Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަނުހޭ ގާތުގާ- ތޭރަވަނަ ބައި

ފަޒޫ Level 310 Stories100 Login
January 1, 2026 10 Mins Read
2 Comments

“ދެން.. ދޮންތާ.. ތިވާހަކަ ނުދައްކަބަލަ.. އަހަރެން ހާދަ ހާސްވެޔޭ..” ކޮލެޖް ނިންމާފައި އައިސް އާއިލާއަށް ގުޅައިގެން އިން ޢަމާރާގެ މޫޑު މުޅިން ބަދަލުވެލީ ކައިވެނީގެ ވާހަކަ އަމީނާ ދެއްކުމުންނެވެ. “އެ ތެދެއް ދަރިފުޅާ.. މިހާރި ތިވާހަކަވެސް ދެއްކިއްޖެ އެއްނު ލައްކަ ފަހަރު.. އިމްތިހާން މިހާ ކައިރި ވެފައި ވަނިކޮށް އެމަންޖެ ހާސް ނުކޮށްބަލަ…” އެވަގުތު ފަހަތުން ވިސާމާ ބުނެލިއަޑު އިވުނެވެ. މަންމައަށް އޭނާގެ އިހްސާސްތަށް ދެނެގަންނަން އެނގުމުން ޢަމާރާ ވަރަށް އުފާވިއެވެ.

“ދޮންތާ.. އަހަރެންވެސް ތިވާހަކަ ދައްކަން ބޭނުން.. އެކަމަކު މިހާރު އަދި ވަރަށް ޖެހިލުންވޭ… އިކާން އެބައުޅޭ ތިކަމާ.. މަޑުމަޑުން… ” ޢަމާރާ ހިނިތުންވެލަމުން ބުނެލިއެވެ. އަމީނާވެސް ހިނިތުން ވެލާފައި މައުޟޫ ބަދަލުކޮށްލިއެވެ. ކުދިވެރިންގެ މަޖަލާއި ވާހަކަ ތަކުން އެންމެންވެސް ކައިވެނީގެ ވާހަކަ މަތިން ހަނދާން ނެތުނެވެ.

އިމްތިހާން ފެށިގެން ކުރިޔަށް ދިޔައިރު އިކާންގެ ލޮލަށް ޢަމާރާ ފެނިވެސް ނުލައެވެ. އެއީ އެހެން އިމްތިހާން ތަކުގައިވެސް ހަމަ ޢަމާރާގެ އާދަކަމުން އިކާން މާ ވަރަކަށް އެކަމާ އަޅައެއް ނުލައެވެ. އެހެން ވިޔަސް ބަރާބަރަށް ޢަމާރާއަށް މެސެޖްކޮށް ގުޅާ ހަދައެވެ. ޢަމާރާ ބެނުންވާ އެކި މައުލޫމާތު ތަކާއި އެއްޗެހި އިކާން ޢަމާރާއަށް ފޯރުކޮށްދެއެވެ.

“ކެން… އިޓްސް ޑަން.. ލެޓްސް މީޓް..” އިމްތިހާން ހޯލުން ނުކުތް ގޮތަށް ޢަމާރާ މެސެޖް ކޮށްލީ އިކާންއަށެވެ. އިކާންގެ ފޯނަށް މެސެޖް ލިބުމާއެކު އިކާން ތެދުވީ ޢަމާރާގެ ކައިރިއަށް ދާށެވެ.

“ލަވް… ލެޓްސް ގޯ ބެކް…” ޢަމާރާގެ ކައިރިއަށް އައިސް ހުއްޓުނު އިކާންގެ ދުލުން ފުރަތަމަވެސް ނުކުތީ ރާއްޖެދާ ވާހަކައެވެ. ޢަމާރާއަށް ހީނލެވުނެވެ. “ސާބަސް އިކާން.. ހަމަ އެހާ އަވަހަށް ދާން ބޭނުން ވަނީ؟” އިކާންގެ ކޮލުގައި ލޯބިން ޖަހާލަމުން  ޢަމާރާ ބުނެލީ ހިނިތުން ވެލައިގެން ހުރެއެވެ.

“އާން.. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން މިހާރު މިވަގުތުވެސް އޯކޭ..” ޢަމާރާގެ އަތުގައި ހިފާލައިގެން ގޮސް ކުތިމަތީ ހުރި ކެފޭގެ ތެރެއަށް ވަންނަމުން އިކާން ބުނެލިއެވެ. ޢަމާރާ ހޯދަމުން އައި ރިދާއަށް އެދެމީހުން ފެނުމުން އަލުން އެނބުރި ކޮލެޖް ތެރެއަށް ވަނީއެވެ.

“ހެހެ.. ދެމަސް އެބައޮތް.. ދެމަހުން ކައިވެނި ނުކުރެވޭނީ؟” ގޮނޑީގައި އިށީންނަމުން ޢަމާރާ ބުނެލިއެވެ.

“ކައިވެނި ކުރެވޭނެ.. އެކަމަކު އަހަންނަށް ދެމަސް މަދު…” ޢަމާރާއާ ދިމާއަށް ގުދުވެލާފައި އިކާން ބުނެލިއެވެ. އެ ތުންފަތުގައިވީ ލާނެއް ހިނިތުންވުން ފެނިފައި ޢަމާރާއަށް އަނގައަށް ގޮތެއް ހަދާލެވުނެވެ.

“އިކާން.. ދެން.. ނޫޅެން ވާހަކަ ދައްކާކަށް..” އިކާންގެ ކޮނޑުގައި އަޅާ ކޮށްޕާލަމުން ޢަމާރާއަށް ބުނެލެވުނެވެ. އިކާން މަޑުމަޑުން ގޮނޑީގައި އިށީންއިރުވެސް އެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ނުދެއެވެ.

“އަސްލުއޭ.. 2 މަސް ވަރަށް މަދުވާނެ ކައިވެންޏަކަށް.. ބައިވަރު ތައްޔާރީތަށްވެސް ހުންނާނެ ކުރަން.. މާރާއަށް އެނގެއެއްނު.. އަހަންނަށް ހަމަޖެއްސިދާނެ މިކޮޅުން އަވަހަށް ފުރޭނެ ގޮތެއް.. ” އިކާން ސީރިއަސް ވެލަމުން ޢަމާރާގެ އަތުގައި ހިފާލާފައި ވާހަކަ ދެއްކިއެވެ. އިކާން ބުނާހެން އެއީވެސް ތެދެކެވެ. ކައިވެންޏަކަށް ޓަކައި ކުރަންޖެހޭ ތައްޔާރީތަށް ޢަމާރާއަށް ހުރީ ވަރަށް ގާތުން ފެނިފައެވެ. މާލޭގައި ކައިވެނި ކުރަން ނިންމާފައި ވީނަމަވެސް ކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެއެވެ. ރަށުގައި ތިބި މީހުންވެސް މާލެ ގެނައުމަކީ ކުރަންޖެހޭ ކަމެކެވެ.

