Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 22

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
January 7, 2026 8 Mins Read
15 Comments

“ތެދެއް ލިވީ..؟ އަދިވެސް ރެންއަށް އާއެކޭ ނުބުނަންތަ..؟ އެކަމު ދެންމެ ނިމްޝާ ކުރިމަތީ ވަރަށް ގަދަވެލާފަ ރެން ވެރިކޮށްލި އިރު ހީވީ އެހެން ފަދަ ކަމެއްހެން..” ލައިނީ ދިމާކޮށްލިއެވެ.

“އާއެކޭ ބުނެވޭނީ ރައިހާން ފުރަތަމަ އަހަރެން ގާތު އަހައިގެންނު.. ރައިހާން އަދިވެސް ސީދާ ނުއެއް އަހައޭ..” ލިވްޔާ ހަމަ އެހެން ބުނުމާއެކީ ރައިހާން ހަށިގަނޑު ސީދާކޮށްލާފައި ލިވްޔާގެ އަތްތިލައަށް ފިތައިލިއެވެ.

“އެހެންވީރު މިހާރު މި އަހަނީ.. ލިވްޔާ.. އަހަރެން ލިވްޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ލިވްޔާ އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟ ވިލް ޔޫ ބީ މައިންް..؟” އެއްވެސް ޖެހިލުންވުމެއް ނެތި ރައިހާން ހާމަކޮށްލީ އެހިތުގެ އެދުމެވެ. ލިވްޔާގެ ޖަވާބު މާ ކުރިން ވެސް ޔަގީންކުރެވިފައިވީ ނަމަވެސް ރައިހާންގެ ހިތުގައި ލިވްޔާގެ ޖަވާބު އަންނާނޭ ގޮތަކާއި މެދު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވިއެވެ.

“އަހަރެން ނުބުންޏަސް ރައިހާންއަށް ޖަވާބު އެނގެއެއްނު..” ލަދުރަކި ހިނިތުންވުމަކާ އެކީ ލިވްޔާ އެހެން ބުނީ އެވަގުތު އެތަނުގައި ޔާނިއުއާއި ލައިބީ ވެސް ތިބުމުންނެވެ.

“ތި ދުލުން ބުނެލާ އަޑު އަހާ ހިތްވަނީ..” ލިވްޔާއާ ޚިލާފަށް ރައިހާންގެ އަޑުގައި ޖެހިލުންވުމެއް އަދި ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތެވެ. އެ އަޑުގައި ވަނީ އަބަދުވެސް ހުންނަ ފަދަ ކެރުންތެރިކަމާއި ބަރުކަމެވެ.

“އާއެކޭ.. ދެން ހަމަ ނުބުނިއްޔާ ނޭނގޭތަ..؟” އެންމެ ފަހުން ލަދުން އިނދެ ވެސް ލިވްޔާ އޭނާގެ ޖަވާބު އިއްވައިލުމާ އެކީ ރައިހާންގެ ހިތް އޭގެ މަޤާމުން ދޫވެގެން ދިޔަ ފަދައެވެ.

ލިވްޔާގެ ޖަވާބު ހަމަ އިވުމާ އެކީ ރައިހާންގެ ހިނތުންވުން ފުޅާވެގެން ދިޔަ އިރު އެ އަތުތެރޭގައިިވީ ލިވްޔާގެ އަތަށް ފިތައިލާފައި، އިހުނަށްވުރެ ވެސް ބޮޑަށް ލިވްޔާއާ ގާތްވެލަމުން ރައިހާން އެ ނިތަށް ބޮސްދިނެވެ.

“ދެން އަޅެ ހާދަ ލޯތްބޭ ދެމީހުން..” ޔާނިއުގެ ކޮނޑުގައި ބޯއަޅައިލަމުން ލައިނީ ބުނެލީ ހިތުގެ އަޑިން ކޮއްކޮއަށް ރައިހާން ފަދަ ރަނގަޅު ބައިވެރިއަކު މިންވަރުކުރެއްވީތީ އުފަލުން ހުރެއެވެ.

“ރަނގަޅު ދެމީހުން ހިތާވެފަ މިތިބީ.. އެއްވަރުގެ ސިނގުރުޅިގަނޑެއް އަންނަ ދެމީހުން.. މަ ހިތަށް އަރާ ކިހައި ވަރަކުން ދާނެ ބާވައޭ..” ލަިއނީގެ ބޮލުގައި ބޯ ޖައްސައިލަމުން ޔާނިއު ދެން ވެސް އެދެމީހުންނާ ދިމާކޮށްލިއެވެ.

“ފާޑުފާޑު އަނގަނުތަޅާ.. ސިނގުރުޅި އަންނަ ވަރަށް ވުރެ އަހަރެން މިހާރު ލިވްޔާ ދެކެ މާ ލޯބިވޭ..” ޔާނިއުއަށް ލޯއަޅައިލަމުން ރައިހާން ބުނެލުމާއި އެކު ޔާނިއު އާއި ލައިނީ ގާތަށް ވެސް ހިނި އައެވެ.

“އަދި އަލަށް އަހަންނަށް ރިއަލް ލައިފް އެނެމީސް ޓު ލަވަރސް ސްޓޯރީއެއް ވިޓްނެސް ކޮށްލަން މި ލިބުނީ.. ދިސް އިޒް ޓޫ ގުޑް..” ލައިނީ ހަމަ އެހެން ބުނުމާ އެކީ ލިވްޔާ ‘ދެން ކުޑާ’ އޭ ކިޔައި ފުއްވައިލިއެވެ.

