Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ… ސާދަވަނަބައި ( އެތައް ސިހުމަކާއެކު ކައިވެނިކުރެވުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 7, 2025 6 Mins Read
2 Comments

ވަގުތުތައް ފާއިތުވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ. ފޮތުގެ ތެރެޔަށް ވަދެވުނު ވަރުން ބަންޤި ގޮވައިގެން ދިޔައިރުވެސް ނޭނގެއެވެ. ގަޑިބަލައިލިއިރު ހަގަޑިބައިވެ ބޮޑުވެއްޖެއެވެ. ދެމީހުން ކޮޅަށް ޖެހުނީ އެކުއެކީއެވެ. ނަމާދު ވަގުތުގައި ކުރެވޭތޯ ދެމީހުން އަވަސްވެގަތެވެ.

އިޝާކޮށް ހަދައިގެން ކައިގެން މަސައްކަތް ފެށިއެވެ. ފިޔާ ސާފުކޮށް ލޮނުމެދު ނޮޅަން ފެށިއެވެ. ޕާޕަރު ތެލުލަން ތައްޔާރުކުރިއެވެ. ކުކުޅު ކޮށަން ފިރިހެން އަވަސްވެގަތެވެ. ތަށި ސަމުސާ ހަމަކުރަމުން ދިޔައެވެ. ދައުވަތު ކާޑުތައް ބަންދުކުރަމުގައިި ސާއިލްމެން އުޅުނެވެ. ކުރިއަށް އޮތީ ވަކިން ބުރަ ބޮޑުދުވަހެކެވެ. އަމާން އޮމާންކޮން ކައިވެނީގެ ކަންތައްދާނެ ހެއްޔެވެ؟ އުފާވެރި ދުވަހަކަށް ވާނެ ހެއްޔެވެ؟
********************************
މެންދަމުން އަލިވެ ތިންގަޑިބައިވީއެވެ. ލީނިޔާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. މަންމައާ ގުޅުމުން ބައްޕަ އޮތީ މިހާރު އައިސީޔޫގާ ކަމަށް ބުނުމުން ނިދި އެއްކޮށް ފިލީއެވެ. ހިތުގައި ގޮތް ނޭނގޭ ބިރުވެރިކަމެއް އޭރުން ސުރެއް ވަނީ ވަށާލާފައެވެ. ބައްޕަ ފެނުމުގެ ނަސީބު ލިބިދާނެބާއެވެ. އެހެން ބަލިކޮން ހަސްފަތާލުގައި އެނދުމަތިވެ އޮއްވާ މަރުވާނީބާއެވެ.

ލީނިޔާއަށް މިރޭ  ނުނިދި އެއޮތީ އެހެންވެއެއް ނޫނެވެ. މީގެ އިރުތަކެއް ކުރިންވަނީ ވަރަށް އެހެންކަހަލަ ހާދިސާއެއް ހިގައިފައެވެ.

ދަމުނަމާދަށް ތެދުވި މިލީހަމްއަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭނާ ނިދަން ވަން އިރު މިލީ އަދި ނިދާކަށް ނާދެއެވެ. ފެންވަރައިގެން ނިކުމެ ނިދަން އޮށޯތީ ލީނިޔާ މަސައްކަތު ތިރީގައި ވީ ކަމަށް ނިންމާފައެވެ.

“މިލީހަމް: ލިނީ ކިހިނެއްވީ” އެނދު ކައިރީ ހުރި ކަނބަޑުމަތީ އިން ބޮކިދިއްލާލަމުން މިލީހަމް ބުނެލިއެވެ. ހުއްޓުމެއްނެތި ގިސްލަ ގިސްލާފައި ލީނިޔާ ދިޔައީ ރޮމުންނެވެ. އެފަކީރު ލައިގެން އިން ހެދުން ފެނުނީ ދެނެވެ. އެހެދުން ހުރީ އެތަން މިތަނުން ވީދި ހަފުސްވެފައިއެވެ.

