
ތިޔައީ މަގޭ މިތުރާއޭ 8

މާލިކްވެސް ލަދުގަތީ ޅީދަރިފިޅު އިންދާ ބައްޕަ ކުރިމަތީގައި އެކަހަލަ އެއްޗެއް ބުނަން އުވައިޝް ޖެހިލުމެއްވެސް ނުވީމައެވެ. އުވައިޝްއަށް ބުނެވުނު އެއްޗެއް ނަގައި ގަނެވުނީ މާ ފަހުންނެވެ. ސަހަރް އަވަސް އަވަހަށް ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. އުވައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ބައްޕައަށް ހީނލަމުން ތެދުވެގެން ދިޔައީ ސަހަރް ކައިރިން މާފަށް އެދުމަށެވެ.
ވަންނާން ނުވަންނާން ހުރެފައި އުވައިޝް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެނދުގައި އިށީނދެލައިގެން ސަހަރް އިސް ޖަހާލައިގެން އިނެވެ. އުނގު ތެރޭގައި އޮތް ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ކަމަކާ ވިސްނަނީ ކަން އެނގެއެވެ. އުވައިޝް މަޑުމަޑުން ގޮސް ސަހަރްގެ ކުތިމަތިން ކާޕެޓްގައި ކަކޫ ޖަހާފައި އިށީނދެ ސަހަރްގެ އުނގުގައި އޮތް ދެ އަތުގައި ހިފާލިއެވެ. އުވައިޝްގެ އަތް މަޑުމަޑުން ތުރުތުރު އަޅާތީ އުވައިޝް އިނީ ޖެހިލުންވެފައި ކަން އެނގެއެވެ. ” ސަހަރް. އަހަންނަށް މާފްކުރޭ. އެއީ އަހަރެން ގަސްތުގައި އެދުވަހު ކުރި ކަމެއް ނޫން.. ބޭ އިޙްތިޔާރުގަ… ވީ.. މިރޭވެސް. އަހަރެންނަށް އެނގޭ އެކަހަލަ އެއްޗެއް ބައްޕަ ކުރިމަތީ ބުނެގެން ނުވާނެކަން.…
Comments (4)
Comments are closed.
i cannot READ FULL STORY NOWADAYS
It’s a pro story
FULL PART*
I can’t read your story