
ތިހަނދާނުން ދިހަވަަނަބައި (ދުނިޔޭގައި ބާކީ ނިވީއަށް އެންމެ 6 އަހަރު)

” މަންމާ ނޮރޮއޭ” ޚިޔާލުގެ ކަނޑުން ނީރާ ނެރެދިނީ 13 އަހަރުގެ ނިވީއެވެ. އޭނާ ސުކޫލުން ގެއަށް އައީ އެފަދަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ. އެހާ ފާޅުކަން ބޮޑުކޮން މަންމަ ރޯތަން ފެނުނު މީ ފުރަތަމަ ފަހަރެވެ.
އެނދުގެ ހެޑުބޯޑުގައިި ލެގިލައިގެން ރޯން އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނީރާއަކަށް ނޭނގެއެވެ. ލިބުނު ޚަބަރުން ކެތްތެރިކަން ކޮޅުންލީއެވެ. މީހާ ބަލިކަށި ކޮށްލީއެވެ. ތަފާތު ނާތްގާނީ ނައްސި ކަންކަމުން ސިކުނޑި ސުމަކަށް ދިޔައީއެވެ. އެއްވެސް މަޔަކަށް މިފަދަ ވަގުތަކު ކެތެއްނުކުރެވޭނެއެވެ.
އެހެނަސް ފިނޑިވެގެންވެސް ވާކަށް ނޯންނާނެއެވެ. މިއީ ކަށިން ހިތްވަރުލާންވި ވަގުތެވެ. ދުވަހެވެ.
*************************
” ދަރިފުޅާ މަންމަގެ ފު..ރާ..ނަ…” ތުރުތުރުއަޅަމުން ދިޔަ ނީރާގެ އަޑު ނިކުތީ ކޮށިކޮންނެވެ.
” އާދެބަލަ މަންމަ ބައްދާލަން ބޭނުން..” މޮޔައެންހެން މަންމަ އުޅެނީ އޭ ހިތާ ނިވީ ވަރަށް ބިރުގަތެވެ. އަވަސް ފިޔަވަޅުގައި ގޮސް އެނދާ ހަަމަވިއިރު މަންމަ ތެދުވެއްޖެއެވެ. ނިކަން ބާރަށް އަހަރެން ގައިގާ ބައްދާލިއެވެ. ގައިގެ އެތައް މިތަނުނުގައި ބޮސްދޭން ފެށީ ގިސްލަ ގިސްލާފައި ރޮމުންނެވެ.
” މަންމަ ދޫކޮށްނު…