މެންދުރުގެ ކެއުން ނިންމައިލުމަށް ފަހު ހަތަރު މީހުން ވެސް އެކި ތަންތަނަށް ގޮސް، އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ގެއަށް އައީ އިރު ވެސް އޮއްސުނު ފަހުންނެވެ. ޔާނިއުގެ އެދުމަށް ރައިހާން ވެސް މިއަދު ފަހުން ކޮމްޕެނީއަށް ނުގޮސް، މުޅި ދުވަސް ހޭދަކުރީ އެމީހުންނާ އެކުގައެވެ.

*** ** ***

އެރޭގެ ކެއުމަށް އެންމެން އެކުގައި އިންސާފު ކުރެވުނު ވަގުތު ރައިހާން އޭނާއާއި ލިވްޔާގެ ވާހަކަ އެންމެންނަށް އެންގިއެވެ. ސީދާ ނުބުނި ކަމުގައިވީ ނަމަވެސް ކުރިން ވެސް އެ އެންމެންނަށް އެދެމެދުގައި ކަމެއްވާކަން އެނގޭކަން ރައިހާންއަށް ޔަގީންވާތީ، އިތުރަށް ނުބުނެ ލަސްކުރަން ރައިހާން ބޭނުން ނުވީއެވެ.

ރައިހާން އެ ވާހަކަ ބުނުމުން ޝޮކެއް ލިބުނު އެކަކު ވެސް އެތަނުގައި ނެތެވެ. އަނީސް ގާތުން އެކަމަށް ހުއްދައަށް އެދުނީ ވެސް ޚުދު ރައިހާން އަމިއްލައަށެވެ. ރައިހާންގެ އެ ކެރުންތެރިކަމާއި ޖެހިލުންކުޑަ ކަމުން ލިވްޔާ ހައިރާންވީ ނަމަވެސް އެހެން މީހުން ތިބީ ހީލަހީލައެވެ. ރައިހާންއަކީ ކުޑައިރުއްސުރެ ވެސް އެއްޗެއް ބޭނުންވެއްޖެ ނަމަ ގަދަ ޢަަޒުމަކާ އެކީ ހިތްވަރުލައި، އެކަމެއް ހާސިލްކުރާ ކުއްޖެއްކަން ނޭނގޭ އެކަކު ވެސް އެތަނުގައި ނެތެވެ.

“ދެން އެހެންވީރު މާމަ ބޭނުމެއް ނޫން އިތުރަށް ލަސްކުރާކަށް.. ދެކުދިން ވެސް އަވަހަށް ކައިވެނި ކުރަން މާމައަށް ފެންނަނީ.. މިހާރު ލިވްޔާ ވެސް އެ އުޅެނީ މިގޭގަ.. ލިވްޔާއާ އަނީސްއާ ދެން ނުދާ ގޮތަށް މިގޭގަ ތިބީމަ ލައި ވެސް ހިތްހަމަޖެހޭނެ.. ދޯ ދަރިފުޅާ..؟” އައިސާމަނިކެ ލައިނީއަށް ދޯ ދިނުމުން ލައިނީ ވަގުތުން ފުޅާ ހިނިތުންވުމަކާ އެކީ ބޯޖަހައިލީ އެއީ އޭނާ އެންމެ ބޭނުންވާ ގޮތް ކަމުގައި ވާތީއެވެ. އެންމެ ފުރަތަމަ ޔާނިއުއާ ކައިވެނި ކުރަން ލައިނީ ފަސްޖެހުނު ސަބަބަކީ ވެސް ލިވްޔާއާއި ބައްޕަ އެކަނި ދޫކޮށްލާފައި އެހެން ގެއަކަށް ބަދަލުވުމެވެ. އެހެނަސް މިވީ ގޮތުން ދެން ލިވްޔާއަށާއި ބައްޕައަށް އޭނާގެ ގާތުގައި ހުރެވޭނެއެވެ.

“އެހެންވީމަ ލަސްނުކޮށް ދެކުދިން އަވަހަށް ކައިވެންޏާ ދޭތެރޭ ވިސްނާ.. ދެކުދިން ރައްޓެހިވެގެން އުޅޭ އިރު ލިވްޔާ މިގޭގަ އެގޮތަށް ހުރީމަ މީހުން ފާޑުފާޑު ވާހަކަ ދައްކާނެ.. މާމަމެން ވިސްނާ ގޮތަކަށް ނޫނެ އެމީހުން ވިސްނާނީ.. މާމަ ބޭނުމެއް ނޫން ރެންއާ ލިވީއާ ބެހޭގޮތުން މީހަކު އެހަކަލަ ވާހަކައެއް ދައްކާ އަޑު އަހާކަށް..” އައިސާމަނިކެގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ރައިހާން އާއި ލިވްޔާ ވެސް ބޯޖަހައިލި ނަމަވެސް، ދެމީހުން ވެސް އަދި ކައިވެންޏަށް ތައްޔާރު ނޫން ކަން ދެމީހުންނަށް ވެސް އަމިއްލައަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ދެކިގެން އައިސާމަނިކެގެ ވާހަކައަށް ދެމީހުން ވެސް އެވަގުތު އެއްބަސްވީ، ދެމީހުން ފަހުން ވަކިން އެ ވާހަކަ ދައްކަން ހިތުއަޅަމުންނެވެ.

