Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 21

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
January 2, 2026 9 Mins Read
11 Comments

“ތި އުޅެނީ ވަރަށް ބޮޑަށް އޮޅިގެންހެން އަހަންނަށް ހީވަނީ.. ރެން އަމިއްލައަށް ބުނެފި ރެން ލޯބިވަނީ އެހެން މީހަކު ދެކެއޭ.. އެހެންވީމަ ރީތިކޮށް ރެންގެ ދިރިއުޅުމާ ދުރުގަ ހުރޭ.. ވާ ވަރަށް މިހާރު ރެންއަށް ދެރަ ދެވިއްޖެއެއްނު.. ދެން ނިންްމައިލާ! ރެންއާ ލިވީގެ ދިރިއުޅުމަށް ނިމްޝާގެ ފަރާތުން އެއްވެސް އުދަގުލެއް ވެއްޖެ ނަމަ އަހަންނެއް މަޑަކުން ނުހުންނާނަން! އަޑު އިވިއްޖެ؟” ކިތަންމެ މަޑުން ޔާނިއު ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް އެ އަޑުގައިވީ ހަރުކަށިކަމާއި ނަފްރަތު ދޭހަވާހައިވެއެވެ.

ފަހުގެ އިންޒާރު ނިމްޝާއަށް ދިނުމަށް ފަހު ނިމްޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ލައިނީގެ އަތުގައި ހިފައިގެން ހުރެ ޔާނިއު އެ ކެބިންއިން ނުކުތެވެ. ޔާނިއު ހަމަ ނުކުތުމާއި އެކު ނިމްޝާގެ މޫނުމަތީގައިވީ މަލާމާތުގެ ހިނިތުންވުން ފޭދި، އެ ދޮން މޫނުމަތީގައި ވެރިކަން ކުރަން ފެށީ ނަފްރަތުގެ އަނގުރު އަލިފާނެވެ.

“ތީ ޔާނިއުއަށް ހީވާ ގޮތް.. ރައިހާން އެއީ އަހަރެންގެ މީހެއް.. އަހަރެން އޭނަ ކާމިޔާބު ކުރާނަން! އަހަރެންގެ މަގުސަދު އަހަރެން ހާސިލް ކުރާނަން! އެދުވަހުން ޔާނިއު ވެސް ޖެހޭނީ ބަލަބަލައި ހުންނަން!” ހަރު ޢަޒުމެއްގައި ހުރެ ނިމްޝާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލި އިރު، ތަޤުދީރުގައި މާ ކުރިން އެކުގައި ލިޔެވިފައިވާ ދެ ނަމެއް ވަކި ނުކުރެވޭނެކަން އޭނާއަށް ނުވިސްނެނީއެވެ.

*** ** ***

ކޮމްޕެނީގެ ކޮރިޑޯ ތެރޭގައި ރައިހާން ހަލުވި ފިިޔަވަޅުތަކެއްގައި ދުވަމުން ދިޔައީ ލިވްޔާ ދިޔަ ދިމާލެއް ނޭނގޭތީއެވެ. ރައިހާން އުޅެމުން ދިޔަ ގޮތުން އެތަނުގައި ތިބި މީހުންގެ ނަޒަރުތައް އޭނާއަށް އަމާޒުވީ ނަމަވެސް އެކަމަކަށް ރައިހާންގެ މާ ބޮޑު ފަރުވާލެއް ނެތެވެ. މިވަގުތު ލިވްޔާއަށް ވުރެ މުހިއްމު އެއްވެސް އެއްޗެއް، އެއްވެސް ކަމެއް އޭނާއަކަށް ނެތެވެ.

ކޮމްޕެނީ ތެރެއިން ލިވްޔާ ނުފެނުމުން ރައިހާން އެންމެ ފަހުން ނުކުތީ ކޮމްޕެނީ ބޭރަށެވެ. އެވަގުތު ލަސް ފިޔަވަޅުތަކެއްގައި ޔާނިއުގެ ކާރާ ދިމާއަށް ދިޔަ ލިވްޔާ ފެނިފައި ރައިހާންގެ ތެޅެފޮޅެމުން ދިޔަ ހިތް މަޑުޖެހިލިއެވެ. އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ރައިހާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލިވްޔާއާ އަރާ ހަމަކޮށްފައި، އެ އަތުގައި ހިފާފައި އޭނާއާ ދިމާއަށް އަނބުރައިލިއެވެ. އެވަގުތު ފެނުނު ކަރުނަވީ ދެލޮލުންނާއި، އެ އޮމާން ކޯތާފަތް މަތީ ރޮނގަކަށްވާ ގޮޮތަށް ދެމެމުން ދިޔަ ކަރުނައިގެ ނިޝާންތައް ފެނިފައި ރައިހާންގެ ހިތް ހުއްޓުނު ފަދައެވެ.

“ލިވްޔާ.. ޕްލީޒް.. އަޑު އަހާބަލަ.. ލިވްޔާ ތި ހީކުރާ ގޮތަކަށް އެ ކަންތައް ވީކީ..” ލިވްޔާގެ އަތުގައި ވަށައިލެވިފައިވީ އަނގިލިތައް އިހުނަށް ވުރެ ވެސް ބާރުކޮށްލަމުން ރައިހާން ކިޔައިދޭން މަސައްކަތް ކުރިއެވެ.

“ދެން އެހެން ކޮން ގޮތަކަށް..؟ ރައިހާންއާ އޭނައާ ތިބީ ޖެހި ތަތްވެގަނެގެން.. އެތާ އެހެން އެކަކު ވެސް ނެތް.. ދެން އަހަރެން ކީކޭ ހިތަށް އަރުވަންވީ..؟” ލިވްޔާގެ އަޑުގައިވީ ޝަކުވާއާއި ހިތާމައިގެ އަސަރުން ރައިހާންގެ ހިތް ކަތިލެވެމުން ދިޔަ ފަދައެވެ.