“ހޫމް.. ކެން ވާހަކަ ދައްކަބަލަ.. އަހަރެން ދާން ތައްޔާރުވާނަން…” ވެއިޓަރު އައިސްފައި ދިއުމުން ޢަމާރާ ބުނެލިއެވެ. އިކާން ވީ އުފަލާއިއެކު އިތުރަށް ލަސްކުރުމެއްވެސް ނެތި ފޯން ނެގުމަށްފަހު ކޮލެޖްގެ ޕްރިންސިޕަލްއާ ގުޅާ ވާހަކަ ދެއްކިއެވެ. ކުރީ ފަހަރާ ހިލާފަށް މިފަހަރު ޕްރިންސިޕަލް އޯކޭ ކުރެވުނީ ތަންކޮޅެއް ގިނަ ވާހަކަ ދައްކައިގެންނެވެ. އިކާން ކޮލެޖްގައި ނޫޅޭތީ ވީ ދައްޗެއް ކަމުގައި ވިޔަސް އިރުކޮޅެއް ވީއިރަށް ހުރިހާ ކަމެއް ހަމަޖެހުނެވެ.

“އިޓްސް ޑަން.. ލެޓްސް ޓޭކް ޓިކެޓްސް. ފޯނު ކުރުމަށް ދުރުގައި ހުރެފައި އައިސް ޢަމާރާގެ ކައިރީ އިށީންނަމުން އިކާން ބުނެލީ ފުޅާ ހިނިތުން ވުމަކާ އެކުގައެވެ. އެ ހިތަށް ލިބިފައިވީ ހިތްހަމަ ޖެހުމާއި އެކު އެކަން މޫނުންވެސް ފާޅުވާން ހުއްޓެވެ.

އެންމެ އަވަހަކަށްވެސް ޓިކެޓެއް ލިބުނީ 2 ވަނަ އަށްވީ ދުވަހަށެވެ. ޢަމާރާގެ އެދުމުގެ މަތިން ރިދާވެސް މިފަހަރު ރާއްޖެދާން ތައްޔާރުވިއެވެ. އެހެން ނަމަވެސް ކައިވެނީގެ ކަންތައްތައް ނިމޭއިރަށް އޭނާގެ އެނބުރި ކެނެޑާ ދާނެކަމަށް ބުންޏެވެ. އެވަރުވެސް ޢަމާރާއަށް އޯކޭއެވެ. ޢަމާރާގެ އެންމެ ގާތް ދެ ރަހުމަތްތެރިން ނަށް ކައިވެނީގައި ބައިވެރި ވެވޭނެތީ އުފާކުރިއެވެ.

އިކާންއާއި ޢަމާރާ ރާއްޖެއައީ ދެފަރާތު އެއްވެސް އާއިލާއަކަށް އެނގުމަކާ ނުލައެވެ. އެންމެ ފުރަތަމަވެސް ދިޔައީ އިކާންގެ ގެއަށެވެ. އެއާއިއެކު އެގޭތެރެއަށްވެސް ހީވީ އީދެއް އައިސްގެން އުޅުނުހެންނެވެ. ދުވަސްގަނޑެއް ފަހުން ފެނުނު ކަމުގައި ވިޔަސް ނާއިކްއަށް ޢަމާރާ އެނގުނެވެ. އެގޭގައި ރިދާއާއި ޢަމާރާ މަޑުކުރަން ނިންމިއެވެ. އެގޭގައި ހެނދުނާއި މެންދުރު މަޑުކުރުމަށްފަހު އިކާންއާއިއެކު ހުޔާގެ ގެއަށް ދިޔައީ ރިދާވެސް ގޮވައިގެން ހަވީރުއެވެ. އެ ގަޑިއަކީ އާންމުކޮށް ހުޔާ ދަރިފުޅު ގޮވައިގެން ގެއަށް އައިސް އުޅޭ ވަގުތު ކަމުން ގޭތެރޭގައި އެންމެންވެސް އުޅޭނެކަން ޢަމާރާއަށް އިނގެއެވެ.

“ބެސްޓީ..” ގޭގެ ދޮރުން ވަތްގޮތަށް ޢަމާރާއަށް ބުނެލެވުނީ ސިޓީންގރޫމް ތެރެއިން ހުޔާ ފެނުމުންނެވެ. “މާރާ.. މައި ބެސްޓީ.. މައި ސިސްޓާރ..” މަންމަގެ އަތަށް ދަރިފުޅު ދިނުމަށްފަހު ހުޔާ އައިސް ޢަމާރާގެ ގައިގަ އޮޅުލައިގަތެވެ. ޖަޒުބާތީ ވެގެން ދެމީހުންނަށްވެސް ރޮވުނެވެ.

“ދަރިފުޅާ.. ދެން އެމަންޖެ ގައިން ދޫކޮށްލާފަ އެމީހުން އެތެރެއަށް ވައްދަންވީނުން…” މާމަ ދެދަރިން ދެއަތުން ހިފާލައިގެން ދެފައިމަތީ ބައިންދައިގެން އިނދެ ސީމާ ބުނެލިއެވެ. ހުޔާ ދޫކޮށްލުމާއެކު ޢަމާރާ އަވަސްވެލީ އެންމެންނަށް ރިދާ ތައާރަފް ކޮށްދިނުމަށެވެ. ސުމާ އާއި ހުމާ އައިސް ރިދާއާ ވާހަކަ ދެއްކުމުގައި އުޅުނުއިރު ޢަމާރާ ހުޔާގެ ދަރިފުޅު ލުޢައި އުރާލިއެވެ. ކިތަންމެ ލޯބިކޮށްލާ ހިތުން އިން ކަމުގައި ވިޔަސް ލުޢައި ރޯން ފެށުމުން ޢަމާރާއަކަށް އުރައިގެން އިންނާކަށް ނުކެރުނެވެ. އެތަންފެނި އިކާން ހޭންފެށިއެވެ.

“މިހާރު ކިހިނެއްވީ..” ބަލަހައްޓައިގެން އިން ކަމުގައި ވިޔަސް ސުވާލު އައީ ހުޔާގެ ފަރާތުންނެވެ.