“ޔާންއާ  ރެންއާ ދެކުދިން އެކައްޗެއް ކިޔައިގެންތަ އެއް ގެއަކުން ދެކުދިން ގެންނަން މި އުޅެނީ..؟” ހަލީމް ދިމާކޮށްލުމާއި އެކު އެންމެން އެކުގައި ހޭން ފެށި އިރު، ޔާނިއު އާއި ރައިހާން ހިސާބަކަށް ރަކިވިއެވެ.

“މަ ވެސް ތިހެން ހިތަށް އަރައިފިއޭ.. މި ދެމީހުން ރާވައިގެން ކުރި ކަމެއް ބާވައޭ މީ..” ޒީނާ ވެސް ހިނިއައިސްފައި އިނދެ ހަލީމްއާ އެއްބަސްވެލިއެވެ.

“އަޅުގަނޑުމެން އެގޮތަށް ނިކަން ގަދަވާނެޔޭ.. ދޯ ޔާން..؟” ރައިހާން ދެރަނުވާން ވެގެން ޔާނިއުއަށް ދޯ އެއްލުމުން ޔާނިއު ވެސް ހިނިގަނޑެއް ޖަހައިލާފައި ބޯޖަހައިލިއެވެ.

“އަސްލު ރެންއާ ލިވީ ފުރަތަމަ އެކަކު އަނެކަކު ދެކެ ވަރަށް ރުޅިއައި.. މިހާރު ދެން ފާޑެއްގެ ވަރުގަދަ ލޯތްބެއް ވެގެން އެކަކު އަނެކަކާ ނުލައި މިނެޓެއް ވެސް ހޭދަނުކުރެވޭ ވަރު ވެފަ އެތިބީ.. އެކަމު ކުރިން ތިބޭނީ ހަމަ ދެމީހުން ގަޔަށް ބޮލަށް އަރާ ވަރު ވެފަ..” ޔާނިއު ބުނި ވާހަކައަކީ މާ ކުރިން ވެސް އެންމެންނަށް އެނގޭ ވާހަކައަށްވީ ނަމަވެސް، އެންމެ ގާތަށް ވެސް ހިނި އައެވެ.

އެންމެންގެ ދިމާކުރުންތައް އަމާޒުވަމުން ދިޔުމާއި އެކު ރައިހާންއާއި ލިވްޔާ ރަކިވެފައި ތިބި ނަމަވެސް ދޭތެރެދޭތެރެއިން އެދެމެދުގައި ސިއްރު ނަޒަރުތަކެއް ބަދަލު ކުރެވެމުން ދިޔައެވެ. ކެއުމުގެ ތެރެއިން ރައިހާން އެކަކަށް ވެސް ނޭނގޭނެހައި ސިއްރުން ފޯނު ނަގާފައި ލިވްޔާއަށް މެސެޖެއް ކޮށްލިއެވެ.

އިރުކޮޅެއް ފަހުން ފޯނު ބަލައިލި ލިވްޔާގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލި އިރު، އޭނާ ވެސް ރައިހާންއަށް މެސެޖެއް ފޮނުވައިލާފައި ފޯނު ބޭއްވިއެވެ. ލިވްޔާގެ ޖަވާބު ކިޔައިލާފައި ރައިހާންގެ ހިތް ފުރިގެން ދިޔުމާއި އެކު ރައިހާން ވެސް ހިނިތުންވެލާފައި ފޯނު ބޭއްވިއެވެ.

*** ** ***

ގާތްގަނޑަކަށް ދިހައެއް ޖެހި އިރު ރައިހާން އާއި ލިވްޔާ ތިބީ އެގޭގެ ޓެރަސް މަތީގައި ހުރި އުނދޯއްޔެއްގައެވެ. ރައިހާން އުނދޯލީގެ ބިއްދޮށުގައި އިން އިރު ލިވްޔާ އިނީ ރައިހާންގެ މޭގައި ބުރަކަށި ޖައްސާލައިގެންނެވެ. ކަަޅު ސާލެއް ފަދަ އަނދިރި އުޑުމަތި ފަޅުފިލުވައިދެމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ދެމީހުން ތިބި އިރު، ރައިހާންގެ ވަރުގަދަ ދެއަތް ވަނީ ލިވްޔާގެ ހަށިގަނޑުގައި ވަށައިލެވިފައެވެ. އެހެން އިން އިރު އިރުއިރުކޮޅާ ރައިހާން ލިވްޔާގެ މޫނުގައި ފިރުމައިލައި، އެ މޫނަށް ބޮސްދީ، ނޫނީ އެ އަތުގެ އިނގިލިތަކާ ކުޅެލާނެއެވެ.

“އަހަރެން އަދި ހަނދާން ނެތިފައޭ މިހުރީ.. ކިހިނެއް ލިވްޔާއަށް ނިމްޝާގެ ވާހަކަ އެނގުނީ..؟” ލިވްޔާގެ އަތުގެ އިނގިލިތަކާ ކުޅެލަމުން ރައިހާން އަހައިލިއެވެ.

