އަބަދަށް-31
މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސުއްޕެއްގެވެސް އަދެއް ނީވެއެވެ. ގަސްބޯކަމުން އެދިމާ އަދިރިކަމަށް ދައްކައެވެ. މާހީގެ ހިތުގައި ނެއިންގ ޭބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ދެކޮޅު ބަލަމުން ހިގަމުން ދިޔައިރު އޭނާ ފަހަތުން ކާރެއް އަންނަކަން އެނގުނެވެ. އޭތިއައީ ލައިޓް ނުދިއްލަ އެވެ. މާހީ ހިގުން ބާރު ކޮށްލިއެވެ. ނަމަވެސް އެކާރު އައިސ ްމާހީ ކުރިމައްޗަށް ހުއްޓިއެވެ. މާހީ ހުއްޓުން އެރިއެވެ. ހިތް ބިރުގަތެވެ. އަނެއްފަރާތަށް އެބުރުނެވެ. އެއްމެ ފިޔަވަޅެއްވެސް ނޭޅުނެވެ. މީހަކު އައިސް އޭނާގެ އަގަޔާއި ނޭފަތްމަތީ ފޮތިކޮޅެއް އެޅިއެވެ. ދުވިވަހުން މާހީގެ ހެޔަށް ގޮތެއް ވެލިއެވެ. ވަގުތުން މާހީ އެމީހެއްގެ އަތްމައްޗަށް ދެމުނެވެ.
*ޕާރްޓް-31*
މާހީ އަށް ހޭލެވުނީ ފިނިވާން ފެށުމުންނެވެ. އެސްފިޔަތަށް ތަޅުވައިލައިފައި މާހީ ވަށައިގެން ހޯދާލީއެވެ. ބޮޑު ކޮޓަރިއެކެވެ. މަޑު ނޫކުލައިގެ ދަވާދު ލައިފައިވީރު އަލި މަޑު ލައިޓް އެއް ހުއްޓެވެ. ކުޑަދޮރެއް ނެތެވެ. ބޮޑު އަލަމާރިއެއް ހުއްޓެވެ. މާހީ އަށް އޮވެވެނީ ކިންގް ސައިޒް އެދެއްގައެވެ. މާހީ ވަގުތުން ކޮޅަށް ޖެހުނެވެ. ގޮސް ތަޅުގައިހިފާ ދޮރުހުޅުވަން އުޅުނެވެ. ދޮރުހުރީ ތަޅުލާފައެވެ. ދެފަހަރަކު ތަޅުހުޅުވަން އުޅެފައި މާހީ އަނެއްކާވެސް ބަލާލީ އޭނާގެ ހޭންޑް ބޭގް އޮތް ތޯއެވެ. އޭރު އޭނާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ބިރުން މާހީ ދާހިއްލަން ފެށިއެވެ. މީ ކޮންތަނެއް ހެއްޔެވެ. އޭނާ މިތަނަށް ގެނައީ ކާކު ހެއްޔެވެ. މާހީ އަވަހަށް ހޭންޑް ބޭގް ނަގައި ބަލާލީ އޭނާގެ ފޯނު އޮތްތޯއެވެ. ފޯނެއް ނެތެވެ. މާހީ ތެޅިގަނެފައި އެކިތަންތަން ހޯދަން ފެށިއެވެ. މާހީ އަށް ކެއްނުވެގެން ރޮވެން ފެށުނެވެ. އޭނާ އަށް ހީވަނީ މެޔަށް ބާރުވާހެންނެވެ. މަޑުމަޑުން މޭގައި ފިރުމާލާފައި މާހީ ތިރިވެލިއެވެ. އޭރު ހުއްޓުމެއްނެތި މާހީގެ ލޮލުން ކަރުނަ އާދެއެވެ.އޭނާ އަށް ނޭވާލަން އުދަގޫވާން ފެށިއެވެ.
“ކުޑޫ..” ފޭދިގެން ކަހަލަ ގޮތަކަށް މާހީގެ އަޑު ބޭރުވިއެވެ. ބިންމަތީ ކޭއްތެމުން މާހީ ގޮސް ކޮޓަރި ދޮރުގައި ލެގިލިއެވެ. އަދި މަޑު މަޑުން ދޮރުގައި ޖަހާލިއެވެ.
“ޕްލީސް.. ދޮރު.. ހުޅު، ވަބަ-” މާހީގެ އަޑުކެޑުނެވެ. އޭނާގެ ދެލޯވެސް މެރުނެވެ. އާއެކެވެ. އޭނާ ހޭނެތުނީއެވެ.
ހަމައެވަގުތު މީހަކު އެކޮޓަރި ދޮރު ހުޅުވައިފައި ވަނެވެ. އޭނާ އިނީ މާސްކެއް އަޅައި އަގަޔާއި ނޭފަތް ފޮރުވައިގެންނެވެ. އޭނާގެ ތޫނު ކަޅި ހޯދާލީ މާހީ އަށެެވެ. ބިންމަތީ އޮތް މާހީ ފެނި އޭނާ އަވަހަށް ދޮރުލައްޕައިފައި ފަސޭހަކަމާއި އެކު މާހީ އުފުލާލައިފައި އެދުމަތީ ބޭއްވިއެވެ. ރީއްޗަށް މާހީ ބާއްވައިލައިފައި އޭނާ މާހީގެ މޫނަށް ބަލާލިއެވެ. ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އޭނާ މާހީގެ ލޯކައިރީ ހުރި ކަރުނަތަށް ފުހެލަދިނެވެ. އަދި މާހީ ގައިގައި ރަޖާއަޅައި ދިނެވެ. އޭނާ ތެދުވެގެން ގޮސް އޭސީ ނިއްވާލިއެވެ. އެދާއި ކުރިމަތިވާގޮތަށް ހުރި ސޯފާގައި އޭނާ އިށީނެވެ. އޭނާ އެހެން އިދެ ކިތެއްމެ އިރަކު މާހީގެ މޫނަށް ބެލިއެވެ. އިރުގަޑެއް ފަހުން އޭނާގެ ފޯނަށް މެސެޖް އެއް އައުމުން އޭނާ އެބަލާލައިފައި ގޮސް ކޮޓަރިން ނިކުތެވެ. އެއީ ކާކު ބާއެވެ؟
މާއިލް އދުގައި އޮތްވައި މީހަކު އައިސް ކޮޓަރި ދޮރުގައި ޓަކިދިނެވެ. ފޫހިވެފައި ހުރެ މާއިލް ދޮރުހުޅުވާލިއެވެ. ކުރިމަތީ ހުރި ފަރީފާ ފެނި މާއިލް އިތުރަށް ފޫހިވެގެން ލޮއަބުރާލިއެވެ.
“ދަރިފުޅާ..؟ ބައްޕަ ބުނީ އައިސް ބަލާށޭ..” ފަރީހާ އެހެން ބުނެ ދިޔައެެވެ. މާއިލް ދިޔައީ އާމުކޮށް ހުޒާމް އިންނަ ކޮޓަރިއަށެވެ. އޭރު ހުޒާމް ސިގެރޭތް އެއް ރޯކޮށް ލައިގެން އިނެވެ. މާއިލް ގޮސް ހުޒާމް އާއި ކުރިމަތީ ހުރި ގޮޑީގައި އިށީންދެ ދަތް ދޮޅިގައި އަތް ވިއްދާލިއެވެ.
“އަންނަ މަހު 12ގަ ރަންކިޔުން އޮންނާނެ.. އެއަންހެނާ ކައިރީ ބުނާތި.. ކަލޭވެސް ތައްޔާރުގަ ހުންނާނީ..” ހުޒާމް އޭނާގެ ހަރުކަށި ރާގަށް ބުނެލިއެވެ.
“ދެން ކައިވެނި ކޮށްފަ..؟” މާއިލް އަހާލީ ހުޒާމް ބުނާނެ އެއްޗެއް ބަލާލުމަށެވެ.
“ކައިވެނު ކުރެވުނީމަ ބުނާނަން..” ހުޒާމް އެހެން ބުނެ ނިކުތުމަށް ބުންޔެވެ. މާއިލް ވެސް އިތުރަށް އެތާ މަޑުނުކުރަންވެގެން ނިކުތެވެ.
އަރަން އިނީ ޖައިޝް އާއި އެކު ކާގޭގައެވެ. ދެމީހުންވެސް ތިބީ ވާހަކަ ދައްކާށެވެ.
“ދެން ޕޮލިހުން އޭނާއަށް ހޯދަން ފަށާފިއްޔާ..؟” ޖައިޝް ހާސްވެ ހުރެ އަހާލިއެވެ. އަރަން ހީލާފައި ގޮޑީގައި ހަމަޖެހިލިއެވެ. ދެމީހުންވެސް އެކިވާހަކަ ތަކުގައި ތިބެފައި ގަޑިން 2 ވެސް ޖެހިފަހުން ޖައިޝް ވަނީ ނިދަން ކޮޓަރިއަށެވެ. އަރަން އިރުކޮޅަކު އެހެން އިދެފައި ޖަގަށް ފުރާ ފެން އަޅައިފައި ތަށްޓަކާއި ނޫޑުލިސް ތައްޓެއް ހިފައިގެން ދިޔައީ އެޕާޓް މެންޓް އެއްމެ އެތެރޭގައި ހުރި ކޮޓަރިއާއި ދިމާއަށެވެ. އޭނާ ގޮސް ތަޅުދަޑި ނަގައި ދޮރު ހުޅުވާލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha Allah 🤩 Mi part ves vrh reethi aran and jaish tha maahy ah ehen ehedhee vrh baivaru suvaalu ufedhihje curiously waiting for the next part when’s next
TC, LYSM ❤️
Thank you! 😊
So Aran dhw Maahy kidnap kury
Alhey huzaam haadha goahey
Anekka Maahy ah keekuranbaa eulheny
Anyways mi part ves varah reethi
LY💋💋💋
Thank you!
Love you more!
Haadha kurey mi part but varah reethi vaane hen heevanee. Anyways waiting for the next part. xoxo!!
Sorry for that!
Thank you!