“އަހަރެން ފެނިގެން ނާއިކް އުޅުނުގޮތް ހިތަށް އެރީ.. އަހަންނާ ފްރެންޑް ނުވެފަ މާރާއާ ފްރެންޑް ވީމަ ހާދަ ދިމާ ކުރިއޭ.. މިއަދު މިއޮތީ އެދުވަސް އައިސްފައި..” ހެމުން އެހެން ބުނަމުން އިކާން ލުޢައި އުރާލަން އަތް ދިއްކޮށްލިއެވެ. އިކާން ކައިރިއަށް ނައި ތާނގައި ލުޢައި އިތުރަށް ބާރަށް ރޯންފެށީއެވެ. އެތަންފެނި އެންމެން އެއްފަހަރާ ހޭންފެށުމުން އިކާން ރަކިވިއެވެ. އެވަގުތު ހާނިމް އެތަނަށް އައުމުން އިކާން ތެދުވެގެން ބޭރަށް ދިޔައީ ހާނިމްއާ އެކީގައެވެ.

ދިވެހިން ދައްކާ ގިނަ ވާހަކަތަށް ރިދާއަށް ނޭނގުނުކަމުގައި ވިޔަސް އެގޭތެރެއިންވެސް ރިދާ އެކަނިވިޔަކަ ނުދެއެވެ. ރިދާއަށް ހީވަނީ އަމިއްލަ ގައުމަށް އަމިއްލަ އާއިލާ ކައިރިއަށް ދެވިގެން އުޅޭ ހެންނެވެ. ސުމާއާއި ހުމާ ހީނހީނފައި ރިދާއާއި އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ. ކެނެޑާގެ ވާހަކަތަށް އަހާ އޮޅުންފިލުވިއެވެ.

“ކޮބާ ސާޔާ..؟ މިހާއިރު ވީއިރުވެސް ނުފެނޭ…” ހާނިމްގެ ދަރިފުޅު ނޫހް އުރާލައިގެން އިނދެ ޢަމާރާ އަހާލުމާއެކު އެންމެންގެ އަޑު ކެނޑިގެން ދިޔައެވެ. މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. ސީމާގެ އުފާވެރި މޫނު މޮޅިވެރިކަމަށް ބަދަލުވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެހާއިރު ވަންދެން ހުރިހާ އަންހެން ވެރިން ތެރޭގައި ސަކަރާތް ޖަހަން އިން ހާޒިމްވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ސީމާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެލިއެވެ.

“ހުޔާ.. ބުނެބަލަ.. ކޮބާތަ ސާޔާ…” އެންމެންގެ މޫނަށް ވެރިވި މޮޅިވެރިކަން ފެނިފައި ޢަމާރާއަށް ދެވަނަ ފަހަރަށްވެސް ނާހާ ނީނދެވުނެވެ. “އާދެބަލަ..” ޢަމާރާ އަތުގައި އިން ނޫހް ނަގާ ނުހާ އަތަށް ދެމުން ހުޔާ ބުނެލިއެވެ. އަދި ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ފަހަތުން ޢަމާރާވެސް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. ހުޔާގޮސް ހުޅުވާލީ ކައިވެނީގެ ކުރިން ހުޔާ އުޅުނު ކޮޓަރީގެ ދޮރެވެ. ޢަމާރާއަށް އެތެރެއަށް ވަދެފައި ހުއްޓިލެވުނީ ފެނުނު މަންޒަރަކުންނެވެ. ދެލޯ ބޮޑުކޮށްލާފައި ހުޔާއާ ދިމާލަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

ކޮޓަރީގެ ކަނެއްގައި ކަހަލަ ގޮތަކަށް ހުރި ސިންގަލް އެނދުގެ މަތީގައި 8 މަހުގެ ބަނޑާއިއެކު ސާޔާ އިނީ ހިޔާލަކަށް ގެއްލިފައެވެ. އެ މޫނުގައި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. ކުރިޔާ ހިލާފަށް ހަށިގަނޑު ނިކަމެތިވެފައި ވިއެވެ. ދެލޯ ވަޅުވަދެ ދެލޮލުގެ ކައިރި ހުރީ ކަޅުވެފައެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ސާޔާ ބަލާލީ އުއްމީދާ އެކުގައެވެ. ދޮރާ ދިމާލަށް އައި ކަމުގައި ވިޔަސް ފައިގައި އަޅުވާފައި އިން ޗޭނުގަނޑަށް ބާރުވުމުން އާދެވުނީ ކޮޓަރީގެ މެދަކާ ހަމައަށެވެ.

“ރިޔާން އައީތަ.. ދައްތާ ކޮބާ ރިޔާން.. އޭނަ ބުންޏޭ އަންނާނަމޭ.. ކީއްވެތަ ނައީ.. ދޮގު ހަދަނީ.. ކަލޭމެން ދޮގު ހަދަނީ.. އަހަންނަށް އޭނަ ނުދައްކާން ވެގެން ތި އުޅެނީ…” ސާޔާގެ ދުލުން ނުކުތް ބަސްތަކާއެކު ޢަމާރާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ރިޔާންގެ ނަން އިވުމާއެކު ޢަމާރާގެ ބޮލުގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ.

“ކިހިނެއް.. އެއީ އެ…އެ ރިޔާންތަ.. ކިހިނެއް ވީ.. ހުޔާ.. މީ ކޮންއިރަކު ވީ ކަމެއް.. އަދިވެސް އަހަރެންނަށް ކިޔައިދޭވަރު ނުވަނީތަ؟” ކޮޓަރިން ނުކުތް ގޮތަށް ހުޔާގެ ކޮނޑުގައި ހިފާ ތަޅުވައި ގަންނަމުން ޢަމާރާއަށް ބުނެވުނީ ބާރަށެވެ. އޭރު އޭނާއަށްވެސް ހުރީ ރޮވިފައެވެ. ހުޔާ ރޮމުން ކޮޓަރި ދޮރު ކައިރިއަށް ތިރިވިއެވެ. ޢަމާރާ އޭނާގެ ކައިރީ އިށީނެވެ.