“މާމަ މިއަދު އަހަންނަށް ކިޔައިދިނީ.. ފުރަތަމަ މާމަ އެހީ ރައިހާންއާ އަހަންނާ ކަމެއް ދޯ އޯ.. ދެން އަހަރެން ވަކި އެއްޗެކޭ ނުބުނެ އިނީމަ މާމަ ބުނީ މާމައަށް އެނގެޔޯ އަހަރެން ނުބުންޏަސް.. ދެން އެހެން ކިޔާފަ ބުނީ ރައިހާން އެއީ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާފަ ހުރި ކުއްޖެކޯ.. ރައިހާންއަށް ދެރަ ގޮތެއް ނުހަދައްޗޯ.. އެހެން ކިޔާފަ ދެން ކިޔައިދިނީ ނިމްޝާ ވާހަކަ..” އަދިވެސް އިތުރަށް ރައިހާންގެ މޭތެރޭގައި ބޮނޑިވެލަމުން، އޭނާގެ އިނގިލިތަކާ ކުޅެމުން ދިޔަ ރައިހާންގެ އިނގިލިތަކަށް ލިވްޔާ ނަޒަރު ހުއްޓައިލިއެވެ.

“މާމަ ވެސް ހާދަ އަނގަ ގަދައޭ ދޯ.. އެކަމަކު ލިވްޔާއަށް ރަނގަޅެއްނު.. އެއްވަރުގެ އަނގަ ގަދަ ދެމީހުން.. މާމަ އަސްލު ވަރަށް ލޯބިވޭ ލިވްޔާ ދެކެ..” ރައިހާން ބުނެލީ ހިނިއައިސްފައެވެ.

“މާމަ ބުންޏޭ.. މާމައަށް ވެސް ގޭ އެހެން މީހުންނަށް ވެސް އަހަރެން ވަރަށް ކަމުދެޔޭ.. އަސްލު އަހަރެން ހާދަ އުފާވިއޭ އެހެންވެ.. ކުޑާ ދެކެ ލޯބިވާ ވަރަށް އެންމެން ހަމަ އަހަރެން ދެކެ ވެސް ލޯބިވާތީ..” ރައިހާންގެ އަތް ގެނެސް އެ އަތުގެ ނުފުށުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލުމާއެކު ރައިހާންގެ ހިނިތުންވުން ވެސް ފުޅާވިއެވެ.

“ލިވް.. އަހަރެން ވާހަކައެއް އަހައިލަންތަ..؟” ރައިހާން އަހައިލުމާއެކު ލިވްޔާ ވަގުތުން ބޯޖަހައިލިއެވެ. އެހެން މީހުން އޭނާޔާ އާއްމުކޮށް މުޚާތަބު ކުރާ ނަން ނޫން ތަފާތު ނަމަކުން ރައިހާން ގޮވައިލުމުން އެ ހިތް އުފަލުން ނަށައިލި ފަދައެވެ.

“މިދިޔަ ދުވަސްތަކުގަ.. ދެން މިއަދު ވެސް.. އަހަރެން އެވަރަށް ލޯބިވާ ވާހަކަ ބުނި އިރު ވެސް ލިވްޔާ.. ލިވްޔާ އެންމެ ފަހަރަކު ވެސް އެހެން ނުބުނޭ..” ރައިހާންގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ ހިތާމައިގެ ސާލެއް އޮޅިފައިވާކަން ފާހަގަވުމާ އެކީ ލިވްޔާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ފަދައެވެ.

“ކުރިން އެހެން ނުބުނީ އަހަންނަށް ޔަގީން ނުވާތީ.. އެކަމް އޭރުވެސް އަހަންނަށް ޔަގީންވޭ އަހަރެން ރައިހާންއާ ވަރަށް ބޮޑަށް ގަޔާވާކަން.. އެކަމަކު.. ލޯބި އެއީ އަހަރެން ދުވަހަކު ވެސް ތަޖުރިބާ ކުރި އެއްޗެއް ނޫން.. ލޯބި ވެވުނީމަ ވާ ގޮތެއް ވެސް އަހަންނަކަށް ނޭނގޭ.. އެހެންވެ ބިރުގަތީ.. ޔަގީން ނުވާތީ..” އެހައި ހިސާބަށް ބުނުމަށް ފަހު ލިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އެކަމަކު މިއަދު… ނިމްޝާ އެގޮތަށް ރައިހާންއާ އެކީ ހުރިތަން ފެނުނީމަ.. ނޭނގެ އަހަންނަށް ވީ ގޮތް ވެސް.. އެވަގުތު އަހަރެން ހިތަށް އެރި އަހަރެން މަރުވަނީއޭ ވެސް.. އެހައި ވެސް އަހަންނަށް އުނދަގޫވި.. އަހަރެން ބޭނުމެއް ނޫން އަހަރެން ނޫން މީހަކު އެގޮތަށް ރައިހާންގެ ގައގަ އަތްލާކަށް ވެސް… ރައިހާންއަށް ބަލައިލާކަށް ވެސް.. މިއަދު އެވަގުތު އަހަންނަށް ޔަގީންވީ އަހަންނަށް އަސްލު ވެސް ރައިހާން ދެކެ ލޯބިވެވިއްޖެ ކަން.. ރައިހާން.. އަހަރެން ވަރަށް ލޯބިވޭ ރައިހާން ދެކެ.. ވަރަށް ވަރަށް ލޯބިވޭ.. ދުވަހަކު ވަކިވާކަށް ބޭނުމެއް ނޫން..” ރައިހާންގެ ކޮނޑުގައި ބޯ ޖައްސައިލާފައި، އެއް އަތުން ރައިހާންގެ މޫނުގައި ފިރުމައިލަމުން ލިވްޔާ އިއްވައިލީ އެ ހިތުގެ އަޑެވެ.