“ލިވްޔާ އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އަހަންނަށް އިތުބާރު ކޮށްބަލަ.. ނިމްޝާ އެ އައީ-” ރައިހާންގެ ދުލުން ނިމްޝާގެ ނަން ހަމަ ބޭރުވާ އިރަށް ލިވްޔާގެ ދެލޯ ވަގުތުން ހަނިވެގެން ދިޔައެވެ.

އެހެންވީމާ ނިމްޝާ އަކީ އެއީތާއެވެ. މީގެ ފަސް އަހަރު ކުރިން އެ މީހަކަށް ޓަކައި ރައިހާންގެ ފުރާނަ ވެސް ހިބަކުރަން ތައްޔާރަށް ހުރި ނިމްޝާ އަކީ އެޔެވެ. ނިމްޝާއާ އަޅައިބަލާ އިރު އޭނާއަކީ ކާކުހެއްޔެވެ؟ އެ ދޮންދޮން ރީތި މޫނާއި، ފަންފަން އިސްތަށިގަނޑަކީ ލިވްޔާގެ ކޮންމެ ސިފައަކަށް މަލާމަތް ކުރާ ސިފައެކެވެ. އެ ލޫޅާފަތި ހަށިގަނޑާއި، ހެދުން އެޅުމުގެ ވައްޓަފާޅިން ކޮންމެ ފިރިހެނެއްގެ ހިތް ވެސް ކަތިލެވޭނެއެވެ. ނިމްޝާ ފަދަ ރީތި ކުއްޖަކަށް ރައިހާންގެ ހިތް ނުުދެވެންވީ އެއްވެސް ސަބަބެއް ނެތޭ ލިިވްޔާގެ ހިތަށް އެރިއެވެ. އެ ރީތިކަމާ ވާދަކުރެވޭނެ ވަރުގެ ސިފައެއް އޭނާގެ ނެތް އިރު، ރައިހާންގެ ހިތް އޭނާގެ މައްޗަށް ލެނބޭނީ ކިހިނަކުން ހެއްޔެވެ؟ މިއަދު ނިމްޝާ އަނބުރައި އައުމުން، ދެން ރައިހާންއަށް އޭނާ ބޭކާރު ވެދާނެއެވެ.

އެހެނަސް، ލިވްޔާއަށް ނޭނގުނު ކަމަކީ ނިމްޝާގެ އެއިން އެއްވެސް ސިފައަކުން މިއަދު ރައިހާންގެ ހިތަށް ކުނޑިފުށެކޭ ވެސް ނާރާ ކަމެވެ. ލިވްޔާ އަކީ އޭނާއަށް މުޅި ދުނިޔެއިން ވެސް އެންމެ ރީތި، އެންމެ ފުރިހަމަ ފަތްމިންޏަށް ވެފައި، ލިވްޔާ ނޫން އެހެން ކުއްޖަކަށް ބަލައިލަން ވެސް ރައިހާންގެ ހިތް ނުރުހޭ ކަމެވެ. ރައިހާންގެ ބަސްނާހާ، ހަރު ހިތް އެކުުގައި ލިވްޔާގެ މިލްކިއްޔާތަށް ހިބައިން ދެވިފައިވާ ކަމެވެ.

“ނިމްޝާއޭ..؟ ނިމްޝާތަ އެއީ..؟ ރައިހާާން ކުރިން ރައްޓެހިވީ ނިމްޝާ..؟” ލިވްޔާގެ ސުވާލާއެކީ ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ ނިމްޝާގެ ވާހަކަ ލިވްޔާއަށް އެނގުނީ ކިހަނަކުންބާވައޭ ހިތަށް އަރާފައެވެ. މީގެ ކުރިން ގައިމު ވެސް އޭނާއަށް ލިވްޔާ ގާތު ނިމްޝާގެ ވާހަކަ ނުބުނެވޭކަން ޔަގީން ވާތީއެވެ.

“ތި ހިތަށް އަރަނީ އަހަންނަށް ނިމްޝާ އެނގުނީ ކިހިނެއް ބާވައޭ ދޯ..؟ އަހަންނަކީ މޮޔައެއް ނޫނޭ ރައިހާން! އިރެއްގަ ރައިހާން އެންމެ ލޯބިވީ މީހާ… އެމީހަކާ އެއްކޮށް އުޅެން ބޭނުންވީ މީހާ.. އެމީހަކު ދިޔުމަށް ފަހު އެހެން އެއްވެސް މީހަކަށް ފުރުސަތެއް ނުދީ އިންތިޒާރު ކުރި ނިމްޝާ.. އޭނަ އެނބުރި އައީމަ އޭނަ ކައިރިއަށް ނުގޮސް ރައިހާންއަށް ކެތް ނުވާނެކަން އަހަންނަށް ކުރިން ގަބޫލު ކުރެވުނު ނަމަ…” ލިވްޔާގެ ކޮންމެ ލަފްޒެއްގައިވީ އިންތިހާ ދަރަޖައިގެ ބުރަދަނުގެ ސަބަބުން ރައިހާންގެ ހިތުގައިވީ އާދޭސް ދިޔައީ އިތުރުވަމުންނެވެ. ލިވްޔާ އެންމެ ފަހަރަކު ވެސް އޭނާ ދައްކާ ވާހަކަ އަޑު އަހާނެ ނަމައެވެ. އޭނާއަށް އިތުބާރު ކުރާނެ ނަމައެވެ. އޭރުން ރައިހާން ލިވްޔާ ނޫން އެހެން މީހަކު ދެކެ އޭނާ ލޯބި ނުވާކަން ސާބިތުކޮށްދޭނެއެވެ.

“ލިވްޔާ ލިވްޔާ ލިވްޔާ! އިހަށް އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާބަލަ! އާނ އަހަރެން ގަބޫލު ކުރަމޭ އޭރު ނިމްޝާ ދެކެ ލޯބިވީން ކަމަށް.. އާނ އޭރު ބުނިން ނިމްޝާ އެނބުރި އައި ދުވަހަކުން ނޫނީ އެހެން އަންހެން ކުއްޖަކާ ދިމާއަށް ބަލައިވެސް ނުލާނަމޭ.. އެކަމަކު… އެކަމަކު…” ރައިހާންގެ އަޑު ހިނދަކަށް ވުރެ ހިނދެއް މަޑުވަމުން ގޮސް އެ އަޑުގައި ރަސްކަން ކުރަން ފެށި ހިތާމައާއި އާދޭހުގެ އަސަރާއެކީ ރައިހާން އޭނާގެ ދެއަތުން ލިވްޔާގެ މޫނުގައި ހިފަހައްޓައިިލިއެވެ.

