Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ މިތުރާއޭ 5

ފަޒޫ Level 310 Stories100 Login
October 8, 2025 6 Mins Read
3 Comments

” ސަހަރް.. ” ހެވިފައިހުރެ ކޮންފަރެންސް ރޫމުން ބޯދިއްކޮށްލި އައިޝާ ގޮވާލުމުން ސަހަރް ކައްޓެއްހެން ތެދުވެ ސީދާ ވެލިއެވެ. ކަންކަމުގައި ކެރޭ މީހަކަށް ވިޔަސް ސަހަރް ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ. އިންޓަވިއު ކުރަނީ ކާކުބާއޭވެސް ހިތަށް އަރަމުން ދިޔައީ މަދަކުން ނޫނެވެ. ސަހަރް އައިސް ހަމަވުމުގެ ކުރިން އައިޝާ ކޮންފަރެންސް ރޫމުން ނުކުމެ ބޭރުގައި މަޑުކޮށްލިއެވެ. ” އަވަހަށް އެތެރެއަށް ވަންނަވާ.. ގުޑް ލަކް..” މިހެން ބުނެ އައިޝާ ހިނިތުންވެހުރެ ހިނގައިގަތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސަހަރް ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން އިވުނީ ފިރިހެން އަޑެކެވެ. ހުއްދަ ލިބުމާއެކު ދޮރު ހުޅުވާލާ އެތެރެއަށް ވަން ސަހަރް ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. “އިށީނދޭ.. ” ހިނިއައިސްފައި ހުރި ރުހައިމް ގޮނޑި ދައްކާލުމަށްފަހު އިށީނެވެ. އިސްދަށަށް ޖަހައިގެން ކުރިޔަށް ހިނގައިގަތް ސަހަރް ހުއްޓުނީ ގޮނޑީގައި ލައިގަތުމުންނެވެ. އެވަގުތުވެސް ސަހަރްއަށް ރުހައިމް ހީނލިހެން ހީވިއެވެ. އިސްއުފުލާ ބަލައިލިއިރު ރުހައިމް އިނީ ގޮނޑީގައި އިށީނދެ ހަމަޖެހިލައިގެންނެވެ. ފެންނަން އިނީ ވަރަށް ސީރިއަސް ކޮންނެވެ. އަވަސް އަވަހަށް ސަހަރް ގޮނޑީގައި އިށީނދެ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. “ޑޮކިއުމެންޓްސް..” ރުހައިމް ބުނެލިއެވެ. ސަހަރް އަވަސް އަވަހަށް ފައިލް އިން ޑޮކިއުމެންޓްތަށް ނެގުމަށްފަހު، މޭޒުމަތީ ބަހައްޓާ ރުހައިމްއާ ދިމާލަށް ޖައްސާލިއެވެ. އެއީ މެއިލް ކުރުމުން އައިޝާ ޕްރިންޓް ނަގާފައި ދިން ސަހަރްގެ ލިޔުންތަކާއި ކުރެހުން ތަކެވެ. ރުހައިމް ގަނޑުތަށް އަތަށްނަގާ ބަލާލުމަށްފަހު ތައުލީމީ ސެޓްފިކެޓްތަށް ވަކިކޮށް މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި ސަހަރްގެ ކުރެހުންތަށް ބަލަންފެށި ރުހައިމް ހިތްހަމަ ޖެހުނީ އުވައިޝް ބުނީ ތެދެއްކަން އެނގުމުންނެވެ.