ލިވްޔާ ހަމަ އެހެން ބުނުމާ އެކީ ރައިހާންގެ ހިތް ހީވީ އުދުހިގަތް ހެންނެވެ. ވަގުތުން ލިވްޔާގެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލި އިރު އެ ތުންފަތުގައި ކުޅެލާފައިވީ ހިނިތުންވުން ފުންވެލައިފިއެވެ.

“އައި ލަވް ޔޫ ޓޫ، ޑާލިން.. އަހަރެން ވެސް ވަރަށް ލޯބިވޭ..” ލިވްޔާގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ރައިހާން ބުނެލުމާ އެކީ ލިވްޔާ ވެސް ހިނިތުންވެލާފައި ދެލޯ މަރައިލީ އެވަގުތުކޮޅު ރައިހާންގެ އަތުތެރެއަށް ވިރިގެން ދާން ހިތް އެދުނު ވަރުންނެވެ.

“ހޫމް މީ ދޯ މިދެމީހުން މި ގަންނަ ގަނޑަކީ..” އެވަގުތު އިވުނު ޔާނިއުގެ އަޑާއި ލައިނީގެ ލުއިލިއި ހުނުމުގެ އަޑު އިވުމުން ދެމީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ލިވްޔާ ވަގުތުން ރައިހާންގެ އަތުތެރެއިން ނުކުތުމަށް ގަދަހަދައިލި ނަމަވެސް ރައިހާން ލިވްޔާގެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލީ ހިނދުކޮޅަކަށް ވެސް ލިވްޔާގެ ގައިން ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ.

“ތިމީހުންގެ ވަގުތު ހަމަވީ.. ދޭ ދެން ބަސްއަހައިގެން ނިދަން.. މީ އަހަރެމެން ދެމީހުން ކޮންމެ ރެޔަކު މިގަޑިއަށް ރިޒަރވް ކޮށްފަ އޮންނަ ސްޕޮޓެއް ކަމެއް ނޭނގޭތަ..؟” ލައިނީގެ އަތުގައި ހިފާލައިގެން ޔާނިއު އައިސް ސީދާ އުނދޯލީގެ ކުރިމަތީގައި ހުއްޓެމުން ބުނެލިއެވެ.

“ސޮރީ މޭން.. މިތާ ޔާންގެ ނަން ލިޔެފަ އޮތް ތަނެއް ނުދެކެން..” އެއް މިޔަކަނިން ހީލަމުން ރައިހާން ޔާނިއުއަށް ޖެއްސުމަށް ބުނެލީ ދެކޮނޑު އަރުވައިލަމުންނެވެ.

“ހެވޭ.. މީ އަހަންނާ އަހަރެންގެ އަންހެނުންނާ ކޮންމެ ރެޔަކު މިތާ ތަރި ގުނަން ތިބޭ ގަޑިއޭ.. ތީ އަދި އިހަކަށް ދުވަހު ރައްޓެހިވީ ދެމީހުންނޭ.. ކޮއްކޮމެން އަދި އާވާނެ.. ދެން ވެސް ދޭ އަވަހަށް ބަސްއަހައިގެން ނިދަން..” ކުޑަކުއްޖަކަށް ވިސްނައިދޭހެން ޔާނިއު ޖެއްސުމުގެ ރާގެއްގައި ބުނެލުމުން ރައިހާން ލޯއަޅައިލި އިރު، ލައިނީ އާއި ލިވްޔާ ތިބީ ހިނިގަނޑު މަތަކޮށްލައިގެންނެވެ.

“އޭ ފާޑުފާޑު ވާހަކަ ނުދައްކާ.. އަންހެނުން ގޮވައިގެން މާފޮޅުވާނެ އެހެން ތަނެއް މިނޫނީ މިޔޮށް ބޮޑު ގޭގައި ނެތީތަ..؟” ރައިހާން ވެސް ވަކި ދޫކުރާ ޚިޔާލެއް ނުކުރިއެވެ.

“ތަންތަން އެބަހުރި.. އެކަަކު އަހަރެމެން ބޭނުމީ ހަމަ ސީދާ މި އުނދޯލި..” ޔާނިއު ވެސް ހުރީ ވަލުގައި ގަދަޔަށް ހިފަހައްޓާލައިގެންނެވެ.

“ގައިމު ތި ކުރަން ބޭނުންވާ ކަމެއް ކޮޓަރީގަ އަދި މާ ރަނގަޅަށް ކުރެވޭނު.. ދެން ކީއްކުރަން ކޮންމެހެން މިތާ ތިބެނީ..؟” ރައިހާން ދިމާކޮށްލުމުން ލައިނީ ރަކިވި ނަމަވެސް ޔާނިއު ގުޑައި ވެސް ނުލިއެވެ.

