Skip to content
އެސްފިޔަ

ސިއްސުވާލި މަސްތުވާތަކެތީގެ ވަނަވަރު!

ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއްދުވަހޭ ބުނަތީ ވަރަށް ގިނައިން އަޑުއަހަމެވެ. އޭގެ މާނައެއް ފަހުމްވާ ގޮތް މިވީ ދާދި އިހަކަށްދުވަހުއެވެ. މަސްތުވާތަކެތީގެ އައްޑާއެއް ފުލުހުން ފަޅާލައި ހައްޔަރުކުރި ބައެއްގެ ވަނަވަރު ދެކެފައެވެ. އޭގެތެރޭގައި ދައުލަތުގެ މީޑިއާ ޕީއެއްސެމްގެ އިސް ޕުރެޒެންޓަރެއް ހިމެނުމުންނެވެ. އާދެ! ދައްކަން މި އުޅެނީ ހދ. ކުޅުދޫފުށީ މަރިޔާޒް 23 އަހަރުގެ އިނާޔަތު އަލީގެ ވާހަކައެވެ.

އިނާޔަތަކީ ކޮންކަހަލަ މިޒާޖެއް މީހެއްކަން އޭނާ އާއެކު މަސައްކަތްކުރާ އެކުވެރިންނަށް އެނގެއެވެ. އަހައިފިއްޔާ ކޮންމެ މީހަކުވެސް ބުނަނީ އަތް ވާހަކަތަކެކެވެ. ކިޔަނީ އެއް ޅެމެކެވެ. އެއީ ހިތް ހެޔޮ ކުއްޖެކެވެ. އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރަން އުޅޭ ހީވާގި މުވައްޒަފެކެވެ.

ތުންތުން މަތިން އިނާޔާ ކެފޭތަކުގައި ސިނގިރޭޓު ބޯ އަޑުތައް އިވެއެވެ. އެ މަންޒަރުތައް ފެނިފައި ހުރި މީހުން ޔަޤީންކަމާއެކު ބުނެފައި އެބަހުއްޓެވެ. އެކަމަކު އޮފީސް ތެރެއިން މިކަހަލަ ކަންކަމުގެ ނިޝާނެއްވެސް ނުވާ ކަމަށް އޮފީސް އެކުވެެރިން ބުނެއެވެ. ” އިނާ ކޮފީތަކަށް ގޮސް ސިނގިރޭޓު ބޯތަން ފެނިގެން މީހުން ބުނެފައި ހުރީ އެދެން މާ ބޮޑު ކަމަކަށް އަޅުގަނޑުމެން ނުދެކެން މި ޒަމާނުގައި ވަރަށް އާންމު ކަމެއް ވީމަ އަނެއްކޮޅުން މައްސަލައެއް ނޫން ސިނގިރޭޓު ބުއިމަކީ ދޯ” މަދު މަދުން އިނާ އާއި ދިމާވި މީހަކުވެސް ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ ވަރުގަދަ އޮޕަރޭސަނެއްގައި އިނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ކޯޓު އަމުރުގެ ދަށުން އިނާޔާ ދިރިއުޅޭ ގެބަލާ ން ވަނީ މަސްތުވާ ތަކެއްޗާއި ދުންފަތް އެކޮށްފައިވާ ބިޑިއެއްގެ އިތުރުން އޭނާގެ އައިޑީ ކާޑުވެސް ފެނިފައެވެ.

އެ އަޑެއްގެ ޖާދުގައި ޖެއްސި އިނާގެ އަޑު މިވަނީ މިއަދު ކިލަބުވެފައެވެ. ދިވެހިންގެ ކުރިމަތީ އަގު ގެއްލި ބޭޒާރުވެފައެވެ. ފަލީޚަތްވެފައެވެ. އޭނާއަށް ކުރަމުން އައި ތާއީދު ފަނޑުވެފައެވެ. މަދު ދުސްވަސްކޮޅެގެ ތެރޭ އެތައް ބައެއްގެ ލޯބި ހޯދި އިނާއަށް މިވަނީ އިތުބާރު ގެއްލިފައެވެ. މީހުންގެ ނިމުމެއް ނުވާ ނުރުހުމުގެ ބަސްތައް އަޑު އަހަން ޖެހިފައެވެ. ދެން ޖެހި މި ހުތުރު ލައްގަޑުން ދުވަހަކުވެސް މިންޖެއް ނުވެވޭނެއެވެ.