ހުޔާ ކިޔައިދޭންފެށީ 2 އަހަރު ކުރީގެ ވާހަކަ ތަކެކެވެ. ޢަމާރާ ކިޔެވުމަށް ފުރި ފަހުން 3 ވަނަ އަހަރުގައި އޮފީހުގައި ދިމާވި ހާދިސާ ތަކެކެވެ. ސާޔާއަށް 18 އަހަރު ވީއިރަށް އެ އޮފީހަށް ވަޒީފާއަށް ވެއްދި ވާހަކައަކީ ޢަމާރާއަށްވެސް އިނގޭ ވާހަކައެކެވެ. އޭގެ ފަހުން އޮފީސް ތެރެއިން ރިޔާންގެ މައްސަލައެއް ފެނިގެން އެޗް. އާރަށް މައްސަލަ ޖެއްސީ ހުޔާއެވެ. “ވަޒީފާއަށް ނެރެމުންވެސް ރިޔާންގެ ހަޤީޤަތް ސާޔާއަށް ކިޔައިދިނިން. އެހެން މީހަކު ނުހެއްލުނު ކަމުގައި ވިޔަސް ރިޔާންގެ ދޮގު ވާހަކަތަކާއި ފަށުވި ބަސްތަކުގައި ސާޔާ ޖެހުނީ. ވަރަށް ފަސޭހައިން. އޭނާގެ ޅަ ސިކުނޑިއަސް ނުވިސްނުނީ. އަހަރެންގެ ނުރުހުމާ ކުރިމަތި ވުމުން ރިޔާންއާ ސާޔާ ވާހަކަ ދައްކަމުން ދިޔައީ ސިއްރުން. ގިނަ ދުވަސް ތަކަކަށް އެ ގުޅުން ކުރިޔަށް ގެންދިޔުމަށް ފުރުސަތު ލިބުނީ އަހަރެން އޮފީހުން ވަކިވި ހިސާބުން. އެހިސާބުން އަހަންނަށްވެސް އޮފީހުގައި ރިޔާން އުޅޭކަން ހަނދާންވެސް ނެތުނީ. ސާޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން ފުރަތަމަ ފާހަގަވީ ހާޒިމްއަށް. ހާޒިމްއަށް ހުރީ ގޭދޮށުން ސާޔާ ގޮވައިގެން ސައިކަލުގައި ރިޔާން ދަނިކޮށްވެސް ފެނިފަ. އެކަމަކު ރިޔާންއަކީ ކާކުކަމެއް ހާޒިމްއަކަށްވެސް ނޭނގޭނެ އެއްނު. އޭގެފަހުން މަންމަމެންގެ އެދުމުގެ މަތިން ސާޔާ ނިންމީ ރިޔާން ގެއަށް ގެނެސް އެންމެންނާ ބައްދަލު ކުރުވަން. އެވާހަކަ ދެކެވުނު ހިސާބުން ރިޔާން ދުރުވެ، ސާޔާއާ ވާހަކަ ދެއްކުންވެސް ހުއްޓާލީ. އޮފީހުން ކެނޑިގެން އެހެން ތާކަށްވެސް ބަދަލުވީއިރު ނަމްބަރުވެސް އޮތީ ބްލޮކް ކޮށްފަ. އެންމެންގެ ނަސޭހަތުން ސާޔާ ވިސްނީ ރިޔާން މަތިން ހަނދާން ނައްތާލަން.. އެހިސާބުން އަހަންނަށްވެސް އެނގުނީ އެއީ އެ ރިޔާންކަން.. އެކަމަކު އޭރު މާ ލަސް ވެއްޖެ.. ސާޔާއަށް އޭނާގެ ބަހައް ހެއްލެވިގެން އެ ކުރެވުނު ނުބައި ކަންތަކުގެ ނަތީޖާ ފާޅުވީ އެހިސާބުން… ސާޔާ ހޭނެތުމުން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓް ތަކުން އެނގުނީ ބަނޑުބޮޑުކަން. އެ ޝޮކްގައި ހޮސްޕިޓަލްގައި އޮށްވާ އެތަނަށް ގެނައީ ރިޔާންގެ އަންހެނުން.. ވިހަން ވެގެން.. އަހަރެން އޭނާއާ ދިމާއަށް ދާންވެސް ބޭނުންވި.. އެކަމަކު އޭރު ސާޔާއަށް ފެނުނު މަންޒަރުން ލިބުނު ޝޮކްގައި މުޅިން ބުއްދި ގޯސްވެގެން ގޮއްސި…” ރޮމުން ރޮމުން ޢަމާރާގެ ގައިގަ ބައްދައިގެން އިނދެ ހުޔާ ވާހަކަ ދެއްކިއެވެ. އޭނާއަށް ވަނީ ގިސްލެވޭ ވަރުވެފައެވެ.

“ހުއްޓާލާ ހުޔާ.. ރިޔާން ކުރި ކަންތަކުގެ އަދަބު ރިޔާންއަށް ލިބޭނެ. ބަދުނާމު ވާނެއޭ ހިތާފައި މައްސަލަ ނުޖައްސާވެސް ތިބޭނެކަމެއް ނެތް.. ޑީ.އެން.އޭ ހަދައިގެންވެސް ސާބިތު ކުރެވޭ ޒަމާން މިއީ..” ހުޔާ ކޮޅަށް ނަގާ ސިޓިންގރޫމާ ދިމާއަށް ހިނގައިގަންނަމުން ޢަމާރާ ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ. އޭނާގެ ޝަކުވާއަކަށްވީ އެކަންތަށް ފެށުނު ހިސާބުން ޢަމާރާއަށް ނާންގާ އޮތީތީއެވެ. ހުޔާވެސް ދެއްކީ ގަބޫލު ކުރެވޭފަދަ އުޒުރެކެވެ. އެހާ ދުރުގައި ކިޔަވަން ހުއްޓާ އެކަހަލަ ވާހަކަ އަކުން ޢަމާރާގެ ކިޔެވުމަށް ދަތިތަކެއް ކުރިމަތި ވެދާން ނޭދޭ ކަމަށް ބުންޏެވެ.

އެރޭގެ 8 ޖެހުމާ ގާތްވެފައި ވަނިކޮށް ޢަމާރާއާއި ރިދާ ގޮވައިގެން އިކާން ގެއަށް ދިޔައިރު ކާރުތެރޭގައިވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހުޔާގެ ކުރިމަތީ ކިތަންމެ ހިތްވަރު ކުރި ނަމަވެސް ޢަމާރާ މިހާރު އިނީ ރޮވޭވަރުވެފައެވެ. ކިތަންމެ ފަހަރަކު ދުނިޔެ މައްޗަށް ރިޔާން ބޭޒާރުވޭތޯ ހިތުން ދުޢާވެސް ކުރެވިއްޖެއެވެ. ފަހަތު ސީޓުގައި ރިދާވެސް އިނީ އެގޭގައި ވީކަމެއް ބަލަން ބޭނުންވި ނަމަވެސް އަހާލަން ނުކެރިފައެވެ. ހުޔާ ރުއި ގޮތުން ވެގެން އުޅުނީ އާދައިގެ ކަމެއް ނޫންކަން ރިދާއަށްވެސް ނަގައިގަނެވެއެވެ.

