Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުކުރަމޭ ލޯބިވާތީ…….

@HMED M@FaaZ
@HMED M@FaaZ Level 1
May 29, 2025 One Min Read
0 Comments

ދެތިން ބަހެއް

އަޅުގަނޑުވާނީ މީގެ ކުރިންވެސް ވާހަކަތަކެއް ލިޔަންފަށާފައެވެ. ނަމަވެސް އެކި ސަބުތަކާއިހުރެ ލިޔަންފަށާ ގިނަވާހަކަތަށް ނިމިފައެއްނުވެއެވެ.މާތްﷲ ގެ ވާގިފުޅާއި މިންވަރުފުޅާއި އެކު މުޅިން އާފެށުމަކުން ފެށުމަށް ގަސްތުކޮށް އަނެއްކާވެސް އާވަހަކައެއް ލިޔަން ގަސްތުމިކުރީ މި ވާހަކަ އަޅުގަނޑު ލިޔަން ކަނޑައަޅާފައިވާ ހިސާބަށް ނިންމާލެވޭކަމުގެ އުއްމީދުގައެވެ.މީ އަބަދުވެސް ވަރަށް ކުރާ ހިތްވާ މަސަތްކަތަކަށްވާތީ އެކިފަރަހުމަތިން ލިޔަންއުޅެ ނުލިޔެވި މަޔޫސްވެގެން މެދުކަނޑާލި ނަމަވެސް މިކަމަށް ހިތްއޮންނަލޭ ބޮޑުކަމުން އަބަދުވެސް ވާހާކައެއް ފަށަން ވަރަށް ބޮޑަށް ހިތުގައޮވެއެވެ.އެހެންކަމުން އެ އުއްމީދު ހާސީލްކުރުމަށް މާތްﷲ ގެ އިސްމުފުޅުގެ ބަރަކާތުން ފެށީމެވެ. މިވާހަކަ ލިޔަންފަށަމުންވެސް އަޅުގަނޑަށް ކުރެވޭ އެންމެ ބޮޑު އުއްމީދަކީ އޮންލައިން ސައިޓްއަކަށް ލިޔުނަސް މިވާހަކަ ފޮތެއްގެ ސިފައިގައި ނެރެވުމުގެ ނަސީބު ލިބިގެން ދިޔުމެވެ.އަދި މިޒަމާނަކީ އޮންލައިންގެ ޒަމާނެއްކަމުން ކަރުދާސްފޮތުގަ ވާހަކަ ކިޔާމިހުން ވަރަށް މަދުކަމީ ވަރަށް ދެރަވެ ހިތާމަކުރާކަމެކެވެ.އޮންލައިން ޕްލެޓް ފޯރމްތަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް އެއްކައިރިކޮށްލާފަ ފޮތަކުން ވާހަކަ ކިޔާލަން ވަގުތުކޮޅެއް ހޭދަކޮށްލުމަކީވެސް ވަރަށް މުހިންމުކަމެއްކަމުގައި އަޅުގަނޑުދެކެމެވެ.ފޮތުން ކިޔާލުމަކީ ވަރަށް މުޅިންތަފާތު ތަޖުރިބާއެއް އަޅުގަނޑުމެން ކުރީގަ މައިޒާންތަކާއި ޖޯލިފަތިތަކުގަ އެންމެން އެއްވެގެން ވާހަކަ ކީޒަމާން އަލުން އަނބުރާ ގެނެސް މާޒީއިޔާދަކޮށްލަމާ ހިނގާށެވެ. ދިވެހި ބަހަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިންގެ އެންމެ ބޮޑު ޝަރަފެވެ.މި އަމިއްލަވަންތަ ބަސް ދިރުވާ އާލާކުރުމަށް އެންމެ ކިޔުންތެރިން ކިބައިން އެދެމެވެ. އަޅުގަނޑު އުއްމީދުކުރަނީ މިވާހަކަ އަކީ ކިޔުންތެރިންނަށް ކަމުދާނެފަދަ ކިޔާލާހިތްވާ ރީތި ވާހަކައަކަށްވެގެން ދިއުމެވެ.

އަހްމަދު މަފާޒް

މުޞައްނިފް

Share Article

@HMED M@FaaZ
Follow Me Written By

@HMED M@FaaZ

Level 1

އަޅުގަނޑު ލިޔުންތެރިކަމަށް ޝައުގުވެރިވީ ސްކޫލްދައުރުގައެވެ. އެ ޝައުގުވެރިކަމުގަ ވާހަކައެއް ލިޔަން މަސަތްކުރި ނަމަވެސް މިހާތަނަށް އަދި އެކަންއޮތީނުވެފަ އެއްވެސް ވާހަކައެއް ފެށިނަމަވެސް ނިމިފައެއް ނުވެއެވެ.ނަމަވެސް ބައެއް އޮންލައިން ނޫސްތަކާއި މަޖައްލާތަކަށް ލިޔެލަން ލިބުނު ފުރުސަތަކީ މި ދާއިރާގަ އިތުރަށް ކުރިއަށް ދިއުމަށް އަޅުގަނޑަށް ލިބުނު އިތުރުފުރުސަތެކެވެ.

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 12)

Next

އަބަދަށް-17

Next
May 30, 2025

އަބަދަށް-17

Previews
May 29, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 12)



All Right Reserved!