“އެކަމަކު ލިވްޔާ އަހަރެންގެ ހަޔާތަށް އައި ފަހުން އެ ހުރިހައި ކަމެއް ބަދަލުވެގެން ހިނގައްޖެ.. އަހަރެން.. އަހަންނަކަށް ނުވެސް އެނގޭ ލިވްޔާ ދެކެ ފުރަތަމަ އެހައި ރުޅިއައިސްފައި ފަހުން ލޯބިވެވުނީ ކިހިނެއް ކޮންއިރަކު ކަމެއް ވެސް.. އެކަމަކު އަހަންނަށް އެނގޭހައި ވެސް އެއްޗަކީ ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް އަހަންނަށް ލިވްޔާ ދެކެ ލޯބިވެވިއްޖެކަން.. ސަމްވެއަރ އަލޯންގް.. އައި ވެންޓް ފްރޮމް ވޯންޓިން ޓު ކިލް ޔޫ، ޓު ވިލިން ޓު ކިލް ފޯރ ޔޫ..” އެންމެ ފަހު ޖުމުލަ ރައިހާންގެ ދެތުންފަތް ފޫއަޅުވައިލާފައި ވައިއަޑުން ބޭރުވީ އެ ހިތުގެ ތެދުކަމާއި ސާފުކަން ލިވްޔާގެ ކުރިމަތީގައި ނިއުޅުވައިލަމުންނެވެ.

“އެހެންވީރު.. ނިމްޝާ.. ނިމްޝާ ރައިހާންގެ އޮފީހުގަ.. ރައިހާންގެ ގައިގަ ބައްދައިގަނެގެން ހުރީ ކީއްވެ..؟” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ލިވްޔާ ސުވާލު ކޮށްލިއެވެ.

“ނިމްޝާ އެއީ އަހަންނަށް އެއްވެސް މީހެއް ނޫން.. އޭނަ ދިޔުމަށް ފަހު އަހަންނަށް އޭނަ މި ފެނުނީ ވެސް މިއަދު ފުރަތަމަ ފަހަރަށް.. އޭނަ އަހަރެންގެ އޮފީހަށް އައީ އަހަރެން ބުނެގެންނެއް ނޫން.. ފުރަތަމަ ނިމްޝާ ފެނުނީމަ އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފަ.. ނިމްޝާ އަދިވެސް އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނީމަ ވެސް އަހަރެން ނުބުނަން އެއްވެސް އެއްޗެކޭ.. ފުރަތަމަ ނިމްޝާ އަހަރެން ގައިގަ އަތްލީމަ އަހަރެން އޭނަ ދުރަށް ވެސް ޖެއްސިން.. އެކަމަކު ދެވަނަ ފަހަރަށް ވެސް އޭނަ އަހަރެން ގައިގަ ބައްދައިގަތީ.. އޭނަ ދުރުކުރަން ވެގެން އަހަރެން އޭނަ ކޮނޑުގަ އަތް ޖައްސައިލި ވަގުތު ލިވްޔާމެންނަށް އެތަނަށް އާދެވުނީ.. އެހެންވެ އަހަންނަށް ލިބުނު ޝޮކުގަ ހުއްޓިގެން ހުރެވުނީ.. ހަމަ ތެދެއް މި ބުނަނީ.. ޕްލީޒް ގަބޫލުކުރޭ..” އަތުގެ ބޮޑުވާ އިނގިލިން ލިވްޔާގެ ކޯތާފަތުގައި ފިރުމައިލަމުން ރައިހާން ކަންތައްވީ ގޮތް ކިޔައިދިނެވެ. އެހެނަސް ދެން ވެސް ލިވްޔާގެ ދެލޮލުން އޭނާއަށް ފެނުނީ އޭނާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރާ ކަމުގެ އަސަރުތަކެވެ.

“މާތްﷲ ގަންދީ ހުވާކޮށްފަ މިބުނީ.. އަހަރެން މި ހަދަނީ ދޮގެއް ނޫން.. ކަންތައްވީ އަހަރެން މި ކިޔައިދިން ގޮތަށް.. ނިމްޝާ ދެކެ އަހަރެން މިހާރު ކުޑަކޮށް ވެސް ލޯތްބެއް ނުވޭ.. އަހަރެން ލޯބިވަނީ ލިވްޔާ ދެކެ.. ލިވްޔާ ދެކެ އެކަނި.. ޔޫ އަރ ދަ އޮންލީ ޕަރސަން ދެޓް މޭޓަރސް ޓު މީ.. އަހަރެން ވަރަށް ވަރަށް ލޯބިވޭ.. އައި ލަވް ޔޫ ސޯ ޑޭމް މަޗް.. ސޯ މަޗް ދެޓް އިޓް އެކްޗުލީ ހަރޓްސް..” ރައިހާންގެ ބަސްތަކުން ލިވްޔާގެ ދެލޮލުގައިވީ ޝައްކު މަޑުމަޑުން ފިލައި ގޮސް، އިތުބާރުން އެ ދެލޮލުގައިވީ ވިދުވަރު ގަދަވެލި މަންޒަރު ފެނުމުން ރައިހާންގެ ހިތަށް ލިބުނު ހަމަޖެހުން ބަޔާން ކުރަން ވެސް ދަތިވިއެވެ.