“ލަވް.. ކިހިނެއްތަވީ.. އަދިވެސް ކިޔާދޭކަށް ނުވޭ…؟” އުސްފަސްގަނޑު ކައިރިޔަށް ކާރު މަޑުކޮށްލަމުން އިނގިރޭސި ބަހުން އިކާން ސުވާލު ކޮށްލީ ރިދާވެސް އިނގެން ބޭނުންވެފައި އިންކަމަށް ބަލާފައެވެ.

“އައި ނީޑް ސަމް ފްރެސް އެއަރ..” ކާރުން ނުކުންނަމުން ޢަމާރާ ބުނެލިއެވެ. އޭނާއާ އެއްކޮން ކަހަލަ ގޮތަކަށް އިކާންއާއި ރިދާވެސް ފޭބިއެވެ. އުސް ފަސްގަނޑުގައި މޫދު ފެންނަ ހިސާބުގައި ގާގަނޑުމަތީ ޢަމާރާ ގޮސް އިށީނުމުން އިކާން ކައިރީ އިށީނދެލިއެވެ. އަނެއް ފަރާތުން ރިދާ އިށީނދެ ބަލާލުމުން ކަނތަށް ވީގޮތް ޢަމާރާ ކިޔައިދިނެވެ. ޢަމާރާގެ ހަޔާތުގެ ބޮޑު ބައެއް އެނގިފައިވާ ރިދާއަށްވެސް ރިޔާންއޭ ބުނެލުމުން ދަތް ވިކާލެވުނެވެ. ވާހަކަ ދައްކަމުން ގޮސް ޢަމާރާ ރޯންފެށުމުން އިކާން އޭނާގެ ގައިގަ ބައްދާލިއެވެ. އިރުކޮޅެއް ވަންދެން ރުއިމަށްފަހު ޢަމާރާ ހިމޭންވުމުން އިކާން ވާހަކަ ދެއްކިއެވެ.

“ޑޯންޓް ވޮރީ.. ހީ ވިލް ޓޭކް ދި ފުލް ރެސްޕޯންސިބިލިޓީ…” އިކާން ޢަމާރާގެ ބޮލުގައި ފިރުމާލަމުން ނިތްކުރިއަށް ދޮނެއް ދިނެވެ.

“ޔެސް.. ހީ ވިލްބީ ބެގިންގ ފޯ މަރސީ…” ރިދާ ޢަމާރާގެ އަތިގައި ހިފާލަމުން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.

ގެއަށް އައިސް ވަންތަނާ ނޫރާއަށް ޢަމާރާގެ ރަތްވެފައިވާ ދެލޮލާއި މޫނުމަތި ފާހަގަވެގެން ވާހަކަ ދައްކަން އުޅުނެވެ. އެކަން މަނާކުރީ އިކާންއެވެ. ޢަމާރާއާއި ރިދާ މައްޗަށް ފޮނުވާލުމަށްފަހު، ސޯފާގައި އިށީނދެލީ އެވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. މަންމައާއި ބައްޕަގެ އެހީވެސް އެކަމުގައި ބޭނުންވާނެ ކަމުގައި ބަލާފައެވެ. ރިޔާންގެ އަމަލުތަކުގެ ވާހަކަ ކިޔައިދިނުމުން ޖިހާދުވެސް ވަރަށް ހިތްހަމަ ނުޖެހުނެވެ. އެކަމާ ގުޅުވައިގެން އިކާންއަށް ނަސޭހަތްވެސް ދިނެވެ. އޭނާއަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. އިކާންދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ޖެހިގެން އައި ދުވަހު ޢަމާރާ ރާއްޖެ އައިކަމަށް މަންމައަށް އެންގިއެވެ. އަދި ކައިވެންޏަށް މާލެ އަންނަންވީ ކަމުގައި ބުނުމުން އެންމެން ނަށް ގުޅައިގެން ވިސާމާ އެވާހަކަ ދެއްކިއެވެ. ހަފްތާއެއްގެ ތެރޭގައި އާސިމްގެ ޗުއްޓީވެސް ހަމަޖެހޭނެ ކަމުގައި ޢަމާރާއަށް އެނގިއެވެ.

މަންމަމެން އައުމުގެ ކުރިން ރިޔާންއާ ދެކޮޅަށް މައްސަލަ ޖެއްސީ އިކާންއެވެ. އެކަމަށް ހަމީދު އެއްބަސް ކުރުވުނީ ވަރަށް އުނދަގުލުންނެވެ. ޢަމާރާގެ މަސައްކަތުން ސާޔާއަށް ކައުންސެލިން ދެވެން ފެށުނެވެ. ކައުންސެލިން ދޭން ފެށިތާ 5 ވަނައަށްވީ ދުވަހު ސާޔާއަށް ކަންކަން އެނގެން ފެށީއެވެ. ރިޔާންގެ ބޭވަފާތެރިކަމާ އޭނަދިން އަނިޔާއެވެ. ކިތަންމެ ލޯބިވީ ކަމުގައި ވިޔަސް ރިޔާންއާ ދެކޮޅަށް ނިކުންނަން ބޭނުންވިއެވެ.

ފުރަތަމަ ދެކޮޅު ހެދި ކަމުގައި ވިޔަސް ޑީ.އެން.އޭ ހަދާ ވާހަކަ ދެއްކުމުން ރިޔާން ހުރިހާ ކަމަކާ އެއްބަސްވިއެވެ. މުޅި ދިވެހިރާއްޖެ ކުރިމަތީގައި ލައިވްކޮށް އެކަން ދެއްކިއެވެ. އެއީ ޖިހާދުގެ މަސައްކަތުން ކޮށްދިން ކަމެކެވެ. ރިޔާން ޖޫރިމަނާ އަކާއެކު ދުރު ރަށަކަށް އަރުވާލިއިރު ސާޔާއަށް ހުކުމް އައީ ވިހާ ގަދަވުމުން ހައްދު ޖަހާށެވެ. ރިޔާންގެ އެ ހަގީގަތާއިއެކު އޭނާގެ އާއިލާއިން އޭނަ ދޫކޮށްލިއިރު އަނބިމީހާވެސް ވަރިވެގެން ދަރިފުޅާއިއެކު އަމިއްލަ ރަށަށް ބަދަލުވީއެވެ.