ދެލޯ މަރާލިޔަސް ލީނިޔާއަށް ސިފަވަނީ އެބިރުވެރި ވަގުތުކޮޅެވެ. މަސްތުވެގެން ހުރި ފިރިހެނަކު މިގޭ ތެރެއިން އޭނާގެ އިއްފައްތެރިކަމާއި އަނބުރު ކަތިލައިފިއެވެ. މީ ދައްކަން ކެރޭ ކަހަލަ ވާހަކައެއް ނޫނެވެ.
” މިލީހަމް: ކޮންމެ ވާހަކައެއްވެސް ހިއްސާކުރެވޭނެ އަހަންނާއި ލިނީ ބޭނުން” ހިތްވަރުދެމުން ކަހަލަހެން މިލީހަމްބުނެލިއެވެ. ލީނިޔާގެ ރުއިންވީ ހައްތަހާ ގަދައެވެ. މަޑުމަޑުން ބުނެވޭތޯ އެއްޗެއް މަސައްކަތް ކުރަން އުޅި އުޅިވެސް އަޑެއްނައެވެ. އަނެއްކާވެސް އަނގަހުޅުވާލިއެވެ. މިފަހަރު ކެނޑި ކެނޑިގެން އައެވެ.
” ލީނިޔާ: ފުރަތަމަ ވަ..ޢުދުވޭ ބާސި..ލަށް މިކަން ނާއްގަން..” ހާލު ހާލުން ލީނިޔާ ބުނެލިއެވެ. ޝަރުތަކާއި ނުލައި މިލީވެސް އާބަސްދިނެވެ.

ކުޑަކޮން ރުއިން މަޑުކޮށްލަމުން ލިނީ ފެށިއެވެ.
” ލީނިޔާ: ކިހިނެއް ކޮންގޮތަކުން މިވާހަކަ ބުނާނީ މިލީ އަހަންނަށް އެހީވެދީ މިގޭގަ އެބައުޅޭ މަސްތުވާ މީހެއް މިރޭ އަހަރެން މައްޗަށް އަރަނިކޮން ސިނޑިގޮޅިން އަހަރެންގެ ދިރިއުޅުން އެ ނުބައިމީހާ ވެއްޔައި މޮޑެލައިފި” ވާހަކަ ލިނީއަށް ކުރިއަށް ނުގެންދެވުނެވެ. ރޮވިއްޖެއެވެ. “މިލީހަމް: ތިހިތް ފުރެންދޭ ރޯލާފައި ކިޔައިދީ” ރޮވިފައި އިނދެ މިލީހަމްވެސް ބުނެލިއެވެ. އެހެން ރޮމުން ރޮމުން ލިނީ ކިޔައިދޭން ފެށިއެވެ.
” ލީނިޔާ: އަހަންނަން މިހެން ދިމާވާންވީ ސަބަބެއް ނޭނގެ ބައްޕަވެސް ކިރިޔާ ދުނިޔޭގައި އޮތްކަން މިހާރު މަންމަ އަބަދު ފިކުރުކުރައްވަނީ މިކަމެއްގެ ޚަބަރުދޭނީ ކިހިނެއް” މިނިކާ ޖަނަވާރެއްހެން އެޝައިތޯނު ލިނީގެ ދިރިއުޅުން ހަލާކުކޮށްލިގޮތްވެސް ކިޔައިދިނިއެވެ.
“މިލީހަން: ހިނގާ ޕޮލިހަށް ދާން ތިގޮތަށް އިންސާފު ލިބޭނީ އޭރުން” މިލީހަމްއަށް ބުނެވުނެވެ.
” ލީނިޔާ: ނުދެވޭނެ އެކާކުކަން އިނގޭތަ އެއީ އިނާގެ ވާން އުޅޭ ފިރިމީހާ ސުމާމު” ލީނިޔާ ހާމަކޮށްލިއެވެ. އިވިގެންދިޔަ ނަމުން މިލީވެސް ދިޔައީ ހަތަރިސްފައި ކޮޅަށް ޖެހިގެންނެވެ. ޤަބޫލުކުރާނީވެސް ކިހިނެއްހެއްޔެވެ؟ ސުމާމަކީ ނަމާދުވެސް ކޮށް އުޅޭ ސޮރެކެވެ. މިކަހަލަ ކަމެއް ކޮށްފާނޭ ޤަބޫލުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ލިނީއަށް އޮޅުނީ ބާއެވެ. އެކިއެކި ހިޔާލުތަކުން މިލީހަމްގެ ސިކުނޑުދިޔައީ ބަރުވަމުންނެވެ. އިއްލެމެންގެ ކައިވެނީގެ ދުވަހު މިވީ ހާދަ ދެރަގޮތެކެވެ.
“މިލީހަމް: ތިހެން ނީދެ ފެންވަރައިލާންދޭ ހެދުން ބަދައްލުކޮށްލައި ނަމާދުކޮށްލަން އުޅޭ” ލިނީގެ ބުރަކަށީގައި ފިރުމާލަމުން މިލީހަމް ބުނެލިއެވެ.