އިނާޔާ އަކީ ޕޮރުގުރާމް ހުށައަޅައި ޚަބަރުކިޔުމުގައި ހުންނަށް ޖެހޭ ހުރިހާ ސިފަތަކެއް ލިބިފައި ހުރި ކުއްޖެއްކަމަށް އޮފީސް މާހައުލުގެ އެންމެ ގިނަ ދުވަސްވީ މުވައްޒަފުންވެސް ބުނެއެވެ. އެކަހަލަ ކަމެއް ކުރާ ކަމުގެ އެއްވެސް އިޝާރާތެއްވެސް މަސައްކަތުގެ މާހައުލުން ނުވާ ކަމަށް އެކުގައި މަސައްކަތް ކޮށްފައި ހުރި ބޭފުޅުން ފާހަގަކުރެއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ޕޮރުޤުރާމު “ހޭޔަންބޯ” މިއަހަރުތެރޭގައި ވަނީ އިނާ ހުށައަޅަން ފަށާފައެވެ. މިއީ ލިބިގެން ދިޔަ ނުހަނު ބޮޑު ކާމިޔާބެއް ނޫންތޯއެވެ. ކުރިއެރުމެއް ނޫން ހެއްޔެވެ.؟ މިކިޔަނީ ރާއްޖޭގެ މަޝްހޫރު ސޯއެއް ހުށައަޅަމުންދާ ވާހަކައެވެ. މީނޫނަސް ސަރުކާރާއި ތަފާތު ކުންފުނި ތަކުގެ ޖަލްސާތައްވެސް އަންނަނީ ހުށައަޅައިދެމުންނެވެ.

ދައުލަތުގެ މީޑިޔާ ޕީއެއްސެމް ގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އަދިވެސް ކުރަމުން އަންނަށް އިނާޔަތު އަލީ އުޅެނީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ލިބުނު ޚަބަރުތަކުގެ ޒަރިއްޔާއިން އެނގުނު ގޮތުގައި އިނާ އަކީ ޑިޕުރެސަން ތަހަންމަލުކުރަމުންދާ ޒުވާނެކެވެ. ޑިޕުރެސަނަކީ ކީހާ ވޭނެތް ކަން އެނގޭނީ އެބަލި ތަހަމްލުކުރަން ޖެހިފައިވާ މީހަކަށެވެ. ޑިޕުރެސަނަކީ އެއްވެސް ހާލެއްގައި ސަމާސާއެއް ނޫނެވެ. މީހަކު ކުޅޭ ޑުރާމާއެއްވެސް ނޫނެވެ. އެއީ ރަނގަޅުކުރަން އުނދަގޫ ރިހުން ގިނަ ބައްޔެކެވެ. ބަޔަކަށް ބައްޔަކަށް ނުވާ މި ބަލި ތަހަމަލްކުރާ އެތައް ޒުވާނުންނެއް ތިބޭނެކަން ކަށަވަރެވެ. ބޭނުންވަނީ ހިތްވަރު ދޭނެ ބައެކެވެ. އެހީވާނެ ބައެކެވެ. އެފަދަ ކުދިން މުޖުތަމައަށް އަނބުރާ ނެރެދޭނެ ވެރިއެކެވެ.

ނަފްސާނީ ބަލީގެ ޝިކާރައަކަށް އިނާޔާ ވާން މެންދުވެރިވި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަވަނީ އަލަތު ކައިވެނި ރޫޅުމެވެ. ނުހަނު ފޮނި އުންމީދުތަކާއެކު ފެށި ޒަވާޖީ ހަޔާތް އުފާވެެރިކަމުގެ އައްސޭރިއަކަށް އިނާ ގެންގޮސްނުދިނުމެވެ. އޭގެ ބަދަލުގައި އެ ދިރިއުޅުން ގެނެސް އޭނާ އެކަނިވެރިކަމުގެ ތެރެއަށްދޫކޮށްލުމެވެ. ހާސްކަމުން ފުރިގެންވި ބިރުވެރިކަމުގެ ދުނިޔެއަކަށް އެއްލާލުމެވެ.