“އައި ނޯ އައި ލުކް ޕެތެޓިކް ރައިޓް ނައު.. ބަޓް އައި ޑޯންޓް ގިވް އަ ޑޭމް.. ލިވްޔާ އަހަރެންގެ މީހެއްގެ ގޮތުގަ ބަހައްޓަން އަހަރެން ކޮންމެ ކަމެއް ވެސް ކުރާނަން.. އެހައި ވެސް ބޮޑަށް ލިވްޔާ ދެކެ ލޯބިވޭ.. އެއްވެސް މީހަކަށް އަހަރެމެން ދެމީހުންގެ ދޭތެރެއަކަށް ނާދެވޭނެ.. ނިމްޝާއަކަށް ވެސް.. އައި ޕްރޮމިޒް ޔޫ ދެޓް..” ހިނިތުންވަމުން ރައިހާން ބުނެލުމާއި އެކު ލިވްޔާގެ ތުންފަތް ވެސް ހިތްގައިމު ހިނިތުންވުމަކުން ދެމިލި މަންޒަރު ފެނިފައި، ރައިހާންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ.

“ދެއަރ އިޓް އިޒް.. ދެޓް ޕްރިޓީ ސްމައިލް އައި ވުޑް ޑައި ފޯރ.. ހީލީމަ ލިވްޔާ އަބަދުވެސް މާ ލޯބި..” ލިވްޔާގެ ނިތުގައި ތުންފަތް ޖައްސައިލަމުން ރައިހާން ބުނެލުމާއި އެކު ލިވްޔާގެ ހިނިތުންވުން ފުޅާވިއެވެ. ރައިހާން ލައިގެން ހުރި ގަމީސް ދެއަތަށް ބޮނޑިކޮށްލަމުން ލިވްޔާ ދެލޯ މަރައިލީ އިހުނަށް ވުރެ ވެސް ބޮޑަށް ރައިހާންއާ ގާތްވެލަމުންނެވެ.

އެވަގުތު ކޮމްޕެނީއިން ނުކުތް ޔާނިއު އާއި ލައިނީއަށް ރައިހާން އާއި ލިވްޔާ ތިބި ގޮތް ފެނުމުން އެކަކުއަނެކަކާ ދިމާއަށް ބަލައިލެވުނު އިރު ދެ ތުންފަތުގައި ވެސް ކުޅެލާފައި ވަނީ ހިނިތުންވުމެކެވެ. މިއީ މާ ކުރިން ވެސް ވާނެ ކަމެއް ކަން ދެމީހުންނަށް އެނގުނު ނަމަވެސް، ހަގީގަތުގައި ވެސް މިއަދު ރައިހާން އާއި ލިވްޔާ އެކުގައި ވުމުން އެދެމީހުން ވެސް ނުހަނު އުފާވިއެވެ.

“ދެން ދޫކޮށްލާފަ ކަންތައްވީ ގޮތް އަހަރެމެންނަށް ކިޔައިދޭންވީނު.. ވީ ވޯންޓް އޯލް ދަ ޑީޓެއިލްސް..” ދެމީހުންގެ އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިބި ރައިހާން އާއި ލިވްޔާއަށް ސިހިފައި ދުރުވެވުނީ ޔާނިއުގެ އަޑަށެވެ. އެއާއެކު އެދެމީހުންނާ ދާދި ކައިރީގައި ހުއްޓިލައިގެން ތިބި ޔާނިއުއާއި ލައިނީގެ ތުންފަތްމަތީގައި ކުޅެލާފައިވީ ލާނެތް ހިނިތުންވުން ފެނިފައި، ލިވްޔާ ވަގުތުން ލަދުން ރައިހާންގެ މޭގައި މޫނު ފޮރުވައިލުމާއެކު ރައިހާން ލުއި ހުނުމަކާއެކު ލިވްޔާގެ ގައިގައި ދެއަތް ވަށައިލިއެވެ.

“ހާދަ ލަދުންނޭ ދޯ ތި އުޅެނީ..؟ ބަލާބަލަ ދެމީހުން މަކަރުވެރިކަން.. މިއޮށް ހުރިހައި ދުވަހަކު ދެމީހުން ދެމީހުން ދެކެ ރުޅިއަންނަ ކަމަށް ހެދިގެން އުޅެފައި ހަމަ އަހަރުމެން ދުވަސްކޮޅަކަށް ދާ އިރަށް ހުރިހައި ކަމެއް ނިންމާލައިގެން މި ތިބީ..” ލައިނީ އެހެން ބުނުމާއެކު ލިވްޔާ ކުޑަކޮށް ރައިހާންއާ ދުރުވެލި ނަމަވެސް ލިވްޔާގެ ގައިގައި ވަށައިލެވިފައިވީ ރައިހާންގެ ދެއަތް ދުލެއް ނުވިއެވެ.

“ޔާންއާ ލައި އައީމަ ކިޔައިދޭށޭ މި ތިބީ.. އަދި ނެތެއްނު ކިޔައިނުދެވިފައެއް..” ހިނިތުންވަމުން ރައިހާން ބުނެލި ގޮތުން ފޯރި އެރީ ޔާނިއުއަށެވެ.

“ވަރެއް ވެފައޭ ދޯ ދެން މިހާރު ތިހުރީ..؟ ލިވީގެ ގައިން އަތް ދޫކޮށްލެވޭ ކަމަކަށް ވެސް ނުވޭ.. މަ އޭރު ވެސް ބުނީމެއްނު… އޭރު ލިވީ ފެނުނީމަ މުޅި ދުވަސް ޚަރާބުވިޔަސް އަދި އެއް ދުވަހުން ލިވީ ފެނުނީމަ ނޫނީ ރެންގެ ދުވަސް ފުރިހަމަނުވާހައި ލިވީ ޚާއްސަވާނެޔޭ..” ޔާނިއުގެ ދިމާކުރުންތައް އަމާޒުވާން ފެށުމުން ރައިހާން ލޯއަޅައިލި ނަމަވެސް އެ ތުންފަތުގައި ކުޅެލާފައި ވަނީ ހިނިތުންވުމެކެވެ.

