
ސާރާ 11

އަހަރެން ވަގުތުން ތެޅިގަތީ ޝިޔާން އާއި ދުރަށް ޖެހިލުމަށެވެ. އެކަން އަހަންނަށް ވަރަށް ފަސޭހައިން ކާމިޔާބު ވިއެވެ. އެއީ ޝިޔާން އެކަމަށް ގަދަކަން ނުދެއްކީމައެވެ. އަހަރެން އެކަމަށް ޝުކުރުވެރި ވާންޖެހޭނެއެވެ. އެވަގުތު އެކަން އަހަރެން ގަބޫލު ކުރީމެވެ.
“ޝިޔާން! އަހަރެން ބިރުގަނޭ.. ދެންމެ މިތަނަށް އައީ ކޮން ބައެއް؟” އަހަރެން އަހައިލީ އިސްޖަހައިން ހުރެއެވެ.
“އެއީ ސާރާ އަހަންނަށް ކިޔަމަން ވާވަރު ބަލައިލަން ގެނައި ބައެއް. ވަޅި ދިނީމަ ސާރާ ވަގުތުން ހިފައިފި… ފޮޓޯއެއް ނަގަން ބުނީމަ އެކަންވެސް ސާރާ ކޮށްފި… އެގޮތަށް ފުރަތަމަ ޓެސްޓެއް ހަދާލީ.. ކޮންމެހެން ބިރު ދައްކަން ކުރި ކަމެއް ނޫން. ދެން އަހަންނަށް އެ ޔަގީން ވީތާ އަހަރެންގެ އަތްދަށަށް ސާރާ އަންނާނެކަން.” ކަންފަތާ ދިމާލުން ވެއްޓިފައިވާ އަހަރެންގެ ފަން އިސްތަށި ކޮޅު ކަންފަތުގެ އަނެއް ފަޅިއަށް ޖައްސާލަމުން ވައި އަޑަކުން ޝިޔާން ބުނެލިއެވެ.
ޖަހައިލި ބާރުގަދަ ގުގުރި އާއި އެކު އަހަންނަށް ޝިޔާންގެ ގައިގައި ބައްދާލެވުނެވެ. ވަރަށް ބާރަށެވެ. އެވަގުތު ޝިޔާންގެ ދެ އަތުން އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ޝިޔާންގެ ހިމާޔަތުގެ ދަށުގައި އަހަރެންގެ މުޅި ހ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.