ގަޑިން ހަތަރެއް ޖަހަނީއެވެ. ފޯނުނަގައި ޚުބާބްއަށްވެސް ވެގެން އުޅޭ ގޮތް މިލީކިޔައިދިނެވެ. މާގިނައިރެއް ނުވެ ޚުބާބްވެސް އެކޮޓަރިއަށް އަތުވެއްޖެއެވެ. ލައްކަ މަސައްކަތުން ދެމީހުން ލިނީ ހަމަޖައްސާލިއެވެ. ސުމާމަސް އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިނެވެ.

މުޅިގޭތެރެ އޮތީ ތޮއްޖެހިފައެވެ. ކެއްކުމުގައި އަންހެންވެރިން ކޮޅުކޮޅަށް ދުވަމުންދިޔައެވެ. ފިޔާކޮށާ މީހުންނެވެ. ތަރުކާރީ ކޮށާމީހުންނެވެ. ނޫޑުލީސް ތަޅާކުދިންނެވެ. މިހެން ގޮސް ކިޔާނެކަމެއްނެތެވެ.
ގޭގެ ގޯތިތެރެ އޮތީ ކެއްކުމަށް ހިޔާކޮށްފައެވެ. މެޒާ ގޮޑި ޖަހާފައެވެ. ދިހަ ބާރަ އުނދުން ހޯދާފައި ހުއްޓެވެ. ބޭރުގައި ކައްކަނީ ކުޅި އެއްޗެއްސެވެ. ފޮނި އެއްޗެހި ހަދަނީ އެކަމުގެ މާހިރެއް ގެނެސްގެން ތިންވަނަ ފަންގިފިލާގެ ބޮޑު ބަދިގޭގައެވެ. ހަލުވިދާ، ޕިރިނީ، ސާގުބޮޑިބަތް، ހަނޑުލޮބޮޑިބަތް އަދި ކަސްޓަޑެވެ. މިއީ ހަދަން ޖެހޭހާ ފޮނި އެއްޗެއްސެވެ.