“މީތި އެކްސްޕްލެއިން ކޮށްލަ ދީބަލަ.. ކޮން ގޮތަކަށް ވިސްނުން ހުރެގެންތޯ މިގޮތަށް މިކުރެހުން ގެނެއްސަ މީނީ” ރުހައިމް އެތަނުން އެއް ކުރެހުން ނަގާ ސަހަރްއާ ގާތަށް ޖައްސާލަމުން ބުނެލިއެވެ. ސަހަރް ވަރަށް ޝައުގުވެރިކަމާއެކު އެކުރެހުމުގެ ކަންކަން އޮޅުން ފިލުވާ ދިނެވެ. ގާތްގަނޑަކަށް 30 ހަކަށް މިނެޓްގެ އިންޓަވިއު އަކަށްފަހު ވަޒީފާ ލިބޭނަމަ 3 ދުވަސް ތެރޭގައި އަންގާލާނެކަމަށް ރުހައިމް ބުނެލީ ހިނިތުންވުމަކާ އެކުއެވެ. ޝުކުރު އަދާކުރަމުން ދާން ތެދުވި ސަހަރްއަށް ބަލާލަމުން ރުހައިމް ސަމާސާއެއް ކުރުމަށް ހިތަށްއެރުމުން ސަހަރްއަށް ގޮވާލިއެވެ. ސަހަރް ހުއްޓި ބަލާލިއެވެ. ” އުވައިޝް ބުނި އިންޓަވިއުއަށްފަހު އެ ކެބިންއަށް ސަހަރް ދުރުވުމަށް..” ވަރަށް ސީރިއަސްކަމާއެކު ރުހައިމް ވާހަކަ ދެއްކިއެވެ. “އެޔޯ.. އެ ކީއްކުރަން… އޭރަށް މިތާ މީހުނަށް އެނގިދާނެ އެއްނު.. އަހަރެން ބޭނުމެއްނޫން އެހެން އެއްވެސް ފަރާތަކަށް މިކަން އެނގޭކަށް..” ސަހަރް ވަރަށް ހާސްވެފައި އަވަސް އަވަހަށް ބުންޏެވެ. ” ކާމް ޑައުން ސަހަރް.. އެކަކަށްވެސް ނޭނގޭނެ.. މިހާރު މިކޮޅު ހުރިހާ އިންޓަވިއުއެއް ނިމިއްޖެ.. އެހެން ނޫނަސް މި ފްލޯރގައި ހުންނާނީ އުވައިޝްއާއި އަހަރެންގެ ކެބިން އެކަނި… ދެން މި ކޮންފަރެންސް ރޫމް.. މިތާކަށް ނާންނާނެ އަންގާ މީހުން ފިޔަވައި އިތުރު ބައެއް..” ހަދަމުންދިޔަ ދޮގު ފަޅާއަރާފާނެތީ ހިނިވެސް އެތެރެއަށް ހިފަހައްޓަމުން ނިކަން ހަމަޖެހިގެން ރުހައިމް ފަށުވިކަމާއެކު ބަސްތަށް އަތުރާލިއެވެ. އެ ފްލޯގައި އިތުރު ބަޔަކު ނޫޅޭ ކަން އެނގުމަކީ އޮފީސް އެންމެނަށް ކައިވެނި ފަޅާއެރުމަށްވުރެ ބޮޑު ކަމަކަށް ސަހަރްއަށް ވިއެވެ. އުވައިޝްއާ އެކު އެކަނިވާން ޖެހޭކަން އެނގުމުން އިތުރަށް ހާސްވުމުން ފައިލް މެޔާލާ ބާރުކޮށްލެވުނެވެ. “އެކަމް.. އަހަރެންނަކަށް އެ ކެބިންއެއް ނުވެސް އިނގޭ…” ސަހަރް އަވަސް އަވަހަށް ބުނެލީ އެއީ ބަހަނާއަކަށް ހެދޭނެކަމަށް ހީކޮށްފައެވެ. އުވައިޝް ބުނަން އުޅޭ އެއްޗެއް ގެޔަށް ގޮސްވެސް ބުނެވިދާނެއޭ ސަހަރް ހިތަށް އެރިއެވެ. “މިތާކު މާ ބައިވަރު ކެބިންއެއް ނުހުންނާނެ. އެކަމުވެސް އަހަރެން ގެންގޮސްދޭނަން…” ލާނެއް ހިންޏެއް އައިސްހުރެ ރުހައިމް އެހެން ބުނެލީ ސަހަރްގެ ފުރަގަހުގައި ހުރެ ކަމުން ސަހަރްއަށް އެކަމެއްވެސް ނޭނގެއެވެ. ހަދާނެގޮތް ހުސްވެފައި ހުރެ ސަހަރް ކޮންފަރެންސް ރޫމުން ނުކުތުމުން ރުހައިމްވެސް ނުކުމެ ސަހަރްގެ ކުރިޔަށްހުރެ ހިނގައިގަތެވެ. ސަހަރްވެސް މަޑުމަޑުން ފަހަތުން ހިނގައިގަތެވެ. ކުޑަ ތަންކޮޅަކަށް ގޮސް އެތެރެ ނުފެންނަ ބިއްލޫރި ޖަހާފައިވާ ކެބިންއެއްގެ ކުރިމަތީ ރުހައިމް މަޑުކޮށްލުމަށްފަހު އެނބުރި އެތެރެއަށް ވަނުމަށް ސަހަރް ކައިރީ ބުނެފައި އައިކޮޅަށް ގޮއްސިއެވެ.