“ކުރިޔަށް އޮތް ފަނަރަ ސިކުންތު ތެރޭ މިތަނުން ނުގޮއްސިއްޔާ ހަމަ މިހާރު ގޮސް މާމަ ގާތު ބުނާނަން ލިވީއާ ރެން ޓެރަސްމަތީ ރޭގަނޑު ގަޑީ އެކަނި މާފޮޅުވަން އެބަ ތިއްބޭ..” ޔާނިއު ދިން އިންޒާރާ އެކީ ރައިހާން އާއި ލިވްޔާގެ ދެލޯ ވެސް އެކީ ބޮޑުވެގެން ދިޔައީ ޔާނިއު އެ ވާހަކަ ބުނެފި ނަމަ އައިސާމަނިކެ ރުޅިއަންނާނެ ވަރު އެނގޭތީއެވެ. ކައިވެނީގެ ކުރިން އެކަހެރި ނުވުމަށް އައިސާމަނިކެ މިރޭ ވެސް އެތައް ފަހަރަކު އެދެމީހުންނަށް ހަނދާން ކޮށްދިނެވެ.

“ޔޫ ވުޑުންޓް ޑެއަރ…” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ރައިހާން ބުނެލުމާއި އެކު ޔާނިއު އެއް މިޔަކަނިން ހިނިތުންވެލިއެވެ.

“ޓްރައި މީ..” ހަށަން ބަނދެލަމުން ޔާނިއު ބުނެލުމާ އެކީ ރައިހާން ކަރުބުޑުން އަޑެއް ލައްވައިލުމަށް ފަހު، ބޭނުން ނުވެ ހުރެ ވެސް ލިވްޔާގެ ގައިން ދޫކޮށްލާފައި އުނދޯލިން ތެދުވިއެވެ.

ރައިހާން އާއި އެކުގައި ލިވްޔާ ވެސް ތެދުވުމުން ޔާނިއު ވަގުތުން ކާމިޔާބީގެ ހިނިތުންވުމަކާ އެކީ އުނދޯލީގައި އިށީނދެފައި، އޭނާގެ އުނގަށް ލައިނީ ގެނައެވެ. ލައިނީ ވަގުތުން ފިނިފެންމަލެއް ފަދައިން ރަތްވި ނަމަވެސް ޔާނިއު ފަޚުރުވެރިވެލާފައި ރައިހާންއަށް ބުމަ އަރުވައިލިއެވެ. ވަގުތުން ރައިހާން ދެލޯ އަޅައިލާފައި ޔާނިއުއަށް އަމާޒުކޮށް ދެތިން ހުތުރު ބަސް ބޭރުކޮށްލިއެވެ.

“ދެން ވެސް ދޭ އަވަހަށް ނިދަން.. ދެން އިނދެވެން ދެން ބަސްއަހައިގެން މައިތިރިވެގެން ތިބޭތި..” ޔާނިއު ޖެއްސުން ކޮށްލުމާއެކީ މިފަހަރަކު ވެސް ރައިހާން ލޯއަޅައިލާފައި ލިވްްޔާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.

“އަޅެ އެމީހުންނަށް އެހެން ހަދާކަށް ނުވާނެ އެއްނު..” ރައިހާން އާއި ލިވްޔާ ނުކުމެގެން ދިޔުމުން ޔާނިއުގެ މޭމަތީގައި ބޯއަޅައިލަމުން ލައިނީ ބުނެލިއެވެ.

“އެދެމީހުންނަށް އިނދެވުނީމަ ދެން މަށެއް ވެސް ނުހުއްޓުވާނަމޭ.. ދެން އިހަށް އެދެމީހުން މަތިން ހަނދާން ނައްތައިލާފަ އަހަންނަށް ފޯކަސް ކޮށްބަލަ..” ލައިނީގެ ނިތަށް ބޮސްދެމުން ލޯބިން ފުރިގެންވީ ރާގެއްގައި ޔާނިއު ބުނެލުމުން ލައިނީ ވަގުތުން އޭނާގެ ހުރިހައި ސަމާލުކަމެއް ލޯބިވާ ފިރިމީހާއަށް ހުސްކޮށްލިއެވެ. ދެން އެއްވެސް ބަސްމޮށުންތެރިކަމަކައި ނުލައި އެދެމެދުގައި ބަދަލުކުރެވުނު ކޮންމެ ލޯބީގެ ހަދިޔާއަކަށް ހެކިވީ އުޑުގައި ބަބުޅަމުން ދިޔަ ބުރުހަމަ ރީތި، ސާފު ހަނދެވެ.

*** ** ***

“ގުޑްނައިޓް..” ލިވްޔާގެ ކޮޓަރިއާ އަރާ ހަމަވެފައި ރައިހާން ބުނެލި އިރު އެ މޫނުމަތީގައިވީ މައުސޫމު އަނދިރިކަމެކެވެ. އެ ދެލޮލުގައިވީ އަސަރުން އެކަނި ވެސް އިރުކޮޅަކަށް ވެސް ލިވްޔާއާ ވަކިވާން ބޭނުންނުވާ ކަން ހާމަވެއެވެ.