“އޯކޭ އޯކޭ.. ޔާންގެ ‘އައި ޓޯލްޑް ޔޫ ސޯ’ ތައް އަޑުއަހާކަށް އަހަންނެއް ނޫޅެން.. ދެން ދިމާކުރުން ހުއްޓައިލަންވީނު..؟ އަހަރެންގެ ލިވީ މިއޮށް ލަދުން ހަލާކުވަނީޔޭ..” ރައިހާންގެ ވާހަކައިން ޔާނިއުއާއި ލައިނީގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވި އިރު، ލިވްޔާ އަނެއްކައި ވެސް ރައިހާންގެ މޭތެރޭ މޫނު ފޮރުވައިލީ ލަދުންނެވެ.

“އަހަރެންގެ ލިވީއޭ..؟ އޯލްރެޑީ ކްލެއިމިން ހަރ..؟” ލާނެތް ރާގެއްގައި ލައިނީ އަހައިލުމާއެކު ޔާނިއު ވެސް ހިނިގަނޑެއް ޖަހައިލިއެވެ.

“ދެން ކޮބާތަ މައްސަލައަކީ..؟ ޝީޒް މައިން..” ރައިހާންގެ ޖުމުލައިން ލިވްޔާ އިހުނަށްވުރެ ވެސް ބޮޑަށް ރަކިވެލާފައި ރައިހާންގެ މޭތެރެއަށް އިތުރަށް ބޮނޑިވެގަތެވެ.

ހަމަ އެވަގުތު ކޮމްޕެނީގެ މައި ދޮރުން ނުކުތް ނިމްޝާ ފެނިފައި އެންމެންގެ ތުންފަތް މަތީގައިވީ ހިނިތުންވުން ވެސް ފޭދިގެން ދިޔަ އިރު، ރައިހާން އިހުނަށް ވުރެ ވެސް ބޮޑަށް ލިވްޔާ އޭނާގެ ގަޔާ ކައިރިކޮށްލީ ނިމްޝާއަށް އެއްޗެއް ސާބިތުކޮށްދޭން ހީވެއެވެ.

ރައިހާންގެ އަތުތެރޭގައި ހުރި ލިވްޔާ ފެނިފައި ނިމްޝާގެ ދޮން މޫނުމަތި ވަގުތުން ރަތްވީ އައި ރުޅިންނެވެ. ވަގުތުން އޭނާގެ ދެއަތް މުއްކެވިގެން ދިޔަ އިރު، ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލި މަންޒަރު ރައިހާން ރަނގަޅަށް ދުއްޓެވެ.

އެންމެންގެ ހުނުމުގެ އަޑު ކެނޑުނު އިހުސާސް ކުރެވި، ރައިހާންގެ މޭމަތިން މޫނު ނެގި ލިވްޔާގެ ލޮލުގައި ނިމްޝާ އަޅައިގަތުމާއި އެކު ލިވްޔާ ވަގުތުން އިހުނަށްވުރެ ވެސް ބޮޑަށް ރައިހާންގެ އަތުތެރޭގައި ބޮނޑިވެލީ އެ ޢަމަލުން ނިމްޝާއަށް ކުރަމުން ދިޔަ އަސަރު ރަނގަޅަށް އެނގިހުރެއެވެ. އެ މޫނުމަތީގައިވީ ރުޅިވެރިކަމުގެ އަސަރުން ލިވްޔާގެ ހިތަށް އިތުރު ހަމަޖެހުމެއް ލިބުނުހެން ހީވަމުން ދިޔައެވެ. ނިމްޝާ އޭނާގެ ރައިހާން ހާސިލް ކުރަން އުޅޭ ކަމުގައި ވާނަމަ، އޭނާ މަޑުން ހުންނާނޭ ކަމަށް ހީކުރެވުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއްކަން ނިމްޝާއަށް އަނގައިދޭން ލިވްޔާ ބޭނުންވިއެވެ.

އިރުކޮޅެއް ވާން ދެން ރައިހާން އާއި ލިވްޔާއަށް ބަލަން ހުރުމަށް ފަހު ނިމްޝާ ހަލުވި ފިޔަވަޅުތަކެއްގައި އަިއސް ހުއްޓުނީ ސީދާ އެދެމީހުންގެ ކުރިމަތީގައެވެ. ނިމްޝާ ހަމަ އައުމާ އެކީ ރައިހާން އޭނާގެ ނަޒަރު ލިވްޔާގެ މޫނަށް ހުއްޓައިލާފައި ހިނިތުންވެލީ ނިމްޝާއަށް ބަލައިލަން ވެސް ބޭނުންނުވާ ފަދައަކުންނެވެ. ބަދަލުގައި ލިވްޔާ ވެސް ރައިހާންއަށް ބަލައިލާފައި ހިނިތުންވެލީ ރައިހާންގެ ކޮންމެ ޢަމަލަކުން އިންތިހާއަށް އުފާވެފައި ހުރެއެވެ.

“މިއީތަ ރެންއަށް ލޯބިވެވިގެން ތި އުޅޭ އަންހެނާ؟ މީނައަށް ޓަކައި ރެން އަހަރެން ތި ދޫކޮށްލީ؟ ރެން ތިހުރީ މޮޔަވެފަތަ؟!” ނިމްޝާ އަޑަށް ބާރުލާފައި ސުވާލު ކުރަމުން ދިޔަ ނަމަވެސް ރައިހާން އަޑު އިވޭ ކަމަށް ވެސް ހަދައިނުލައި ހުރެގެން ލިވްޔާގެ ކޯތާފަތަށާއި ނިތަށް ބޮސްދީފައި، ލިވްޔާގެ އުނަގަނޑުގައި އަތް އަޅުވައިލީ ކުރިމަތީގައި ނިމްޝާ ނެތް ފަދައިންނެވެ.

“ރައިހާން އަހުމަދު އަފާފް! ރައިހާންއާއޭ އަހަރެން މި ވާހަކަ ދައްކަނީ!” ރުޅިއައިސް ރަތްވެފައި ހުރެ ނިމްޝާ ބުނުމާއެކީ ދެން ވެސް ރައިހާން އަޅައިނުލައި ހުރުމުން ލިވްޔާގެ އިތުރުން ޔާނިއުއާއި ލައިނީ ގާތަށް ވެސް ހިނި އައެވެ.

“ރައިހާން!!” އެންމެން ހޭން ފެށުމާއި އެކީ ގަތް ލަދުން ނިމްޝާ ރައިހާންގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލަން އުޅުނެވެ. އެހެނަސް އޭނާ ރައިހާންގެ އަތުގައި އަތްލި ބާރުމިނުގައި، ލިވްޔާ އެ އަތް ރައިހާންގެ އަތުން ނައްޓުވައިލާފައި ކުރިޔަށް ފިޔަވަޅެއް އަޅައިލި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އިންޒާރުގެ ކުލަވަރެވެ.

“ދެވަނަ ފަހަރަށް ރައިހާންގެ ގައިގަ އަތް ނުލައްޗޭ.. ރައިހާން އެއް ފަހަރު ބުނީމަ ވެސް ނޭނގުނިއްޔާ އަހަރެން ތަކުރާރުކޮށްލަދީފާނަން.. ރައިހާން ނިމްޝާއަށް އެންމެ ބޭނުންވީ ދުވަހު ރައިހާން ދޫކޮށްލާފައި އެހެން ފިރިހެނަކާ އެކީ ދިޔައީ ނިމްޝާ! އެހެންވީމަ މިއަދު އައިސް އަލުން ރައިހާންގެ ދިރިއުޅުމަށް ވަންނަން ހަދާނެ ކަމެއް ނެތް! ރައިހާން ލޯބިވަނީ އަހަރެން ދެކެ.. ހަމައެކަނި އަހަރެން ދެކެ.. އޭނަ ނިމްޝާ ބޭނުމެއް ނުވޭ!” ހަރުކޮށް ލިވްޔާ ނިމްޝާއާ ކުރިމަތިލައި، ދެއްކި ވާހަކައިން ރައިހާންގެ ހިތް އުތުރިއަރައިގަތެވެ. ލިވްޔާގެ އެ ކެރުންތެރިކަމާއި ބިރުކުޑަކަން އެއީ އޭނާ އެންމެ ގަޔާވާ އެއް ސިފައެވެ.

“ދެވަނަ ފަހަރަށް މި އަތުން އަހަރެންގެ ރައިހާންގެ ގައިގަ އަތްލުމުގެ ކުރިން ވިސްނައްޗޭ.. އޭރުން އަހަރެން ވެސް މަޑަކުން ނުހުންނާނަން! ހީ. އިޒް. މައިން.” ނިމްޝާގެ އަތް އޭނާގެ އަތުތެރެއިން ވީއްލައިލަމުން ލިވްޔާ ބުނެލީ ދަތްކުނޑި ވިކައިލަމުންނެވެ.

ލިވްޔާގެ ދުލުން ބުނެލި ބަސްތަކާއެކީ ރައިހާންގެ ހިތް ތެޅިފޮޅެމުން ދިޔަލެއް ބާރުކަމުން ޚުދު އޭނާ ވެސް ޖެހިލުންވިއެވެ. އެހައި ފާޅުކަން ބޮޑު ގޮތެއްގައި ލިވްޔާ އޭނާގެ މައްޗަށް އޮތް ބާރު ފާޅުކޮށްލުމުން ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ފަޚުރުވެރި ހިނިތުންވުމެކެވެ. ލިވްޔާ ދެކެ ވެވެމުން ދިޔަ ލޯބި އެތައް ގުނައެއް އެވަގުތުކޮޅުގެ ތެރޭގައި އިތުރުވީހެން ހީވީ، ޚުދު އޭނާ ވެސް ހައިރާން ކޮށްލަމުންނެވެ.

ލިވްޔާގެ ބަސްތަކުން ބުނާނެ އެއްޗެއް ވެސް ނޭނގި ބަސްހުއްޓިފައި ހުރި ނިމްޝާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ހަގީގަތުގައި ވެސް ރައިހާންގެ މައްޗަށް އޭނާއަށް އޮތް ހައްގެއް ނަމަ ގެއްލިއްޖެ ކަން ވިސްނުމުންނެވެ. އޭނާއަށް ހިތަކަށް ރައިހާން ލިބިފައި އޮއްވައި ވެސް އެ ފުރުސަތު ނަގައިލީ ޚުދު އޭނާ އަމިއްލައަށެވެ. އާދޭހުގެ ދެލޮލުން ނިމްޝާ ރައިހާންއަށް ބަލައިލި ނަމަވެސް ރައިހާންގެ ނަޒަރު އަދިވެސް ލިވްޔާއަށް އަމާޒުވެފައިވީ މަންޒަރު ފެނިފައި ނިމްޝާގެ ހިތަށް އަސަރު ކުރިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ ލިވްޔާ ދެކެ ރައިހާން ލޯބިވާ ވަރެވެ. ލިވްޔާ ނޫން އެހެން ފަރާތަކަށް އެ ހިތުން ދެން ޖާގައެއް ނުލިބޭނޭ ކަމެވެ.

އިތުރަށް އެތަނުގައި ހުންނާނޭ ހިތްވަރު ނެތުމުން ނިމްޝާ ފަސް އެނބުރި އައި ކޮޅަށް ހިނގައިގަތީ ދެން ރައިހާންގެ ފަރާތުން ރުހުމުގެ ނަޒަރެއްހައި ހިސާބު ވެސް އޭނާއަށް ނުލިބޭނެކަން ޔަގީންވުމުންނެވެ. މިހާރު ރައިހާންގެ ހިތުގައި ރަނިކަން ކުރަނީ އޭނާއެއް ނޫނެވެ. ލިވްޔާއެވެ. ހަމައެކަނި ލިވްޔާއެވެ.

ނިމްޝާ ހަމަ ދިޔުމާއެކީ ރައިހާން ލިވްޔާގެ އުނަގަޑުގައި އަތް އަޅުވައިލާފައި އޭނާގެ ކައިރިއަށް ދަމައިލިއެވެ. އެފަދަ ޢަމަލަކަށް ތައްޔާރުނުވެ ހުރި ލިވްޔާ ވަގުތުން ގޮސް ތަތްވީ ރައިހާންގެ ތަނަވަސް މޭމަތީއެެވެ.