ދެފިކުރެއްގައި ހުރި ސަހަރް ކެބިންއާ ދިމާލަށް ބަލާލިއެވެ. ކެބިންގެ ބޭރު ފާރުގައި ބޮޑު އަކުރުން ކޮމްޕެނީގެ “ސީ.އީ.އޯ އުވައިޝް މާލިކް” ގެ ނަން ޖަހާލާފައި އިނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ހުއްދަ ދިނުމާއެކު މަޑުމަޑުން ސަހަރް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އިސްއުފުލާ ބަލައިލި އުވައިޝް ހައިރާންވީ އިންޓަވިއު ނިންމުމަށްފަހު ސަހަރް އެ ކެބިންއަށް އަންނަން ޖެހުނީ އަދި ކެބިން އެނގުނީ ކިހިނެއްބާއޭ ހިތަށްއަރާފައެވެ. އެއްޗެއް ބުނަން އުޅެފައިވެސް ވީކަމެއް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އުވައިޝްގެ ހިތުގައި ވިއެވެ. އޭރުވެސް ސަހަރް ދޮރުން ވަންގޮތަށް ހުރީއެވެ. ބަހެއް ނުބުނިތާ އިސް އުފުލާ ބަލާވެސް ނުލައެވެ. “ތި އައީތަ؟ ކިހިނެއް ކެބިން ފާހަގަކުރަން އިނގުނީ؟ އިންޓަވިއު ރަނގަޅަށްތަ ދިޔައީ؟… ކާކު އިންޓަވިއު ކުރީ؟” ސަހަރް މަޑުމަޑުން ހުންނަން ފެށުމުން އުވައިޝް ބަރިބަރިއަށް ސުވާލުތަށް ކޮށްލިއެވެ. އަދި ގޮނޑިން ތެދުވެގެން އައިސް ސަހަރްގެ ކުރިމައްޗައް ހުއްޓިލިއެވެ. “ކިހިނެއްވީ؟؟ އަހަރެންނަށް މިތަނަށް ނާދެވޭނީތަ؟ އެހެން ނޫނަސް އުވައިޝް ބުނެގެންދޯ މި އައީ… ކޮން ވާހަކައެއް ދައްކަން ކެބިންއަށް ތި ގެނައީ؟؟ މިހާރު ޖެހިލުމެއް ނުވޭތަ އޮފީސް މީހުނަށް މި ސިއްރު އެނގިދާނެތީއެއް..؟” ސަހަރް ބުނި އެއްޗަކުން އެއީ ރުހައިމްގެ ކަމެއްކަން އުވައިޝްއަށް އެނގުނެވެ. “ރުހައިމްގެ ކަންތަށް ތީ.. އަހަރެން ނުބުނަން ސަހަރް ފޮނުވާކަށް.. އެހެން ނޫނަސް އަހަރެން ދައްކަން ބޭނުންވާ ވާހަކައެއް އޮތިއްޔާ ފޯނުންވެސް ބުނާނަން.. ދެން ބުނެބަލަ. އިންޓަވިއު ކިހިނެއް ދިޔައީ.. ރަނގަޅުތަ؟” އުވައިޝްގެ ޝައުގުވެރިކަން ބެހެއްޓީ ސަހަރްގެ ވަޒީފާއާއި ދޭތެރޭގައެވެ. ސަހަރްގެ ކައިރީގައި ހުރެ ވާހަކަ ދައްކަން އުނދަގޫ ވާތީ އުވައިޝް ގޮސް ހުއްޓުނީ ބިއްލޫރި ކުޑަދޮރު ކައިރީގައެވެ. ރުހައިމްއާ ފަހުން ޑީލް ކުރާނީ ކަމަށް ވިސްނިއެވެ. އެނބުރި ބަލާލިއިރު ސަހަރް ގޮސްއިނީ އުވައިޝްގެ ގޮނޑީގައި ހަމަޖެހިލައިގެންނެވެ. އެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. ” ވަޓް.. އާރ ޔޫ ޑުއިންގ…” އުވައިޝް އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ހުއްދަ އަކާވެސްނުލާ އެތެރެއަށް ވަދެގެންއައި ޒުވާން ފުރައިގެ އަންހެނަކު ބުނެލީ ސީދާ ސަހަރްއާ ދިމާލަށް ދަމުންނެވެ. “ޔެލީން.. ކީއްކުރަނީ މިތާގަ؟ އެހެން ނޫނަސް އަހަރެން ބުނެފަ ދޯ އޮންނާނީ މި ކެބިންއަށް އަހަރެންގެ ހުއްދައާ ނުލާ އެކަކުވެސް ނުވަނުމަށް. ހާއްސަކޮށް ޔެލީން..” އުވައިޝް ހިތްހަމަ ނުޖެހުނީ ޔެލީން ދެކެއެވެ. ސަހަރް އަށް ސިހިފައި ގޮނޑިން ތެދުވެވުނު ވަގުތު އުވައިޝްގެ އަތުން އިށީނުމަށް އެންގިއެވެ. ބަސްއަހާ ކުއްޖެއްހެން ސަހަރް އިށީނެވެ. ޔެލިނަކީއަކީ ރީތި ސިފައެއް ލިބިފައިވާ ޒުވާނެކެވެ. ހަމަ ޔަގީނުންވެސް ސަހަރްއަށް ވުރެ އުމުރުން ދޮށި ވާނެއެވެ. ކޮނޑާ ހަމަޔަށް ކޮށާލެވިފައިވާ ކަޅުކަންގަދަ ފަން އިސްތަށި ގަނޑަކާއި، ރީތި ބައްޓަމެއްގެ ވެރިއެކެވެ. ދޮން ކުލައިގެ ހަންގަނޑު ބޮޑަށް ފެންނާނެހެން ލާފައިހުރީ ގަޔަށްބާރު އަތްކުރު ކުރު ހެދުމެކެވެ. އުވައިޝްގެ ސަމާލުކަން ސަހަރަށް ނުލިބެނީ މިހެންވެތާއޭ ސަހަރްގެ ހިތަށް އެރިއެވެ. ބަހެއް ބުނެލަން އުޅެފަވެސް ސަހަރް ހިމޭންވީ ބުނެވޭ އެއްޗަކުން ސިއްރު ފަޅާއަރާ އުވައިޝްގެ ނުރުހުމާ ކުރިމަތިވެދާނެތީއެވެ.

“އަދިވެސް އެބައިނޭ ދޯ… ހާދަ ލަދެއްވެސް ނެތް މީހެކޭމީ.. ތީ އުވައިޝްގެ ގޮނޑި.. ހަމަ ތިހެން އައިސް އިށީނުމަކުން ސަމާލުކަމެއްވެސް އަދި ވަޒީފާއެއް ވެސް ކަށަވަރެއް ނުވާނެ.. އަހަންނަކީ އުވައިޝްގެ ފިޔޯންސޭ.. ވާންއުޅޭ އަނބިމީހާ. ތި ގޮނޑީގައި އުވައިޝް ނޫން މީހަކަށް އިނދެވެންޔާ އިނދެވޭނީ އަހަންނަށް..” ވިހަގޮތަކަށް ހީނލަމުން މަލާމާތުގެ ރާގަކަށް ޔެލީން ވާހަކަ ދެއްކިއެވެ. އެއީ ތެދެކޭ ހިތަށްއަރާ ސަހަރް އަކީ މިތާ އެއްވެސް ހާއްސަ މީހެއް ނޫންކަމުގެ އިހްސާސް ކުރެވުނެވެ. ގަތް ލަދުންނާއި ހިތަށްވީ ތަދަކުން ސަހަރް ގޮނޑިން ތެދުވަން އުޅުނެވެ. އެވަގުތު ކައިރިއަށް ޖެހިލާ އުވައިޝް ސަހަރްގެ ކޮނޑުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް ގޮނޑީގައި ބޭންދިއެވެ. “ސިންސް ވެން ޑިޑް ޔޫ ބިކޭމް މައި ފިޔޯންސޭ؟؟ އަދި ކޮން އިރަކު އިންނަން އެއްބަސްވީ. އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް.. ދެން މި ކެބިންއަކީ ކޮންމެ ކޮންމެ މީހަކަށް ވަދެވޭނެ ތަނެއްނޫން.. އަދި އެވެސް ވަޒީފާ ހޯދުމުގެ ބޭނުމުގަ!! ހެ ހެ..” ސަހަރްގެ ކޮނޑުގައި އިން އަތް ނައްޓާލުމަކާއި ނުލާ އުވައިޝް ވާހަކަ ދެއްކިއެވެ. ” އެކަމަކު ވެސް.. މިއީ ކާކުތަ އުވައިޝް ޑިފެންޑް ކުރަން ޖެހޭ.. މާލިކް އަންކަލްވެސް އަހަރެންނާ ނުލާހިކު ގަބޫލު.. ބުނެފިއްޔާ ކައިވެނި ވެސް ހަމަޖެހޭނެ. އުވައިޝް އާންބަސް ބުނަންވީ ހަމަ.” ސަހަރްއާ ދިމާލަށް ލޯ އަޅާލަމުން ޔެލީން ވާހަކަ ދެއްކިއެވެ. ” މީނަ ނެރިބަލަ މިތަނުން… އޭރުންދޯ އަހަރެންމެނަށް ހަމަޖެހިގެން ކައިވެނީގެ ވާހަކަވެސް ދައްކާ ލެވޭނީ…” ޔެލީން ސަހަރްގެ ކަނާއަތުގަ ހިފާ ދަމައިދަތެވެ. އުވައިޝް ހިފަހަށްޓައިގެން ހުރުމުން ޔެލީނަށް ސަހަރް ނުނެގުނަސް ސަހަރްގެ އަތަށް ވަރަށް ތަދުވިއެވެ. ބޭއިހްތިޔާރުގަ “އައުޗް” އޭ ބުނެވުނު ވަގުތު އުވައިޝް ޔެލީންގެ އަތް ފޮޅުވާލިއެވެ.