ނުވަގަޑީގައި ޖޫހާ ބިސްކޯދު ކާން ތިއްބައި ގޯތިތެރެއަށް ފުލުން ކޯޓު އަމުރުހިފައިގެން އަތުވެއްޖެއެވެ.
“ފުލުހުން: السلام عليكم ورحمة الله وبركاته”
ސަލާމުގެ މޫރިތި އާޔަތްތައް ގޮވަމުންދިޔައެވެ. އެއަޑަށް އިޖާބަދީގެން އައީ ޝާކިރުބެއެވެ.
“ޝާކިރުބެ: وَعَلَيْكُمُ ٱلسَّلَامُ ކިހިނެއްތޯ ވީ” ސަލާމަށް ޖަވާބުދާރީވަމުން އަވަސް ހިތަކައިގެން ޝާކިރުބެއަށް ބުނެވުނެވެ.
“ފުލުހުން: މިގެއަކީ ވަރަށް ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގެއެއް ކެމެރާލައި ވަރަށް ފުރިހަމައަށް ހުރި ގެއެއް ރޭގެ ވަގުތެއްގައި މިރަށުގައި ހިނގި ކަމަކާ ގުޅިގެން ތިގޭގެ ކެމެރާތައް ބަލާލަން ބޭނުން” މާބޮޑު ތަފްސީލަކަށް ނުގޮސް ފުލުހުންގެ އެދުން ހާހަމަކޮށްލިއެވެ.
“ޝާކިރުބެ: ދުރުވޭ ދުރުވޭ އެތެރެއަށް އަޅުގަނޑުމެންގެ އަތްބާރުލުން ލިބޭނެ ތިބޭފުޅުންގެ ކޮންމެ ތަހުޤީގަކަށްވެސް ” އެތެރެއަށް ވަންނަން ދަމުން ޝާކިރުވެ ބުނެލިއެވެ. އެކަމަށް ހާއްސަކޮން ހަދާފައި ކުރި ކޮޓަރިން ގޭގެ އެކި ސަރަހައްދުތަކާއި ސިނޑިގޮޅިތަކާއި ހާމަ ބެލްކަނި، ފެންނަނަމުންދިޔައެވެ. ފުލުހުން ބޭނުންވީ ރޭގެ ވަގުތުތައް ބަލާލާށެވެ. ދަންވަރު އެކެއް ޖެހިއިރު ހަތަރުވަނަ ފަންގިފިލާގެ ސިޑިގޮޅިތެރެއިން ފެނުނު މަންޒަރަކުން ޝާކިރުބެގެން ހަތަރު އުދަރެސް ފެނުޖެހުނުކަހަލައެވެ. އެމީހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއްގެ އަންހެން ދަރީގެ ދިރިއުޅުން ވިއްސިވިހާލިވީއެވެ. މަސްތުވެގެން ދުނިޔެ އޮޅިފައި ހުރި ޒުވާން ފިރިހެނާގެ މޫނު ފެނުމުން އުޑުން ތަރިބުރައިގެން ދިޔައެވެ. އެއީ ހަމަ ސުމާމެވެ. އަހަރުމެންނަން ސުމާމެއް ނޯޅޭނެއެވެ. ރޭގައި އަނެއްކާ ވަރަށް ދަންވަން ދެކައް މަސައްކަތު އޭނާ އުޅުނެވެ. އަދި މިއަދު އެސޮރު ދައްކާނުލައެވެ.

“ފުލުހުން: ރޭގެ ވަގުތެއްގައި ވަނީ މިސަރަހައްދު މަގުމަތިން ވަރަށް ރަޚުމުކުޑަކޮން ރޭޕްކޮށްލާފައި އޮތް އަންހެން ކުއްޖެއް ފެނިފައި އެ މައްސަލައިގައި ފުލުހުން ހިނގި ތަހުގީގުގަވަނީ މަސްތުވާން ތިބި ޒުވާނުން ތަކެއް ހައްޔަރުކޮށްފަ އޭގެތެރޭގައި މި ސުމާމުވެސް ހިމެނޭ” ފުލުހުން ކިޔައިދިނެވެ.

ކެއްކުމުގައި އަވަދިނެތި އުޅެމުންދިޔަ ސާއިލްގެ މަންމަވެސް ވަގުތުންގެނައެވެ. ކަންވީގޮތް ފުލުހުން ކިޔައިދިނެވެ.

އެ މަންޒަރަކީ މީހަކަށް ހަމަހޭ ހުރެ ބަލަން ކެރޭވަރުގެ މަންޒަރެއްނޫނެވެ.

ފޮނި އެއްޗެހި ހަދަން ތިންވަނަ ފަންގިފިލާގައި ލީނިޔާވެސް އުޅުނީ ބުރަކޮށެވެ. ހަށިގަނޑުގައި ނުރިހޭ ހަމަ އެންމެ ތަންކޮޅެއްވެސްނެތެވެ. އަޅަމުން ދިޔަ ވޭނަން ކެތްކުރަމުން ލީނިޔާ ދިޔައެވެ. މިކަމުގެ ޚަބަރެއް ހިލަމެއްވެސް މިގޭމީހަކަށް ވާކަށް އޭނާ ނޭދެއެވެ.

