Skip to content
އެސްފިޔަ

އިރު އޮއްސުމުން.. ދެވަނަ ބައި

ހެޕީ ބާރތްޑޭ….!”

“ތެންކިޔޫ.. ތީ ކާކު؟” ރަމްޝާ ހައިރާން ކަމާއެކު އަހާލިއެެވެ.

”ކާއިން…!”

”ކާއިން..؟ ނޭނގުނު…!!” ރަމްޝާއަށް ހައިރާން ކަމާއެކު އަހާލެވުުނެ.

”ރަމްޝާ އަށް އަހަރެން ނޭނގުނަސް.. އަހަރެންނަށް ރަމްޝާ ވަރަށް ރަނގަޅަށް އެނގޭ..!”

”އެހެންތަ.. އެހެންވީރު ބުނެބަލަ އެނގޭ ކަމެއް…!” ރަމްޝާ ހީލަމުން ބުނެލިއެވެ.

”މަންމަ އެވަރަށް ނުދާށޭ ބުނާއިރުވެސް އެކަނީގަ ކޮންމެ ދުވަހަކު ބީޗައް ދަމެއްނުދޯ..!” ކާއިންގެ މިޖުމްލައިން ރަމްޝާ ވަރަށް ހައިރާންވިއެވެ.

“ތިކަން ކާއިން އައް އެނގުނީ ކިހިނެއް..؟ ފާރަލާ މީހަކައް އަހަރެން ދާ ތަންތަން އެނގިދާނެ. އެކަމް މަންމަ ހިތްހަމަ ނުޖެހޭ ކަމެއް އެނގުނީ ކިހިނެއް؟؟”

“ކޮންމެސް ދުވަހަކުން ތިސުވާލުގެ ޖަވާބުވެސް ދޭނަން.. މިރޭ ދެން ނިދާލާ.. “ކާއިން ފޯނު ކަނޑާލުމުން ރަމްޝާވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކާއިން ދެއްކިވާހަކަތަކުން ރަމްޝާ އަށް ނިދަން އުނދަގޫވިއެވެ. ކާއިންގެ އަސަރުގަދަ އަޑާއި އެލަފްޒުތައް ކަނފަތްދޮށުގައި އިވިއިވިހުއްޓެވެ. އެތައް އިރެއްވަންދެން އެގޮތައް ވިސްްނަން އޮތުމައްފަހު ރަމްޝާ އައް ނިދުނީ ފަތިސްވާން އުޅެނިކޮންނެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ކޮންމެ ދުވަހެއްގެވެސް އާާދައިގެމަތިން މިއަދުވެސް ރަމްޝާ އަތިރިމައްޗަށް ދިޔައެެވެ. އާންމުކޮން މަޑުކުރާ ބޮޑު ކާނިގަސް ދޮށުގާ ރަމްޝާ މަޑު ކޮއްލިއެވެ. އޭރު އުދަރެސް ވަނީ ރަން ވިލާތަކުން ބެދިފައެވެ.

“ކޮން ހިޔާލެއްގަ؟” ރަމްޝާ ސިހުނީ ފަހަތުން މީހަކު ގޮވާލި އަޑަށްށެވެ. ރަމްޝާ ފަހަތަށް ބަލާލިއެވެ. އެއީ މީގެކުރިން ދެކެފާނުވާ ޒުވާނެކެވެ.

“ނޭނގުނުދޯ…؟” އެޒުވާނާ ހީލަމުން ބުނެލިއެވެ. ރަމްޝާ ހައިރާންވެފާ ބަލަން ހުއްޓެވެ.

“ހަނދާން އެބަހުރިތަ ކާއިން..؟” ކާއިން ހީލަމުން ބުނެލިއެވެ. އެވަގުތު ރަމްޝާގެ ހަނދާނައް އައީ ރޭގެ ފޯން ކޯލެވެ.

“ހަނދާން ވެއްޖެ.. ތީތަ ރޭގަ ގުޅި މީހަކީ..” ރަމްޝާ ހަނދާން ކޮއްލަމުން ސުވާލު ކުރިއެވެ.      އެދުވަހުން ފެށިގެން ކާއިން އާ ރަމްޝާގެ މެދުގާ އެކުވެރިކަން އުފެދުނެވެ. އެކަކު އަނެކަކުގެ ވަރައް ގިނަ ވާހަކަތައް ހިއްސާކުރިއެވެ. ކާއިން ބުނިގޮތުގާ ކާއިން އަކީ މިރަށައް އުފަން މިރަށު މީހެކެވެ. އެކަމަކު ދިރިއުޅުމުގެ އެކި ކަންތައްތަކާ ހެދި ކާއިން ދިރިއުޅެމުން ދަނީ މާލޭގައެވެ. އެހެންނަމަވެސް ލިބޭ ކުދިކުދި ޗުއްޓީ ތަކުގާ ރަށައް އަންނަކަމަށާ، މިފަހަރުވެސް ލިބުނު އޮފީސް ޗުއްޓީގައި ރަށައް އައީ ކަމުގަ ކާއިން ބުންޏެވެ. މީގެކުރިން ރަމްޝާ އަށް ކާއިން ފެނިފަނެތީ އެހެންވެގެން ކަމުގާ ވެދާނެއެވެ.

