Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެން

ތަގުދީރު 1

eddie
eddie Level 110 Stories
August 26, 2025 One Min Read
0 Comments

ދުނިޔެ އަކީ އިމްތިހާން ގޮއިއްޗެކެއެވެ . ދިމާވާ ކޮންމެ ކަމަކީ އަހަރުމެން ކެތްތެރި ކަމާއެކު ކުރިމަތި ލުމެއެވެ . ބިރުވެރި ކަމާއި ނާމާން ކަމެއެވެ . ހިތް ދަތި ކަމާއި އުފާވެރި ކަމެއެވެ . މިއިން ވެސް އަހަރުމެން ނަށް އިމްތިހާން ކުރެއްވުމަށެވެ .

ރޭގަނޑުގެ ހަމަ ހިމޭ ކަމެއެވެ . ރަށް ވަނީ އަރާމު ނިންޖަކުން ނިދާފައެވެ . މަގުމަތީގައި މަގު ބައްތީގެ އަލިކަން ނޫން އިތުރު އެހެން އެއްވެސް އަލި ކަމެއް ނުމެ ނެތެއެވެ . އިންސާނުންގެ އެއްވެސް ހިލަ ކަމެއް ނެތެއެވެ . އިވެމުން ދަނީ އަހަރުމެންނަށް ނުފެންނަ ސޫފި ގެ އަޑެއެވެ .

އެ މާހައުލުގައި އެ ވަގުތުގައި ނިންޖާ ހަގުރާމަ ކުރަމުން އަންނަ ނިޝްފާ އެދުގެ ދެފަރާތަށް ފުރޮޅި ފުރޮޅިލާ އޮތެއެވެ . ނިންޖަކާ ނުމެވެއެވެ . ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ އަރާމު ނިދި ނިޝްފާން އަށް ވަނީ މަހުރޫމް ވެފައޭ ބުންޏަސް ދޮގަކަށް ނުމެ ވާނެއެވެ . ގިނަ ރޭ ނިފްޝާ އަށް ނުނިދި އުޅެ  އުޅެ ފަތިސް ނަމާދު ގެ ބަންގި ދެއެވެ .

މިރޭ ވެސް ނިފްޝާ ހަގުރާމަ ކުރަމުން އެ ގެންދަނީ ނިންޖާ އެވެ . ލޮލަކަށް ނިދީގެ އެއްވެސް ކަންފުޅެއް ނެތް ކަހަލައެވެ . ނިފްޝާ ގެ ކަންފަތުގައި އެ ގުގުމާލީ ފަތިސް ނަމާދު ގެ ބަންގިއެވެ . ނިފްޝާ އެދުން ތެދުވެ  ބަލާލެވުނީ ނިފްޝާ ގެ ލޮލުގެ ނޫރު ކަމަށް ވާ ނިފްޝާގެ ދަރިފުޅާ ދިމާ އަށެއެވެ . އެ މައުސޫމު މޫނު މަތިން އެތަކެއް ވާހަކަ އެއް ދައްކުވައި ދެއެވެ . އެ މޫނު މަތިން އެތަކެއް އުފާވެރި ކަމެއް ދައްކުވައިދެއެވެ . އެއީ މިހާރު ނިފްޝާ ގެ ހިތް ހަމަ ޖެހުމެއެވެ . އެއީ ނިފްޝާ ގެ އުފާވެރި ކަމެއެވެ . މަޑު ފިޔަވަޅެއްގައި ނިފްޝާ ހިގައި ގަތީ ފާޙާނާ އާ ދިމާ އަށެއެވެ . ފަތިސް ނަމާދު ކުރުމަށް ތައްޔާރު ވުމަށެއެވެ .

Share Article

eddie
Follow Me Written By

eddie

Level 110 Stories

Other Articles

Previous

ލޭގެ ބަދަލް-5

Next

ފަންވަރު – 04

Next
August 26, 2025

ފަންވަރު – 04

Previews
August 26, 2025

ލޭގެ ބަދަލް-5



All Right Reserved!