ބަން… ގުގުރީގެ އަޑުން ކަންފަތް ބައްވާފަދައެވެ. ވެހެމުން ދިޔަ ވާރޭތެރިން އަންހެން ކުއްޖަކު ގުންފައިޖަހަމުން ޕާކިންޒޯނަށް އެބަދެއެވެ. 25 ހަކަށް އަހަރު ކަމަށް ބެލެވޭ ޅަ އަނަހެން ކުއްޖެކެވެ. އިސްތަށިގަނޑު އައްސާލެވިފައިވާއިރު ބައެއް އިސްތަށި ކޮޅު ތެމި މޫނުމައްޗައް ވެއްޓިފައި ހުއްޓެވެ. ހަށިގަނޑު ހެޔޮވަރަކަށް ހުރިއިރު ލަިއގެން ހުރި އޮފީސް ގަމީހާއި ފަޓުލޫނުން އޭނާ ރީތި ބައްޓަން ފާޅުކުރެއެވެ. ގައިގެ ކުލަ ހުރީ ވަރަށް ދިވެހި ޗޮކުލެޓް ކުލައަކަށެވެ. ވަށައިގެންވާ މާހައުލުގައި މީހެއްގެ ހިލަމެއް ނުވެއެވެ.
ރީހާގެ ޑިޔުޓީ ނިމުނީ ހަމަ ދެންމެއެވެ. އަވަސް އަރުވާލުމަށް ފަހު އަވަހަށް ކާރަށް އެރިއެވެ. އެއާރޕޯޓު މަގުން ނުކުމެ ލިންކު ރޯޑަށް ނުކުތެވެ. ފައި ވިއްދާ ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ވިރޭމަތިން ވާރޭ ވެހެމުން ދެއެވެ. ބޮޑުތިކި ވާރޭ ވެހެމުން ދިއުމުން ކާރުތެރެ ވަރަށް އަޑުގަދައެވެ. ވިދާލާ ކޮންމެފަހަރަކު މުޅި މާހައުލު އަލިވެން ގެއްލެވެ. މަގުމަތީ ހުރި ހޮޅިބުރިތައް އަނދާފައި ހުރުމުން ކާރުގެ އަލިކަން ފިޔަވާ ދެން އިތިރި އަލިމެއް ނުވެއެވެ. ރަނގަޅަށް މަގު ނުފެންނާތީ ރީހާ ހައި ބީމް އަށް އަލި ބަދަލު ކޮށްލިއެވެ. ވާރޭ ގަދަކަމުން އަދިވެސް މަގުގެ ކުޑަ މިންވަރެއް ނޫނީ ނުފެނެއެވެ. ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. އަދިވެސް ދުވެލި ބާރުކޮށްލިއެވެ.
ކާރު ހަންކެޑެ ބްރިޖް މައްޗައް އެރިއެވެ. ރީހާ ކޮޑަކޮށް ބޮލުގަރިއްސާލިއެވެ. އޭނާ މިއަދު ނުކައި މަސައްކަތް ކުރުމުން މީހާ ހުރީ ވަރަށް ހާންތިވެފައެވެ. ކުއްލިކަށް ބޮލަށް އެނބުރުން އެތިއެވެ. އެޔާއެކު ކާރު ކަހާލިއެވެ. އަށްޑިހައިގެ ދުވެލި ހުރިކާރު ކޮންޓުރޯލް އިން ނެއްޓުނެވެ. ރީހާ ދެލޯބޮޑުވިއެވެ. ވަރަށް ބިރުވެސް ގަތެވެ. ކޮންފަދަ ކަމެއް ބާވެެއެވެ. މުޅި ކާރު އެނބުރެމުން ކެހުމުން ދިޔައެވެ. ނެތް ހިއްވަރުލައި ރީހާ ބުރަކީގައި ހިފާލިއެވެ. މަޑުވަމުންގޮސް ކާރު ފެންސުގައި ޖެހި މަޑުވިއެވެ. ރީހާ އިނީ އަދެސް ބޮލަށް އެނބުރުން އަރާފައެވެ. ސީޓް ކަމަރުގައި އައްކާއްތާލަމުން ހަމްދުކުރިއެވެ. ކަމަރު އެޅުންކަން ނަސީބޭ އޭނާ ހިތަށް އެރޮއެވެ. ކުއްލިއަކަށް މީހަކު ނިކަންބާރަށް ދޮރުގައި ޖެހިޔެވެ. ކައިރީ ހުރި ހޮޅިބުރި ނިވި ދިއްލެމުން ދިޔައެވެ. އޭގެ ފަނޑު އަލިން އެމީހަކު ދޮރުހުޅުވަށް އިޝާރާތް ކުރާތަން ރީހާއަށް ފެނުއެވެ. މަޑުމަޑުން އަނާ ދޮރުހުޅުވާލިއެވެ.