“ޔެލީން….  ކޮން ހައްގަކުން އަހަރެންގެ އަނބިމީހާ ގައިގަ ތި އަތްލަނީ… ސަހަރް މިތަނަށް ވަންނަން ނުޖެހޭނެ އެކަކުގެ ހުއްދައެއް ވެސް ހޯދާކަށް… މި ގޮނޑީގަ އިނަސް އަހަރެންގެ އަތުތެރޭގަ އިނަސް ޔެލީނަކަށްވެސް އަދި އެހެން މީހަކަށްވެސް ނުބެހެވޭނެ.. ހަމަ މިހާރު މިތަނުން ނުކުމޭ.. މި ކެބިންއިންވެސް އަދި މި ފްލޯރ އިންވެސް އަހަރެން ނާންގަނީސް ދެން ފެނިގެން ނުވާނެ.. ފެންނަ ދުވަސްވާނީ ޔެލީންގެ ވަޒީފާގެ އެންމެ ފަހު ދުވަހަށްކަން ހަނދާން ކުރާތި..” ދުވަހަކުވެސް އުވައިޝްގެ އަނގައިން މީހެއްގެ ކުރިމަތީގައި ބޭރު ނުވާނެކަމަށް ހީކުރެވުނު ބަސްތައް ޔެލީންގެ ކުރިމަތީގައި ބުނުމުން ސަހަރް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޔެލީނަށްވެސް ވީ ހަމަ އެވަރެވެ. ހައިރާންވެފައި އުވައިޝްގެ މޫނަށް ބަލަންއިން ސަހަރް ސިހުނީ ކެބިންގެ ދޮރު ލެއްޕުނު އަޑަށެވެ. އަވަސް އަވަހަށް ތެދުވަން އުޅުމުގެ ސަބަބުން ސަހަރްގެ ފައި ގޮނޑީގައި ޖެހިފައި އަރިއަޅާލިއެވެ. ވެއްޓެން ދަނީކަން އެނގުމުން ސަހަރްގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު އިވުނެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ވެއްޓީ ޖެހޭއިރު ތަދުވާނެކަން އެނގޭތީއެވެ. އުވައިޝްގެ ހަރަކާތްތަށް އަވަސްވެ އަތް ދިއްކޮށްލީ ސަހަރްގެ ގައިގަ ހިފެހެއްޓުމަށެވެ. ކައިރީގައި ހުރުމުން މާބޮޑު މަސައްކަތެއްވެސް ކުރާކަށް ނުޖެހުނެވެ. ސަހަރް އުވައިޝްގެ އަތްމައްޗަށް ވެއްޓުނު ވަގުތު އުވައިޝްއަށް ހިފަހަށްޓާ ލެވުނީ ސަހަރްގެ އުނަގަނޑުގައެވެ. ވެއްޓެން ދިއުމުގެ ސަބަބުން ލައިގެންހުރި ކޯޓް ކުޑަކޮށް ހިއްލި ގަމީސް ސްކާރޓް ދަށަށް ޖަހާފައި ހުރިބައި ނެއްޓި އުވައިޝްގެ އިނގިލިތަށް ޖެހުނީ ފަރުދާއެއް ނެތި ސަހަރްގެ އުނަގަޑާއި ބަނޑުގައެވެ. އުވައިޝްގެ އަތުގެ ބީހިލުމުން ސަހަރްއަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ތެޅިގަނެވުނީ އުވައިޝްގެ އަތުތެރޭން ވީއްލުމަށެވެ. ބޭ އިހްތިޔާރުގައި އުވައިޝްއަށް އަތަށް ބާރުކޮށްލެވުނީ ސަހަރް ވެއްޓުނަ ނުދިނުމަށެވެ. ސަހަރްއަށް އޮވެވުނީ އުވައިޝްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އުވައިޝްއަށް ވެސް ހުރެވުނީ ސަހަރްގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ. އޭރު ކެބިންގެ ދޮރުން އެތެރެއަށް ބޯދިއްކޮށްލި ރުހައިމް އާއި އައިޝާ އެ މަންޒަރުތަށް ފޯން ކެމެރާގައި ރައްކާކޮށްލިއެވެ. އަދި އަވަހަށް އެތަނުން ދިޔައީއެވެ.

