Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިޝްޤް 3

Queenquill Level 210 Stories100 Login
August 11, 2025 4 Mins Read
6 Comments

ޒާރާގެ ތަބީޢަތު މާރަނގަޅު ދުވަހެއް ނޫނެވެ. ބޭނުން ނުވިޔަސް ކައިލްގެ ޚިޔާލުތަކުން ޒާރާ ވަށައިލިއެވެ. ކައިލްގެ ޢަމަލުތައް އެހެން ހުރުމުން އަދި މާބޮޑަށް ވިސްނެނީއެެވެ. މީހެއްގެ ފިރިއަކަށް ވާއިރު ޒާރާގެ ހިތުގައި ސުވާލު އުފެއްދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

“ސައިވެސް ނުބޯތަ ދަނީ؟” ޒާރާ ފޫހި ގޮތަކަށްހުރެ ގެއިން ނިކުންނާތީ ނަސީމާ އަހާލިއެވެ.

“މަންމާ އަޅުގަނޑު މިއަދު ސައިބޯ ހިތެއް ނެތް..ދެން ދަނީ އިނގޭ” ޒާރާ ހިނިތުންވެލަމުން ނަސީމާއަށް ބަލައިލިއެވެ. އޭރު އަޙުމަދު ޒާރާގެ އިންތިޒާރުގައި ކާރުގެ ދޮރުފަތް ހުޅުވައިލައިގެން ހުއްޓެވެ.

އަލީޝިޔާ ޒާރާއަށް ޑިޕާޓުމަންޓުގެ ކަންކަން ބުނެލަދީ، ޒާރާގެ އޮފީސް ދައްކާދިނެވެ. އަދި އެއްވެސް ކަމަކަށް ދަތިވާނަމަ ގުޅާނެ ނަންބަރުތައް ދިނެވެ. ޒާރާގެ ދަށުން މަސައްކަތްކުރާ ސައިކޮލަޖިސްޓުންނާއި ސައިކްރޭޓިސްޓުންގެ އިތުރުން، ކައުންސެލިން ދެއްވާނެ ބޭފުޅުންވެސް ޑިޕާޓުމަންޓުގައި ތިއްބެވެ. އެ އެންމެނާ ގުޅި ރަޙުމަތްތެރި ވެލުމުގެ ގޮތުން ޒާރާ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ.

“ހައި ޖައިލަމް. ޒާރާ އައިއިރު ކުޑަކޮށް ބިޒީވީމަ އިއްޔަ ދިމާ ނުވީ.” ޖައިލަމް ޒާރާއާ ސަލާމްކޮށްލިއެވެ. ޖައިލަމްއަކީ ޒާރާއާ އެންމެ ގާތުން މަސައްކަތްކުރައްވާނެ އެއް ސައިކްރޭޓިސްޓުކަމުގައި އަލީޝިޔާ ބުނެދިނެވެ.

“އެ އޯކޭވާނެ. ދެން އެކީގައޭނު އުޅޭނީ.. އަބަދު ދިމާވާނު” ޒާރާ އެކުވެރި ރާގެއްގައި ބުނެލިއެވެ. ޒާރާގެ ރީތި ސޫރައަށް ބަލަން ޖައިލަމްއަށް ހުރެވުނީއެވެ.

ދުރުގައި ޖައިލަމްހެ ޙަރަކާތަށް ބަލަންހުރި ކައިލް ލޯހަނިކޮށްލިއެވެ. ހީވަނީ އޭނާގެ ޙައްޤަކަށް އެހެންމީހަކު ނުހަށްޤުން އަރައިގަތީހެނެވެ. އެވަގުތު ޒާރާއަށް ފަސްއެނބުރި ފަހަތް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ދުރުގައި ލޯއަޅައިގެން ހުރި ކައިލް ފެނިފައި ބޮލުގައި ރިއްސާލިއެވެ. މިހާރު އެހުރީ ކޮންކަމަކާ ރުޅި އައިސްފަ ބާވައޭ ހިތަށްއެރިއެވެ. އަވަހަށް ޒާރާގެ ނަޒަރު ޖައިލަމްއަށް ހުއްޓާލީ އެހެން ކަމަކާ ވިސްނުމަށެވެ.

