
ސާރާ 12

“ސާރާ! އަހަރެންވީ ހަގީގީ ލޯބިތޯ ސާރާ އަމިއްލަ ނަފްސައް ވިސްނޭނެ…. އަހަރެން މި ކުރާ ސުވާލުގެ ޖަވާބު ސާރާ އަމިއްލައަށް ވިސްނީމަ.. ސާރާ!… ދުވަހަކު ވެސް އަހަރެން މަންމަ ދިން ނަސޭހަތަކަށް ވިޔަސް، އަހަރެންގެ ގަހަނާތައް ނުނަގަން. އަހަރެންގެ ބޮލުގެ އެ ދިގު އިސްތަށިގަނޑުން އިންޗި އެއްވެސް ނުކޮށަން. އަދި ސާރާ ނޫން އެހެން އެއްވެސް އަންހެނަކާއެކީ މަޖާކޮށްފައެއް ނޯންނާނެ. ސާރާ ގެއްލުނީމަ ސާރާ ހޯދަން އަހަރެން އަމިއްލަ އަށް ވަރަށް މަސައްކަތް ކުރިން. އެކަމު ސާރާ ހޯދަން އެއްވެސް ބައެއްގެ އެހީތެރިކަމަށް އެދިފައެއް ނޯންނާނެ. އެއީ ސާރާ އާއި ދޭތެރޭ ނުވިސްނޭތީއެއް ނޫން. އެކަމު ސާރާ އާއި އަހަންނަށް ހަމަ ޖެހިލައިގެން އުޅެވިދާނެ ކަމަށް ވިސްނާފަ. ދެން ބުނެބަލަ.!…. އަހަންނަށް ސާރާ ދެކެ އެވެވުނީ ލޯތްބެއް ނޫންތަ؟ ބައިވަރު ބައިވަރު ކަންކަން އަހަންނަށް ވުރެ އުމުރުން މާ ހަގު ލޯބި ލޯބި ކުއްޖަކަށް ގުރުބާން ކޮށްލީމެއް ނޫންތަ…؟” ޝިޔާން އަހަރެންގެ އަތްތިލައިގައި ހިފާލަން އުޅުނެވެ.
“ސޮރީ ޝިޔާން! އަތްނުލައްޗެ. އަހަރެން މިހުރީ އިސްލާމް ދީނުގެ ތެރޭގަ.. އަހަރެން އިސްލާހު ވާންޖެހޭ ކޮންމެ ކަމަކުން އިސްލާހުވެ ސާފު ތާހިރު ވެއްޖައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.