މިއީ ހުވަފެނަކަށް ވާނެނަމައޭ ސަހަރްގެ ހިތަށް އަރަމުން ދިޔައީ އުވައިޝްގެ ކަނޑެއްފަދަ ފުން ދެލޮލުގެ ތެރެއަށް ގެނބިގެންގޮސް އިހްތިޔާރުން ބޭރުގައި, ވާންބޭނުން ނުވާ ކަމެއް ވެދާނެތީއެވެ. އެހެންވެއްޖެ ނަމަ އުވައިޝްގެ ލޯތްބަށްޓަކައި ދީވާނާވެ ސަހަރްގެ ހިތް ހަލާކުވެދާނެއެވެ. މިހާރުވެސް އުވައިޝްގެ އެ ހުންނަ ދުރުކަމުގެ ސަބަބުން ސަހަރްއަށް އުނދަގޫތަކެއް ވެއެވެ. ހިތަށް ތަދުވަނީ އިޙްތިޔާރަކާ ނުލައެވެ. ލޯބި ނޫނަކަސް ފިރިއެއްގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވެއެވެ. އެކުގައި ތިބެ އެތަކެއް ވާހަކަތަކެއް ދައްކަން ބޭނުންވެއެވެ. “އުވައިޝް” ސަހަރްގެ މޫނާ މޫނު ކައިރިކޮށްލި އުވައިޝް އަށް ސިހުން ގެނުވީ، އުވައިޝްގެ ތުންފަތުގައި ސަހަރްގެ ފިނިވެފައިވާ އަތްތިލަ ޖައްސާލަމުން ވައިއަޑަކުން ގޮވާލީމައެވެ. އަވަސް އަވަހަށް ސަހަރް ތެދުކުރުވައި އުނަގަނޑުން އަތް ދޫކޮށް ދުރަށް ޖެހިލާ އަނެއް ފަރާތަށް އެނބުރިލިއެވެ. ސަހަރް ހަމަޖެހިލާ ކޯޓަށް ދަމާލަމުން ހަށަން ބަނދެލައި އުވައިޝް ހިފަހައްޓައިގެން ހުރިތާގައި ފިރުމާލިއެވެ.