ކައިލް ނުރުހުންވެފައި ހުރެގެން އެތަނުން ދިޔައީ ފޯނަށް ބަލަމުންނެވެ. ހޮސްޕިޓަލުން ނިކުމެ ކާރަށް އަރަމުން ގުޅީ ޒާވިންއަށެވެ. ބަށްދަލުކޮށްލުމަށް ބޭނުންކަމުގައި ބުނެ، ދާންވީ މަންޒިލުވެސް އެންގިއެވެ. އިރުކޮޅެއްގެ ތެރޭގައި ޒާވިން ހުރީ ކައިލް ބުނި ކެފޭގައެވެ.

“ކީއްތަވީ؟ މާ އަވަސްއަރުވާލާފަ އަންނަން ބުނީ..” ކޮފީއަކަށް އޯޑަރު ދީފައި ޒާވިން ވާހަކަފެށިއެވެ. ވެގެން އުޅޭގޮތް އަޑުއަހާފައި ޒާވިންއަށް ފެށުނީ ހޭށެވެ. ކައިލް ދެބުމަ ގާތްކޮށްލީ ފޫހިގޮތަަށެވެ. ދެން އިރުކޮޅަކުން ޒާވިން ބުނެލި ވާހަކައަކުން ކައިލް ކުޑަކޮށް ރުޅި މަޑުވިއެވެ.

ޑރ.ޒާރާގެ ޚަބަރު މުޅި ރާއްޖޭގައި މަޝްޙޫރުވެފައި ވުމުން އެޕޮއިޓްމަންޓު ހައްދަން އެކި ހިސާބުތަކުން މީހުން ގުޅައެވެ. ގިނަ ބަޔަކު ވެއިޓް ލިސްޓުވެސް ކުރަން ޖެހުނެވެ. މަސައްކަތުގައި އަވަދިނެތި ޒާރާ އުޅެންފެށުމުން ފޫހިފިލިއެވެ. އެގޮތުގައި ދުވަސްކޮޅެއް ވޭތުވެގެން ދިޔައިރު ހޮސްޕިޓަލުގެ ތެރެއިން ކައިލް ފެންނަނީ ވަރަށް މަދުންނެވެ. އިނގިފައިވާ ގޮތުގައި ކައިލް އަކީ ޢާއްމުކޮށް ހޮސްޕިޓަލުގައި އުޅޭ މީހެއް ނޫނެވެ. ކައިލްގެ އެހެން ވިޔަފާރިތަކުގައި ބުރަކޮށް އުޅޭތީއެވެ. ޒާރާއަށް ރަނގަޅީވެސް ކައިލްއާ ދިމާ ނުވިއްޔާއެވެ.

ޑިއުޓީ ނިމިގެން ގެއަށް އައިސް ޒާރާ ޖައްސާލީ ސޯފާގައެވެ. ފުދޭވަރަކަށް ވަރުބަލިވެފައި ހުރުމުން ނިދީގެ އަސަރުވެސް ލޮލުގައި ހުއްޓެވެ.

“ހާއި ޒާ ހާދަ ބިޒީއޭދޯ؟ ހިނގާބަ މިރޭ ބޭރަށް ގޮސްލަން..” ޒާވިން ކޮޓަރިން ނިކުތީ ހަމަ އެވަގުތުއެވެ.

“ހިނގާބަ..ކޮންތާކަށް ދާނީ؟” ޝައުޤުވެރިކަމާއި އެކުގައި ޒާރާ އެއްސެވެ.

” ރެޑީވެގެން ހުރޭ..އެއީ ސަޕްރައިޒެއް” އެހެން ބުނެފައި ޒާވިން ދިޔައީ ބޭރަށެވެ.