“ދެން ކުޑަކުޑަ ބޭބީއެއް ތުން ދިއްކޮށްގެން ނުހުރެ ބަސްއަހައިގެން ނިދަން ވަދޭ..” ލުއި ހުނުމަކާ އެކީ ލިވްޔާ ދިމާކޮށްލުމުން ރައިހާން ލޯއަޅައިލި ނަމަވެސް އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

“ދިމާ ކުރޭ.. މިހާރު ދިމާ ކުރާނެ ވަރަކަށް ކުރެވޭނީ.. މެރީ ކުރެވުނީމަ ދެން އިރުކޮޅަކަށް ވެސް ދުރަށް ދިޔަކަ ނުދޭނަން…” ރައިހާން އޭނާގެ ފިރިހެންވަންތަ، ބަރު އަޑުން ދިން އިންޒާރާ އެކީ ލިވްޔާގެ ގައިގައި ވާހައި ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔަ އިރު، އެ ހިތުގެ ހިނގުން ވެސް ނުހަނު އަވަސްވެލައިފިއެވެ. ލިވްޔާއަށް ވީ ވަރު ފެނުމުން ރައިހާންގެ ތުންފަތަށް ލާނެތް ހިނތުންވުމެއް ވެރިވި އިރު، ހިތާހިތުން ލިވްޔާގެ އެ ލަދުރަކި ސިފައަށް ތަޢުރީފު ކުރެވުނީ އެއީ ހަމައެކަނި އޭނާގެ ސަބަބުން އެ މޫނަށް ވެރިވާ ކުލަވަރެއްކަން އެނގޭތީއެވެ.

“ގުޑްނައިޓް ލަވް.. ސްވީޓް ޑްރީމްސް..” ލިވްޔާގެ ނިތުގައި ތުންފަތް ޖައްސައިލަމުން ރައިހާން ވައިއަޑުން ބުނެލުމާ އެކީ ލިވްޔާގެ ތުންފަތަށް ވެސް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.

“ގުޑްނައިޓް ރައިހާން.. ލަވް ޔޫ..” ލިވްޔާގެ އަޑު ރައިހާންގެ ކަންފަތަށް ކިރިޔާ ފޯރި ނަމަވެސް އެވަރު ވެސް ރައިހާންއަށް ފުދުނެވެ.

“ލަވް ޔޫ ޓޫ..” ލިވްޔާގެ އަތުގައި ހިފައިލާފައި، އެ އަތުން ދޫކޮށްލުމުގެ ކުރިން ރައިހާން އެ އަތަށް ފިތައިލިއެވެ. އެއަށްފަހު ހިތާ ދެކޮޅަށް އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ މުޅި ރޭ އެކުގައި ލިވްޔާގެ ޚިޔާލުތަކުގައި އޮޔާ ބެހިގެން ދިޔުމަށް އެ ހިތަށް މަރުޙަބާ ކިޔަމުންނެވެ.

*** ** ***

އޭގެ ފަހުން މަހެއްހައި ދުވަސް ވޭތުވެގެން ދިޔަ އިރު ލިވްޔާ އާއި ރައިހާންގެ ގުޅުން ދިޔައީ ކުރިލައި ހެދެމުންނެވެ. އެއް ގެއެއްގައި އުޅުނު ނަމަވެސް ޔާނިއު އާއި ލައިނީގެ ދިމާކުރުންތަކާއި، އައިސާމަނިކެގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން ދެމީހުންނަށް އެކަހެރިވެލުމަށް ލިބެނީ ނުހަނު މަދު ވަގުތުކޮޅެކެވެ. އަވަހަށް ކައިވެނި ކުރުމަށް ދެމީހުން ވެސް އެހައި ހިތްއަވަސްވެފައި ތިބީ އެހެންވެއެވެ.

ރައިހާން އާއި ލިވްޔާގެ ގުޅުމުގެ ސަބަބުން މުޅި ގޭތެރެއަށް ވެސް އާރޯކަމެއް ލިބިފައިވާ އިރު، ލިވްޔާގެ ސަބަބުން ރައިހާންގެ ކުރީގެ އުފާވެރިކަމާއި ސިޔާސަކަން އިޔާދަވަމުން ދިޔައީތީ ހުރިހައި ހިތްތަކެއް ވެސް ދިޔައީ އުފަލުން ފޮޅެމުންނެވެ. އައިސާމަނިކެއާއި، ހަލީމްގެ ދެމަފިރިންނާއި، ރީނާ އާއި ޔާނިއުގެ އިތުރުން ތުއްތު ތުއްތު ރިއާއަށް ވެސް ރައިހާންއަށް އަންނަމުން ދިޔަ ބަދަލުތައް ފެނި، އިތުރަށް ހިތްހަމަޖެހުނެވެ. ރައިހާންގެ މައިންބަފައިންގެ ކުއްލި ވަކިވެދިޔުމަށް ފަހު އެ މޫނުމަތިން ޙަޤީޤީ އުފާވެރިކަން ފެނުމުގެ ސިއްރަކީ ލިވްޔާކަން އެންމެންނަށް ވެސް ޔަޤީންވެއެވެ. ލިވްޔާ އާއި ލައިނީގެ ސަބަބުން މުޅި ގޭތެރެއަށް ލޯތްބާއި އުފާވެރިކަން ފެތުރެމުން ދިޔުން ވެގެން ދިޔައީ، ޔާނިއު އާއި ރައިހާންގެ ހޮވުމަށް އެންމެ ދޫތަކުން ވެސް ތަޢުރީފު އޮހެމުން ދިޔައެވެ.