ކުރިމަތީގައި ހުރީ ފިރިހެނެކެވެ. ވެހެމުން ދިޔަ ކެރިގަނޑުގަި އޭނާ ހުރީ އެއްކޮށް ތެމިފައެވެ. ހުދި ގަމީހެއްގައި އޭނާހުރީ އަތްކުރި އޮޅާލާފައެވެ. ކަޅު ފަޓުލޫނެވެ. ކަނދުރާއާ ހަމައަށް ހުރި އިސްތަށިގަނޑެކެވެ. އޭނާގެ މޫނު މައްޗައް ފެންތިކި ޖަހަޖަހާ ހުއްޓެވެ. ރިއްޗެވެ. ރީހާ އަނގަހުޅުވިފައި ގެއްލިފައި ހުއްޓެވެ.
“އޯކޭތަ؟” އޯގާތެރި ފިރިހެން ވަންތަ އަޑަކުން އޭނާ ވާހަކަދެއްކިއެވެ.
“ހމމ” ގޮތަކަށް ހުރެފައި ރީހާ ބުންޏެވެ. ރީހާގެގައި ގައި އެއްވެސް ވަރެއްނެތެވެ. މުޅި މަސްގަނޑުގައި އެބަ ރިއްސައެވެ.
“ކޮން ނަމެއް ކިޔަނީ؟”
“ރިީހާ”
“ރީހާ…އެއްވެސް ތާކަށް ތަދުވޭތަ؟ އަނިޔަައެއްވިތަ؟ ވަރަށް ބާރަށް ކާރުޖެހުނީ އެހެންވެ މިއަހާލީ!”
ރީހާ ބޯ ހޫރުވާލަމުން ދިޔައިރު އަދިވެސް ހުރީ ކުރިމަތިން ފެންނަންހުރި މީހާއަށް ގެއްލިފައެވެ. ރީތި މޫނެކެވެ. ތުނބުޅު ކުރެވެ. ނަމެވެސް ފުރިހަމަ އެވެ.
“ނުން ނުން އަނިޔާއެއް ނުވޭ” ރީހާ އަވަސް އަވަހަށް ބުންޏެވެ.
“ހމމ އަހަރެން މިއީ މާޒް… ވަރަށް މޮޅުކަމެއް ވީ މަށަށްވެސް. ސައިކަލު ފުރޮޅާލީ. މާ ފެންބޮޑުވީމަ ކަންނޭނގެ. ސީދާ ފެންސުމަތިން މޫދަށް. ނަސީބެއް މިވަރުން ސަލާމަތް ވިކަން.“ މާޒް އޭނާގެ ގައިން މެށިފާވާ ބައެއް ތަންތަނަށް އަޝާރާތް ކޮށްލިއެވެ.