ހުޅުވައިފައި ހުރި ޓީވީން ހޫނު ޚަބަރު ގެނެސްދެމުންދިޔައެވެ. އައްޑޫ ސިޓީގައި ހިންގި ނުރައްކާތެރި އޮޕަރޭސަނެއްގައި ބަޔަކު ހައްޔަރުކުރީއެވެ. ފުލުހުން ހާމަކުރި ވަނަވަރާއެކު ގެރިކިރު ދަޅު ކަނޑަން ހުރި ލީނިޔާގެ އަތް ދިޔައީ ކެނޑިގެންނެވެ. އެ ވަގުތަކީ ސާމިއްޔާތަށް އެތަނަން ވަތް ވަގުތެވެ. އެތަނުގެ ކޮޓަރިއަކަށް ލިނީ ވައްދައި ޕޮލިހުންގެ ބަޔާން ނެގިއެވެ. ލީނިޔާގެ އާޢިލާ ކަންވެގެން އުޅޭ ގޮތްކިޔައިދިނެވެ.

އެވާހަކަތައް ކަންފަތުގައި ޖެހުމުން ޒުހުރްއަށް ހީވީ މާޒީ ތަކުރާރުވިހެންނެވެ. އޭނާގެ ރީތިކަމާއި ޒުވާންކަން ވެއްޔައި މުޑެވިގެން ދިޔަ ރޭ ހަނދާންވިއެވެ. އެއީ ކޮލެޖު ނިމިގެން ގެޔަން އައި މަގުމައްޗެވެ. މަސްތުވެގެން އުޅުން ގުރޫޕަކުން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލި އެރެއަށް މިއަދު ތިރީސް އަހަރުވާއިރުވާނެއެވެ. ޒުހުރް ތަހަންމަލުކުރި ވޭން، ހިތްދަތިކަން މިވަނީ އޭނާގެ ދެލޯފަދަ ދަރި ތަހައްމަލުކުރަން ޖެހިފައެވެ. މިއީ ކޮންފަދަ ބޭއިންސާފުވެރި ދުނިޔެއެއްހެއްޔެވެ؟

މަންމަގެ ނަސާހަތުގެ ބަސްތަކުން ލީނިޔާ ހިތްވަރު ލިބިގަތެވެ. ކޮންމެ ގޮތަކަށް ކަންވިޔަސް ކެތްކުރަން އަޒުމުކަނޑައެޅިއެވެ. ދުނިޔެއަށް އޭނާ ލޯހުޅުވިއްޖެއެވެ.

ސުމާމުގެ އާއިލާ މީހުން ގަންނާކުރެއްވި ލަދުން ބުނެވެސް ނުލައި ހިގަންޖެއެވެ. އެއްވެސް އިރެއްގައި ސާމިޔާތައްވެސް ސައިނާ އާއި ސުމާމްގެ ގުޅުމަށް މާ ގަބޫލެއްނޫނެވެ. ސުމާމު ހުންނަނީ ބޯދިގުކޮށްފައެވެ. އަތުގައި ކެވެއްޔެއެވެ. ކަރުގައި ފަށެވެ. އިނގިލިތަކުގައި އަނގޮއްޓިއެވެ. ފައިގައި ޕެކިނެވެ. ކަންފަތުގެ އިތުރުން ބުމަވެސް އޭނާ ހުންނަނީ ތޮރުފާފައެވެ. ހަތަރު ފަސް އެތި ކަންފަތުގައި އިންނާނެއެވެ. ގައިގެ އެތައް މިތަނުގައި ހުސްޓެޓޫއެވެ. ސައިނާގެ އުފަލަށް ކައިވެނިޏަށް ގަބޫލުވެވުނު މޮޔަ މިއަދު އެދެމަފިރިންނަށް ހީވާ ކަހަލައެވެ. އެ އާއިލާގެ ގަދަރާއި އަގުވެސް ވެއްޔާއި މިކަމުގެ ސަބަބުން މޮޑެވިއްޖެއެވެ.