ސަހަރްގެ ދޮން މޫނު ވަނީ މުޅިން ރަތްވެ ހަށިގަނޑުގައި ކޮޅަށް ނުޖެހޭ އެންމެ ލޯތްޔެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުވައިޝް ވާހަކަ ދައްކަން އަނގަ ހުޅުވާލުމަށް ފަހު މަޑު ޖެހުނެވެ. ކަރުތެރެވަނީ ހިކިފައެވެ. ކުޑަކޮށް ކަރުކެހިލަމުން އިސްދަށަށް ޖަހައިގެން އިރުކޮޅެއް ވަންދެން ހުރެވުނީ ދެންމެވީ ކަންތަށް ހަނދާންވެ ކުޑަކޮށް ހިނިވެސް އައިސްފައެވެ. ކީއްވެ ކަމެއް ނޭނގުނަސް ހިނގައިދިޔަ ކަންތަކުން ގޮތްނޭނގޭ ހައިޖާނުގަނޑެއް އުވައިޝްގެ ހިތުގައި އުފެދިގެން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑި ހަމަޔަކަށް އަޅުވަން ކުޑަވަގުތުކޮޅެއް ނެގިއެވެ. އުވައިޝް އެނބުރިލިއިރު ސަހަރް ފަސްއެނބުރި ހިނގައި ގަންނަނީއެވެ. އަވަސް ހަރަކާތަކާއެކު ކުރިއަށް ޖެހިލާ އެއްލި އަތުން ހިފުނީ ސަހަރްގެ ކަނާއަތުގައެވެ. އަތަށްވީ ބާރާއެކު މީހާ އެނބުރިގޮސް ތަތްލީ އުވައިޝްގެ މޭގައެވެ. ޔެލީން ހިފާ ދަމައިގަތުމުގެ ސަބަބުން ވީ ތަދު ނުފިލާ ހުއްޓާ އުވައިޝް އެގޮތަށް އަތުގައި ހިފުމުން ސަހަރްއަށް ބޮޑަށް ތަދުވިއެވެ. “އައުޗް..” އޭ ތަންކޮޅެއް ބާރަށް ބުނެވުމުން އުވައިޝްއަށް ސަހަރްގެ ކޮނޑު ހުޅުން ފެށިގެން އަތުގެ ކުޑަހުޅާ ހަމަޔަށް ފިރުމާލެވުނެވެ. ސަހަރްއަށް ގަނޑުވެފައި ހުރެވުނީ ދުރަށް ދާން ބޭނުންވެ ވެސް ދުރަށް ނުދެވިފައެވެ. ސަހަރްގެ އަތުގެ ކުޑަހުޅާ ހަމައިން ކުޑަކޮށް މޮޑެމުން ކަހަލަ ގޮތަކަށް އުވައިޝްގެ އަތް މައްޗައް ގެންދިޔައީ ފަރުވާތެރިވެ ސަހަރްގެ އަތަށް ބަލަމުންނެވެ. ސަހަރް ހުރީ އުވައިޝްގެ މޫނަށް ކަޅިވެސް ޖަހާނުލާ ބަލަންށެވެ.

