެވެ.
ލޯތްބަކީ ހަމައެކަނި ހިތަށް އަންނަ އަސަރެއް ނޫނެވެ. އެއީ އިންސާނާގެ ވުޖޫދަށް އަންނަ ރޫޙާނީ ބަދަލެކެވެ. އެއީ ހިތްވަރެކެވެ. ދިރިއުޅުމުގެ އާ އުންމީދެކެވެ. މި އުންމީދުގެ އަލިކަން އަހަރެންނަށް ދައްކުވައިދިނީ ހަމަ
އޭނާއެވެ. އާއެކެވެ. ލޯތްބަކީ އަސަރުގަދަ ޖަޒުބާތެކެވެ. އަހަންނަށް ލޯބިވާން ދަސްކޮށްދިނީ އޭނައެވެ. ލޯބީގެ ފޮނިކަމާއި ތަޒާކަން އުނގެނުނީ އެ އޯގާތެރި އަޑުންނެވެ.
ދުވަސްތައް ހަފްތާތަކަށްވެ ހަފްތާތައް މަަސްތަކަށް ވަމުންދިޔައެވެ. ދުނިޔެ ދާމަގުން ހިގަމުން ބާރު އަޅަމުންދިޔައެވެ. އެކުގައި ހަތަރުމަސް ފާއިތުވެއްޖެއެވެ. ވަކިނުވެވޭ ވަރަށް ދެ ހިތް ގުޅިލާމެހި، އިންތިހާ ލޯބިވެއްޖެއެވެ.
ލޮލާއި ބޮލުން މިގުޅުމަށް އެއްބަސް ވެވިއްޖެއެވެ. އެއީ އަަހަންނަން އެންމެ ރަނގަޅުވާނެ ބައިވެރިޔާއެވެ. މިހަޔާތް ރޯސަންކޮށްދޭނެ އަލިކަމެވެ. އެކަނިވެރިކަން ފިލުވައިދޭނެ ނަސީބެވެ. އެކުވާން ވަޢުދުވެވުނެވެ. އަތާއެއް ޖެހުނެވެ.
އެކަމަކު ކަންތައް ބަދަލުވީއެވެ. ހަމަ ކުއްލިގޮތަކަށް ވަކިވާން މަޖުބޫރުވީމެވެ. އަހަރެންގެ މަންމަ މާބޮޑަށް ބަލިވީއެވެ. އެހެންވުމުން ރަށުން ބޭރު ކުއްޖަކާއި އިނުމަށް އާއިލާ ދެކޮޅު ހެދިއެވެ. މިގުޅުމަށް އިންކާރުކުރިއެވެ.
އެކަން ޤަބޫލުކުރަން އަހަރެންނަށް އިންތިހާ ދަތި ވިއެވެ. އަހަރެންގެ ހުރިހާ އުފަލެއް އޭނާއާއި ގުޅިފައިވުމުންވެ. އެކަމަކު ދެކޭށެވެ. މިހާރު އަހަރެމެންގެ ލޯބީގެ މެދުގައި މިވަނީ ހަމައެކަނި ކަނޑުގެ ބޮޑު ފާރެއް ނޫނެވެ. އާއިލާގެ ބާރުވެރި ނިންމުމެއްގެ ފާރެއްވެސްމެއެވެ.
ދެރަވާނެ ކަން އެނގުހުރެ ބުނީމެވެ. އޭނާގެ ޖަވާބު ލިބުނެވެ. އެއީ ކުރިން ލިބުނު ފަދަ އާދައިގެ ޖަވާބެއް ނޫނެވެ. އޭނާ ލިޔެފައިވާ ބަސްކޮޅު ފެނުމުން، އަހަރެންގެ ހިތް ތެޅިގަތެވެ. އޭނާގެ އަޒުމް ވަރަށް ސާފުކޮށް ހާމަވިއެވެ.
“ދެން ކީއްކުރާނީ ދޯ. މިނޫންގޮތެއް ނެތް ހަމަ. އެކަމަކު އަދިވެސް އުންމީދުކުރޭ. މިހިތަށް ޔަޤީންކަން ވޭ.” އޭނާ ބުނެލިއެވެ.