ސައިނާގެ ރުއިން ހުއްޓޭ ގޮތެއްނުވިއެވެ. މިދުވަހަށް އޭނާ ހާދަ ފޮނި އުންމީދު ތަކެއް ކުރިއެވެ. ސުމާމް ދެކެ ހިތާ ފުރާނައިން ލޯބިވިއެވެ.
“ސާމިޔާދައްތަ : ދަރިފުޅާ އިނާ ރޯނެކަމެއް ނެތް އިނުމުގެ ކުރިން އެގުންކަން އެއީ ދަރިފުޅުގެ ނަސީބު ހަމަ ހުއްޓާލައި ހުއްޓާލައި ދޭ ލީނިޔާމެން ކައިރިއަށް އެފަކީރު ކިހާ ހިތްވަރުގަދަ މަންމަ ޝުކުރުކުރަން ދަރިފުޅަށް އެފަދަ ކަމެއް ނުވީތީ ” ސައިނާގެ ރުއިން ހުއްޓުވުމަށް އޭނާގެ މަންމަ މަސައްކަތްކުރަމުން ދިޔައެވެ.

އެންމެފަހުން ސައިނާ މަންމަގެ ބަސް ގަބޫލުކޮށްގެން ބޭރަށް ނިކުމެ އެހީވާން ފެށިއެވެ. ހަވީރުކުރިން ކެއްކުމުގެބައި ނިމެންޖެހޭނެއެވެ. މޭކަޕު ކުރާ މީހާ ހަތަރުގަޑި ބައިގައި އަންނާނެއެވެ.

ގަސްގަހުން ފުރޭނިގެ މާމެލާމެލީގެ މީރުވަހުން ފަޒާ އެއްވަސް ކުރަމުންދިޔައެވެ. މުޅި ކާއިނާތުވަނީ ހަމަހިމޭން ކަމުގެ ފެންވަރާފަކަހަލައެވެ. އެހާވެސް އަޑުމަޑެވެ. ހަރީފުގެ އަލިން އެއްބަޔަކަށް އުފާވެރިކަން ގެނެސްދެމުންދިޔައެވެ. ބަޚާރުގެ ރޯޅިތަކުން ދަތުރުކުރަމުން އައީ މަލިމީން ކަނޑުވެއްޖެއެވެ. މިސްރާބު އޮޅި ހަފުސްވީކަހަލައެވެ. ދުނިޔެ މިދައްކަނީ ހާދަ އަޖައިބުކުރުވަނި ތަސްވީރުތަކެކެވެ. އެއްދުވަހު ޖައްސާ ކުލައެއް އަނެއް ދުވަހަކު ނުޖެއްސެއެވެ. މުޅިން ހިނގަނީ އަޖައިބުކުރަނިވި އާދަޔާ ހިލާފުކަންތައްތަކެވެ.

ކާއިނާތުގެ ކުލަތަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެޔަށް ޖެހޭނީ ހަމަ ބޯ ލަބާށެވެ. އެ ކުލަތައް ބުނާކަހަލައެވެ.

މިހަމަހިމޭން ރޭގެ ކުލަތައް އެ ޖައްސަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން، ކައިވެނީގެ ހެދުމުގައި ތިބެ ކައިވެނީގެ މާތް ގޮތް ޖެހި ދެޖޯޑެވެ.  ސާއިލް އާއި ޝިރުހާއެވެ. ހަފްލާއަށް ދުރުވަމުން ދިޔަ މެހެމާނުންނަށް ހިނިތުންވެތިބެ އިއުތިރާޒުގެ ބަސްތަކުން ވެއްދުކުރަމުންދިޔައެވެ. މިއީ އެއާއިލާއަށް ދެއީދެއްގެ އުފާވެރި ދުވަހެވެ. އަނިޔާވެރިއެއްގެ އަތް ދަށުން އެމީހުންގެ ހަގު އަންހެންދަރި ސަލާމަތްވި ދުވަހެވެ.  ހަގުފިރިހެން ދަރި އަަލަތު ކައިވެނީގެ ފޮނިމީރުކަން އިހްސާސްކުރާ ހާއްސަ ރެއެވެ.