ޢަމާރާގެ އާއިލާއަށް މާލެ އާދެވުނީ އެންގިތާ ދެވަނައަށްވީ ހަފްތާގައެވެ. ވިސާމާމެން މާލެ އައުމުގެ ކުރިޔަށް އިކާން ހުރީ އެންމެންނަށް ތިބެވޭވަރުގެ އެޕާރޓްމަންޓްއެއް ހިފާފައެވެ. އެއާރޕޯޓަށް އެމީހުން ބަލައި ދިއުމުގެ ކުރިން ރިދާއާއި ޢަމާރާ އެތަނަށް ބަދަލުކުރިއެވެ. ޢަމާރާގެ އާއިލާ އައުމާއިއެކު ކައިވެނީގެ ތައްޔާރީތަށް ފެށިގެން ކުރިޔަށް ދިޔައެވެ. ދެވަނައަށްވީ ދުވަހު ރަންކީއިރުގައި ކައިވެނި ކުރަން ހަމަޖެހުނީ 2016 ޖުލައި 27 ވަނަ ދުވަހުގައެވެ. އެއީ ދެމީހުންވެސް ބޭނުންވި ގޮތަށް އެމީހުން 5 އަހަރު ކުރިން އަލަށް ދިމާވި ދުވަހެވެ.

ކައިވެނި ހެދުން ޢަމާރާ ފެހީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. އިކާންވެސް އެކަމާ އެއްބަސްވިއެވެ. ހުދުކުލައިގެ ބޯލް ގައުން ހެދުމުގެ ތިރީބައި ހުރީ ޢަމާރާ ބޭނުންވި ވަރަށް ކުޑަކޮށްލާފައެވެ. ޓާޓަލް ނެކް އަކާއެކު ތުނި، ދިގު ލޭސް އަތެއް ލާފައި ވިއެވެ. އަތުގައާއި ހެދުމުގެ މަތީ ބައިގައި ފިޔަވާ އެއްވެސް ވިދުމެއް އެ ހެދުމުގައި އޭނާ ނުހިމަނައެވެ. އިކާން އެވަރަށް ކީއިރުވެސް ޢަމާރާ އިކާންއަށް ހެދުން ދައްކާވެސް ނުލައެވެ ހުރިހާ ކުލައެއް ހިމަނައިގެން ބުކޭ ތައްޔާރުކުރީ ތަފާތު ކޮށްލުމުގެ ގޮތުންނެވެ.

ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި އިކާން ހުރީ ހިތުގެ މަލިކާ ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސޯލްޓް ކެފޭގެ ޓެރަސްވަނީ އެކި ކުލަ ކުލައިގެ މާތަކުން ނާއި ފެއަރީ ލައިޓް ތަކުން ޖަރީ ކުރެވިފައެވެ. ކައިވެނި ކުރެވޭ ދެމަފިރިން ތިބުމަށް ހަދާފައިވާ ބެކްޑްރޮޕް ވަނީ ހިތެއްގެ ބައްޓަމަށް ހަދާ، މަލުން ފުރާލެވިފައެވެ. އެއީ އިކާންގެ ރަހުމަތްތެރިންގެ މަސައްކަތެވެ. އުމުރުން 32 އަހަރުވީއިރު އެ ގުރޫޕުގައި ކައިވެނި ނުކޮށް ހަމައެކަނި ހުރި މީހަކީވެސް މިހާރު އިކާން އެވެ. މިއަދު އެކަންވެސް ފުރިހަމަވެގެން ދާނެއެވެ. ކައިރީގައި ވާހަކަ ދައްކަން ހުރި ހާނިމްގެ އަޑު ކެނޑުމުން އިކާން އިސް އުފުލާލާ ބަލާލިއިރު އޭނާގެ ހިތުގެ މަލިކާ އަންނަތަން ފެނުނެވެ. އެއް ފަރާތުގައި ހުޔާ އަނެއް ފަރާތުގައި ރިދާ ހުރިއިރުވެސް އެ މޫނުމަތިން އުފާވެރިކަމާއެކު ހާސްކަން ފެންނަން ހުއްޓެވެ. ކައިވެނި ކޮށްދޭ މޭޒު ކައިރީ ޢަމާރާ ގެނެސް ބޭންދިއިރުވެސް އެ ހުރިގޮތަށް އިކާންއަށް ހުރެވުނީ ކަޅިޖަހާނުލާ ޢަމާރާއާ ދިމާއަށް ބަލާށެވެ.

“ބެލޭނެދޯ ފަހުންވެސް.. އިހަށް ލީގަލް ކުރަން ދޭބަލަ..” ކައިރިއަށް ހުއްޓިލަމުން އާދައިގެ މަތިން ހުމާމް ބުނެލިއެވެ. އިކާން ރަކިގޮތަކަށް ހީނލަމުން ގޮސް ޢަމާރާއާ ޖެހިގެން އިން ގޮނޑީގައި އިށީނދެލިއެވެ. ކުރިން ޢަމާރާގެ ފަހަތުން ދާން ބޭނުންވިޔަސް ހުމާމްގެ ވިސްނުމުގައި މިހާރު އެކަހަލަ ކަމެއް ނުވެއެވެ.

“ލަވް. ޔޫ ލުކް ހެވެންލީ. މައި ގޯޖަސް ވައިފް ޓު ބީ އިން ޓެން މިނެޓްސް..” އިކާން ޢަމާރާއާ ކައިރިއަށް ޖެހިލަމުން ސިއްރުން ބުނެލިއެވެ. ޢަމާރާގެ ހިތް ނުތަނަވަސް ވެފައި ވީނަމަވެސް ލަދުންގޮސް މީހާ ރަތްވިއެވެ. އަދި އިކާންއަށް ހީނލުމަށްފަހު “އިކާންވެސް ވަރަށް ހޭންޑްސަމްއޭ..” ބުނެލިއެވެ. ކައިވެނީގެ މަޖިލިސް ފެށިގެން ގޮސް ވަލީގެ ވާހަކަ ދެކެވުނު ވަގުތު ޢަމާރާގެ ލޯ ކަރުނުން ތެންމާލީ ބައްޕަގެ ހަނދާންތަކުންނެވެ. އެހެން ވިޔަސް އެންމެ ކައިރިން އިކާންގެ އެ ހީތެރިކަން އެވަގުތު ޢަމާރާއަށް ލިބުނެވެ. ލޯތްބާއިއެކު ކޯތާފަތް ފުހެލަދީ ކެތްތެރިވާން ނަސޭހަތް ދިނެވެ.

