ތިހަނދާނުން ފަސްވަަނަބައި (ނިވީގެ ހިތުގެ އުދާހުން މިންވަރެއް)
ހަފްތާއެއް ވަންދެން ސުކޫލަށް ނުގެން ގޮސް ގޭގައި ނިވީ ގެންގުޅުނީމެވެ. އަހަރެންވެސް “ކުލިނިކު”ން މަސްދުވަހުގެ ޗުއްޓީއެއް ނެނގީމެވެ. ހާލަތު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެދާނެއެވެ. މިއީ ޚަޔާތުގައި ލިބުނު އިބުރަތެކެވެ. މިދުވަހެއް ހިތަކުން ފިލައިގެން ނުމެދާނެއެވެ. މި ހަނދާނަކަށް އިރެއް ނޯއްސޭނެއެވެ. މި ގުޅުމަކަށް އަލްވަދާއެއް ނުކިޔޭނެއެވެ. މި މަންމައަށް ތި ދަރިފުޅު ނެތި ނޭވާއެއް ވެސް ނުލެވޭނެއެވެ. ތިއީ މި ހަޔާތަށް ރޯސަން ކަން ގެނެސްދޭ ފިނިފެންމަލެވެ. ދިރިހުރުމުގެ ރޫޚެވެ. އުންމީދެވެ. ތި ހަނދާނުގައި އަބަދުވެސް ހުންނަން ޖެހެނީ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