އަލަތު ކައިވެނިގެ ބައިވެރިންނަށް މެހެމާނުންގެ ފަރާތުން އޮހެމުންދިޔަ ތަހުނިޔާގެ މެސެޖުތަކުން ތަނަން ދިރުންލިބެމުންދިޔައެވެ. ‘ބާޖަވެރި ކައިވެންޔަކަށް’ ‘އުފާފާގަތި ދިރިއުޅުމަކަށް’ ‘ނިޔާމަ ދަތުރަކަށް’ ‘ ދާއިމީ ގުޅުމަކަށް’ އެދި ދުޢާކޮށް އެކި ބަޚުރުވައިން ފޯރުކޮށްދެމުންދިޔަ މެސެޖުތަކުންނެވެ.

ޑޮކްޓަރަށް ދައްކައި ހެދުނު ޓެސްޓުތަކުން މާބޮޑު ގެއްލުމެއް ލީނިޔާއަށް ލިބުނު ކަމަށް ނުދައްކައެވެ. މިކަމަށް އެންމެންވެސް މާތް ﷲ އަށް ހާސްފަށުން ޚަމްދުކުރިއެވެ. ޝުކުރުކުރިއެވެ.

ތަނުގެ ލޮނުހެޔޮވަރު ކޮށްލަދިނީ ހަތަރު އެކުވެރިންނެވެ. ޕާޓީގެ ސީރިޔަސްކަން ކަނޑުވާލައި އެންމެން ހަތްވާލިއެވެ. ސާއިލްގެ ކައިވެނި ހަފްލާއަށް ހާއްސަކޮން ގެނައި ހަދިޔާތައް އެރުވީ ފަހަރަކު މީހެކެވެ. ހެއްވާ މަޖާ ޖުމްލައަކުންނެވެ.

ރަށު ކައިވެނިކުރާ މާލަމް ޚާއްޞަކުރެވިފައިވީ ސާއިލް އާއި ޝިރުހާގެ ކައިވެނީގެ ވަލީމާއަށެވެ. ހޯލުތެރެ ވަނީ ދެޖިންސުގެ މީހުންނަން ފަސޭހަކަމާއެކު ހެލިފެލިވެވޭގޮތަށް އިންތިޒާމުކޮށްފައެވެ.
މުއްސަނދިކަމާއި ޝާހީކަން ގެނެސްދެމުންދިޔަ ހަފްލާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނީ ހޯލުގެ މެދުގައި ވިލުނޫކުލައިން ޒީނަތްތެރިކޮށްފައިވާ އުނދޯލިގެއެވެ. ސާއިލްގެ އެކުވެރިންގެ ބުރަ މަސައްކަތުން ހަދާފައިވާ އެ މަރިޔާދުގެގަޑެވެ.

ދޮރާށިން ފެށިގެން މަރިޔާދުގެއަށް ވަނީ ފަނުގެ ހުނަރު ދައްކާލާފައެވެ. ފަނުން ހަދާފައިވާ މަގުގެ މެދުގައިވަނީ އޮށީގެ ތުނި ފާލަމެއް ހަދާފައެވެ. މުޅިތަން އޮތީ ކުލަބޮކިން ވިރުވާއަޅާފައެވެ. ޝިރުހާ ލައިގެން ހުރީ މިރޭގެ ވަލީމާއަށް ޚާއްޞަކޮން ފަހާފައިވާ ވިލުނޫކުލައިގެ ގަޔަށްދޫ ވިދުންގަދަ އަބާޔާއެކެވެ. ސާއިލް ހުރީ ހަމަ އެކުލައިގެ ކޯޓު ފަޓުލޫނެއްގައެވެ.

ގެގަނޑުގެ އެތެރޭގައި ދެފަރާތުގެ އާއިލާ މީހުން ކައިވެނީގެ ޖޯޑުގެ ޝަރަފުގައި އިސްތިޤުބާލުކުރަމުންދިޔައެވެ. ސުވާސްތީތައް ބަރުތީލަކުރަމުންދިޔައެވެ.

މުޅި ހޯލުގައި ގުހުމަމުން ދިޔައީ ތަށި ސަމުސާ އޫ ފަދަ ތަކެތީގެ ޖާދުވީ އަޑުތަކެވެ. ޕާޓީއަށް ޒިޔާރަތް ކުރަމުން ދިޔަ ގުރޫޕުތަކާއި ގުރާ ޖޯޑުތަކުގެ ހުނުމުގެ އަޑުތަކުން އުފާލިބެމުންދިޔައެވެ.

