Skip to content
އެސްފިޔަ

ކަތި ފިޔަވަޅު – ޓްރެއިލާ

ހަވާނަފްސުގެ އެދުންތަކަށް ނަފްސު ލެނބުމުގެ ނުބައިކަން ކުރިން އަހަރެންނަށް އެނގުނު ނަމައެވެ. ދުނިޔަވީ ދަޅަތަކަށް ހެއްލި ވަގުތީ އުފަލަށް އިސްކަންނުދެވުނު ނަމައެވެ. ދިމާވާ ކޮންމެ ކޮންމެ މީހަކަށް އިތުބާރު ނުކުރެވުނު ނަމައެވެ. އަހަރެންގެ އަމިއްލަ ޙަޔާތް އަނދަވަޅަކަށް ވެއްޓުނީ ހަމަ އަހަރެންގެ ސަބަބުންނެވެ. ވިސްނާނުލާ އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުންނެވެ.

މިއީ ލަމްޔާގެ ވާހަކައެވެ. ލަމްޔާއަށް އެޅުނު ކަތި ފިޔަވަޅަކީ ކޮބައިކަން ހޯދުމަށް މި ވާހަކަ ކިޔާލައްވާ.

– މިއީ އަޅުގަނޑަށް މީހަކު ކިޔައިދިން ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔާ ޚިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް ވާހަކައިގެ ބައެއް ހާދިސާތަކަށް ވާނީ ބަދަލު ގެނެވިފައެވެ. މި ވާހަކަ ތިޔަ އެންމެހައި ކިޔުންތެރީންނަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ. –

Comments (2)

  1. Your fav bab

    Oh my God!!!!
    What a supriseeeee
    Ur back 🥳 🎉 🎊
    I think it’s gonna be a mystery thriller!!
    Trailer hama habeys>³
    Waiting for the first part
    Lyssm❤️❤️❤️

    1. White rose
      Your fav bab

      Yhh, I’m back after my exams.
      Shukran Your fav bab, my friend. ✨✨
      Lyt darl 💕💕

Comments are closed.