އުފަންވަޒަނާއި މައިންބަފައިންނާ ދުރުގައި މާލެގައި ދިރިއުޅެމުން ދިޔަ އިނާއަށް މިކަންތައްތައް ވީ ކެތްކުރަން ދަތި ބޮޑު ވޭނަކަށެވެ. މިކަންކަމުގެ ސަބަބުން ޑިޕުރެސަންގެ އަޑިނޭނގޭ ކަނޑަށް އަރަޤުވިއެވެ. ކައިރީގައި ހިތްވަރުގެ ބަހެއް ބުނެލާނެ ބަޔަކުވެސް އޭރަކުނެތެވެ. ކަށިން ހިތްވަރުނެރެގެން އިނާ ބަޔަށް ބޭސްކޮށް ވެސް ހެދިއެވެ. ފަންޑިތަހަދާއި ރުޤްޔާވެސް ކުރިއެވެ. އެހެނަސް އެދެވޭ ރަނގަޅު މަގެއްނުފެނުނެވެ. މިކަމުން އަރައެއްނުގަނެވުނެވެ. އިނާޔަތުގެ އެކުވެރިޔަކު ވަރަށް އަސަރުގައި ކިޔައިދިނެވެ. އިނާއަށް އުފަލާ ހިތްހަމަ ޖެހުން ލިބޭ ކޮންމެ ކަމެއް ކޮށްލައިގެން އުޅެމުން ދަނީ މާލޭގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ގޭގޭ ކުލި ސަލާމަތްކުރާށެވެ. އެއްވެސް ހާލެއްގައި އިނާޔާ އެކުރީ ކޮށްގެންވާނެ ވަރުގެ ކުށެއް ނޫނެވެ. ފަހަރުގައިވެސް މި ކަމަށް ތަރުހީބުދީ އެއްޖަހާކަށް ނެތީއެވެ. އަދި ހާއްސަކޮން ދައުލަތުގެ މީޑިއާގެ އިސް ޕޮރެޒެންޓަރެއްގެ ހައިސިއްޔަތުން އެކުރީ ހުތުރުކަން ބޮޑުވެގެންވީ އަމަލެކެވެ.

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ އޭގެ ވިޔަފާރިކުރުމަކީ މުޅި އުމުރަށް ޖަލަށް ލާވަރުގެ ބޮޑު ކުށެކެވެ. އެހެނަސް މި ކުޑަ ދިވެހި ރާއްޖޭގައި މީ އާންމުވެ ފުޅާވަމުން އަންނަށް ވިޔަފާރިއެކެވެ. މި މައްސަލައިގައި އޭނާއާއެކު އިތުރު ދެމީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. މއ. މަޒާގެ މުޙައްމަދު އަޢިސް އަޙުމަދާއި 34 އަހަރާއި ހަމަ އެގޭ އާމިނަތު އިއްލިއްޔީން އަޙުމަދު 25 އަހަރެވެ. މި އެންމެންގެ ކުޑަކަމުދާ ތަކެތިވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މިފަދަ ވާހަކައެއް އަހަށް އާއިލާ އަކަށް ކެތެއް ނުވާނެއެވެ. އަދި ޚާއްސަކޮން މަޔަކަށް ކެތެއްނުވާނެއެވެ.

ދިނީ ނަޒަރުން ބެލިޔަސް ރަލާއި މަސްތުވާތަކެތީގެ ހުކުމަކީ ޚަރާމެވެ. މަސްތުވާތަކެތި ބޭނުން ކޮށް ވިއްކުމަކީ އުޤޫބަތް ކަނޑައެޅިގެންވާ ބޮޑު ވެގެންވާ ފާފައެކެވެ. އީމާންތެރިކަމުގެ ކުޑަވެސް މިންވަރެއް ހުރި މީހަކު މިފަދަ ފާފައަކަށް އަރައި ނުގައްނާނެކަން ކަށަވަރެވެ.