*** ** ***

ހުކުރު ދުވަހު އާދައިގެ މަތިން މެންދުރު އަތަށް އެޅި އިރު ގޭގެ ހުރިހައި އަންހެންވެރީން ބަދިގޭގައި އުޅެމުން ދިޔައެވެ. އައިސާމަނިކެ އާދައިގެ މަތިން ތަރުކާރީ ކޮށަން އިނދެ އަނގަތަޅަމުން ދިޔަ އިރު، އެންމެ ވެލާފައި ރައްދު ދެމުން ދިޔައީ ލިވްޔާއެވެ. ރީނާ ވެސް މިދުވަސްކޮޅު ނާއިފް މާލޭގައި ނޫޅޭތީ ތަންކޮޅެއް ރަނގަޅު މޫޑެއްގައި ހުރި އިރު އިރުއިރުކޮޅައި އެއްޗެކޭ ބުނެލައެވެ. ލައިނީ އެހެން އެންމެންނަށް ވުރެ މަޑުން ހުރި ނަމަވެސް އެ ތުންފަތުގައި ކުޅެލާފައިވީ ހިނިތުންވުމުން އޭނާ ވެސް އެ ވާހަކަތަކާ ނުހަނު ގަޔާވާކަން އެނގެއެވެ.

މެންދުރު ނަމާދަށް ގޮވަން ދިހަވަރަކަށް މިނެޓަށް ވެފައި ހުއްޓާ އިރުކޮޅަކުން އައިސާމަނިކެ އާއި ރީނާ ނަމާދު ކުރަން ދިޔުމުން ލިވްޔާ އާއި ލައިނީ މަޑުކޮށްލީ މޭޒުމަތި ރަމަތަކޮށްލާފައި ދިޔުމަށެވެ. މިއަދު ތަންކޮޅެއް ލަހުން ކައްކަން ފެށުމުންނާއި، ވާހަކައިގައި ޖެހުމުން މަސައްކަތް ލަސްވީއެވެ. ދެބެން ވެސް ތަފާތު ވާހަކަތަކުގައި މަސްއޫލުވެ ތިބެ މަސައްކަތް ކުރަމުން ދިޔައީ އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ.

މިސްކިތަށް ދާން ވެގެން ތައްޔާރުވެގެން ތިބެ ރައިހާން އާއި ޔާނިއު ބަދިގެތެރެއަށް ބޯދިއްކޮށްލީ އެވަގުތެވެ. ލިވްޔާ އާއި ލައިނީ އެކަނި ބަދިގޭގައި ތިބި މަންޒަރު ފެނުމުން ދެމީހުން ވެސް ލާނެތް ހިނިތުންވުމެއް އެކަކު އަނެކަކަށް ރައްދުކޮށްލުމަށް ފަހު ބަދިގެއަށް ވަނެވެ. ލައިނީ އާއި ލިވްޔާއަށް ހިލަމެއް ނުވާނެހައި ލަސް ފިޔަވަޅުތަކެއްގައި ދެމީހުން ގޮސް ދެބެންގެ ފުރަގަހުގައި ހުއްޓުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ސާރާ 10

Next

ހިތް ކަލާއަށް އެދޭތީ 4

Next
January 7, 2026

ހިތް ކަލާއަށް އެދޭތީ 4

Previews
January 7, 2026

ސާރާ 10

15 Comments!

  1. Lil missy says:
    January 7, 2026 at 11:58 am

    Alhey ren and livy haadha loabeyyy
    Dhn yaaniu hama ren and livy ge lovely moment hama ruin kohlee
    Keehbaa yaaniu and ren elhunee kuran
    Curiously waiting for the next
    When is next?
    Lyssssmm and tc🎀✨

  2. Shishashu says:
    January 7, 2026 at 12:16 pm

    Aaaahhhhhhhhhh!!!!!!
    Im blushing harddddd☺️☺️☺️😊😊☺️
    Ren n livi so cuteeeeeee💗💗💗💗💗💗
    This is the best episode so far, for me. MA
    Tc.. Lots of love nayuu💗💗

  3. gurrrl says:
    January 7, 2026 at 6:13 pm

    Awwwwwww so sweet🫠🙃😉 mi episode mee hama ehme best 🤍🖤💗 ren livyy vrh laobi edhemeehun vrh gulheyyy…. I hope edhekudhin nah dheragotheh nuvaane kamah
    Btw vrh vrh reethi mi part
    Whn is next 🙃🫠 can’t wait for it
    Keep it up naayu
    Lysm💗

  4. Anonymous says:
    January 11, 2026 at 3:35 pm

    Heyyyy
    Whn nxt?

  5. it's me says:
    January 13, 2026 at 1:07 am

    umm when next?

  6. Anonymous says:
    January 13, 2026 at 4:26 pm

    When next

  7. |@&+~~* says:
    January 14, 2026 at 1:11 pm

    Kon irakun thoa dhen oiy bai kiyaalan libeynee??

  8. Me says:
    January 14, 2026 at 3:27 pm

    When next?
    you done with this career?😭😭

  9. maan lover says:
    January 14, 2026 at 6:27 pm

    Whens next????
    Could you give us a reason why the next episode is late??

  10. shaaaaa~ says:
    January 14, 2026 at 9:06 pm

    hey nayuu
    when is the next part? impatiently waiting

  11. ? says:
    January 16, 2026 at 10:20 am

    Whenn next party???

    1. Anonymous says:
      January 16, 2026 at 10:21 am

      Part*

  12. firusha says:
    January 16, 2026 at 9:17 pm

    koba part 23

  13. Anonymous says:
    January 16, 2026 at 10:21 pm

    When next part??? Curiously waiting!!!

  14. /|#. |> says:
    January 17, 2026 at 10:37 pm

    Reason why late???
    Are u dead??

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 23←


All Right Reserved!