Skip to content
އެސްފިޔަ

ވިސްނާ ހުރޭ

ގުނަމުން މިދާ ވަގުތަށް ނިމުން އަންނާނެކަން ވިސްނާ ހުރޭ

އުނިކަންނުވާ ހަމަ އެއްކަމެއް ދުނިޔޭގަ ނެތްކަން އެނގި ހުރޭ

ދެ އިރަށް ބަދަލު ވާހެން ހެދުން އުޅުމާ ގުޅުންތައް ބަދަލުވޭ

އެ އިރެއްގެ އޮއިވަރު ހުރި ދިމާ ފާހަގަ ކުރުމުގައި ދެމިހުރޭ

އިރުއަލި ކެނޑޭހިނދު ފަހަތުގައި ހުރި ހިޔަނިވެސް ވަގުތުން ފިލާ

ފިރުމާ އަތުން ކަންކަށިމަތީ ވިހެލާނެކަން ދަނެގެން ހުރޭ

ރިހުމާ ތަދުގެ އެ ފަރާތަކީ ލޯއްބާ އުފާ ކަމުގާ ވި އިރު

ރިހުމަށް އިޒުނަ ދޭން އައި އަމުރު ލޯއްބާ ގުޅޭނެ، ބަލަން ހުރޭ

ނުރުހުމުގެ އަލިފާނުން ފެށޭ ލޯބިގެ ހުޅުކޮޅު ރޯވުމަށް

ރުހުމުގެ ލޮލަށް އައިބެއް ފެނުން ދުރުވާނެޔޭ، ހޭލާ ހުރޭ

ލޯބިން ގުޅޭ ހިތަކަށް ސަފުން ބާކީވުމެއް އަމުދުން ނެތަސް

ލޯބީގެ ނަން ވިޔަފާރިއަށް ވާހިނދު އެއާ ދުރުގައި ހުރޭ