“ރޭންޖުވެސް މިރޭ ނުލިބޭ… ސޯ އެނަްބިލާންސަކަށްވެސް ނޫނީ ޕޮލިހަކަށްވެސް ވަކި ނުގުޅޭނެ. އެހެންވެ މީހަކު ފެންނަންދެން މިހުންނަނީ. ނުބައި ކޮތަކަށްވެސް މިދިމާވީ ދޯ.” ކުޑަ ވަރެއްގެ ހިނިތުން ވުމަކާއެކު މާޒް ބުންޏެވެ. ބުނިގޮތުން ރީހާއަށްވެސް ހެވުނެވެ.
“އާދެ. ގެއަށް ލައިދީފާނަން ކާރު ދުވަންޏާ” ރީހާ ބުންޏެވެ. އަދި ޖެހިގެން އިންސީޓު ދޮރު ހުޅުވިއެވެ. މާޒު ލަސް ކުރުމެއްނެތި އެރިއެވެ. އަދި އޭނާ ކަމަރު ބާރުކޮށްލިއެވެ.
ރީހާ ކާރު ސްޓާޓްކުރަން ހިފާލިއެވެ. ވަގުތުން އިންޖީނުގެ އަޑުޖެހުނެއެވެ.
“އޯކޭ ދުއްވާ…ކިޔައި ދޭނަން ގެއަށް ދާންވީގޮތް!” މާޒް ބުންޏެވެ.
ރީހާ ހުރީ ދަތުރު މަތީ ވާހަކަ ދައްކަން ނުކެރިފައެވެ. މަގަށް ސަމާލިވެން އިނަސް މާޒް އިންނަ ކަމުގެ އިޙްސާސް އޭނާއަށް ވަމުން ދިޔައެވެ. ފިނިކަމުން ކާރުގެ އޭސީވެސް އިނީ އޮފް ކޮށްލާފައެވެ. ވާރެޔާއި އެއްކޮށް ތެމިފަ އިންއިރުވެސް މާޒު އިނީ ވަރަށް ހަމަޖެހިލައިގެނެވެ. ހީކަރުވާތީ ނޫޅެއެވެ. އެކަމު ރީހާއަށް މާޒުގެގައިން އަރާމު ހޫނެއް އިހްސާސް ވިއެވެ. ކިތަންމެ ބޭނުންވިޔަސް ކަޅި ހަމަކޮށް ބަލާލަން ނުކެރުނެވެ. ރީހާ ހުރީ ހިންދިވާލަންވެސް ނުކެރި ފައެވެ. ހިތަދޫއަށް ވަނުމުން މާޒުގޭގެ މަގު ކިޔައިދެމުން ގެންދިޔައެވެ. ރީހާ ހޮސްޕިޓަލަށް ގެންދަން އުޅުމުން ނޫނެކޭ ގެއަށް ދާންވީ ކަމުގައި މާޒު ބުންޏެވެ.
އެނެމެފަހުން ބިޔަ ދިއްގާގަހެއް އިން ހިމަގޯޅިކަށް މަޑުކޮށްލިއެވެ.
“ވަރަށް ހިތްހެޔޮ ކުއްޖަކާ ދޯ މިދިމާވީ. ޝުކުރިއްޔާ ރީހާ. އަދި ބުނަން … ތި ބޯ އަނބުރަނީ ނުން ޑޮކްޓަރު ދައްކާލައްޗޭ. އޯކޭ ދަނީ މި.” މިހެން ބުނެލުމަށް މާޒް ދިޔައެވެ. އަދި އަދިރި ގަނޑުތެރެއަށް ގެއްލުމެވެ.
“މާޒް …” ރީހާއަށް ބުނެލެވުނެވެ. ފެންނާނެ ބާވެއޭ އޭނާ ހިތަށް އެރިއެވެ. ކާރުގެ ބޭރު ހަލާކުވެ މީހާ ވަރުބަލިވެފައިވާ އިރުވެސް ރިހާގެ ސިކުނޑިއަށް ވެރިވެފައިވަނީ މާޒުގެ ނަމެވެ. ބޯހަލުވާލުމަށް ފަހު އަވަސްވީ ގެއަށްދިއުމަށެވެ. މިހާރު ފަތިސްވަނީއެވެ.
