Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-13

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
October 17, 2025 2 Mins Read
0 Comments

ހިޔާލު ތަކުގައި އޮތް ޔަސްރާ ސިހުނީ އޭނާގެ ފޯނަށް މީހަކު ގުޅުމުންނެވެ. ބަލާލީރު އަޒްހާން އެވެ. ފޯނު ސައިލެންޓް އަށް ލައިފައި އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ގެޔަށް ވަނެވެ.

*ޕާރްޓް-13*

“ހެލޯ..” ޔަސްރާ ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ އޮށޯވެލަމުން އަހާލިއެވެ.

“ހެލޯ.. ކޮންތާކު..؟” އަޒްހާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.

“ސޮރީ..” ޔަސްރާ ބުނެލިއެވެ.

“އެއީ..؟” އަޒްހާން ހައިރާންވެ ހުރެ އަހާލިއެވެ.

“ޔަސް މީނީ ރާއްޖޭގަ.. ނުބުނެ އާދެވުނީމަ ސޮރީ..” ޔަސްރާ އޮޅުން ފިލުވައިދިނެވެ.

“އޯހް.. އެ އޯކޭ އޭ.. ޝުހޫ ކިހިނެއްތަ..؟” އަޒްހާން އަހާލިއެވެ.

“ރަގަނޅު..” ޔަސްރާ ނިދިފައި އޮތް ޝުހުބާ އަށް ބަލާލަމުން ބުނެލިއެވެ.

“ދެން ޔަސް އަންނަނީ ކޮންއިރަކުންތަ..؟” އަޒްހާން ރެއިލިންގް ގައި އަތް އަޅުވާލަމުން ބުނެލިއެވެ.

“ނޭނގެ ދޯ އެހެން ބުނާކަށް.. އެކަމު ވަރަށް އަވަހަށް ދާނަން..” ޔަސްރާ ޔަގީން ކަން ދިނެވެ.

“އެހެންވީ.. މިސްޔޫ އޯލް ރެޑީ..” އަޒްހާން މަޖާވެލައިފައި ބުނެލިއެވެ.

“ހޫމް.. މިސްޔޫ ޓޫ.. ދާރު ދާނަން އަޒްހާން އަށް ހަދިޔާ އެއް ހިފައިގެން..” ޔަސްރާ ހިނިތުން ވެލައިގެން ހުރެ ބުނެލިއެވެ.

“ކޯއްޗެއް..؟” އަޒްހާން އެނގެން ބޭނުންވި އެވެ.

“ދެން ނުވެއް ބުނާނެ ދޯ.. އިޓްސް އެ ސަޕްރައިޒް..” ޔަސްރާ ހީލިއެވެ.

“އޯކޭ އޭ.. ޔަސް އަށް އެނގޭތަ ހަޔާ ވީތަން..؟” އަޒްހާން އަހާލިއެވެ.

“އާން.. ހަޔާ ދިޔައީ އަހަރެންގެ ގެޔަށް، އޭނަ އަކަށް އަދި ނެއިންގެ ޔަސް އައި ކަމެއް.. ދެން ނެއިންގެ މިހާރު ވީތަނެއް..” ޔަސްރާ އޭނާ އަށް އެނގޭވަރަކުން ބުންޔެވެ.

“އެހެންތަ.. އެކަމު އަދިވެސް ގެޔަކަށް ނާދެ..” އަޒްހާން ބުނެލިއެވެ.

“ޔަސް ދެން އަންނާނަން ދޯ..” އަޒްހާން އަނެއް ކާވެސް އަހާލިއެވެ.

“އުހުން ނާނަން..” ޔަސްރާ މަޖާވެލާފައި ބުނެލިއެވެ.

ދެމީހުންވެސް އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ފޯނުކަޑާލަައިފައި އިރުކޮޅަކު އަޒްހާން އިނެވެ.

އުޑުމައްޗަށް ނަޒަރު ހިންގާލައިގެން ހުރި ޝަޔާންގެ ސިކުނޑި ތޮށްޖެހިފައި ވަނީ ހިޔާލު ތަކުންނެވެ. އޭނާ އަށް ޖެހިފައިމިވަނީ ވަރަށް ބޮޑު މަސަށްކަތެއް ކަން އެނގެއެވެ. މިކަން ރަގަނޅަށް ކުރަން އެބަ ޖެހެއެވެ. އެހެން ނޫނީ އޭނާގެ ފުރާނައަށް ވެސް ގެއްލުން ލިބިދާނެއެވެ. އެހެން އިދެ އިދެފައި ޝަޔާން ދިޔައެވެ.

އަދިވެސް ކަނި ޖަހައެވެ. ޖެހެމުންދާ ވަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައިލާން އާއި ހަޔާ ހިގަމުން ދިޔައީ ހަޔާ މެން ގެޔާއި ދިމާއަށެވެ. ދެމީހުންވެސް ތިބީ މަޑުންނެވެ. ހަޔާ އަށް އަދިވެސް ހަމަ ބެލެނީ ކައިލާންގެ މޫނަށެވެ. ނަމަވެސް ކައިލާން އެއް ހަޔާ އަކަށް ނުބަލައެވެ. ނޫނެކެވެ. ކައިލާންވެސް ސިއްރު ސިއްރުން ހަޔާ އަށް ބަލާލައެވެ. ހިމަ މަގެކެވެ. ދެފަރާތުން ހުރީ ހުސް ގަހެއެވެ. ދެމީހުންވެސް މަޑުމަޑުން ހިގަމުން ދަނިކޮށް އެދިމާއުން އައި ސައިކަލެއްގެ ފަހަތުގައި އިން ކުއްޖާ ދަމުން ދަމުން ދިޔައީ ހަޔާގެ ގައިގައި އަޅާ ކޮށްޕާލައިފައެވެ. ހަޔާގެ ބެލެންސް ކަޓައި އެނާ ދިޔައީ ކައިލާން އާއި ދިމާއަށެވެ. ހަޔާގެ ހަޅޭކުގެ އަޑު އިވުމުން ކައިލާން އަށް އެދިމާއަށް މޫނު އަނބުރާ ލެވުނެވެ. ހަމައެވަގުތު ހަޔާ އަށް އައިސް ޖެހިގަނެވުނީ ކައިލާންގެ ގައިގައެވެ. ދެމީހުންނަށްވެސް ވީގޮތެއް ނެއިންގުނެވެ. ދެމީހުންގެ މޫނުވެސް ވަނީ ޖެހިނުޖެހޭހައި ކައިރީގަ އެވެ. ދެމީހުންގެ ހަތަރު ކަޅި ވަނީ ހަމަވެފައެވެ. ކައިލާން އަށް ބޭއިޙްތިޔަރުގައި އޭނާގެ އަތުން ހަޔާގެ މޫނުކޮޅުގައި ހިފާއްޓައި ލެވުނެވެ. ހަޔާ އަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އަށް ހަރަކާތެއްވެސް ގެންނާކަށް ނޭނގުނެވެ. ކައިލާން ހަޔާގެ ތުންފަތުގެ ފޮނި ކޮޅު ބޯލިއެވެ. ހަޔާ އަށް ހަމަ ހޭވެރިކަން ވީ ސިކުންތުކޮޅެއް ފަހުންނެވެ.

ވަގުތުން ހަޔާ ކައިލާން ކޮށްޕާލިއެވެ. އަދި އަވަސް އަވަހަށް ދުއްވައިގަތެވެ. ކައިލާން ކުރެވުނު ކަންތަށް ރޭކައިލީ އަދި ކިރިޔާއެވެ. ލަދުން މީހާ ނުވިރުނީ ކިރިއާއެވެ. އޭނާ ބަލާލީ ހަޔާއަށެވެ. ހަޔާ މަޑުވެސް ކޮށްނުލާ ދުވަުން ގޮސް އެހެން މަގަކަށް އަޅާލިއެވެ. ކައިލާން އަވަހަށް ހިގައިގަތި ގެޔައި ދިމާއަށެވެ. ހަޔާ މިހާރު ހުންނާނީ އޭނާދެކެ ރުޅި އައިސް އަކަން ޝައްކެއް ވެސް ނެތެވެެ.

ހަޔާ އަށް އަނެއް މަގަށް އަޅާލެވުނީރު މީހެއް ގައިގައި ޖެހުނެވެ. ހަޔާ އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. އެއީ ޝަޔާން އެވެ. އޭނާ ހަޔާގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ. އޭނާ ބަލާލީ ވިހަ ނަޒަރަކުންނެވެ. ހަޔާ މޫނަށް ވައްތަރެއް ޖައްސާލައިފައި އަނެއް ކާވެސް ހިގައި ގަންނަން އުޅުނެވެ. ނަމަވެސް ޝަޔާން އޭނާގެ އަތުގައި ހިފޭއްޓިއެވެ.

“ތީ، ޔަސްރާގެ ބެސްޓް ފްރެންޑް ދޯ..؟” ޝަޔާން އަހަލިއެވެ.

“ބަލަ ކޮންބޭކާރު ވާހަކައެއް ދައްކާކަށްތަ.. ކަލެޔަށް ހެވެއްނު..” ހަޔާ ޝަޔާންގެ އަތް ފޮޅުވައި ލައިފައި އަނެއްކާވެސް ދުއްވައިގަތެވެ.

“ފޮނި މަންޖެއެކޭ..” ޝަޔާން އަމިއްލަ ހިތާބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން 12-2

Next

ވާހަކައިގެ ޅެން އަދި “ޓުރޭލައި” (ތި ހަނދާނުން )

Next
October 17, 2025

ވާހަކައިގެ ޅެން އަދި “ޓުރޭލައި” (ތި ހަނދާނުން )

Previews
October 17, 2025

ގާތުގައިވި އަނދިރިކަން 12-2



All Right Reserved!