އިންތިޒާރު 1
އަހަރުމެން ގެ ތެރޭގައި ބައެއް ފަހަރު އެހެން ކަން ކަމާ އިންތިޒާރު ކުރެވެއެވެ . ތިމާ އަށް އެއްވެސް މަންފާއެއް ނެތް ކަންކަމުގައި އިންޒާރު ކުރެވެއެވެ . ލޯބި ނުވާ މީހެއް އަންނާނެ ކަމަށް ވެސް ބައެއް ފަހަރު އަހަރުމެން ގެ ތެރޭގައި އިންތިޒާރު ކުރެވިގެން ދެއެވެ .
ލޮއިއްބަކީ ބައެއް ފަހަރު ހިތި އެއްޗަކަށް ވެގެން ދެއެވެ . އަނެއް ބައި ފަހަރު މާމުއި އަށް ތުރެން ފޮނި އެއްޗަކަށް ވެސް ވަނީ ވެފައެވެ. ދިރިއުޅުމުގެ މައިދާނުގައި ލޯބީގެ ސަބަބުން މީހާ އެއްކޮށް ހަލާކުވެގެން ދާ މަންޒަރު ތަށް ފެނިގެން ދެއެވެ .
މި ވާހަކަ އަކީ މި މުޖުތަމައު އަށް ބިނާ ކޮށް އަޅުގަނޑު އަމިއްލަ ހިޔާލަށް އުފައްދާފައިވާ ވާހަކައެކެވެ . މި ވާހަކަ ކިޔުމަށް ފަހު މި ވާހަކައިގެ ނުރަގަޅު އަދި ރަގަޅު ކޮމެންޓް ކޮށްލަ ދެއްވުން އެދެމެވެއެވެ .
###
އައްސަލާމް އަލައިކުމް .. އައްސަލާމް އަލައިކުމް ….. އަހަރެން ސަލާމް ގޮވާލާފީމެއެވެ . ގެޔަކީ އާދާގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ . ގޭގެ ބަދިގެ ފަރާތުން މީހަކު ސަލާމް ބަލައިގަތުމަށް ފަހު ބޯ ދިއްކޮށްލީ . މެދު އުމުރަކަށް ދާ އަންހެނެކެވެ . ކޮއްކޯ ކީއްކޮށްލަން ؟ އެ އަންހެން މީހާ އަހަންނަށް ސުވާލު ކޮށްލިއެވެ . …. އަހަރެން ހިނިތުން ވެލަމުން އަހަރެން ބުނެލީމެއެވެ . ދައްތާ! މި އޮތީ ރަށަށް ޖައްސާ ބޯޓަށް އެރުވި ފޮށިގަނޑެކެވެ . މި ގެ ނަން ޖަހާފައި އޮތުމުން އަހަރެން ވީހާ ވެސް އަވަހަކަށް މި ރައްދު ކޮށްދިނުމަށް މި އައީ އެވެ .
” ހާދަ ރަގަޅު ކުއްޖެކެވެ . ކޮއްކޮ އަށް ރަގަޅު ގޮތް މެދުވެރި ކުރައްވާށި ” ދައްތަ ގެ މޫނު މަތިން އުފާވެރި ކަން ދައްކަމުން ބުނެލިއެވެ . ދައްތާ މި ފޮށިގަނޑު ކޮންތާ ކު ބާންދަން ވީ …. އަހަރެން ސުވާލު ކޮށްލީމެއެވެ . ތި ތާ ސިޓިން ރޫމްގައި އެހަށް ބާންދާށެއެވެ . ދައްތަ ގެ ދަރިޔަކު އައިމާ ތި ފޮށިގަނޑު އެހެން ތާކަށް ލާނަމައެވެ . އެހެން ބުނުމުން އަހަރެން ގެނޭ ފޮށިގަނޑު ސިޓިން ރޫމް ގައި ބޭއްދުމަށް ފަހު އަހަރެން ހިގައި ގަތީ އެގެއިން ނިކުންނާށެއެވެ .
އެ ގޭ ގެ ގޯތި ތެރެ ތަނަވަހެއެވެ . މިހާރު ހަނދާފައިވާ ގޭގެ 3 ގުނައިގެ ގެ ހެދޭނެއެވެ . ގޯތި ތެރޭގައި ، ޖަބުރޯލް ގަހާއި ، ފޭރު ގަސްތައް ، އަދި މާ ބަގީޗާ ގަސްތަކުން ވަނީ މުޅި ގޯތި ތެރެ ވަނީ ފުރިފައެވެ . ހިތް ގައިމެއެވެ .އުޅެލަން ބޭނުން ވަނީ ނަމަ އެގޭގައި އުޅުމުގެ އަހަރެން އުޅުނީމުހެއެވެ . އަހަރެން ހިތާ ހިތުން ކިޔާލީމެއެވެ .
އަހަރެން ގޯތިން މަގަށް ނިކުންނަށް ހިގާލި ވަގުތެއެވެ . އަހަރެން ކޮށޑުގައި މީހަކު ޖެހުނު ހެން ހީވިއެވެ . އާއެކެވެ . އަހަރެން އެ އަންހެން ކުއްޖާ އަށް ހިތް ލައްބުވާލި ކަހަލައެވެ . ހާދަހާ ލޯބި ކުއްޖެކެވެ
2 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ .

