ދެހިތުގައި އެއް ވިންދެއް
ޔަގީން އަހަރެން މިވާވަރަކަށް ކަލާޔަށް ލޯބި ނުވެވޭނޭ
ޔަގީން އަހަރެން އެދޭވަރަކަށް ކަލާޔަށް ލޯބި ނުދެވޭނޭ
ފުރާނަ ހަށިން ނިކުމެ ދިޔަޔަސް، މި ޖިސްމު ފަނާވެ ނިމިދިޔަޔަސް
ދިރުންހުރި ކޮންމެ ލަފުޒެއްގައި މި އިހްސާސް ނުނިވި ހުންނާނޭ
މިހިތް ގަނެފައި ވަނީ ލޯބިން އިޒުނައެއް ނެތް އިތުރު ދޭކަށް
ދެހިތް ލާމެހުނު އަލިފާނުން ރިހުން ހުރި ހިތުގެ ފިލުވޭނޭ
ހިތެއްގައި ކުލަތަކެއް ވާނަމަ، މި ހިތް ވިއްސާރަ ދުނި ފަދައޭ
އެތައް ކުލައިން ތިހިނިތުންވުން ހިތުގެ ކެމެރާތަކުން ނެގުނޭ
އެ ރާޅުގެ މިއުޒިކާ އެކުގައި ވެހޭ ވާރޭގެ ރާގު އަހަން
އެ ރާގު ކިތަންމެ ފުރިހަމަޔަސް ތި އަޑަކާ އެއްވަރެއް ނޫނޭ
ނުވެވި ވައުދެއް، ނުވެވި ހުވައެއް އެކަމު ދެ ހިތެއްގަ އެއް ވިންދެއް
ހުވާކޮށްފައި ބުނާ ތެދެކޭ ތިހެދި ސިހުރެއް ނުވެސް އެނގުނޭ