—
ރީހާއަށް ހޭލެވުނީ 10 ޖަހާ ބޮޑުވޮފަހުންނެވެ. މަލްސާ އޭނާއަށް ގޮވާ ވަރުބަލިވިފަހުންނެވެ. މަލްސާއަކީ ރީހާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރީހާ އައްޑޫއަށް އައިރު އޭނާ ދަންނަ އެކަކުވެސް ނޫޅެއެވެ. މަލްސާއާއި ދިމާވީ ރިހާއަށް ވަޒީފާ ލިބުނު ތަނުންނެވެ. މިއަދު އެއީ ރީހާގެ އާއިލާވެސް މެއެވެ. އެހާވެސް މަލްސާ ގާތެވެ. ދެމީހުން ހަށިގަނޑުން އެއްގޮތް ނަމަވެސް މަލްސާއަކީ ވަރަށް ދޮން ކުއްޖެވެ. ބައެއް މިހުން ދިވެއްސެކޭ ބުނެގެން ޤަބޫލެއް ނުކުރާނެއެވެ. އެހާވެސް ދޮނީއެވެ. ރީތީވެސް މެއެވެ.
“ކާރަށް ކީއްކޮށްފައި އެހުރީ.. ކީއްވެ މަށަށް ނުގުޅީ !” މަލްސާ މޯަޅިއަކަށް ދެމެމުން ދިޔަ ރީހާގާތުން އެހިއެވެ.
“ވިއްސާރަގަނޑު ދޯ… ފެންބޮޑުވެފަ ކަންނޭނގެ ހަންކެޑެ ބުރިޖް މެދަކާ ހިސާބުން ކަހާލ. ގޮއްސަ ފެންސުގަ ޖެހުނީ» އާފުރެމުން ރީހާ ބުންޏެވެ.
“ކީއްވެހޭ ނުގުޅީ…” ބާލީހުން ރީހާގެ މޫނުމަތީގާ މަލްސާ އަޅުވާލިއެވެ.
“ސްޓޓޮޕޕް … ރޭންޖު ނެތީއޭ. މަ އެކަންޏެއް ނޫނޭ. ބޯއި އެއްވެސް ހުރި ސައިކަލުން ކަހާލައިގެން އެތާ”
“ބޯއި އެކޭ…؟” މަލްސާ ދެލޯ ކުނާކޮށްލިއެވެ.
“ހުމމމމމމ”
“ދެން…؟؟” މަލްސާ އަދިވެސް ދެލޯ ކުނާ ކޮއްލިއެވެ.
“ ދެންް…. އޭނަ ވަރަށް .. ލޯބި” ރީހާ މިހެން ބުނެ ބާލީސްނަގައި މޫނުމަތީ އެޅިއެވެ. އަދި ބާލީހަށް އަޅޭލަވައިގަތެވެ. ނިކަން އުފަލުންނެވެ. މަލްސާވެސް ހެވިދިއްލިފައި
“ ކޮން ނަމެއް ކިޔަނީ؟” މަލްސާ އަވަސް އަަވަހަށް އެހިއެވެ.
“ މާޒް” ބާލީސް ނަގަމުން އޭނާ ބުންޏެވެ. އޭރު ރީހާގެ މޫނު އޮތީ އެކަށް ރަތް ވެފައެވެ.
“ އޭތް ކަލޭ މާ ރަކިވާނެކަމެއްނެތް… ކާރު އޮތް ހާލު ބަލާބަލަ… މީހެއްގެ އެއްޗެކޭ” މަލްސާ ކޮޑަކޮށް ސީރިއަސް ކޮށް ބުންޏެވެ.