“މިތަނަށްތަ؟” އިރު އިރުކޮޅުން ސަހަރް ކުރެން އުވައިޝް އަހާލައެވެ. ސަހަރްވެސް މަޑުމަޑުން ނޫނެކޭ ބުނަމުން ދިޔައެވެ. ކޮނޑު ހުޅު މައްޗަށް ފިތާލުމުން ބޭއިހްތިޔާރުގައި “އާހް”އޭ ބުނެލެވުމުން އުވައިޝް ސަހަރްގެ މޫނަށް ބަލާލިއެވެ. ވަރަށް ބޮޑަށް ތަދުވޭތޯ ސުވާލުކުރުމުން ސަހަރް ނޫނެކޭ ބުނީ ބޯހޫރާލަމުންނެވެ. އެހެންވިޔަސް އުވައިޝްއަށް އެގޮތް ކަމުނުގޮސްގެން ބޭނުންވީ ބޭހެއް ހާކާލުމަށެވެ. ” ގެއަށް ދާންވީނުން.. ޒިޔާއްތަ ކައިރީ ބުނެގެން އައިސް އަޅާލާ ބޭހެއް ހާކާލަން.” އަނެއްކާވެސް ސަހަރް އިންކާރު ކުރުމުން އުވައިޝް ސަހަރްގެ އަތުގައި ހިފައިގެން ކެބިންއިން ނުކުތެވެ. މަޑުމަޑުން ހިނގާލާފައި ކެބިންގެ ފަހަތުން ގޮސް ނުކުމެވޭނެ ގޮތަށް ހުރި ދޮރަކުން ބޭރަށް ނުކުތެވެ. އެތާގައި ލިފްޓެއް އިނެވެ. އާންމުކޮށް މީހުން ބޭނުންކޮށް ނޫޅޭ ލިފްޓެއް ކަން އިނގެނީ އޭގެ ތެރޭގައި ގާޑެއް ނެތުމުންނެވެ. ލިފްޓަށް އެރުމަށްފަހު ގްރައުންޑަށް ދާން އުވައިޝް ފިތާލުމުން ސަހަރް ހާސްވާން ފެށިއެވެ. އުވައިޝްގެ ކައިރީ ސަހަރް ހުރިއިރު ސަހަރްގެ އުނަގަނޑުގައި އުވައިޝް ހިފަހައްޓާލާފައި ވުމުން މީހުނަށްފެނި ސުވާލުތަކެއް ކުރިމަތި ވެދާނެތީއެވެ. މީހުންގެ ކުރިމަތީ ޖަވާބުދާރީ ވުމަކީ ސަހަރަށް ފަސޭހަ ކަމެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ހަވޭލީ – ސައްބީސްވަނަ ބައި

Next

ގާތުގައިވި އަނދިރިކަން 10-2

Next
October 8, 2025

ގާތުގައިވި އަނދިރިކަން 10-2

Previews
October 8, 2025

ހަވޭލީ – ސައްބީސްވަނަ ބައި

3 Comments!

  1. Sha says:
    October 8, 2025 at 3:53 pm

    Alhe haadha reerhi vaahaka a keyy… thankolheh dhigu koh genes dheeba pls

    1. ފަޒޫ says:
      October 8, 2025 at 4:46 pm

      Fahu bai thah insha kudakoh dhigu vaane.

  2. Anonymous says:
    October 30, 2025 at 12:23 am

    Fazu please continue this story ! Masha Allah varah furihama reethi vaahaka eh!

Comments are closed.

Next Episodeތިޔައީ މަގޭ މިތުރާއޭ 6←


All Right Reserved!