މި މައްސަލައަށް ވެގެންދާނެ ގޮތެއް ނޭނގެއެވެ. އިނާއަށް ހައްޤު އަދަބު ލިބިދާނެ ކަމެއްވެސް ނޭނގެއެވެ. މިއީ މި ދިވެހިރާއްޖޭގައި ކަން ހިނގަމުން އަންނަށް ގޮތެވެ. މޮޅު މީހާއަށް މޮޅު ގޮތް ދެރަ މީހާއަށް ދެރަގޮތެވެ. ފައިސާއަށް ގާޒީން ވިކޭ މި ޒަމާނުގައި ކުށްވެރިއަކަށް ހައްޤު އަދަބު ލިބިދާނެބާއެވެ؟ އިންސާފުވެރިކޮން އެއްވެސް ކަމެއް ހިނގައިފާނެބާއެވެ؟ މިއީ ހިތުގައި އުފެދޭ ޖަވާބު ނޭނގޭ ސުވާލުތަކެވެ. ކޮންމެ ފަރުދަކުމެއް އެނގެންބޭނުންވާނެ ކަންކަމެވެ.

އެތައް ބަޔަކަށް ސިހުން ގެނުވި ކުރުވި މި ޚަބަރުން ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް ހިސާބާމެދު ވިސްނާލާށެވެ. ބޭނުން ކުރާ މީހެއް ނުކުރާ މީހެއް ވަކި ނުވާ ހިސާބަށް ހައިރާންކަން މިވަނީ އިތުރުވެފައެވެ. މީގެ ނުރައްކާތެރިކަން މިވަނީ ކުރިއަށް ވުރެ ބޮޑުވެފައެވެ. ބިރުވެރިވެފައެވެ.

އަދުލު އިންސާފު މިދަނީ ނެތެމުންނެވެ. ކުށްކުރާ މީހުން ގިނަވަމުންނެވެ. ދިވެހި ފުލުހުންނަށް އިތުބާރު ގެއްލެމުންނެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ހަމަ ހަަމަ އުސޫލުން އިންސާފު ޤާއިމްވެގެން ދާނެ ދުވަހެއް އަންނާނެކަމެވެ. އެ ދުވަހަކު އެކަކަށްވެސް ނުފިލޭނެކަމެވެ. އާއެކެވެ. އަދުލު އިންސާފު އައިސް ތިބާއާއި ހަމަކުރާނެވެ. އެއީ ސައްކެއް ވެސް ނެތް ކަމެކެވެ. މިއަދު ސަލާމަތް ވެވުނަސް އެދުވަހު ސަލާމަތްވެވޭނެ އަތް ގޮތެއްވެސް ހަމަ ނޯއްނާނެވެ.

ނިމުނީ

Comments (8)

  1. shynyx inax

    Varah kiyaalaa hithun mi kiyaalee.. liyefa huri goi V reethi..

    1. Eh??
      shynyx inax

      Ey yoo mansha s2 up kohbala
      Inthizaaaru koh koh maru vejje

    2. Isnaa
      shynyx inax

      Thank you ( shynyx inax)
      vrh ufaa vehjjeh 🥰

  2. Isnaa

    Thanks you (Eh??)
    Mansha akee alhuganduge vaahaka eh noon 🥰

  3. Eelam..

    Heyy 👋🏻 ishoo vrh furihama liyumeh mi liyun feshigen nimendhen varah shauguverikamaa eku kiyaa levihje 👊🏻

    1. Isnaa
      Eelam..

      Hii (lam)
      Thank you
      Vrh ufaa vehjjeh 🥰

  4. Luba

    Mi kiyaalevun iru heevi vaguthu noos ga oi habaru huri gothah nagaafa copy paste eh hen
    Same things hama

  5. Isnaa

    Vaguthu noos ge habareh alhugandu nuves dheken comment fenunee ma ekam balaa laifin vaguthu noos habaru ga ekam mikahala ehves vaahaka eh nufenun alhugandu akah

    Ehves liyumeh copy paste alhugandu nukuran mee libunu mauloomaathu alhugandu liyun report eh

    thank you (luba) 🥰

Comments are closed.