އެ އުންމީދުގެ އަޒުމާއެކު އަހަރެން ދެ ލޯމަރާލީމެވެ. ކޮންމެ ހާލެއްގައިވެސް ކެތްކުރަން އަޒުމުކަނޑައެޅީމެވެ.
ދެއަތް ތުރުތުރު ލަމުންދިޔައެވެ. މަޑުމަޑުން ދޫ ހަރަކާތް ކޮށްލިއެވެ. އެނަން ކިޔެން އުޅުނެވެ. “ނިހާ…” އެހެންނަމަވެސް ފުރިހަމައެއް ނުކުރެވުނެވެ. މާބޮޑަށް ހިތަށް އަސަރުކުރިއެވެ.
އެއީ އަހަރެންގެ އަލަތު ލޯތްބެވެ. އެންމެ ލޯބިވި ޒުވާނާއެވެ.
ނިމުނީ
(ލޯބިވާ ކިޔުންތެރިންނަށް)
މި ވާހަކަ ލިޔެފައި މިވަނީ ފުރަތަމަ މިހާގެ ނަޒަރުންނެވެ. ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތެވެ. އެއީ އަންހެނެކެވެ. އެ ޒުވާނާއަކީ ފިރިހެނެކެވެ.
ވާހަކައިގައި އުޅޭ ޒުވާނާގެ ނަން “ނިހާ…” ފުރިހަމައެއް ނުވެއެވެ. ކިޔުންތެރިންނަށް އެ ޒުވާނާގެ ނަން ދިމާކުކޮށްލެވޭނެބާއެވެ؟ އެ ނަމަކީ ކޮބައިބާއެވެ؟
25 Comments!
Comments are closed.






Nihaal ❤️
(Nai_73) Thank you hope you like this story
He’s name is not nihaal 🫶🥰
Try many names
Nihaan
(Nan nukiyaa) thank you i hope you like this story
He’s name is not nihaan 🫶🥰
Nihaz
Niham
Thank you Nai_73 🫶🥰
Eba rangalhu vey 🫣
Nihaadh
(Mysterious girl) Thank you I hope you like this story
He’s name is not nihaadh 🫶🥰
Kairee kurey eba
Nihab
Nihash
Nihaf
Nihag
Nai-73
Fahuakuruge massala miulheynee hama
Vrh kairee kurey eba 🫶🥰
Nihaaz
މި ވާހަކަ ރީތިވި ކަމަށް އުންމީދުކުރަން
ދެކުއްޖަކު ރަނގަޅު ޖަވާބުވެސް ދީފި
ވަރަށް އަވަސް މުސްތަޤުބަލެއްގައި ތި ދެކުދިންނަށް ހާއްސަކޮން ރީތި ވާހަކައެއް ލިޔެދޭނަމެވެ.
(ޝުކުރިއްޔާ (ސީވިއު
🫶🥰
Nihaar
Nihaak
I hope you like this story
(Seaview) thank you 🥰🫶
Isnaa dhen rangalhu Javaabu buney Mihaaru konmes dhe kuhjakah guess kurevihje eyy thibunee 🤗❤️
Alhugandu mirey group ga javaabu bunaanna IA 🫶🥰
Group ah join kohllavaa ❤️😊
Nai_73
Mi group thr?
No insta page ga ihnaane alhuganduge vaahaka thakuge information dhey group eh
Join kohllaa 🫶🥰
Nai_73
Group link
https://ig.me/j/AbZCfy0lWPqy4kTX/
Group ah join kurevey kudhin
Join kohllane kamah ummeedhu kuran 🫶🥰😊
Mi group ga liyelabala
Ni_haaz 🥰🫶
Nayyu thank you 😊
Mi group ga liyeleema alhugadah ves fehnaane
Ni_haaz 🥰🫶
Aisherr thank you 😊
Alhugadu dhw rangalhu Javaabu dhinee ehme furathama yaya🤓🤓❤️
Labba
Congratulations Nai_7
Next Saturday ga hadhiyaa eh libeyne IA
Reethi vaahaka eh 🥰🫶