“އަނބި ގަބޫލުކޮށްފިން..” އިކާންގެ ދުލުން ބުނެލިމާއެކު ޢަމާރާއަށް ބަލާލިއެވެ. ދެމީހުންނަށް ބޭ އިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. “ވައިފީ..” “ހަބީ” ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލެވުނެވެ.

ކައިވެނި ޕާރޓީ ކުރިޔަށް ދިޔައިރު އިކާންގެ ރަހުމަތްތެރިންގެ ފަރާތުން ވަރަށް މަޖާ ކަންތައްތަކެއް ކުރިއެވެ. އެކި ކަހަލަ ސަހަރާތް ޖެހުމާއި ލަވަތަކަށް ނެށުމެވެ. އިރުއިރުކޮޅުން އިކާން ޢަމާރާގެ ރީތިކަމަށް ތައުރީފު ކޮށްލައެވެ. އެއިން ކޮންމެ ވަގުތަކުވެސް ޢަމާރާ ޝުކުރު އަދާ ކުރަމުން ހިނިތުން ވެލައެވެ. 18:30 ގައި ޕާރޓީ ނިމުނު ކަމުގައި ވިޔަސް މީހުންތަށް ގޮސް ހަމައެކަނި ދެފަރާތު އާއިލާއާއި ރައްޓެހިންނަށް ވީއިރު 8 ޖަހަނީއެވެ. އިކާންއާއި ޢަމާރާވެސް ބެލީ ކާއެއްޗެއް ކެވޭތޯއެވެ. އިކާންގެ އަތުން ޢަމާރާއަށް ކާންދޭތަން ބަލަން ދުރުގައި ވިސާމާ ހުރީ ވަރަށް އުފާވެފައެވެ.

ތަން ތައްޔާރު ކުރުމަށް އުޅުނު މީހުންނާއި އާއިލާއިން މަޑުކުރެވޭ މީހުން ތިބެފައި އެހެން މީހުން ގެއަށް ދިޔައެވެ. އިކާންއާއި ޢަމާރާ ދާން ހަމަޖެހިފައި އޮތީ ޝެރަޓަން މޯލްޑިވްސް ރިސޯޓަށް ކަމުން ލޯންޗް އެކޮޅުން ފުރަންދެން އެތާނގައި މަޑުކުރިއެވެ. ލޯންޗް މާލެއާއި ކައިރިވީ އިރަށް އިކާން ޢަމާރާ ގޮވައިގެން ތިރިއަށް ފޭބިއެވެ. ރިދާއާއި ހުޔާ ތިބީ އިކާން ގެންނަން ބުނި ދަބަސް ހިފައިގެން އައިހެވެ. އެމީހުން ގެއާ ދިމާލަށް މިސްރާބުޖެހީ ޢަމާރާއާއި އިކާން ލޯންޗްގައި ނައްޓާލުމުންނެވެ.

ލޯންޗްގެ ފަހަތު ސީޓުގައި އިކާންގެ އަތުގެ ހިމާޔަތުގައި އިންއިރު ޢަމާރާގެ ހިތްވަނީ އަވަސްވެފައެވެ. މިރޭގައި ކަންތައް ވާނެގޮތް އިނގޭތީ ހިތަށް ވެރިވާ ނުތަނަވަސް ކަމެކެވެ. މޭ ފަޅާލާފައި ހިތް ނުކުންނަން އުޅެނީއޭވެސް ހީވެއެވެ. އަނދިރީގެ ތެރޭގައިވެސް އިކާން ބަލަމުން ދާކަން ޢަމާރާއަށް އިޙްސާސް ވަމުން ދިޔައެވެ. އެހެން ވިޔަސް ކަނޑު ގަދަކޮށް އުޅޭތީ ޢަމާރާއިނީ އިކާންއާ ދުރުވެލަންވެސް ނުކެރިފައެވެ. ލޯންޗްގެ ހުރިހާ ފަރާތަކުން ފިނި ވައި ވަންނަމުން ދިއުމުގެ ސަބަބުންނާއި ހިތަށް އަރާ ފައިބަމުން ދިޔަ ކަންކަމުގެ ސަބަބުން ޢަމާރާ ތުރުތުރު އަޅަންފެށިއެވެ. އިކާން އިހަށްވުރެ ޢަމާރާ ގާތްކޮށްލަމުން ބޮލަށް ދޮނެއް ދިނެވެ.

ކައިވެނި ހެދުމުގައި ހުރެ ޢަމާރާ ލޯންޗުން ފޭބީ އިކާންގެ އަތުގައި ހިފާލައިގެންނެވެ. ޖިހާދުގެ ހިއްސާ އޮންނަ ރިސޯޓެއް ކަމުން ރިސޯޓްގެ ސްޓާފުންނަށް އިކާން އިނގެއެވެ. އެހާ ގިނައިރުތަކެއް ކުރުމެއް ނެތި ބަގީއެއްގައި އިކާންއާއި ޢަމާރާ ތިބުމަށް ހަމަޖައްސާފައިވާ ވޯޓާވިލާ ހަނީމޫން ސުއިޓްއަށް ގެންދިޔައެވެ. ދަބަސްހުރީ ކުރިން ދިޔަ ބަގީގައި ގެންގޮއްސައެވެ.

“މައި ލަވްލީ ވައިފް..” ކޮޓަރީގެ ދޮރުން ވަދެވުމާއެކު އަތްދަނޑި މައްޗަށް ޢަމާރާ އުފުލާލަމުން އިކާން ބުނެލިއެވެ. އެވަގުތު ޢަމާރާގެ އަނގައިން މަޑު ހަޅޭކުގެ އަޑެއް އިވިލިއެވެ. “ދެން އިކާނޫ.. އަހަރެން ތިރިކޮށްބަލަ.. ތިހެން އުޅޭކަށް ނުވާނެ..” އަބަދުވެސް އާދަވެފައިވާ ގޮތަށް ޢަމާރާ ބުނެލިއެވެ.

