Skip to content
އެސްފިޔަ

މި ޝުޢޫރު ފޮނުވާނީ

ބަދަލު ވީ ކޮން ކަމެއް ހެއްޔޭ މަގޭހިތް މަޑުނުވެވި ތެޅެނީ

ބަދަލުވާ ހިތުގެ ސަމުގާ ކަށި އަމާޒެއް ނެތި ދަތުރު ކުރަނީ

މި ހަށިގަނޑުގައި ދަތުރު ކުރި ލޭ ކަލާ ފެނުމުން އެއައި ބަދަލުން،

ބެހޭ ގަދަ އޮއިވަރެއްގެ ތެރޭ ދުވެލި މަތަ ނުވެވި ރޭސް ޖަހަނީ

މަގޭ ނެތި އިޚްތިޔާރެއް ވެސް ނުނިދި ހުރެ ފެންނަ ހުވަފެނުގައި

މަގޭ އުނގުގައި ކަލާ ވާތީ ނިދަން މި ދެލޯ ނުވެސް އެދެނީ

ހިތަށް ކުރެވޭ މިއިހްސާސުން އިވޭ ލޯބީގެ ރާގުތަކުން

އެތައް ފަހަރަކު  ޚިޔާލުގެ އަސް ވިލާތަކުގައި އުދުހި ނަށަނީ

ނެތޭ ބާރެއް، ނެތޭ އަމުރެއް ހިނގާ ހަމައެންމެ ވިންދެއްވެސް

މިތަންވަޅު މިހިތުގައި ތިނަމުން ޖަހާ ވިންދެއް މިހިރަ ޖަހަނީ

ހަޔާތުގެ ދަތުރުގައި ތިޔައީ ލިބުނު އަގުހުރި ޖަވާހިރެކޭ

ވަޔާއި ހަވާލުކޮށް ހިތުގައި ހިނގާ މި ޝުޢޫރު ފޮނުވާނީ