ނުހަނު ހިތްގައިމު ރެއެކެވެ. ބުރުހަމަ ހަނދުވަރުގެ އަލިން އުދަރެސް ވިދަވިދާ ހުއްޓެވެ. ޝާޙީ ރަސްކަމުގެ ޢިއްޒަތުގައެވެ. ޒާވިން ޒާރާ ގޮވައިގެން ދިޔައީ ކުޅިއަށެވެ. އެ ސަރަޙައްދު އޮންނަނީ ވަރަށް ރީތިކޮށް ކޮށާ އަލިކޮށްފައެވެ. އަދި ރީތި ފާލަމަކާއި ގެގަނޑެއް ހަދާފައި ހުރެއެވެ. އުސް ބުރިޖެއްގޮތަށްވެސް ހަދާފައި ހުއްޓެވެ. އިށީންނާނެ ބެންޗާއި ޖޯލިފަތިވެސް ހުރެއެވެ. ބަލާފޫހި ނުވާނޭ މާޙައުލެކެވެ. ތަނުގެ ރީތިކަމަށް ބަލަން ގެއްލިފައި ޒާރާއަށް ހުރެވުނީއެވެ. އޭރު ޒާވިން ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ދުރުގައި ހުއްޓެވެ. ޒާވިންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލީ ކުރިމައްޗަށް ހުއްޓުނު ކައިލް ފެނިފައެވެ. ކައިލް ބުމަ އަރުވާލީ ޖީބަށް އަތް ޖަހައިލަމުންނެވެ. ކަޅު ކުލާގެ އަތްދިގު ޓީޝާޓުގެ އަތް މައްޗަށް ކަހާލާފައި ހުއްޓެވެ. މުލަށްދަނޑީގެ ފިރިހެންވަންތަކަން ހާމަވެއެވެ.

“ޒާ ސޮރީ އިނގޭ… މަލާކް ގުޅާތީ މިދަނީ.. އެހުރީ ކައިލް ގެނެސް ޒާ އެކަނި ވެދާނެތީ.. ” ޒާރާއަށް އިތުރު އެއްޗެއް ބުނާނެ ފުރުޞަތެއްވެސް ނުދީ ޒާވިން ފިލާފިއެވެ. ޒާރާ ހާސްވިއެވެ. ކައިލްއަށް ނުބަލަންވެގެން ފާލަންމަތިން ހިނގާލާފައި ދުރަށް ދިޔައެވެ. ފާލަމުގެ ކޮޅުގައި ހުއްޓެވޭ ގޮތަށް ހަދާފައިވާ ފުޅާ ޖާގައިގައި ހުއްޓިލިއެވެ. ވަށައިގެން ޖަހާފައިވާ ފިލާގަނޑުގައި ދެއަތް އަޅުވައިލަމުންނެވެ. ޒާރާ މަސައްކަތްކުރީ ޤުދުރަތީ މަންޒަރުތަކުން ނަމަވެސް އެހިތުގެ ހާސްކަމާ ދުރުވެވޭތޯއެވެ.

ޒާރާއާއި އެކުގައި އެ ހަމަހިމޭން ރޭގަނޑު، އެފަދަ ހިތްގައިމު މާޙައުލެއްގައި އެކަހެރިވުމުން ކައިލްގެ ޖަޒުބާތުތައް އުތުރޭކަހަލައެވެ. ޒާރާ ލައިގެން ހުރީވެސް ކަކުލުން މައްޗަށް ހުރި ރަތްކުލާގެ އަތްދިގު ހެދުމެކެވެ. ހެދުން ޒާރާގެ ގަޔަށް ހިފާފައި ހުރުމުން އެރީތި ބަށްޓަން ފާޅުވެއެވެ. ކައިލްއަށް އެ ހެދުން އެއް ގޮތަކަށްވެސް ޒާރާ ބޭރުގައި ލައިގެން އުޅޭކަށް ކަމަކު ނުދެއެވެ. އެހެން މީހުންނަށް ފެންނާނޭ ހިތާ ގޮސް ޒާރާގެ ފުރަގަހުގައި ހުއްޓިލީ އެ ހާމަ، ދޮން ދެފައި ނިވާކޮށްލުމަށެވެ. އެކަމު ކައިލްގެ ނަފްސު ކޮންޓުރޯލުން ނައްޓަފާނެ ކަމުގެ ބިރު އޮތެވެ.