“ އިންޝޫރެންސް އިންނާނެ، އެކަމާ މަ އުޅޭނަން.” ރީހާ ހަމަޖެހިލަމުން ބުންޏެވެ.
ދެމީހުންވެސް ދެން އަވަހަށް ސައިބޯން ދިޔައެވެ. އެކީ ކުޑަގެއެކެވެ. ރިހާ އައްޑޫއަށް އައިސް ހުންނާނެ ތަނެއް ނެތުމުން ހިތަދޫގެ ވަރަށް ދުވަސްވީ މުސްކުޅިބޭބެއެއް ދިން ތަނެކެވެ. ފަހުން މަލްސާވެސް ދިރިއުޅެން ފެށީ ރީހާއާއެކު އެގޭގައެވެ. މި މުސްކުޅިބޭ އާންމުކޮށް ކިޔާގޮތުންނަމަ ސީދިބެއަކީ ޙަޤީޤަތުގައިވެސް ވަރަށް މޮޅު މީހެއްކަމަށް ބުނެއެވެ. ދިވެހިބޭސް ކުރަން ދަނެއެވެ. ފަންޑިތަ ކޮންމެވެސް ވަރަކަށް އިނގެއެވެ. އެއްވެސް އާއިލާއެއް ނުހުރެއެވެ. ދަރިއަކު އަންބަކު ނެތެވެ. ހުރި ކަމަށް ވެއެވެ. ނަމަވެސް ވީގޮތެއް ނޭނގެއެވެ. އެވާހަކަ ރަށުގެ މީހުން އާންމުކޮށް ނުދަށްކައެވެ.
ރިހާއާއި މަލްސާވެސް ފުރަތަމަ ސީދިބޭގެ ގޭގައި އުޅުނީ އޭނައާއި އެއްކޮށެވެ. ދެން މިދިޔަ އަހަރު ކުއްލިގޮތަކަށް ސީދިބޭ ވަރަށް ބަލިވެ ނިޔާވިކަށް ވެއެވެ. މިޔާއެކު ސީދިބޭގެ ގެއާއި މުދާތަށް ލިބުނީ ރީހާއަށެވެ. ގެއާއި ކާރާއި ދަނޑުވެސް މެއެވެ. ނަމަވެސް ރީހާ އަދިވެސް މިތަކެތި ދެކެނީ ސީދިބޭގެ މުދަލުގެ ގޮތުގައެވެ. މިހެންވެ ވީވަރަކުން ރީހާ އެތަކެއް ރައްކާތެރިވެއެވެ. ވާނީވެސް އެހެންތާއެވެ. ރީހާއަކީ ދުވަހަކު އެހާ އަގުބޮޑު މުދާތަކެއް މިލްކުވި ކުއްޖެއްނުނެވެ. ޙަޤީޤަތަކީ އޭނާއަށްވެސް އަސްލު ކުރަންވީކަމެއް ނޭނގިފަިއި އޮތުމެވެ.
ގެކުޑަ ނަމަވެސް ފުދެއެވެ. ކުޑަ ބަދިގެކެވެ. އިހު ޒަމާނުގެ ވައްތަކަށް ހަދާފައި ހުރިއިރު ރިހާ ވީހާސް ފަސޭހަވާނެ ގޮތަކަށް ތަކެތި ގެންގުޅެއެވެ. މަލްސާއަކީ ޒަމާނީ އެއްޗެއްސަށް ލޯބިކުރާ ކުއްޖެއް ކަމުން އަވަނާ އެއާ ފްރަޔަރ ފަދަ ތަކެތިވެސް އެމުސްކުޅި ބަދިގޭގައި ވެއެވެ. ބަދިގެ ހުންނަނީ ކާގެއާ ތަންކޮޅެއް ދުރުގައެވެ. އެކަމަކު ވަކިންނެއް ނޫނެވެ. ހިމަ މަގަކުން ދެވޭގޮތަށެވެ.