“ގޯޑް ޔޫ ވަރ އަމޭޒިން.. ކްލެއިމިން މީ އިންފްރޮންޓް އޮފް ހަރ ލައިކް ދެޓް..؟ އަހަރެންގެ ރައިހާންއޭ..؟ އަދި އެއް ފަހަރު އެހެން ބުނެބަލަ.. ހަމަ އެންމެ ފަހަރަކު.. ޕްލީޒް..” ރައިހާން ހަމަ އެހެން ބުނުމާއެކީ ލިވްޔާ އަނެއްކައި ވެސް ލަދުން ހީލާފައި ރައިހާންގެ މޭމަތީގައި އަތުން ޖަހައިލިއެވެ.

“ދެރަ ކަމެއްނު ރައިހާން.. މަޑުން ހުރޭ!” ލުރި ހުނުމަކާ އެކީ ލިވްޔާ އެހެން ބުނުމުން ރައިހާން ވެސް ހީލާފައި އިހުނަށްވުރެ ވެސްް ބޮޑަށް ލިވްޔާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ.

އެ މަންޒަރު ބަލަން ހުރ ލައިނީ ހިނިތުންވެކާފައި ޔާނިއުގެ ގައިގައި ލެނގިލީ ހިތުގެ އަޑިން ލިވްޔާއަށާ ރައިހާންއަށް ޓަކައި އުފާވެ ހުރެއެވެ. ޔާނިއު ވެސް ލައިނީގެ އުނަގަނޑުގައި އަތް ވަށައިލާފައި އެ ކޮނޑުގައި ދަތްދޮޅި އަޅުވައިލީ އެތައް އަހަރެއްގެ ކެކުޅުމަށް ފަހު އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދަ ރައިހާންއަށް ހަގީގީ ލޯބި ހާސިލްކުރެވުމުން އިންތިހާއަށް އުފާވެ ހުރެއެވެ.

*** ** ***

އިރުކޮޅެއް ފަހުން ރައިހާން އާއި ލިވްޔާގެ އިތުރުން ޔާނިއުއާއި ލައިނީ ތިބީ ރެސްޓޯރެންޓެއްގައި މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. އޭނާއާ ލިވްޔާއާ ދޭތެރޭގައިވީ ހުރިހައި ކަމެއް ރައިހާން އަކުރުން އަކުރަށް ޔާނިއުއަށާ ލައިނީއަށް ކިޔައިދިނީ، އެ ވިއްސާރަ ރޭގެ ވާހަކަ އެނގުމުން ލައިނީއާއި ޔާނިއުގެ ނުރުހުން އޭނާއަށް އަމާޒުވާނެކަން އެނގިހުރެއެވެ. އެހެންނަމަވެސް ރައިހާން ހުރީ އެކަމާ ކުރިމަތިލާން ތައްޔާރަށެވެ.

“ތިވަރު ބޮޑުކަމެއްވީ އިރު އަހަރެމެން ގާތު ބުނެލުން ވެސް ދެމީހުންނަށް މުހިއްމު ނުވީ؟ ގޭ އެކަކު ވެސް ނުބުނޭ..” ޔާނިއުގެ އަޑުން އެކަނި ވެސް އޭނާ ނުރުހިފައިވީ މިންވަރު ފާޅުވަމުން ދިޔައެވެ.

“އޭރު ކުޑާއާ ޔާންބެ ސިންގަޕޯރގަ ތިބީމަ.. އެހައި ދުރުގަ ދެމީހުން ތިއްބާ އަހަރެން ބޭނުން ނުވީ ދެމީހުން ހާސްކޮށްލަން.. އަނެއްކާ ބައްޕައަށް އެނގިއްޖެއްޔާ ބައްޕަގެ ޓްރީޓްމެންޓް ނުނިމެނީސް ރާއްޖެ އަންނަން ވެސް އުޅެފާނެ.. އެހެންވެ އަހަރެން ބުނީ އެންމެން ގާތު ވެސް ޔާންބެމެން ގާތު ނުބުނާށޭ..” ލިވްޔާ ބެލީ ޔާނިއުއާއި ލައިނީ ހަމަޖެއްސޭތޯއެވެ.

“އެކަމަކު ރެން.. ރުޅިއަޔަސް ކުރަން ވާ ވަރު ކަންތައް ތަ އެއީ..؟ އެރޭ ރެން އެހެން ހެދީމަ ލިވީއަށް އެ ލިބުނީ ކިހައި ބޮޑު ގެއްލުމެއް..” ޔާނިއުގެ ނުރުހުން ދެން އަމާޒުވީ ރައިހާންއަށެވެ.

“އައި ނޯވ ޔާން.. އަހަންނަށް އެނގޭ.. ޔާންއަކަށް ނޭނގޭނެ އެރޭ އެހެން ކަންތައް ކުރެވުނީމަ އަހަރެން މިއަދު ވެސް ގިލްޓީވާ ވަރެއް.. އަހަރެން ވަރަށް ދެރަވޭ.. އެހެންވެ އަހަރެން ބެލިން އެދުވަސްތަކުގަ ލިވްޔާއާ އެންމެ ކައިރީގަ ހުރެވޭތޯ.. ޒާމިންގެ އެހީއާ އެކީ އަހަރެން ނާއިމް ޖަލަށް ވެސް ލީން.. އިރާދަކުރެއްވިއްޔާ އެރޭ ލިވްޔާ ތަހައްމަލް ކުރަން ޖެހުނު ކޮންމެ ކަމެއް ހަނދާން ނެތޭ ވަރަށް މުޅި އުމުރަށް އަހަރެން ލިވްޔާއަށް ލޯބި ދޭނަން..” ރައިހާންގެ ވާހަކައިން ޔާނިއު ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ.