ކައިލް ހުރީ ގާތުގައިކަން އިނގުމުން ޒާރާގެ ވިންދު އަވަސްވެގެންދިޔައެވެ. ނޭވާ ކުރުވާންފެށިއެވެ. އެނޫން ދިމާލަކަށް ދާން ހިތަށް އަރާފައި ހިނގައިގަތެވެ. އެކަމަކު ކައިލްގެ ބާރު ހުރިއަތް ފިލާގަނޑުގައި އަޅުވާލައި ހުރަސްއެޅިއެވެ. ޒާރާ ކައިލްއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ތި ލައިގެންތަ ބޭރަށް އައީ..؟” ޖުމުލަ ބޭރުވީ އިޚުތިޔާރަކު ނޫނެވެ.

“ކީއްތަވީ؟” ޒާރާވެސް މިފަހަރު ބޭނުންވީ ކުރިމަތިލާށެވެ.

“ކައިލް ބެހިބަލަ ކައިލް ވައިފް ލާ ހެދުމާ. އަހަރެން ކޮންމެ އެއްޗެއް ލިޔަސް ކީއްތަ؟” ނުރުހިފައި ކައިލްގެ އަތް ނައްޓުވާލަމުން ޒާރާ ކުރިއަށް ދިޔައެވެ. ފާލަމުގައި ހުރި ގެގަނޑާ ހަމައަށް ޒާރާ ދިޔަ ވަގުތު ކައިލް ޒާރާގެ އަތުގައި ހިފައި، ކައިލްގެ ދެއަތް ބިތުގައި ވިއްދާލަމުން ޒާރާ ހައްޔަރުކޮށްލިއެވެ. އޭރު ކައިލްގެ ތުންފަތްމަތީގައި ހުރީ ނުލަފާ ހިނިތުންވުމެކެވެ. ޒާރާއަށް އެ ހިނިތުންވުމަށް ބަލައިލެވުނެވެ. އެހާ ފުރިހަމަ އިންސާނުންވެސް އުޅޭ ހެއްޔެވެ؟

“މިހާރު ކީއްވެތަ ތި ހެނީ؟” ރުޅި އަޑަކުން ޒާރާ ސުވާލުކޮށްލިއެވެ.

“ދެންމެ ޒާރާ ބުނި އެއްޗަކުން ހެވުނީ.. ކީއްވެ އެހެން ބުނީ؟” ކައިލް އަހާލިއެވެ. ޒާރާ ލޯ އަޅައިލިއެވެ.

“ލޯ އަޅަނީތަ؟” ކައިލް ލޯ ހަނިކޮށްލަމުން ޒާރާއާ ގާތްވެލިއެވެ. އިންޒާރެއް ދޭފަދަ ގޮތަކަށެވެ. އެވަގުތު ކައިލްގެ ނޭވާ ބީހިލުމުން ޒާރާއަށް އިޚުތިޔާރަކާ ނުލައި ތުންފަތުގައި ދަތް އަޅައިލެވުނެވެ.

“ބުނީމެއްނު ތިހެން ނުހަދާށޭ..ޔޫ ވިލްބީ ޕަނިޝްޑް ފޮރ ދެޓް” ކައިލްގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ކާކުގެ ނަޞީބެއްކަމެއް ނޭނގެއެވެ. އެވަގުތު ޒާރާގެ ފޯނު ރިންގުވާން ފެށިއެވެ. ޒާރާ އަވަހަށް ކައިލްގެ އަތް ދަށުން ސަލާމަތްވިއެވެ.