އެދުވަހައްފަހު ރަމްޝާ އަތިރިމައްޗައް ދާ ގަޑި ބަދަލު ކޮއްލިއެވެ. އެއީ ކާއިންގެވެސް އެދުމުގެމަތިންނެވެ. އޭގެފަހުން ކޮންމެރެއަކު ރަމްޝާއާއި ކާއިން ރޭގަނޑު އަތިރިމަތިން ބައްދަލުކުރެއެވެ.

މާގިނަ ދުވަސްތަކެތްނުވެ މިގުޅުމުގައި ތަފާތުކުލަތައްޖެހެންފެށިއެވެ. ރަމްޝާ އާއި ކާއިންގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން ލޮއިތްބައް ބަދަލުވިއެވެ. މީން އެއްވެސް ކަމެއް ރަމްޝާގެ އެންމެގާއިތް އެކުވެރިޔާ ނާދިޔާ އަކަށް ނޭނގެއެވެ. ރަމްޝާ މިހާތަނައް ނާދިޔާ އާ ސިއްރުން އެއްވެސް ކަމެއްނުކުރެއެވެ. އެހެންނަމަވެސް މިފަހަރު ކާއިންގެ އެދުމުގެމަތިން ރަމްޝާ އަށް ހިތާދެކޮޅަށް ޖެހުނީ އެކަން ނާދިޔާއަށް ނާންގާ ސިއްރުކުރާށެވެ. އެންމެ ކުޑައިރުން ފެށިގެން އޮތް ގާއިތްއެކުވެރި ކަމައްވުރެން ބޮޑައް މިއަދު ރަމްޝާއައް އިސްކަންދެވެނީ ކާއިންގެ ލޮއިތްބައްށެވެ. ކާއިން އެދޭ ކޮންމެ ކަމަކަށް ހިތާހިތުން ރުހެވެނީ ކީއްވެކަމެއް ރަމްޝާ އަކައް ނޭނގެއެވެ. އަމިއްލަ ނަފްސައްވުރެން ބޮޑައް މިހާރު ރަމްޝާ ކާއިން އަށް އިތުބާރު ކުރެއެވެ.

ހެނދުނުގެ ވަގުތެވެ. ރަމްޝާ އަށް ހޭލެވުނީ ގަޑި ސޯނާ ވާ އަޑައްށެވެ. އަވަސްއަވަހައް ފެންވަރާލައިގެން ކޮޓަރިން ނިކުމެލިއިރު ނަޝީދާ އިނީ ބޭރު ޖޯލީގައި ފިޔާ ކޮށާށެވެ.

“ދަރިފުޅު މިހާރު ފަތިސް ނަމާދަކައް ނުހޭލަން ދޯ…؟” ނަޝީދާ ރަމްޝާ ފެނުމުން ސުވާލުކުރިއެވެ.

“ނުހޭލަނީކީ ނޫން.. ނުހޭލެވެނީ.. މިހާރު މާގަދަޔަކަށް ނިދެނީ.. ދޮންބެ ދިޔައީތަ ..؟ ރަމްޝާ އަކީ ކުރިން ފަތިސް ނަމާދައް ހޭލާ ކުއްޖެކެވެ. އެހެންނަމަވެސް މިހާރަކައްއައިސް ފަތިސް ނަމާދައް ނުހޭލެވޭތީ ރަމްޝާގެ މަންމަ ނަޝީދާ ކޮންމެ ދުވަހަކު އެވާހަކަ ދައްކައެވެ.

“ރިޔާން ހިނގައްޖެ.. ރަމްޝާ ދޭބަލަ ފިހާރައައްގޮސް މިރުސް ކޮޅެއް ގަނެގެން އަންނަން..!” ނަޝީދާ ހެދުމުގެ ޖީބުން ދިހަރުފިޔާ ނަގާ ރަމްޝާއަށް ދިއްކޮށްލަމުން ބުނެލިއެވެ.

ރަމްޝާ އަވަސް ފިޔަވަޅުތަކެއް އަޅަމުން މިސްރާބުޖެހީ ގެއާ އެންމެ ކައިރީގަހުރި ފިހާރައައްށެވެ. ނަސީބު ދިމާވީގޮތުން ރަމްޝާ އަށް މަގުގެ އެއްފަރާތުން ނާދިޔާ ފެނުނެވެ.