“ކިހިނެއްވީ.. މިހާރުދެން މީހަކަށް ބުނެވޭނެ އެއްޗެއް ނޯންނާނެ އެއްނު…” އެ ހުރިގޮތަށް ހުރެފައި އިކާންގެ މޫނު ޢަމާރާއާ ގާތްކޮށްލަމުން ބުނެލުމާއެކު މަޑު ހުނުމުގެ އަޑު އިވިގެން ދިޔައެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އިކާން ޢަމާރާ ބޭންދީ އެނދުމަތީގައެވެ. އިކާން ޢަމާރާއާ ނަޒަރު ވަކިކޮށެއް ނުލައެވެ. އިކާން ބަހެއް ބުނުމުގެ ކުރިން ޢަމާރާ އިކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލުމަށްފަހު، ތުންފަތުގައި ބޮސްދިނެވެ. އިރުކޮޅެއް ފަހުން ދުރުވެލި ކަމުގައި ވިޔަސް ޢަމާރާގެ އިސްނެގުމުން އިކާން ހިތަށް ފިނިކަން ގެނުވިއެވެ.

“އައި ނީޑް ޓު ޓޭކް އަ ޝަވަރ..” ކޮޅަށް ތެދުވަމުން ޢަމާރާ އަވަސް އަވަހަށް ބުނެލިއެވެ.

“ހޫމް.. އައި ނީޑް ޓޫ..” ފެންވަރާ ބަޔަށް ވަންނަންދިޔަ ޢަމާރާގެ ފަހަތުން ހިނގައިގަންނަމުން އިކާންވެސް ބުނެލިއެވެ. ޢަމާރާ ލޯގަނޑު ކައިރީ ހުއްޓިލަމުން ޝޯލްގައި ހުރި ޕިންތަށް ނައްޓަން ފެށުމުން އިކާން އައިސް އެހީތެރިވެދޭން ފެށިއެވެ. ކޯޓް ބޭލުމަށް ފަހަތަށް ޖެހިލައިގެން ހުރި ކަމުގައި ވީނަމަވެސް އިކާންގެ ނަޒަރު އިރުއިރު ކޮޅުން ޢަމާރާއަށް ދެއެވެ. ޝޯލް ބޭލުމަށްފަހު އަޑިން އަޅާފައި ހުރި ކުޑަ ބުރުގާ ބޭލިއިރު އިކާންއަށް ހުރެވުނީ ކަޅިޖަހާނުލާ ޢަމާރާގެ ކަނދުރާ މައްޗައް ބަލަހައްޓައިގެންނެވެ. ބަނޑު މައްޗާ ހަމައަށް ގޮށްތަށް ނައްޓާލެވިފައި ހުރި ގަމީހުގެ ބެގީ ނައްޓަމުން ކައިރިވެލި އިކާން ޢަމާރާއަށް ފެނުނީ ލޯގަނޑުންނެވެ.

ޢަމާރާގެ ބުރަކަށީގައި ލައްވެލަމުން އިކާން ލޯގަނޑުން ޢަމާރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެލޮގައިވީ މަސްތުކަން ސިއްރުކުރާކަށް އިކާންއެއް ނޫޅެއެވެ. ޢަމާރާގެ ބަނޑުގައި ދެއަތް ވަށާލަމުން ކަރުދޮށުގައި އިކާން ބޮސްދިނެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމާއެކު ޢަމާރާއަށް ލޯމަރާލެވުމާއެކު ބޯ ފަހަތަށް ގެންދެވުނެވެ. އިކާންގެ ތުންފަތުގެ ބީހުންތަށް ކަރުދޮށުން ގޮސް ކަންފަތުގެ ފޫޅާ ހަމައަށް ދިއުމުން ހީލި އަރައިގެން ޢަމާރާއަށް ތެޅިގަނެވުނު ގޮތަކުން އިކާންއަށް ޢަމާރާގެ ކަންފަތު ފޫޅުގައި މަޑުމަޑުން ދަތްއެޅުނެވެ.

“ދޭބަ ފެންވަރަން. ނޫނީ ގޮވައިގެން ވަންނަންވީތަ؟” ކަންފަތް ދޮށުގައި ބުނެލަމުން ކުޑަކޮށް ދުރުވެލާފައި އިކާން ޢަމާރާގެ ހެދުމުގެ ޒިބު ތިރިއަށް ކަހާލަމުން ޢަމާރާގެ ބުރަކަށީގައި އިނގިލި ކާއްތާލިއެވެ. ބުރަކަށި އިތިކޮށްލާފައި ކުއްލިއަކަށް ޢަމާރާ ދުރަށް ދިޔައެވެ. ދެފަރާތަށް ބޯ ހޫރާލަމުން ބާތްރޯބް ހިފައިގެން ފެންވަރާ ބަޔަށްވަދެ ތަޅުލިއެވެ. އިކާން އަވަސް އަވަހަށް ދިޔައީ ޕޫލާ ދިމާއަށެވެ. ޢަމާރާ ނުކުތުމުގެ ކުރިން ފެންވަރާލުމުގެ ނިޔަތުގައެވެ.

ފެންވަރާ ނިމިގެން ޢަމާރާއަށް ބަލާލެވުނުއިރު ބާތްރޯބް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުގެނެވޭކަން އެނގުމުން ނިތްކުރީގައި އަތުން ޖަހާލެވުނެވެ. ފެންވަރާ ބައިން ނުކުމެ ތުވާލި ނަގާފައި ބޮލުގައި އޮޅާލަމުން އެބައިން ނުކުތީ އިކާން އަށް ގޮވާލުމަށެވެ.

“ލަވް..” ތުވާއްޔާއެކު އެދުމަތީގައި އިނދެފައި އިކާން ޢަމާރާއަށް ގޮވާލިއެވެ. “އާދެބަ..” އެނދުމަތީގައި އަތް ޖަހާލަމުން އިކާން ގޮވާލިއެވެ. ޢަމާރާ މަޑުމަޑުން ގޮސް އިކާންގެ ކައިރީ އެނދު ކައިރީގައި ހުއްޓުނެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް

Next

ލޯބީގެ ހިތިކަން..ކިއުންތެރިންގެ ސަމާލުކަމަށް!!

Next
January 1, 2026

ލޯބީގެ ހިތިކަން..ކިއުންތެރިންގެ ސަމާލުކަމަށް!!

Previews
January 1, 2026

ކިޔުންތެރިންގެ ސަމާލުކަމަށް

2 Comments!

  1. shaaaaa~ says:
    January 1, 2026 at 4:58 pm

    mi part ves vv reethi MA
    im blushing mi part kiyaafa
    when is the next part?
    btw ,happy new year<3
    luv you always

    1. ފަޒޫ says:
      January 1, 2026 at 8:46 pm

      Happy new year dear.. IA Monday ga

Comments are closed.



All Right Reserved!