“ހައި..ކީކޭ ޖައި؟” ޒާރާ އެހެން އަހާލުމާއެކު ކައިލްގެ ލޭކެކުނެވެ. ފޯނު ބާއްވާނޭ އިރެއްގެ އިންތިޒާރުގައި ހުއްޓެވެ.

ޒާރާ ފޯނު ބޭއްވި އިރު ކައިލް އިނީ ޖޯއްޔެއްގައި އިށީންދެލައިގެންނެވެ.

“ޖައިލަމް އެއީ ރަނގަޅު މީހެއް ނޫން” ޒާރާއަށް އިވޭނެހެން ކައިލް ބުންޏެވެ. ޒާރާ ކައިލްގެ ކުރިމަތީގައި ހުއްޓިލިއެވެ.

“ދެން ކައިލްއޯ؟ ތިއީވެސް ހަމަ ޕްލޭ ބޯއީއެއް..ބޮޑު ވީމަވެސް ރަނގަޅުވާކަށް ނޭނގުނު ދޯ..” ޒާރާގެ ޖުމުލަ ނިމުނު ތަނާހެން، ކައިލް ޒާރާގެ އަތަށް ދަމާލިގޮތުން ވެއްޓުނީ ކައިލްގެ އުނގު ތެރެއަށެވެ. ޒާރާ ތެދުވަން އުޅުމުން ކައިލްގެ އަތް ޒާރާގެ އުނަގަނޑުގައި ވަށާލިއެވެ.

“ކީއްވެތަ ތިހެން ތިބުނީ؟” ކައިލް ޒާރާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރީތިކޮށްލަ ދިނެވެ.

“ކީއްވެހޭ؟ ނުފެނޭތަ؟ ދޫކުރާށޭ ކައިލް. ކޮބާތަ ބޭނުމަކީ..؟” ޒާރާ އަދިވެސްބެލީ ތެދުވެވޭތޯއެވެ.

” ތި ހީކުރަނީ ރަނގަޅަކަށް ނޫނޭ.. ކާކުތަ ބުނީ އަހަރެން މެރިޑް އޭ..” ކައިލް އޮޅުންފިލުވައިދިނެވެ. ޒާރާ ސިހިފައި ބަލައިލިއެވެ. ޒާވިންގެ ބޮލުގައި ޓަކިތަޅާލަން ހިތަށް އެރިއެވެ.

“އެކަމުވެސް ހެޔޮ. ދެން ކީއްވެތަ އަހަންނަށް ތިހެންތި ހަދަނީ؟” ޒާރާ މިފަހަރު ވާހަކަދެއްކީ މަޑުންނެވެ. ކައިލް އިތުރަށް ޒާރާ ގަޔާ ކައިރިކޮށްލިއެވެ. އެވަގުތު ދެހިތުގެ ވިންދުވެސް ހުރީ އަވަސްވެފައެވެ.

“ތިގޮތަށް އަހަންނާ ކައިރި ނުވޭ ކައިލް… ޕްލީޒް. އަހަރެންމީ މީހެއްގެ ޙައްޤެއް” ޒާރާ ތެޅިގަނެފައި ތެދުވިއެވެ. އަދި ކައިލްއާ ދުރަށް ޖެހިލިއެވެ. އެވަގުތު ކައިލްއަށް ހީވީ މީހަކު ކައިލްގެ ހިތުގައި ހިފައި ފިއްތާލިހެންނެވެ.

“ކާކުގެ؟” ކައިލްގެ އަޑު ހަރުކަށިވިއެވެ.

“މަންމައާ ބައްޕަގެ” ޒާރާ ހީލަމުން ބުންޏެވެ. ކައިލް ޒާރާގެ އަތުގައި ހިފާލުމަށް ހޫރާލި އަތުގައި ނުޖެހި ދުވެފައި ދިޔައީ ދުރަށެވެ.