“ނާދިޔާ……. ނަދިޔާ….!!!” ރަމްޝާ ދެފަހަރަކު ނާދިޔާއަށް ގޮވާލުމުން ނާދިޔާ ރަމްޝާގެ ގާތަށްއައެވެ. “ކޮންތާކައް ތިދަނީ.؟” ނާދިޔާ ސުވާލުކުރިއެވެ.

“މަންމަ ބުނެގެން މިރުސް ކޮޅެއްގަންނަން..”ރަމްޝާ ޖަވާބުދިނެވެ.

“މާރަނގަޅައްދޯ މިދިމާވީ.. އަހަރެންވެސް މިދަނީ ފިހާރައަށް..” ނާދިޔާ ބުނެލިއެެވެ.

“ކީވެ މިހާރު އަހަރެމެންގެއައް ނުދަނީ..؟ ވަރަށް ފޫހި ނުދާތީ” ރަމްޝާ ޝަކުވާ ކޮއްލިއެވެ.

“ނުދެވެނީ ބިޒީ ވީމަ.. މިދުވަސްކޮޅު މިއުޅެނީ ބޮޑުދައިތަގޭ ބޭބެއެއް ރަށަށް އައިސްގެން.. ރަމް ކައިރިއައް ވަރަށް ދާހިތްވެސްވޭ.. އިރާދަކުރެއްވިއްޔާ ދާނަން މާދަމާ.. މިއަދު ބޭބެ ފުރާނެ މާލެ ދާން” ނާދިޔާ ކަންތައްވީ ގޮތް ކިޔާދިނެވެ.

ދެމީހުން އެކުގާގޮސް ފިހާރައައްވަނެވެ. ރަމްޝާ މިރުސް ނަގައިގެން ގޮސް ރުފިޔާދޭން ކައުންޓަރު ދޮށުގާ މަޑުކޮއްލިއެވެ.

“ކާއިންބެ ކޮންއިރަކުން ފުރަނީ…” ނާދިޔާގެ މިޖުމުލައިން ރަމްޝާ އައް ސިހުންލިބުނެވެ. ރަމްޝާ އަަވަސްއަވަހައް ފަހަތަށް ބަލާލިއެވެ. އޭރު ނާދިޔާ ކައިރީ ކާއިން ހުއްޓެވެ.

“ދެން ފުރަންދާންވީ…..” ކާއިން ބުނެލިއެވެ. ރަމްޝާ ވެސްގޮސް ނާދިޔާ ކައިރީ މަޑުކޮއްލިއެވެ. އެހެންނަމަވެސް ކާއިން ރަމްޝާއަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ރަމްޝާ ހީކުރީ ނާދިޔާ ހުރީމަ ކާއިން އަޅާނުލީކަމައްށެވެ.

“ދަނީ އިނގޭ… ފުރަންދާ ގަޑި ޖެހެނީ… ދެން އަންނަ ޗުއްޓީއެއްގަ އަނެއްކަވެސް ދިމާވާނެ…” ކާއިން ރަމްޝާ އަށް ބަލާވެސްނުލާ ނިކުމެގެން ދިޔައެވެ. ރަމްޝާ އެންމެ ހައިރާންވީ ކާއިން ފުރާ ވާހަކަ ކުރިން ރަމްޝާ ކައިރީ ނުބުނީމައެވެ.

ގެއައް އައިސް އެންމެފުރަތަމަ ރަމްޝާ ގުޅީ ކާއިން އައްށެވެ. އެތައް ފަހަރަކު ކާއިންގެ ފޯނައް ގުޅުމުންވެސް ކާއިން ފޯނެއް ނުނަގައެވެ.

ކާއިން އެހެން ކަންތައް ކުރާނެކަމަކައް ރަމްޝާ ފަހަރެއްގަވެސް ހިއެއް ނުކުރެއެވެ. އެހާބޮޑައް ރަމްޝާގެ އިތުބާރު ހޯދާފާ ކެހިދޭނެއޭ ހީކުރާނީ ކާކުހެއްޔެވެ.

ރޭގަނޑު ގަޑިން އަށޭއް ޖެހީއެވެ. ކާއިން ނެތަސް ރަމްޝާ ނިންމީ އަތިިރިމައްޗައް ދާށެވެ. ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ. ކާއިންގެ ހަނދާންތައް އާކޮއްލުމުގެ ބޭނުމުގައެވެ. ރަމްޝާ އަބަދުވެސް ކާއިން އާ ބައްދަލުކުރާ ބޮޑު ކާނި ގަސްދަށަށް ގޮސް އިށީނދެލިއެވެ.

އިރުކޮޅަކުން ރަމްޝާ އައް ހީީވީ ރަމްޝާ އާ ވަރަށް ގާތުގަ މީހަކު ހުރިހެންނެވެ. ރަމްޝާ ފަހަތް ބަލާލިއެވެ. ދުރުދުރުންވެސް އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ.