“ދެން އޯކޭއޭ.. ވެ ނިމިފަ އޮތް ކަމެއްގެ ވާހަކަ ދައްކަނީ ކީއް ކުރަން..؟ އަހަރެން ވެސް މިހާރު އޯކޭއޭ.. އަނެއްކައި ވެސް އެންމެން އެ ވާހަކަ ދައްކަންޏާ އަހަރެން ހައްތަހައި ބޮޑަށް ދެރަވާނީ..” ލިވްޔާ ހަމަ އެހެން ބުނުމާއެކީ ޔާނިއު އާއި ލައިނީ އެ ވާހަކަ ހުއްޓައިލީ އެކަންތަކުގެ މަތިން ހަނދާން ކޮށްދީގެން ލިވްޔާއަށް އިތުރު ދެރައެއް ދޭން ބޭނުން ނުވާތީއެވެ.

“އެއް ފަހަރަށް ކަމަށް ރައިހާން ދޫކޮށްލާނަން.. އެކަމަކު ދެވަނަ ފަހަރަށް ލިވީ ދެރަނުކުރައްޗޭ.. ލިވީއަކީ އެހެން ރުޅިގަދަ ކަމަށް ހެދިގެން އުޅުނަސް ވަރަށް ފަސޭހައިން ދެރަވާ ކުއްޖެއް..” ލައިނީ ހަމަ އެހެން ބުނުމާއެކީ ލިވްޔާ އެއީ ދޮގެކޭ ކިޔައި ތެޅިގަތުމުން އެންމެން ގާތަށް ވެސް ހިނި އައެވެ.

“ދެން ކޮން އިރަކުންތަ ކައިވެނި ސައި ލިބެނީ..؟” ޔާނިއު ބޭނުންވީ އަދިވެސް އެދެމީހުންނާ ދިމާކޮށްލާށެވެ.

“ކައިވެންޏާ ހަމައަށް ދެވޭނީ ލިވްޔާ އަދި އަހަންނަށް އާނބަސް ދީގެންނު..” ރައިހާން ހަމަ އެހެން ބުނުމާ އެކީ ހުރިހާ ނަޒަރެއް ލިވްޔާއަށް އަމާޒުވިއެވެ.

“ތެދެއް ލިވީ..؟ އަދިވެސް ރެންއަށް އާއެކޭ ނުބުނަންތަ..؟ އެކަމު ދެންމެ ނިމްޝާ ކުރިމަތީ ވަރަށް ގަދަވެލާފަ ރެން ވެރިކޮށްލި އިރު ހީވީ އެހެން ފަދަ ކަމެއްހެން..” ލައިނީ ދިމާކޮށްލިއެވެ.

“އާއެކޭ ބުނެވޭނީ ރައިހާން ފުރަތަމަ އަހަރެން ގާތު އަހައިގެންނު.. ރައިހާން އަދިވެސް ސީދާ ނުއެއް އަހައޭ..” ލިވްޔާ ހަމަ އެހެން ބުނުމާއެކީ ރައިހާން ހަށިގަނޑު ސީދާކޮށްލާފައި ލިވްޔާގެ އަތްތިލައަށް ފިތައިލިއެވެ.

“އެހެންވީރު މިހާރު މި އަހަނީ.. ލިވްޔާ.. އަހަރެން ލިވްޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ލިވްޔާ އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟ ވިލް ޔޫ ބީ މައިން..؟” އެއްވެސް ޖެހިލުންވުމެއް ނެތި ރައިހާން ހާމަކޮށްލީ އެހިތުގެ އެދުމެވެ. ލިވްޔާގެ ޖަވާބު މާ ކުރިން ވެސް ޔަގީންކުރެވިފައިވީ ނަމަވެސް ރައިހާންގެ ހިތުގައި ލިވްޔާގެ ޖަވާބު އަންނާނޭ ގޮތަކާއި މެދު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މަސްތު

Next

ހިތް އެދޭހާ ކަމެއް.. (21 ވަނަބައި)

Next
January 2, 2026

ހިތް އެދޭހާ ކަމެއް.. (21 ވަނަބައި)

Previews
January 1, 2026

މަސްތު

11 Comments!

  1. Riusha💙 says:
    January 2, 2026 at 5:14 pm

    Livyyy say yes to ren. Say yes. Say Yesssssssss plsss…
    They r the cutest couple in the world. Livy standing for ren. Ren standing for livi.. I want a partner like that…
    Mi prt vz vrh reethi MA.. When nxt????
    Tc.. Lyyy 💙💙💙

  2. Thulsaa_11 says:
    January 2, 2026 at 6:08 pm

    Mashallah mi part vx vrh reethi
    Woww livya salhi ingey nimsha vx birun edhiyaee
    Livy and ren vrh gulhey
    Naseebehnnu ren kee ehcheh livy adu ehikanvx ehnoonee anehkka bodu misunderstanding akah dhaanee
    Whens next?
    Lysssmmm nayoo sis💙
    Lots of love and support from me 💙💙💙

  3. ~Ellly~ says:
    January 2, 2026 at 7:13 pm

    awnnnn , their so cute💕
    naseebeh yaan and laii rulhi naikan
    hopefully she will say YES to him!!💌
    Nayuu this part ATE as usual💋
    sifa kurunthakah hama habeyss😍
    whens the next part?
    luv you alwayss💓

  4. Fathimath zeena shakir says:
    January 2, 2026 at 11:17 pm

    Ren and livy vrh loabi
    Nimsha keehkurantha dhn eaee ren kairiah
    MA vrh salhi mi part vx
    Whens next?
    Lysssm💚💜

  5. yasherr says:
    January 3, 2026 at 1:56 pm

    Uploaaaaad kohllacc che next part avahah . …vrh Reethi mashaallah lyyysmmm

  6. neeeennn^.^ says:
    January 4, 2026 at 12:38 pm

    when is the next part?

  7. Thulsaa_11 says:
    January 4, 2026 at 4:12 pm

    Nayoo cant u pls follow me on insta
    @defnot_thulsaa

    1. Thulsaa_11 says:
      January 4, 2026 at 4:13 pm

      Eii can ingey 😭

  8. shaaaaa~ says:
    January 5, 2026 at 7:37 pm

    hey nayuu ,when is the next part? im dying to read itt

  9. Cutiee says:
    January 6, 2026 at 4:36 pm

    When is the next part??

  10. Shishashu says:
    January 6, 2026 at 7:14 pm

    Koba nxt episode??????

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 22←


All Right Reserved!