“މިހާރު މާ ލަސްވެއްޖެ. ގެއަށް މިދަނީ..” ޒާރާ ހުއްޓިފައި ގޮވާލިއެވެ. ޒާރާގެ ގާތަށް އަންނަމުން ދިޔަ ކައިލް ސުވާލު ކުރީ، ދަނީ އެކަނިތޯއެވެ. ޒާރާ ބުނީ ޑްރައިވަރަށް ގުޅާނެ ވާހަކައެވެ. ކައިލް ޒާރާއާ އަރާ ހަމަކުރުމަށްފަހުގައި އެ އަތްތިލައިގައި ހިފާލިއެވެ.

“ހިނގާ އަހަންނާ އެކީ ދާނީ..” ކައިލް ޒާރާގެ އަތުގައި ހިފައިގެންހުރެ ސައިކަލުގެ ކާރިއަށް ދިޔައެވެ. ކައިލް ސައިކަލަށް އަރަން ބުނުމުން ޒާރާ ދެކޮޅުހެދިއެވެ. ދެތިން ފަހަރަކު ކައިލް ބުނުމުންވެސް ޒާރާ ހުރީއެވެ.

ކައިލް ސައިކަލުން ފޭބިއެވެ.

” ފަހު ފަހަރަށް މި ބުނަނީ..އަރާ” ކައިލް ޒާރާގެ ގާތަށް ޖެހިލިއެވެ. ޒާރާއަށް ނޫނެކޭ ނުބުނެވި އުޅެނިކޮށް ކައިލް ޒާރާ، ފަސޭހަ ކަމާއި އެކުގައި އުފުއްލާލިއެވެ. އަދި ސައިކަލުގައި ބޭންދިއެވެ. ޒާރާގެ ފައި ބިމުގައި ނުޖެހޭތީ ފައިބެގެން ދާން އުނދަގޫވިއެވެ. އިސާހިތަކު ކައިލް ސައިކަލު ދުއްވާލައިފިއެވެ. ފުދޭވަރަކަށް ބާރަށެވެ.

ޕެލެސް ގޭގެ ދޮރުމައްޗަށް ސައިކު ހުއްޓާލުމާއެކު ޒާރާ ފައިބަން މަސައްކަތްކުރިއެވެ. ކައިލް އޭގެ ކުރިން ތެދުވެ ޒާރާ އުރާލައިގެން ކަހަލަ ގޮތަކަށް ބާލުވައިފިއެވެ.

“ތެންކިޔޫ..ގުޑް ނައިޓް” ޒާރާ އެނބުރުނީ ގެޔަށް ވަންނާށެވެ.

“ހަމައެކަނި ގުޑް ނައިޓް ކިޔާނީތަ؟” ކައިލް އިތުރަށް ޒާރާ ރުޅިއަރުވާލަން ބޭނުން ވިއެވެ. ޒާރާ ތުންކޮޅު އޫކޮށްގެން ހުރެ ގެއަށް ވަދެއްޖެއެވެ. ޒާވިންގެ ދުވަސް ދުއްވާލުމަށް ހިތުލައިގެންނެވެ.

 

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ލޯބީގެ ކުރި ދަތުރު 18

Next

ހިތުގެ ރިހުން (17)

Next
August 12, 2025

ހިތުގެ ރިހުން (17)

Previews
August 11, 2025

ލޯބީގެ ކުރި ދަތުރު 18

6 Comments!

  1. Herrrrr says:
    August 13, 2025 at 12:50 pm

    Alheyyyyyyyy zaara and kail haadha loabi ey the perfect couple hehe 😅

    1. Queenquill says:
      August 13, 2025 at 2:50 pm

      I know right 🥰

  2. Anonymous says:
    August 22, 2025 at 7:13 pm

    When’s next????

    1. Queenquill says:
      August 24, 2025 at 11:53 pm

      In sha Allah soon

  3. Mar Sha Mar Sha says:
    August 23, 2025 at 7:01 pm

    hi, story varah rythi, kiyaaleveyne dhuvahehge inthizaaruga, hoping to read a new ep soon

    1. Queenquill says:
      August 24, 2025 at 11:54 pm

      Awwwn thankoo so much❤️🥰

Comments are closed.



All Right Reserved!