“ރަމް…!” ކާއިންގެ އަޑު އިވުމުން ރަމްޝާ ދިޔައީ ސިއްސައިގެންނެވެ. ރަމްޝާ ކާނި ގަހާ ދިމާލައް ބަލާލިއެވެ. ކާއިން ފެނުމުން ވަރައް ހައިރާންވިއެވެ.

“ކާއިން ނުދަންތަ؟” ރަމްޝާ ސުވާލުކޮއްލިއެވެ.

“ކާއިން ރަމް ދޫކޮއްލާފަ ދާނެތަ؟ ރަމް ކާއިން ކައިރީ ދާށޭ ބުންޏަސް ނުދާނަން..!” ކާއިން ފުން މާނައެއް އެކުލެވޭ ރާގެއްގަ ބުނެލިއެވެ. ކާއިން ރަމްޝާގާތުގައި އިށީނދެލަމުން ރަމްޝާގެ އަތްގެނެސް ކާއިންގެ އަތުގެތެރެއައްލިއެވެ. އެއަތުން ދުވަހަކުވެސް ދޫކޮއްނުލާނަމޭ ބުނާފަދަގޮތަކަށްށެވެ.

“އަހަރެން ހީކުރީ ކާއިން ދެން ނާންނާނެ ކަމައް… ކީވެތަ ދާން އުޅެފަ ނުދިޔައީ…؟” ރަމްޝާ ކާއިން އަށް ބަލާލިއެވެ.

“މިބުނީނު ރަމް ދޫކޮއްފަކާ ދެން ދުވަހަކުވެސް ނުދާނަމޭ… އެވާހަކަ ދެން ނިމުނީ…”

“އޭރުން ދެން ކާއިން ގެ ވަޒީފާ އައް ވާނީ ކިހިނެތް..؟” ކާއިން އެވާހަކަ ނިންމާލަން މަސައްކައިތް ކުރާއިރު، ބަދަލުގައި ރަމްޝާ ދިޔައީ ފަހަރަކު ސުވާލެއް ކާއިން އަށް ކުރިމަތި ކުރަމުންނެވެ.

“ތިހުރިހާ ކަމަކާ ރަމް ނުވިސްނަބަލަ.. އެކަންތައްތައް އަހަރެންނަކައް މުހިންމެއް ނޫން..” ކާއިން ހަމަޖެހިލަމުން ބުނެލިއެވެ. އޭރު ކާއިން އިނީ މޫދާދިމާލައް ނަޒަރު ހުއްޓާލައިގެންނެވެ.

ރަމްޝާ ކާއިންގެ މޭގާ ބޯއަޅާލިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެކެވެ. ރަމްޝާ އައް ހޭލެވުނީ ކާއިން ގޮވާ އަޑަށްށެވެ. ހީވަނީ ވަރަށް ގާތުން ގޮވާހެންނެެވެ. ބޮލުގާ އަޅަންފެށި ވޭނެއްގެ ސަބަބުން ރަމްޝާ އައް ބޮލުގާ ބާރައް ހިފާއްޓާލެވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ނުނިމޭ

Comments (18)

  1. shurm

    V reethi mi part ves. Ummmydhu kurany next part ves vrh reethi vaane kamah. Lily ah my best wishes:-P

  2. Nuu

    Reethi mi part vea…

  3. bubble

    e ee kaain eh noon.jinni eh
    hehe.ram ah jinni avalee kan neynge…..
    btw mi prt vx nice

    1. Natsu
      bubble

      Thedheh thibuni.eiy jinni.

  4. misty

    Nice

  5. shine

    Mi partvx v v rythi..

  6. mine

    V reethi bt adhivx thankolhay kury

  7. zaa

    Nice kuran oi part heeveey adhi maa reethivaanehen ..waiting for next part

  8. Luyoona

    nice

  9. a

    a

  10. isha.. fathun

    V nice.. i luv this type of stories.. n sukunuge nassala ebaulhey kudakoh ngey.. my best wishes. Waiting for next part…

  11. Amin

    Meehakah , beach ah , namaadhah, geah , varah, dhookoh, mithanthanugai jeheynee shaviyani sukun. Vaahaka reethi . Imlaakuh rangalhukohllaa

  12. nihaa

    V nice…whn next part …..i love u r storys…mi part v reethi…anehkaa kaain ey jinni eh thr….asluvx girls nuvaane iruohsey gandyga beach ah dhaakh dho……..v reethi hingey..

  13. Maree

    Love horror stories . Nice one!! 😀

  14. Faxoo

    varah reethi 🙂 i love horror stories too

  15. Natsu

    Reethi partu
    Ey jinni yageen

  16. messi

    vvvvvvv.reethi

  17. kokee

    Ibaaraa kurun habeese

Comments are closed.