“ޝިރޫ އުފަލެއް ނުވޭތަ” ސާއިލް އަހާލިއެވެ.
” ވަރަށް އުފާވޭ މިހާ ޚާއްޞަ ދުވަހެއްވެސް ރެޔެއްވެސް މިހަޔާތުގައި މީގެކުރިން ނާދޭ” ސާއިލްގެ އަތަށް ފިތާލަމުން ޝިރުހާ ބުނެލިއެވެ.
” މިރޭ އަހަރެން ވަރަށް އުފާވޭ ތީ މަގޭ އަނބިމިހާ ބުނާނީ ވަރަށް ފަޚުރުވެރިވެލާފައި” ސާއިލް ޝިރުހާގެ ނިތްކުރިއަށް ދޮނެއްދެމުން ބުނެލިއެވެ.

” ދެން މިއޮތް ޕާޓީވެސް ނިމުނީނު ކާންދާން ވީނު” ބަޑުހައިވެގެން ސާއިލް އަހާލިއެވެ.

” ޝިރުހާ ފިރިމަނިކުފާނަށް ފެނިލެއްވި ގޮތެއް” ކުޑަކޮން ސަމާސާކޮށްލަމުން ޝިރުހާ ބުނެލިއެވެ.

މަޖަލާ ސަކަރާތުގައި ހަފްލާ ނިމިގެންދިޔަގޮތެއްވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ މޫނުމަތީވެސް ވީ ނުފިލާކަހަލަ ހިނިތުންވުމެކެވެ. ކައިވެނީގެ ކޭކުފަޅައި އާއިލާއެކުގައި ފޮޓޯ ނެގިއެވެ. އޭގެ ކޮންމެ ފޮޓޯގަނޑަކީ ސާއިލްގެ ކައިވެނީގެ ރަމްޒީ ނިޝާނެެެއްކަހަލެވެ. މިރޭގެ ހަނދާންތައް އާކޮށްދޭނެ އަގުހުރި ހަދިޔާއެކެވެ.

 

ދަތުރުގެ ކައިވެނީގެ ދުވަސް ދިޔައީ މިފަދަ ގޮތަކަށެވެ. ހަލަބޮލިކަމާއި ހާސްކަމާއި ހަމަނުޖެހުމާއެކުއެވެ. ވޭނާ ރިހުމާ ތަދު އިޚްސާޞްކޮށް ދެމުންނެވެ. ދެން ކުރިއަށް އޮތީ ދަތުރުގެ ފަހުދުވަސްތަކެވެ. އަންނަ އަންގާރަ ދުވަހު މާލެފުރަން ޖެހޭނެއެވެ. ހަފްތާއެއް ތެރޭ ކިޔެވުންވެސް ފެށޭނެއެވެ. މިއަދު ހިނގައިދިޔަ ހާދިސާތަކުން ދެން މި ދަތުރުގެ ބާކީ ދުވަސްތަކުގައި ކަންތައްތައް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟ ކުރީގެ މަޖާކަން ހުންނާނެ ހެއްޔެވެ؟

ނުނިމޭ

🥰🥀❤️😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތުގެ ރިހުން (44)

Next

ހިތުގެ ރިހުން ފަހުބައި

Next
November 8, 2025

ހިތުގެ ރިހުން ފަހުބައި

Previews
November 7, 2025

ހިތުގެ ރިހުން (44)

2 Comments!

  1. Anonymous says:
    November 8, 2025 at 3:57 am

    after all that happened they still had the wedding?

    1. Isnaa says:
      November 8, 2025 at 9:27 am

      Labaa (Anonymous) 🥰🫶

Comments are closed.

Next Episodeއާއެކޭ ލޯބިވޭ ފަނަރަވަނަބައި ( ރާއްޖޭގެ ދެކުނުގެ އަޖައިބުކުރުވާ ރީތިކަން)←


All Right Reserved!