—
ރޭ ވީއެވެ. ރިހާ އާއި މަސްލާ މިއަދު ސިކް ލީވެއް ނަގާ ހަމަޖެހިލަން ނިންމީއެވެ. ދެމީހުން ތިވީ ޖޯލީގައި ރޭގަނޑުގެ ފިނީގައި އަރާމު ކޮށްލަންށެވެ. ރީހާ ދިޔައީ މާޒްގެ ވާހަކައާއި އެނާ ރީތި ކަމުގެ ވާހަކަ ދައްކަމުންނެވެ.
“އޭނަ ލައިދިނީ އެއްކަލަ އެޅެދިގި މަގުން ގޮސް އެއޮންނީނުން މެދެއާރި ކިޅި އާދިމާލުން އިންނަ މަގެއް، އެދިމާލަށް މަޑުކުރަން ބުނީ. އެހިސާބުގަ ކަންނޭގެ މާޒުގެ ގެ އިންނަނީ” ރީހާ ކިޔައިދެމުން ދިޔައެވެ.
މާހައުލު ނިކަން ފިންޏެވެ. ކުއްލިކަށް މަގުގެ އެފަރާތުން 3 ވަރަށް ފިރިހެނުން ހިނގަމުން އެބައާދެއެވެ. ރީހާގެ ލޯ ހުއްޓުނީ މެދަށް ހުރި ކުއްޖާއާއެވެ. ހުދު ގަމީހެވެ. ކަޅު ފަޓުލޫނެވެ. ރާޅު އިސްތަށިކޮޅެވެ. ހިތް ދަމައިގަންނަ ފަދަ ތޫނު ލޮލެވެ. މާޒް… ރީހާއަށް ހިހާހިތުން އަހާލެވުނެވެ. އޭނަގެ ދެރައްޓެހިން ކަންނޭނގެ އެވެ. ވަރަށް ރީތި ހިނގުމެއްގައި ރިހާމެން ހުރި ދިމާލައް އެބަ އާދެއެވެ. ރީހާ ހުރީ އަނގަ ހުޅުވާލަންވެސް ލަދުންނެވެ. މާޒް ރީހާއާ ހަމަވުމުން ހަނާއަޅާލިއެވެ. އަދި ހިނގަމުން ގޮސް މޫދާވީ ގޯޅިއަށް އެޅިއެވެ.
މަލްސާ ނިދި އަންނަނިކަމަށް ބުނެ ގޭތެރެއަށް ވަނެވެ. ރިހާ ޖޯލި އެތެރެއަށް ލުމަށް ފަހު ގެއަށް ވަނެވެ.
“ކޮބާ؟ ރީތި ދޭ މެދަށް ހުރި ކުއްޖާ؟” ރީހާ އުފަލުން ހުރެ އަހާލިއެވެ.
“ ކާކު؟” މަލްސާ އެހިއެވެ.
“ މާޒުއޭ އެއީ … ރޭގަ މަށާ ދިމާމި… އެއްކަލަ އަހަރެމެން ކުރިމަތިން ހިނގާފަދިޔަ އެއްނުން ފިރިހެނުން ތަކެއް؟” ރީހާ ކިޔައިދިނެވެ.
“ ރީހޫ ކޮންބައެއް. އެއްވެސް ބައެއް ނާދޭ އަހަރެމެން ތިބިތާކަށް”
“ނޫނެކޭ އަހަރެމެން ކުރިމަތިން ދިޔައީ ވެސް” ރީހާ ކުޑަޮ ބިރުގަންނަ ގޮތް ވިއެވެ.
“ ނޫން ރިހޫ… އެއްވެސް މީހަކު ނާދޭ… الله ގަންދީ ހުވާކުރަން” މަލްސާވެސް ބިރުގަަންނަ ގޮތް ވިއެވެ.
—— އަދި ނުނިމޭ——
2 Comments!
Comments are closed.

Very nice
Looking forward to next part
Ty. Hopefully soon